ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ
މަސްރަހު ހޫނުވެ ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް އިރުމަތީ ޑޮންބަސްގައި ވަނީ ފަށާފައެވެ. އަދި ބުރާސްފަތު ދުވަހުން ފެށިގެން ރަޝިޔާ އި

ރަޝިޔާ ޔޫކްރޭން ހަނގުރާމަ
އީޔޫގެ ގައުމުތަކުން ޔޫކްރެއިންގެ ރެފިޔުޖީން 3 އަހަރު ވަންދެން އެސައިލަމްއާ ނުލާ ބައިތިއްބާނެ
އީޔޫގެ ގައުމުތަކުން ޔޫކްރެއިންގެ ރެފިޔުޖީން 3 އަހަރު ވަންދެން އެގައުމުތަކުގައި އެސައިލަމް އާ ނުލާ ބައިތިއްބުމަށް އެއްބަސްވެފައިވާކަމަށް ޖަރމަންގެ އިންޓީރިއަރ މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް އީޔޫން ނިންމައިފި
ރަޝިޔާގެ ފައިނޭންޝަލް މަރކެޓާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އީޔޫން ނިންމާފައިވާކަމަށް އީޔޫގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް ވިދާޅުވެއްޖެއެވެ.
ބޮރެލް ވިދާޅުވީ އީޔޫގެ ފިޔަވަޅުތަކުގެ އަސަރު ޕުޓިން އަށް ކުރާނެކަމަށެވެ.
އީޔޫން ވަނީ އީޔޫގެ ވައިގެ ސަރަހައްދު ރަޝިޔާގެ ވައިގެ އުޅަނދުތަކަށް ބޭނުންނުކުރެވޭ ގޮތަށް ބަންދުކުރުމަށްވެސް ނިންމާފައެވެ.
އިންޓަރނޭޝަނަލް މެޗުތަކުގައި ރަޝިޔާގެ ދިދައާއި ގައުމީ ސަލާމް ބޭނުންކުރުން ފީފާއިން މަނާކޮށްފި
އިންޓަރނޭޝަނަލް މެޗުތަކުގައި ރަޝިޔާގެ ދިދައާއި ގައުމީ ސަލާމް ބޭނުންކުރުން، ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން މަނާކޮށްފިއެވެ. އަދި އިންގްލެންޑުންވެސް ރަޝިޔާއާއެކު ކުޅެންހުރި އިންޓަރނޭޝަނަލް މެޗުތައް ބޮއެކޮޓް ކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ރަޝިޔާގައި މެޗުތައް ކުޅުމަށް ބައެއް ގައުމުތަކުން ދެކޮޅުހަދަމުން ދާތީ ރަޝިޔާއިން ވަނީ އެމެޗުތައް ނިއުޓްރަލް ތަނެއްގައި ކުޅުމަށް އެދިފައެވެ.

މަޝްވަރާއަށް ތައްޔާރު، އަމާންދޭކަށް ނެތިން - އެމެރިކާގައި ހުންނަ ޔޫކްރެއިންގެ ސަފީރު
ސީއެންއެންއަށް މައުލޫމާތު ދެއްވަމުން އެމެރިކާއަށް ޔޫކްރެއިނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އޮކްސާނާ މަރްކަރޯވާ ވިދާޅުވީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީ މާދަމާ އޮންނަ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އެތަނަށް ވަޑައި ނުގަންނަވާނެ ކަމަށާއި، ހުންނަވާނީ ގައުމު ދިފާއު ކުރެއްވުމުގައި މައިދާނަށް ނުކުންނަވާ ކަމަށެވެ.
މަރްކަރޯވާ ވަނި ހަނގުރާމަ ހުއްޓާލުމަށް ޕުޓިންއަށް ގޮވާލައްވާފައެވެ. ޔޫކްރެއިން އިން މަޝްވަރާއަށް މީހުން ފޮނުވާނެ ކަމަށާއި، ޔޫކްރެއިން އަބަދުވެސް އޮންނާނީ މަޝްވަރާއަށް ތަައްޔާރަށް ކަމަށެވެ. ނަމަވެސް އަމާންނުދޭނެ ކަމަށެވެ.
