ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ
މަސްރަހު ހޫނުވެ ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް އިރުމަތީ ޑޮންބަސްގައި ވަނީ ފަށާފައެވެ. އަދި ބުރާސްފަތު ދުވަހުން ފެށިގެން ރަޝިޔާ އި

ރަޝިޔާ ޔޫކްރޭން ހަނގުރާމަ
ރަޝިޔާގެ ސެންޓްރަލް ބޭންކާ ދެކޮޅަށް ޖަޕާނުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
އެމެރިކާއިން އަސްކަރީގޮތުން އިތުރު އެހީތައް ޔޫކްރެއިން އަށް ދެނީ
އެމެރިކާއިން ޔޫކްރެއިން އަށް އަސްކަރީ ގޮތުން އިތުރު އެހީތައް ދޭން ނިންމާފައިވާކަމަށް ޔޫކްރެއިންގެ ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި ކިޔެވް ދިފާއުކުރުމަށް އިތުރު އެހީތައް ދޭނެކަމަށް ބްލިންކެން ވިދާޅުވެފައިވާކަމަށެވެ.
ރަޝިޔާގެ ރައީސް ޕުޓިންއާ ދެކޮޅަށް ޖަޕާނުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި
ރަޝިޔާގެ ފޯނު ނަންބަރުތައް ޔޫކްރެއިންގައި ބޭނުންނުކުރެވޭ ގޮތް ހަދައިފި
ރަޝިޔާގެ ފޯނު ނަންބަރުތައް ޔޫކްރެއިންގައި ބޭނުންނުކުރެވޭ ގޮތް ހަދާފައިވާކަމަށް ޔޫކްރެއިންގެ ސްޕެޝަލް ކޮމިޔުނިކޭޝަން ސަރވިސް އިން ބުނެފިއެވެ.
ޔޫކްރެއިން ސަރުކާރުން ބުނެފައިވަނީ ޔޫކްރެއިންގެ އެތެރެއަށް ވަދެފައިވާ ރަޝިޔާގެ ސިފައިން ޔޫކްރެއިންގެ އާންމުންގެ ފޯނު ބޭނުންކުރަމުންދާކަމަށެވެ.
އެމެރިކާ ސިފައިން ޔޫކްރެއިން އަށް ނުފޮނުވަން ނިންމަވާފައިވާ ނިންމެވުން ބައިޑަން ބަދަލުނުކުރައްވާ: ވައިޓް ހައުސް
އެމެރިކާ ސިފައިން ޔޫކްރެއިންއަށް ނުފޮނުވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވާފައިވާ ނިންމެވުން ބަދަލުނުކުރައްވާކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
ރަޝިޔާ އާ ހަނގުރާމަކުރުމުގެ ވިސްނުމެއް އެމެރިކާ ނުގެންގުޅޭކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ވިދާޅުވިއެވެ.
ނަމަވެސް ޔޫކްރެއިން އަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް ވިދާޅުވިއެވެ.
