Raajje.mv

ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ

މަސްރަހު ހޫނުވެ ޔޫކްރޭންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ރަޝިޔާގެ ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް އިރުމަތީ ޑޮންބަސްގައި ވަނީ ފަށާފައެވެ. އަދި ބުރާސްފަތު ދުވަހުން ފެށިގެން ރަޝިޔާ އި

24 ފެބުރުއަރީ 2022
484738
ރަޝިޔާ ޔޫކްރޭން ހަނގުރާމަ

ރަޝިޔާ ޔޫކްރޭން ހަނގުރާމަ

04 މާރިޗު 2022 | 16:10

ހަނގުރާމައިގައި މިހާތަނަށް 331 މީހުން މަރުވެއްޖެ

ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި މިހާތަނަށް ޔޫކްރެއިނުން 331 މީހުން މަރުވެފައިވާ ކަމަށް ޔޫއެންގެ ހިއުމަން ރައިޓްސް އޮފީހުން ބުނެފިއެވެ. އެ އޮފީހުން ބުނީ އޭގެ ތެރޭގައި 19 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި 675 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

04 މާރިޗު 2022 | 16:04

18،000 ރެފިޔުޖީން ޖަރުމަންވިލާތަށް އެތެރެވެއްޖެ

ޔޫކްރެއިނުން 18،000 ރެފިޔުޖީން ޖަރުމަންވިލާތަށް އެތެރެވެފައިވާ ކަމަށް އެ ޤައުމުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. ތަރުޖަމާނު ވިދާޅުވީ ޖަރުމަނަށް އެތެރެވި މީހުންގެ ތެރެއިން 3000 މީހުންނަކީ ޔޫކްރެއިންގެ ރައްޔިތުން ނޫން ކަމަށެވެ.

04 މާރިޗު 2022 | 15:45

އިންކުއަރީއެއް ކުރިއަށް ގެންދިޔުމަށް އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ނިންމުން

ރަޝިޔާ އިން ޔޫކްރެއިނަށް ދޭ ހަމަލާތަކާއި ގުޅިގެން އިންޑިޕެންޑެންޓް އިންޓަރނޭޝަނަލް ކޮމިޝަން އިންކުއަރީއެއް ކުރިއަށް ގެންދިޔުމަށް އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ނިންމައިފިއެވެ.

04 މާރިޗު 2022 | 12:58

ޕުޓިންއާ މަޝްވަރާ ކުރަން ބޭނުން: ޒެލެންސްކީ

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއާ ބައްދަލުކޮށް މަޝްވަރާކުރަން ބޭނުންވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ރަޝިޔާއިން ދަނީ ޔޫކްރެއިން އަރައި ހަނގުރާމަ ހިންގަމުންނެވެ. މީހުން ދިރިއުޅޭ އިމަރާތްތަކަށް ވެސް ހަމަލާތައް ދެމުންދާއިރު، ގިނަ އަދަދެއްގެ ރައްޔިތުން މަރުވެ، ގިނަ ބަޔަކު ޒަހަމްވެފައިވެއެވެ. މިގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ހިމެނެއެވެ. މަސްރަހު ގޯސްވަމުންދާއިރު، ހުކުރު ދުވަހު މީޑިއާތަކަށް ދެއްވި އިންޓަވިޔުގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހުއްޓާލަން އާމާން ގާއިމްކުރަން ބޭނުންވާ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލައާ މެދު ޕުޓިންއާ މަޝްވަރާކުރަން ބޭނުންވާ ކަމަށާއި، އެއީ މުޅި ދުނިޔެއިން ވެސް ބޭނުންވާ ކަމަށެވެ. މި މަޝްވަރާތައް ނުކޮށް ހަނގުރާމަ ނުހުއްޓުވޭނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ މި ހަނގުރާމަގެ ސަބަބުން މުޅި ދުނިޔެ އޮތީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށާއި، މަސްރަހު ފިނި ކުރަންޖެހޭ ކަމަށެވެ. އަދި މިއީ ދެގައުމަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ޒެލެންސްކީ ސިފަކުރެއްވިއެވެ. މީގެ އިތުރުން ކީއެވް ހުޅަނގަށް އިތުރު ސިފައިން ބޭނުންވާ ކަމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމަށް ޒެލެންސްކީ ގޮވާލާފައިވެއެވެ.