ޔޫކްރެއިންގައި ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން 7 މިލިއަން މީހުންނަށް އެކަމުގެ އަސަރުކޮށްފި

އީޔޫ މިވަގުތު ތައްޔާރުވާންވީ އެތައް މިލިއަނަކުން ގުނާލެވޭނެ ޔޫކްރެއިން ރެފިއުޖީންގެ ކަންކަމުގައި - އީޔޫ ކޮމިޝަނަރ ފޮރ ހޯމް އެފެއަރޒް
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިވަގުތު ތައްޔާރުވަމުން ގެންދަވަނީ މިލިއަނުން ގުނާލެވޭނެ ޔޫކްރެއިންގެ ރެފިއުޖީންގެ ކަންކަމުގައި ކަމަށް އެ ޔޫނިއަންގެ ކޮމިޝަނަރ ފޮރް ހޯމްއެފެއަރޒް ޖޮހަންސަން ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ އަދަދު އަންދާޒާ ކުރައްވަން އުނދަގޫ ކަމަށެވެ. ނަމަވެސް މިލިއަނުން މީހުންގެ ކަންކަން ބަލަން ޖެހޭނެ ކަމަށެވެ.
މިހާތަނަށް 300،000 މީހުން އީޔޫގެ އެކި ގައުމުތަކަށް އެތެރެވެފައިވާ ކަމަށް ވިދާޅުވިއެވެ.
ހޯމަ ދުވަހުގެ ބައްދަލުވުމުން މާބޮޑު އުއްމީދެއް ނުކުރަން - ޒެލެންސްކީ
ޔޫކްރެއިން އާއި ރަޝިޔާ އާއި ދެމެދު މާދަމާ ބާއްވަން ހަމަޖެހިފައިވާ ސުލްހައިގެ ވާހަކަތަކާއި ގުޅިގެން މާ ބޮޑު އުއްމިދެއް ނުކުރައްވާ ކަމަށެވެ. ޒެލެންސްކީ މިހެން ވިދާޅުވީ ދެގައުމުގެ ވަފުދު ހޯމަ ދުވަހު ބައްދަލުކުރަން ނިންމާފައިވަނިކޮށް ޓީވީ މެދުވެރިކުރައްވާ ދެއްވި ކުރު ވީޑިއޯ މެސެޖެއްގައެވެ.
މިކަމަށް މާ ބޮޑު އިތުބާރެއް އަދި ޔަގީންކަމެއް ނެތް ކަމަށާއި، ނަމަވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއިރުން ޔޫކްރެއިންގެ ރައްޔިތުން، އެމަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ސުލްހައިގެ މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅު ނުވާނެ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ފެށޭނީ މާދަމާގެ ހެނދުނުއެވެ.
ރަޝިޔާ އާއި ދެކޮޅަށް ބައިނަލް އަގުވާމީ ކޯޓަށް ހުށަހެޅި މައްސަލަ ފެއިލްކޮށްލައިފި
ރަޝިޔާއިން ޔޫކްރޭން ހިފުމަށް ކުރަމުންދާ މަސައްކަތާއި ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ރަޝިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓަށް ޔޫކްރެއިނުން ހުށަހެޅި މައްސަލަ ފެއިލް ވެއްޖެއެވެ.
ބައިނަލްއަގުވާމީ ކޯޓު ދަ ހޭގަށް މި މައްސަލަ ހުށަހަޅާފައިވަނީ އާދީއްތަ ދުވަހު ކަމަށް ޔޫކްރެއިންގެ ރައީސް ވްލަޑީމިއަރ ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވަގުތުން ވަގުތަށް ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް އަމުރު ނެރެދިނުމަށެވެ.
ޔޫކްރެއިނުން މި މައްސަލަ ކޯޓަށް ވެއްދީ މީގެ 6 ގަޑި އިރު ކުރިންނެވެ.