ރަޝިޔާ އާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ވިސާއާ ނުލާ ޔޫކްރެއިންއަށް އެތެރެވެވޭނެ: ޒެލެންސްކީ
ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުންވާ ކޮމްމެ މީހަކަށް މަރޗް 1ން ފެށިގެން ވިސާ އާ ނުލާ ޔޫކްރެއިން އަށް އެތެރެވެވޭނެކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޓީވީ މެދުވެރިކުރައްވާ ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ހަނގުރާމައިގެ ޖަރީމާތައް ރަޝިޔާއިން ހިންގަމުންދާކަމަށެވެ. އަދި ކިޔެވް އަކީ ރަޝިޔާގެ އެންމެ ބޮޑު އަމާޒުކަމަށް ވިދާޅުވެ އެތަނުގެ އާންމުން ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ހަނގުރާމައިގެ ޖަރީމާތަށް ރަޝިޔާއިން ވަނީ ހިންގާފައި: ޒެލެންސްކީ
ހަނގުރާމަ ހިނގަމުންދާތާ ފަސް ދުވަސްވެފައިވާއިރު ރަޝިޔާއިން 113 ކްރޫޒް މިސައިލާއި 56 މިސައިލް ހަމަލާ ޔޫކްރެއިންއަށް ފޮނުވާލާފައިވާކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
އަދި ޚާރްކީވް އަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ރަޝިޔާއިން ދީފައިވާއިރު އެއީ ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި ޒެލެންސްކީ ސިފަކުރެއްވިއެވެ. އަދި ރަޝިޔާއިން ގަސްތުގައި ޔޫކްރެއިންގެ އާންމު ރައްޔިތުންނަށް ހަމަލާދެމުންދާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
އެމެރިކާއިން ރަޝިޔާގެ 12 ޑިޕްލޮމެޓުން އެގައުމުން ފޮނުވާލައިފި
އދ ގައި މަސައްކަތްކުރަމުން އަންނަ ރަޝިޔާގެ 12 ޑިޕްލޮމެޓުން އެމެރިކާއިން ފޮނުވާލައިފިއެވެ.
އެމެރިކާއިން ބުނީ އެމީހުން ފޮނުވާލީ ސަލާމަތީ ސަބަބުތަކަށްޓަކައިކަމަށެވެ. އެމީހުން ފޮނުވާލަނީ އެމީހުންނާ ހަވާލުވެފައިވާ ޒިންމާތަކުގެ ބޭރުން ކަންތައްތައްކެއް ކުރުމުގައި އުޅުނީމަކަމަށް އެމެރިކާއިން ބުނެއެވެ.
އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިޔާގެ އިތުރު 26 މީހަކަށް
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން ރަޝިޔާގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި މީހުންގެ އަދަދު 680ށް އަރައިފިއެވެ.
އޭގެތެރޭގައި ރަޝިޔާގެ ބޮޑެތި ވިޔަފާރިވެރިން ހިމެނެއެވެ.
ހަނގުރާމަ ކުރާތާ 5 ވަނަ ދުވަސް: ކުރުގޮތަކަށް މިއަދު
- ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ވެރިރަށް ކިޔެވް އަށް އަމާޒުކޮށް މިއަދުވެސް ހަމަލާތައް ދިން
- ރަޝިޔާއިން ދިން ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު މަރުވި
- ކިޔެވް އާއި މޮސްކޯ އާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށުނު، ފުރަތަމަ ދުވަހުގެ ވާހަކަތައް ނިމުނީ ވަކިކޮޅެއްގައި ނުޖެހި، ނަމަވެސް ކުރިޔަށް އޮތްދުވަސްތަކުގައިވެސް ވާހަކަތައް ކުރިޔަށް ގެންދިޔުމަށް އެއްބަސްވި
- ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ޔޫކްރެއިން އީޔޫގެ މެމްބަރު ގައުމަކަށް ހެދުމަށް ގޮވާލެއްވި، އަދި ރަޝިޔާގެ ފައުޖުތަކުން އަސްކަރީ ހަތިޔާރު ބެހެއްޓުމަށް އެދިވަޑައިގެންނެވި
- ޔޫކްރެއިން އަށް ހަމަލާދެމުންދާތީ ރަޝިޔާގެ އެނަރޖީ ކުންފުންޏެއްކަމުގައިވާ ގެޒްޕްރޮމް އާއި އޮތް ޖޮއިންޓް ވެންޗަރސް ކަނޑާލާކަން ޝެލް ކުންފުނިން އިއުލާންކުރި
- ޔޫކްރެއިންގެ ބައި މިލިއަން ރެފިޔުޖީން އެހެން ގައުމުތަކަށް ހިޖުރި ކުރިކަމަށް އދން ބުނި
- ފީފާ އާއި ޔުއެފާ އިން ރަޝިޔާގެ ހުރިހާ ކްލަބްތަކާއި ގައުމީ ޓީމު ހުރިހާ މުބާރާތްތަކަކުން ސަސްޕެންޑްކުރި
މިހާތަނަށް ޔޫކްރެއިންގެ 1146 އަސްކަރީ ތާކަށް ހަމަލާދީފިން: ރަޝިޔާ
ރަޝިޔާއިން ޔޫކްރެއިންގައި ހިންގަމުންދާ ޚާއްސަ އޮޕަރޭޝަންގައި މިހާތަނަށް ޔޫކްރެއިންގެ 1146 އަސްކަރީ ތަނަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވާކަމަށް ރަޝިޔާގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އޭގެތެރޭގައި 31 ކޮމާންޑް ޕޯސްޓާއި 81 ކޮމިޔުނިކޭޝަން ސެންޓަރާއި 51 ރޮކެޓް ލޯންޗުކުރާ ސިސްޓަމާއި 263 އަސްކަރީ ވެހިކަލް ހިމެނޭކަމަށް އަސްކަރިއްޔާއިން ބުނެއެވެ.