ޒެލެންސްކީ ސުލްހައިގެ މަޝްވަރާއަށް ގޮވާލި ނަމަވެސް މިހާތަނަށް މިކަމަށް ޕުޓިންގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރަޝިޔާއިން ބުނަމުން އަންނަނީ ޔޫކްރެއިންގައި ކުރިޔަށްގެންދަނީ އަސްކަރީ ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ. ޔޫކްރެއިން ހިފުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށާއި ނަމަވެސް ދެކުނު ސަރަހައްދުގައި އޮތް އަސްކަރީ ބާރުތަކުގެ ބާރު ކަނޑުވާލާ، އެސަރަހައްދު ހިފުމަށްކަމަށް ރަޝިޔާއިން އަންނަނީ ބުނަމުންނެވެ.

04 މާރިޗު 2022 | 09:52

ޔޫކްރެއިންއަށް އިތުރު ނިއުކްލިއަރ ހަމަލާތަކެއް ދީފާނެ ކަމުގެ ތުހުމަތު

ޔޫކްރެއިންއަށް އިތުރު ނިއުކްލިއަރ ހަމަލާތަކެއް ދީފާނެ ކަމުގެ ތުހުމަތު އެގައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ކުރައްވައިފިއެވެ.

04 މާރިޗު 2022 | 08:31

ރަޝިޔާއިން ޔޫކްރެއިންގެ ޝަރނީހިވް ސިޓީއަށް ދިން ހަމަލާގައި އެ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް

ބުރާސްފަތި ދުވަހު ރަޝިޔާއިން ޔޫކްރެއިންގެ ޝަރނީހިވް ސިޓީއަށް ދިން ވައިގެ ހަމަލާގައި އެ ސިޓީއަށް އެކި ވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަގޮތުގައި އެ ސިޓީގެ ގެތަކާއި އިމާރާތްތަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. ބައެއް އިމާރާތްތަކަށް މީހުންނަށް ދިރިނޫޅެވޭ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން މި ހަމަލާގައި 22 މީހަކު ވަނީ މަރުވެފައެވެ.

03 މާރިޗު 2022 | 22:01

ރަޝިޔާގެ އިތުރު 19 މަހުޖަނަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ނިންމައިފި

ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާ ކުރިޔަށްދާއިރު އެމެރިކާއިން ރަޝިޔާ އާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރު ރައުންޑެއް ފަށައިފިއެވެ.

އެގޮތުން ރަޝީޔާގެ 19 މަހުޖަނަކާއި 47 އާއިލާއަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ވަނީ ނިންމާފައެވެ. މިފިޔަވަޅާއެކު އެމީހުންނަށް އެމެރިކާއަށް ދަތުރުކުރުން މަނާވާނެއެވެ.

މީގެއިތުރުން ރަޝިޔާގެ 7 އިދާރާއަކާއި 26 މީހަކާ ދެކޮޅަށްވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

03 މާރިޗު 2022 | 18:51

10 މިލިއަނަށްވުރެ ގިނަ މީހުން ރެފިޔުޖީންނަށް ވާނެކަމަށް ލަފާކުރެވޭ: އދ

ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި 10 މިލިއަނަށްވުރެ ގިނަ މީހުން ރެފިޔުޖީންނަށް ވާނެކަމަށް ލަފާކުރެވޭ ކަމަށް އދން ބުނެފިއެވެ.

އދ ގެ ވޮލަންޓިއަރުން މިހާރުވެސް އިންސާނީ އެހީ ހިފައިގެން ޔޫކްރެއިން ބޭރުގައި ތިބި ކަމަށްވެސް އދން ބުނެއެވެ.

ޔޫކްރެއިންގެ އާއިލާއެއް ޕޮލެންޑް ބޯޑަރު ކައިރީގައި މަޑުކޮށްލައިގެން - ސީ.އެން.އެން
ޔޫކްރެއިންގެ އާއިލާއެއް ޕޮލެންޑް ބޯޑަރު ކައިރީގައި މަޑުކޮށްލައިގެން - ސީ.އެން.އެން
03 މާރިޗު 2022 | 18:47

ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރުގެ ވާހަކަތައް ނިންމާލައިފި

ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރު ނިންމާލައިފިއެވެ.