ނިއުކުލިއަރ ހަތިޔާރު ތައްޔާރައް ބެހެއްޓުމަށް ޕުޓިން އަންގަވައިފި
ރަޝިޔާގައި ހުރި މިލިޓަރީ ހަތިޔާރުތައް ތައްޔާރީ ހާލަތުގައި ބެހެއްޓުމަށް އެގައުމުގެ ރައީސް ވްލަޑީމިއަރ ޕުޓިން އެގައުމުގެ އަސްކަރީ ކޮމާންޑަށް އަންވައިފިއެވެ. އަދި ހައި އެލަރޓްގައި ބޭއްވުމަށް ވެސް ވަނީ އަންގަވާފައެވެ.
މިގޮތަށް އެންގެވީ ޔޫކްރެއިންގައި ބަދަލު ހަމަލާ ދެމުން އަންނަ ފަރާތްތަކުން ޚާރްކީވް ދިފާއުކުރުމުން އަންނަ މީހުން ރަޝިއާގެ ސިފައިންގެ ތެރެއަށް ވަދެ ހަމަލާއެއް ހުއްޓުވާލާފައިވަނިކޮށެވެ.

އީޔޫ އިން ރަޝިޔާގެ ޓީވީ ޗެނަލަކާއި ނޫހެއް ބޭން ކުރުމަށް ނިންމައިފި
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރަޝިޔާގެ ޓީވީ ޗެނަލެއް ކަމުގައިވާ އާރުޓީ އަދި ސްޕަޓްނިކް ނޫސް ބޭން ކުރުމަށް ނިންމައިފިއެވެ.
ފްރާންސުން ޔޫކްރެއިން އަށް ތެލާއި ހަތިޔާރު ފޮނުވަނީ
ފްރާންސުން ޔޫކްރެއިން އަށް ތެލާއި ހަތިޔާރު ފޮނުވާނެކަން އިއުލާންކޮށްފައިވީ ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައި ނުވޭ.

ޔޫކްރެއިންގައި ތިބި 12 ދިވެހިން ހަންގޭރީއަށް ގެންދިއުމުގެ މަސައްކަތް
- އިވަނޯ ފްރެންކިވްސްގައި ތިބި 15 ދިވެހިން ހަންގޭރީ ބޯޑަރު ހުރަސްކޮށް އެގައުމުގެ ވެރިރަށަށް ވަނީ ގެންދެވިފައި
- ކީވްގައި 15 ދިވެހިން އެބަތިބި
- ޚާރްކީވްގައި 8 ދިވެހިން (5 ދަރިވަރުން އަދި 3 މީހުންގެ އާއިލާއެއް)
- ޑިންޕްރޯގައި 1 ދިވެއްސަކު

ޚާރްކީވްގައި ހަމަލާ ބަދަލުކުރަމުންދާތީ އެތަނުގައި ތިބި ދަރިވަރުން ގެނައުމުގައި ދަތިތައް އެބަހުރި - ފޮރިން މިނިސްޓްރީ
ޔޫކްރެއިނުން ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ 12 ފަރާތެއް. ހުރިހާ ފަރާތްތައް ވެސް މި ތިބީ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުގައި އެއީ ވަރަށް ދުރު ހިސާބެއް. އެހެންކަމުން ދަރިވަރުންނާއި އާއިލާތައް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް ވަރަށް ގިނަ ހުރަސްތަކެއް އެބަހުރި. ޚާރްކީވްގައި ތިބި ދަރިވަރުން ގެނައުމުގައި ދިމާވާ އެންމެ ބޮޑު އެއް ދަށްޗަކަށް މި ދިމާވަނީ ހަމަލާ ބަދަލުކުރާ ސަރަހައްދަކަށް ވެފައި އެ ސަރަހައްދުގައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކާފިއު ހިންގާފައިވޭ. ކާފިއު ހިންގާފައިވާތީ އެ ސަރަހައްދު ދޫކޮށް ދިއުމަކީ ފަސޭހަ ކަމެއް ނޫން.