ރަޝިޔާގެ އަސްކަރީ ފައުޖުތައް އޮތީ ކިޔެވްގެ ބޭރުގައި: ޕެންޓަގަން
ރަޝިޔާގެ އަސްކަރީ ފައުޖުތައް ޔޫކްރެއިންގެ ވެރިރަށް ކިޔެވް އާ ކައިރިވަމުން އަންނަކަމަށާއި ނަމަވެސް އަދިވެސް ފައުޖުތައް އޮތީ ކިޔެވްގެ ބޭރުގައި ކަމަށް ޕެންޓަގަންގެ ސްޕޯކްސްޕާސަން ވިދާޅުވެއްޖެއެވެ.
ޔޫކްރެއިން އިން ދިފާއުގައި ވަރުގަދަ ހަމަލާތަކެއް ދެމުންދާކަމަށްވެސް ސްޕޯކްސްޕާސަން ވިދާޅުވިއެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ރަޝިޔާއިން ޔޫކްރެއިންގައި ހިންގަމުންދާ ކަންކަން ތަހުގީގުކުރަނީ
ރަޝިޔާއިން ޔޫކްރެއިންގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ތަހުގީގުކުރާނެކަމަށް ބުނެފައެވެ.
އެކޯޓުގެ ޕްރޮސެކިޔުޓަރ ވިދާޅުވީ ޔޫކްރެއިންގައި އިންސާނިއްޔާ ޚިލާފު އަމަލުތައް ހިންގާފައިވާކަމަށް ގަބޫލުކުރެެވޭ ކަންކަން ހިނގާފައިވާކަމަށެވެ.
ރަޝިޔާގެ ސެކިއުރިޓީގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބެންޖެހޭ - ޕުޓިން
އެއްބަސްވުމަަކަށް އަންނާނީ ރަޝިޔާގެ ސެކިއުރިޓީ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެން ކަމަށެވެ. ޕުޓިން މިހެން ވިދާޅުވީ ދެގައުމުގެ ވަފުދުގެ މެދުގައި ބޭއްވުނު މަޝްވަރާތަކަށް ފަހުގައެވެ.
ކީވްގައި ބޮޑު ގޮއްވުމެއް ގޮއްވާލައިފި
ކީވްގައި ކުރިއަށްދާ ހަމަލާތައް - ބޮޑު ގޮއްވުމެއް ގޮއްވާލައިފި
މަޝްވަރާތަކުގައި ދެ ޤައުމަށް ވެސް އެއްބަސްވުމަކަށް ނާދެވޭ
މަޝްވަރާތަކުގައި ދެ ޤައުމަށް ވެސް އެއްބަސްވުމަކަށް ނާދެވޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުމެއް ރަޝިޔާއާ ޔޫކްރެއިނުން ބާއްވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާ ޔޫކްރެއިން މަޝްވަރާތައް ނިންމާލައިފި
ރަޝިޔާ ޔޫކްރެއިން މަޝްވަރާތައް ނިންމާލައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރައްކާތެރި މާހައުލެއްގައެވެ.

ފޭސްބުކްއާއި ޓްވިޓަރއިން ޔޫކްރެއިންގެ ދިފާއުގައި
ޔޫކްރެއިންއަށް ޓަރގެޓްކޮށްގެން ފޭސްބުކްއާއި ޓްވިޓަރގައި ނުރަނގަޅު މައުލޫމާތު ފަތުރާ އެކައުންޓްތައް ރިމޫވް ކުރަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ބެލަރުސްގައި ހުރި އެމެރިކާގެ އެމްބަސީގެ މަސައްކަތްތައް ހުއްޓާލައިފި
ރިޕޯޓުތައް ބުނާ ގޮތުން ހޯމަ ދުވަހު އެމެރިކާއިން ވަނީ ބެލަރުސްގައި ހުރި އެމެރިކާގެ އެމްބަސީ މަސައްކަތްތައް ހުއްޓާލާފައެވެ. އަދި އެމްބަސީގައި މަސައްކަތް ކުރަމުންދާ މުއައްޒަފުން އަނބުރާ ގައުމަށް ދިއުމުގެ ހުއްދަ ދީފައިވާ ކަަމަށެވެ.
ޚާރްކިވްއަށް ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާއްމުން މަރުވެއްޖެ
ރަޝިޔާގެ ސިފައިން ޚާރްކިވްއަށް ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާއްމުން މަރުވެއްޖެއެވެ.
ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ޚާއްވިކްއަށް ރަޝިޔާއިން ދެމުންދާ ރޮކެޓް ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ އާއްމުން މަރުވެފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި ކުޑަ ކުދިން ހިމެނޭކަމަށް ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ބޭންކްތަކުގައި ހުރި ރަޝިޔާގެ ހުރިހާ އެސެޓްސްއެއް ފްރީޒްކޮށްފި
ޔޫއެސް ޓްރެޝަރީއިން އެމެރިކާގެ ރައްޔިތުން ރަޝިޔާގެ ސެންޓަރަލް ބޭންކްއާ މުއަމާލަތް ކުރުން މަނާކޮށްފިއެވެ. އަދި އެމެރިކާގެ ބޭންކްތަކުގައި ހުރި ރަޝިޔާގެ ހުރިހާ އެސެޓްސްއެއް ފްރީޒްކޮށްފައިވާ ކަމަށްވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ރަޝިޔާގައި ނިއުކްލިއަރ ހަތިޔާރު ތައްޔާރީ ހާލަތަކަށް ގެނެސް ސިފައިން ތައްޔާރީ ހާލަތަކަށް ގެނެސްފި
ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރާއި ސިފައިން ތައްޔާރީ ހާލަތަށް ގެނެސްފައިވާކަން ހާމަކުރައްވާފައިވަނި އެގައުމުގެ ޑިފެންސް މިނިސްޓަރެވެ.
ރަޝިޔާ ޔޫކްރެއިން މަޝްވަރާތައް ފަށައިފި - ބައްދަލުވުން މި ބޭއްވެނީ ރައްކާތެރި މާހައުލެއްގައި ކަމުގެ ޔަގީންކަން ވަނީ ދީފައި

ޔޫކްރެއިން ރަޝިޔާ ހަނގުރާމަ - މަޝްވަރާ ކުރާ ތަނުގެ ތެރެއިން ނޫސްވެރިން ބޭރުކޮށްލައިފި
މީގެ ކުޑަ އިރުކޮޅެއް ކުރިން ދެގައުމުގެ ވަފުދުން މަޝްވަރާ ފަށާފައިވާ އިރު، އެ މަޝްވަރާ ކަވަރުކުރަން ދިޔަ ނޫސްވެރިން ބޭރުކޮށްލައިފިއެވެ.