- ނިޕްރޯގައި ހުރި ދަރިވަރާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގުޅެމުން ދިޔަ، އަދި މައުލޫމާތު ވެސް ހިއްސާ ކުރަމުން ދިޔަ އަދި ހަމަލާ ބަދަލުކުރުންތަކާއި ހަމައަށްވެސް އެންމެ ރައްކާތެރި ގޮތަކީ އެތަނުގައި މަޑުކުރަން ކަމަށްވާތީ މަޑުކުރީ.
- ޚާރްކީވްގައި ކުރިން ރަޖިސްޓްރީވި 5 ދަރިވަރުންގެ ތެރެއިން ވިސާގެ ކަންކަން ހަމަޖެއްސުމާއި، ރެސިޑެންސް ޕާމިޓް ހަމަޖެއްސުމަށްޓަކައި މަޑުކުރި 5 ދަރިވަރެއް. އޭގެ ފަހުން މިނިސްޓްރީއަށް މައުލޫމާތު ލިބު ދިވެހި 3 މެންބަރުންގެ އާއިލާއެއް ޚާރްވީކްގައި ތިބި ކަމަށް އަދި ރައްކާތެރިކަމަށް އެދިފައިވާތީ ޖުމްލަ 8 ދިވެހިން ތިބި ކަމަށް ރެކޯޑްތަކުން ދައްކާ
ދަރިވަރު ރައްކާތެރިކަމާއެކު ނުގެނެއީ ކީއްވެގެންތޯ އަޅުގަނޑުމެންނާއި ސުވާލު ކުރި. އަޅުގަނޑުމެންނަށް ލިބެމުންދިޔަ މައުލޫމާތު ދަރިވަރުންނާއި ހިއްސާ ކުރަމުން ދިޔައިން. ރައްކާތެރިކަމާއެކު އެއިރު ފުލައިޓްތައް އޮޕަރޭޓް ކުރާތީ އަދި ބޯޑަރު ހުޅުވިފައި އޮތީމަ އަމިއްލައަށް އެ ނިންމުން ނިންމައިގެން އަންނަން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތު އޮތްކަމަށް ދެންނެވި. ވަރަށް ގިނަ ދައިވަރުން އަންނަންވެސް އައި. ރައްކާތެރި ނޫންކަމަށް އަޅުގަނޑުމެންނަށް އެންގި ހިސާބުން ދަރިވަރުން ގެނައުމަށް ޓިކެޓް ދިނުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް އަޅުގަނޑުމެން ކުރިއަށް ގެންދިޔައިން.
އެހެންނަމަވެސް މަޑުކުރި 5 ދަރިވަރުންނަކީ މި ދެންނެވި ހެން ވިސާގެ ކަންކަން ހަމަޖެއްސުމަށް މަޑުކުރި ދަރިވަރުން. ދެން ދަރިވަރުން ޔުނިވަރސިޓީ ދޫކޮށްލާފައި އައުމަކީ ފަސޭހަ ކަމެއް ނޫން. އޮންލައިންކޮށް ކިޔެވުން ބަދަލު ނުވާހާ ހިނދަކު ދަރިވަރުން ބޭނުން ނުވި އެތަން ދޫކޮށްލާފައި އަންނަން. މެޑިކަލް ސްޓޫޑެންޓުން އެއްކޮށް ކަހަލ ގޮތަކަށް މިތިބީ.

ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލު ރަނގަޅު، ތާށިވި ފަރާތްތައް ގައުމުން ބޭރު ކުރެވޭނެ އިތުރު ގޮތްތަކެއް ދަނީ ހޯދަމުން - ފޮރިން މިނިސްޓްރީ
ހަންގޭރީ ބޯޑަރު ހުރަސްކޮށް އެގައުމުގެ ވެރިރަަށަށް 15 ދިވެހިން ވަނީ ރައްކާތެރިކަމާއެކު ގެންދެވިފައި. ޔޫކްރެއިންގެ އެހެނިހެން ހިސާބުތަކުގައި ތިބި ފަރާތްތައް ވެސް އެންމެ ކައިރި ގައުމަކަށް ގެންދިއުމަށް މިދަނީ މަސައްކަތްތަކެއް ކުރަމުން: މިއުވާން
އިތުރު ގޮތްގޮތުންވެސް ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް މިދަނީ މަސައްކަތްކުރަމުން
އިތުރު ގޮތްގޮތުންވެސް ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެގޮތެއް ފެންނައިރަށް އެހިސާބަކަށް ދިވެހިން ގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ރަޝިޔާ އާއި ބެލަރޫސްގައި ތިބި ދިވެހި ރައްޔިތުންނާ އަބަދުވެސް ގުޅަމުންދޭ: ފޮރިން މިނިސްޓްރީ
ރަޝިޔާ އާއި ބެލަރޫސްގައި ތިބި ދިވެހި ރައްޔިތުންނަށް އަބަދުވެސް ގުޅަމުންދާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. ފޮރިން މިނިސްޓްރީން މިހެން ބުނީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޔޫކްރެއިންގެ ދެކުނުގައި އޮންނަ ސިޓީއެއް ރަޝިޔާގެ ފައުޖުތަކުން ހިފައިފި
ޔޫކްރެއިންގެ ދެކުނުގައި އޮންނަ ސިޓީއެއް ރަޝިޔާއިން ހިފާފައިވާކަމަށް ޔޫކްރެއިންގެ މީޑިޔާއިން ރިޕޯޓްކޮށްފިއެވެ.
ރަޝިޔާގެ ސިފައިންވަނީ ނޮވާ ކަކޮވިކާ ހިފާފައެވެ. އެތަނުގެ މޭޔަރ ވިދާޅުވީ ސިޓީއަށް އަރާ އެގްޒެކެޓިވް ކޮމިޓީ ހުންނަ އިމާރާތަށް ވަދެ އެތަނުގައި ހުރި ޔޫކްރެއިންގެ ހުރިހާ ދިދައެއް ވަނީ ނަގާފައެވެ.
މިހާތަނަށް ރަޝިޔާއަށް އެންމެ ބޮޑަށް ކާމިޔާބު ލިބިފައިވަނީ ދެކުނުގެ ސަރަހައްދުންނެވެ.
ރަޝިޔާގެ އަސްކަރީ ވެހިކަލްތައް ޚާރްކީވް އަށް ވަދެއްޖެ: ޔޫކްރެއިންގެ އޮފިޝަލެއް
ޔޫކްރެއިންގެ ޚާރްކީވް އަށް ރަޝިޔާގެ އަސްކަރީ ވެހިކަލް ތައް ވަދެފައިވާކަމަށް ޔޫކްރެއިންގެ އިންޓީރިއަރ މިނިސްޓަރ ގެ އެޑްވައިޒަރ ވިދާޅުވެއްޖެއެވެ.
ޓެލެގްރާމުގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއިން ފެންނަނީ ޚާރްކީވްގެ މަގުތައް މަތީގައި އަސްކަރީ އުޅަނދުތައް ދުއްވާ މަންޒަރެވެ.
2 ދުވަހުގެ ތެރޭގައި ޕޮލެންޑަށް ލައްކައަކަށްވުރެ ގިނަ ޔޫކްރެއިންގެ ރެފިއުޖީން އެތެރެވެއްޖެ
ހަނގުރާމައާއި ގުޅިގެން ރައްކާތެރި ހިސާބަކަށް ދިއުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޔޫކްރޭންގެ ހުޅަނގު ބޯޑަރު ސަރަހައްދަށް މީހުން ޖަމާވަމުން އަންނަ ކަމަށާއި، މިހާތަނަށް ޕޮލެންޑަށް އެކަނި ވެސް ލައްކައަކަށްވުރެ ގިނަ ރެފިއުޖީން އެތެރެވެއްޖެއެވެ.