ރަޝިޔާ-ޔޫކްރެއިން މަޝްވަރާތައް ފަށައިފި
ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ދެގައުމުގެ ދެމެދުގައި ބާއްވާ މަޝްވަރާތައް ފަށައިފިއެވެ.
މަޝްވަރާތައް ފަށާފައިވަނީ ބެލަރޫސްގައެވެ.
އީޔޫގެ މެންބަރެއްގެ ގޮތުގައި ބަލައިގަތުމަށް ޒެލެނެސްކީ އަނެއްކާ ވެސް ގޮވާލައްވައިފި
ޔޫކްރެއިން އަވަހަށް ޔޫރަޕިއަން ޔޫނިއަންއަށް ވެއްދުމަށް އެގައުމުގެ ރައީސް ވްލަޑީމިއަރ ޒެލެންސްކީ އެދިވަޑައިގަންނަވައިފިއެވެ.
ހޯމަ ދުވަހު ޒެލެންސްކީ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އައު ގޮތްތަކެއް ހޯއްދަވައިގެން ނަމަވެސް އީޔޫގެ މެންބަރު ގައުމެއްގެ ގޮތުގައި ޔޫކްރެއިން ކަނޑައަޅައި ދެއްވުމަށެވެ.
ރަޝިޔާގެ ފަރާތުން ވަފުދުގައި ބައިވެރިވާ ބޭފުޅުން
- ރަޝިޔާއިން ބެލަރޫސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބޮރިސް
- ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ލިއޯނިޑް
- ޑެޕިއުޓީ ފޮރިން މިނިސްޓަރ އެންޑްރެއި
- ޑެޕިއުޓީ ޑިފެންސް މިނިސްޓަރ އެލެކްޒެންޑްރާ
މަޝްވަރާތަކަށް ޔޫކްރެއިންގެ ވަފްދު ހެލިކޮޕްޓަރެއްގައި ބެލަރޫސްއަށް
ރަޝިޔާ އާއި ދެކޮޅަށް ފިޔަވަޅު އެޅުމާއި ދެކޮޅު ހައްދަވާ ބްރަޒިލުން ބުނީ ގައުމުގެ މުސްތަގުބަލަށްޓަކައި އިތުބާރު ކުރީ ހެއްވާ މަޖާ ރޯލު ކުޅޭ މީހަކަށް ކަމަށް
ޔޫކްރެއިންގެ މައްސަލައިގައި ވަކިކޮޅަކަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، ރަޝިޔާއާއި ދެކޮޅަށް ވެސް ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ބްރަޒިލްގެ ރައީސް ޖެއިރ ބޮލްސޮނާރޯ ވިދާޅުވެއްޖެއެވެ.
ޔޫކްރެއިން ހިފައިން ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމައަށް 5 ދުވަސް ވެފައިވާ އިރު، އެކި ގައުމުތަކުން އަންނަނީ ރަޝިޔާއަށް ފިޔަވަޅު އަޅުއްވަމުންނެވެ. ބްރަޒިލްގެ ރައީސް ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮލްސޮނާރޯ ވިދާޅުވީ ޔޫކްރޭންގެ ރައްޔިތުން ގައުމުގެ މުސްތަގުބަލަށް އިތުބާރު ކުރެއްވީ ހެއްވާ މަޖާ ރޯލު ކުޅޭ މީހަކަށް ކަމަށާއި، ރަޝިޔާއާއި ދެކޮޅަށް ފިޔަވަޅު ނާޅުއްވާނެ ކަމަށެވެ.
ބޮލްސޮނާރޯ މިހެން ވިދާޅުވީ ޔޫކްރެއިންގެ ރައީސް ވްލަޑީމިއަރ ޒެލެންސްކީއަކީ ކުރީގެ އެކްޓަރެއް އަދި ހެއްވާ މަޖާ ރޯލު ކުޅުއްވި ބޭފުޅަކަށް ވުމާއި ގުޅިގެންނެވެ.

އަދި ރަޝިޔާގެ ގަސްކާނާ އަކީ ބްރަޒިލްގެ ދަނޑުވެރިންނަށް މުހިއްމު އެއްޗެއް ކަމަށާއި، އަޅާ ފިޔަވަޅާއެކު އެކަމުގެ ގެއްލުން އެގައުމުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ކުރާނެ ކަމަށެވެ. ނަމަވެސް ސުލްހައަށް ލޯބި ކުރައްވާ ކަމަށާއި، އިތުރު މައްސަލަތަކެއް ފެންމަތި ކުރުވަން ބޭނުންފުޅު ނުވާ ކަމަށެވެ.
އަދި ޔޫކްރެއިންގައި ހިންގަމުންދަނީ ލޭ އޮހޮރުވުމެއްކަމަށް ނުދަންނަވާނެ ކަމަށެވެ. މީގެ އިތުރުން ޔޫކްރެއިނުން ވަކިވެގަނެފައިވާ ލުހާންސްކް އަދި ޑޮނެސްޓްކް އަކީ މިނިވަން ތަނެއްގެ ގޮތުގައި ރަޝިޔާއިން ބަލައިގެން ކަންތައް ވަނީ ދިފާއު ކުރައްވާފައެވެ.
ރަޝިޔާގެ ގައުމީ އެއަރލައިނުން ޔޫރަޕަށް ދަތުރުކުރުން ހުއްޓަލަނީ
ރަޝިޔާގެ ގައުމީ އެއަރލައިން އެއޮރޯފްލޮޓުން ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރުން ހުއްޓާލުމަށް ނިންމައިފިއެވެ. ރަޝިޔާއިން މިގޮތަށް ނިންމާފައިވަނީ މިހާރު ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ޔޫރަޕުގެ ގައުމުތަކުން ރަޝިޔާއަށް ކުރާ ދަތުރުތައް ހުއްޓާލާފައިވާތީއެވެ.
ފްރާންސްގެ ރައްޔިތުން ރަޝިޔާ ދޫކޮށް ދިއުމަށް ގޮވާލައިފި
ރަޝިޔާގައި ދިރިއުޅޭ ފްރާންސްގެ ރައްޔިތުން ރަޝިޔާ ދޫކޮށް ދިއުމަށް ފްރާންސުން ގޮވާލައިފިއެވެ. ފްރާންސް ފަދައިން ގިނަ ގައުމުތަކަކުން އަންނަނީ ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ރަޝިޔާއާއި ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ.
ޔޫކްރެއިންގެ ރޯމަން ޔަރެމްޗަކްއަށް ސަޕޯޓަރުންގެ ހޫނު ތަރުހީބެއް
ބެންފިކާއިން ލިސްބަންގައި ކުޅުނު މެޗުގައި ޔޫކްރެއިނަށް ނިސްބަތްވާ ބެންފިކާގެ ރޯމަން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވީ އޭނާގެ އަތުގައި ކެޕްޓަން ބޭންޑު އަޅުވާފައެވެ. އޭނާ ދަނޑަށް އެރުމާއެކު ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުން ވަނީ އޭނާއަށް ވަރަށް ހޫނު ތަރުހީބެއް ދީފައެވެ. އަދި އަހަރެމެން މިތިބީ ޔޫކްރެއިނާއެކުއޭ ޖަހާފައިވާ ގިނަ އަދަދެއް ދިދަތަކެއް ސަޕޯޓަރުން ވަނީ ދައްކާލާފައެވެ.
ރަޝިޔާގައި އެއްވެސް އިންޓަރނޭޝަނަލް މެޗެއް ނުކުޅުމަށް ފީފާއިން ނިންމައިފި
ރަޝިޔާގައި އެއްވެސް އިންޓަރނޭޝަނަލް މެޗެއް ނުކުޅުމަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ނިންމައިފިއެވެ. އަދި އެހެން ގައުމުތަކުގައި ކުޅޭ މެޗުތަކުގައިވެސް ރަޝިޔާގެ ގައުމީ ސަލާމާއި ދިދަ ބޭނުންކުރުން ފީފާއިން ވަނީ މަނާކޮށްފައެވެ. ފީފާއިން މިގޮތަށް ނިންމީ ރަޝިޔާއިން ޔޫކްރެއިންއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެންނެވެ.