ޔޫކްރެއިންގެ 198 މީހަކު މަރުވެއްޖެ
ރަޝިޔާއިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 198 އާންމުން މަރުވެފައިވާ ކަމަށާއި، މީގެ ތެރޭގައި 3 ކުޑަކުދިން ހިމެނޭ ކަމަށް ޔޫކްރެއިންގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މިހަނގުރާމަ އާ ނުލާ ޔޫރަޕަށް ސަލާމަތްކަން ނުލިބޭނެ: ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރ
ޔޫކްރެއިނުން ރަޝިޔާ އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ޔޫރަޕްގެ ކުރިމަގުގެ ސަލާމަތްތެރިކަމާއި ގުޅިފައިވާކަމެއް ކަމަށް ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކިޔެވް ދެ ގަޑިއިރު ތެރޭގައި ހިފާނެކަމަށް ބުނި މީހުން ކޮބައިތޯ އައްސަވާފައެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ ޔޫކްރެއިން އާ ނުލާ ޔޫރަޕް ފުރިހަމަނުވާކަމަށެވެ.
ލިތުއޭނިއާ އިން ޔޫކްރެއިން އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފި
ލިތުއޭނިއާއިން ޔޫކްރެއިން އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ކުރިޔަށް އޮތްތަނުގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެގައުމުން ބުނެއެވެ.
ކިޔެވް އަށް ރަޝިޔާއިން ވަރުގަދަ ހަމަލާތަކެއް ދެމުންދަނީ
ޔޫކްރެއިންގެ ވެރިރަށް ކިޔެވް އަށް އަމާޒުކޮށް ރަޝިޔާއިން ވަރުގަދަ ހަމަލާތަކެއް ދެމުންދާކަމަށް ސީއެންއެންއިން ރިޕޯޓްކޮށްފިއެވެ.
ރަޝިޔާގެ ފައުޖުތަކާއި ދެކޮޅަށް ޔޫކްރެއިންގެ ހަނގުރާމަވެރިން އަންނަނީ ހަމަލާތައް ދެމުންނެވެ. ރަޝިޔާއިން ވަނީ ރޭގައި ޔޫކްރެއިން ގެ ތެޔޮ ރައްކާކުރާ ތަނަކާއި ގޭސް ޕައިޕްލައިނަކަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ.
ހަމަލާތަކުގައި މިހާތަނަށް ޔޫކްރެއިންގެ އާންމުންގެ 240 މީހުން ޒަޚަމްވެ 64 މީހުން މަރުވެފައިވޭ: އދ
ޔޫކްރެއިން އަށް ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އާންމުންގެ 240 މީހުން ޒަޚަމްވެފައިވާކަމަށް އދ ން ބުނެފިއެވެ. 64 މީހުން މިހާތަނަށް މަރުވެފައިވާކަމަށްވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން 160،000 މީހުން އެކި ހިސާބުތަކަށް ގޮސްފައިވާކަމަށްވެސް އދން ބުނެއެވެ.
ޔޫކްރެއިން ސަރުކާރުން ލަފާކުރާ ގޮތުގައި އެގައުމުގެ ފަސް މިލިއަން މީހުން ރެފިޔުޖީންނަށް ވާނެއެވެ.
ހޮނިހިރު ދުވަހު ރަޝިޔާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް:
- ސްވިފްޓުން ރަޝިޔާގެ ވަކި ބޭންކުތަކެއް އުނިކުރުމަށް އެމެރިކާ އާއި އީޔޫން ނިންމުން
- ރަޝިޔާގެ ސެންޓްރަލް ބޭންކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން، އެއާއެކު ރިޒަރވްގައި ހުރި ފައިސާއަށް އެކްސެސް ލިބުމުގެ ފުރުސަތު ގެއްލޭނެ
- ރަޝިޔާގެ ބޯޓުތަކަށް އީޔޫގެ ވައިގެ ސަރަހައްދު ބޭނުންނުކުރެވޭ ގޮތް ހެދުން
- ރަޝިޔާގެ އިތުރު މީހުންނަށް ފިޔަވަޅު އެޅުމުގެ ތައްޔާރީތައް ވަމުންދިޔުން
ޚާރްކީވްގެ ގޭސް ޕައިޕްލައިނަކަށް ރޮކެޓް ހަމަލާ ދީފި
ޚާރްކީވްގައި ހުންނަ ގޭސް ޕައިޕްލައިނަކަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާއެއް އެތަަނަށް އަރާ ގޮވުންތަކެއް ގޮވައިފިއެވެ.
ރަޝިޔާއިން މިހާރު ހަމަލާތައް އަމާޒުކުރަމުން ދަނީ ތެޔޮ ރައްކާކުރާ ތަންތަނާއި ގޭސް ޕައިޕްލައިންތަކަށް ރިޕޯޓްތައް ބުނެއެވެ.
ކިޔެވް ސަރަަހައްދުގައި ހުންނަ ތެޔޮ ރައްކާކުރާ ތަނަކަށް ރޮކެޓް ހަމަލާއެއް އަމާޒުވެއްޖެ
ކިޔެވް ސަރަހައްދުގައި ހުންނަ ސިޓީއެއްގެ ތެރޮ ރައްކާކުރާތަނަކަށް ރޮކެޓް ހަމަލާއެއް އަމާޒުވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން ފާއިތުވި އެއް ގަޑިއިރު އެތަނުގައި އަންނަނީ ރޯވަމުންނެވެ. އެތަންކަމަށް ބުނާ ވީޑިއޯ ކްލިޕްތަކެއް ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ. ސިޓީގެ މޭޔަރާއި ސަރުކާރުގެ އެޑްވައިޒަރ ވަނީ އެތަނަށް ރޮކެޓް ހަމަލާއެއް އަމާޒުވިކަން ކަށަވަރުކޮށްދީފައެވެ.
ރަޝިޔާ ސަރުކާރުގެ ހަ ވެބްސައިޓެއް ޑައުން
ރަޝިޔާ ސަރުކާރުގެ ހަ ވެބްސައިޓެއް ހުރީ ޑައުންވެފައިކަމަށް ކިޔެވް އިންޑިޕެންޑެންޓުން ބުނެފިއެވެ.
އޭގެތެރޭގައި ކްރެމްލިންގެ ވެބްސައިޓްވެސް ހިމެނެއެވެ. މީގެއިތުރުން ރަޝިޔާގެ މީޑިޔާ އެޖެންސީގެ ވެބްސައިޓެއްވެސް އޭގެތެރޭގައި ހިމެނެއެވެ.
ކިޔެވްގައި ބާރުގަދަ ގޮވުންތަކެއް ގޮވަމުންދާކަމަށް ސީއެންއެންއިން ރިޕޯޓްކޮށްފި
ޔޫކްރެއިންގެ ވެރިރަށް ކިޔެވްގެ ހުޅަނގު ދެކުނުން ބާރުގަދަ ގޮވުންތަކެއް އަޑުއިވިފައިވާކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފިއެވެ.
ގޮވުންތައް ގޮވާފައިވަނީ ކިޔެވްގެ މެދާ 20 ކިލޯ މީޓަރުން ދުރުންކަމަށްވެސް ސީއެންއެންއިން ރިޕޯޓްކުރެއެވެ.
ރަޝިޔާގެ ވަކި ބޭންކުތަކެއް ސްވިފްޓުން އުނިކުރުމަށް އެމެރިކާ، އީޔޫ އަދި ޔޫކޭއިން ނިންމައިފި
ރަޝިޔާގެ މުއްސަނދިންނަށް އީޔޫގެ ސިޓިޒެން ޝިޕް ދިނުން ނިމުމަކަށް ގެންނަނީ
ރަޝިޔާއިން ޔޫކްރެއިން އަށް ދިން ހަމަލާތަކެއްގައި ގްރީސްގެ 10 މީހުން މަރުވެއްޖެ: ގްރީސްގެ ބޮޑުވަޒީރު
ޖަރުމަނުގެ ލުފްތަންސާ އިން ރަޝިޔާއަށް ދަތުރުކުރާ ހުރިހާ ފްލައިޓެއް ކެންސަލްކޮށްފި
އދން ޔޫކްރެއިން އަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރަނީ
އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އާ ގުުޅުއްވާ ޔޫކްރެއިން އަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.