ރަޝިޔާގެ ނިއުކްލިއަރ ފޯސްގެ އެލާޓް ލެވެލް މަތިކޮށްފި
ރަޝިޔާއާއި ޔޫކްރެއިނުން ދެގައުމުގެ މެދުގައި މަޝްވަރާތައް ކުރުމަށް ނިންމާފައިވާއިރު، ރަޝިޔާއިން ވަނީ އެގައުމުގެ ނިއުކްލިއަރ ފޯސްގެ އެލާޓް ލެވެލް މަތިކޮށްފައެވެ. ޔޫކްރެއިނުން ވަނީ މިއީ ރަޝިޔާއިން ކުރި ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، ހުރިހާ ގައުމަކުންވެސް މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލާފައެވެ.
ރަޝިޔާގައި ތިބި އެމެރިކާ އާއި ފްރާންސްގެ ރައްޔިތުން އެގައުމު ދޫކޮށްދިޔުމަށް އަންގައިފި
ރަޝިޔާގައި ތިބި އެމެރިކާ އާއި ފްރާންސްގެ ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރިކަން އެބައޮތް ކަމަށް ބުނެ އެދެ ގައުމުގެ ރައްޔިތުން ރަޝިޔާއިން ފޭބުމަށް އަންގައިފިއެވެ.
މޮސްކޯގައި ހުރި އެމެރިކާގެ އެމްބަސީން ބުނެފައިވަނީ ކޮމާޝަލް ފްލައިޓްތައް ލިބެން ހުރި ވަގުތު ވީއެންމެ އަވަހަށް ރަޝިޔާއިން ފުރުމަށް އެދޭކަމަށެވެ.
ފްރާންސްގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރަޝިޔާގައި ތިބި އެގައުމުގެ ރައްޔިތުން މިހާރުން މިހާރަށް ރަޝިޔާއަށް ފޭބުމަށެވެ.
ހަނގުރާމައިގައި މިހާތަނަށް 352 އާންމުން މަރާލާފައިވޭ، 14 ކުޑަކުދިން ހިމެނޭ
ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 352 އާންމުންގެ މީހުން މަރުވެފައިވާކަމަށާއި އޭގެތެރޭގައި 14 ކުޑަކުދިން ހިމެނޭކަމަށް ޔޫކްރެއިންގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިހާތަނަށް 1684 މީހުން ޒަޚަމްވެފައިވާއިރު އޭގެތެރޭގައި 116 ކުޑަކުދިން ހިމެނެއެވެ.
ރަޝިޔާގައި ހިނގަމުންދާ މުޒާހަރާތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު 5794ށް
ރަޝިޔާއިން ޔޫކްރެއިން އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް ރަޝިޔާގައި ކުރަމުންދާ މުޒާހަރާތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު 5794ށް އަރައިފިއެވެ. ރަޝިޔާގެ 51 ސިޓީއެއްގައި މުޒާހަރާތައް އަންނަނީ ކުރަމުންނެވެ.
ހަނގުރާމަ މެދުކަނޑާލުމަށާއި ސުލްހަޔަށް މަގުފަހިކުރުމަށް ފްރާންސުން ސެކިޔުރިޓީ ކައުންސިލަށް ހުށަހަޅަނީ
އދ ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއަށް ފްރާންސުން ހަނގުރާމަ މެދުކަނޑާލާ ސުލްހައިގެ ވާހަކަތަކަށް މަގުފަހިކުރުމާއި ގުޅޭގޮތުން ރިޒޮލިޔުޝަނެއް ހުށަހަޅާނެ ކަމަށް ފްރާންސުން ބުނެފިއެވެ.