އެގޮތުން އަންގާރަ ދުވަހު ޔޫކްރެއިންގެ ރައްޔިތުންނަށް އެހީތެރިވުމަށް ފަންޑެއް ހުޅުވާލާނެކަމަށް ގުޓަރޭސް ވަނީ ވިދާޅުވެފައެވެ.
ރަޝިޔާއިން ދެމުންދާ ހަމަލާތަކާއި ގުޅިގެން ޔޫކްރެއިން އަށް ކުރިޔަށް އޮތް ތިން މަސް ދުވަހު 1 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް އދ ގެ އެއިޑް ޗީފް މާޓިން ވިދާޅުވިއެވެ.
އީޔޫގެ ފޮރިން މިނިސްޓަރުން އާދިއްތަ ދުވަހު ވަރޗުއަލްކޮށް ބައްދަލުކުރައްވަނީ
އީޔޫގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން އާދިއްތަ ދުވަހު ވަރޗުއަލް ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް އީޔޫގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް ވިދާޅުވެއްޖެއެވެ.
މި ބައްދަލުވުމުގައި ޔޫކްރެއިން އަށް އެހީތެރިވެވޭނެ އިތުރު ގޮތްތަކައި ރަޝިޔާ އާ ދެކޮޅަށް އެޅޭނެ އިތުރު ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
ޔޫކްރެއިންގެ ރައީސް އިނގިރޭސި ބޮޑުވަޒީރާއި ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފި
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާ ފޯނުން ގުޅުއްވާ މިހާރުގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ބޮރިސް ވަނީ ޒެލެންސްކީ އާއި ޔޫކްރެއިންގެ ރައްޔިތުން ދައްކަމުންދާ ހިތްވަރަށް ތައުރީފްކުރައްވާފައެވެ.
އަދި ދެ ބޭފުޅުންވެސް ވަނީ ރަޝިޔާއިން ހީކުރިވަރަށްވުރެ ބޮޑަށް ޔޫކްރެއިން އިން ދިފާއުގައި ހަމަލާތައްދޭކަމަށް އެއްބަސްވެވަޑައިގަންނަވާފައެވެ.
އަދި މިހާރަށްވުރެ ބޮޑަށް ރަޝިޔާ ބައިނަލްއަގްވާމީ މަޝްރަހުން އެކަހެރި ކުރުމަށް ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ.
ފްރާންސުން އިތުރު ހަތިޔާރު ޔޫކްރެއިން އަށް ފޯރުކޮށްދެނީ
ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އިތުރު ހަތިޔާރު ދިނުމަށް ފްރާންސުން ނިންމައިފިއެވެ. މީގެއިތުރުން ފްރާންސުން ޔޫކްރެއިން އަށް ތެޔޮވެސް ފޯރުކޮށްދޭނެއެވެ.
ރަޝިޔާ އާއި ބެލަރޫސް އާ ގުޅޭ ބޯޑަރުތައް ޔޫކްރެއިން އިން ބަންދުކޮށްފި
ރަޝިޔާ އާއި ބެލަރޫސް އާ ގުޅޭ ބޯޑަރުތައް ޔޫކްރެއިން އިން ބަންދުކޮށްފިއެވެ.
ޔޫކްރެއިންގެ ބޮޑުވަޒީރު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރަޝިޔާ އާއި ބެލަރޫސް މަގުން ޔޫކްރެއިން އަށް އެތެރެވެވޭނީ ޔޫކްރެއިންގެ ރައްޔިތުންނަށް އެކަނިކަމަަށެވެ.