ދެވަނަ ބުރު ނިންމާލިއިރު ދެ ފަރާތުންވެސް އެއްބަސްވެފައިވަނީ ޔޫކްރެއިންގެ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖާގަ ދިނުމަށެވެ.

03 މާރިޗު 2022 | 13:50

ރަޝިޔާއިން ހަނގުރާމަ ހުއްޓާނުލާ ނިމެންދެން ކުރިއަށްދާނެ ކަމަށް ބުނެފި

ހަނގުރާމަ ނިމުމަކަށް ނާންނާނެ ކަމަށާއި، ރަޝިޔާއިން ނިމެންދެން ކުރިއަށް ގެންދާނެ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރގެއި ލަވްރޯވް ވަނީ ވިދާޅުވެފައެވެ. ސަރގެއި ވިދާޅުވީ ބައެއް ލީޑަރުން ރަޝިޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ރާވަމުން އަންނަ ކަމަށާއި، ބަދަލުގައި ޔޫކްރެއިންގައި ކުރިއަށްދާ މިލިޓަރީ އޮޕަރޭޝަން ވަރުގަދަ ކުރާނެ ކަމަށެވެ.

ލަވްރޯވް ވަނީ ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުމުގެ ވިސްނުމެއް ނެތްކަމަށް ވެސް ވިދާޅުވެފައެވެ.

03 މާރިޗު 2022 | 13:00

ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރަށް ވަފުދުތައް ދަތުރުފަށައިފި

ބެލަރޫސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރަށް ދެގައުމުގެ ވަފުދުތައް ދަތުރު ފަށާފައިވާ ކަމަށް ދެގައުމުން ބުނެފިއެވެ.

މައިޚައިލޯ ޕޮޑޮލްޔަކް ކުރި ޓްވީޓެއްގައި ބުނެފައިވަނި ޔޫކްރެއިންގެ ވަފުދު ރަޝިޔާއިން ބައްދަލުކުރަން ބުނެފައިވާ ތަނަށް ދިއުމަށް ދަތުރުފަށާފައިވާ ކަމަށެވެ.

ރަޝިޔާގެ ވަފުދުގައި ހިމެނެ ބޭފުޅުން ބައްދަލުވުމަށް ދިއުމަށް ހެލިކޮޕްޓަރުގައި ދަތުރު ފަށާފައިވާ ކަމަށް ރަޝިއާގެ އޮފިޝަލުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަޝްވަރާތައް ފެށިގެންދާނެކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރގެއި ލަވްރޯވް ވަނީ ޔޫކްރެއިންގެ ވަފުދުން މަޝްވަރާއަށް ދިއުމަށް ގަސްދުގައި ލަސްކޮށްފައިވާ ކަމަށެވެ.

02 މާރިޗު 2022 | 23:06

ޔޫކްރެއިން ގައި ބާކީތިބި 9 ދިވެހިން ހަންގޭރީއަށް ގޮސްފި: ޝާހިދު

ޔޫކްރެއިންގައި ބާކީތިބި 9 ދިވެހިން ހަންގޭރީއަށް ގޮސްފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

02 މާރިޗު 2022 | 20:49

ޑިޕްލޮމެސީގެ މަގު އަދިވެސް އޮތީ ހުޅުވިފައި، ނަމަވެސް ރަޝިޔާއިން ޔޫކްރެއިން އިން ފައިބާން ޖެހޭނެ: ބްލިންކެން

ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ރަޝިޔާއާއެކު ދެއްކުމަށް އެމެރިކާ އިން އޮތީ ތައްޔާރަށްކަމަށާއި ނަމަވެސް ޔޫކްރެއިންގައި ތިބި ރަޝިޔާގެ ފައުޖުތައް ފައިބަންޖެހޭނެކަމަށް އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ބްލިންކެން ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް ޑިޕްލޮމެޓިކް ގޮތުން މަސައްކަތްކުރެވޭނެކަމަށް ޔޫކްރެއިން އަށް ގަބޫލުކުރެވޭނަމަ އެކަމުގައި އެމެރިކާއިން އެހީތެރިވެދޭން ތައްޔާރު ކަމަށެވެ.

02 މާރިޗު 2022 | 17:35

ރަޝިޔާ އާއި ޔޫކްރެއިން އިން ސުލްހައިގެ ދެ ވަނަ ބުރުގެ ވާހަކަތައް މަރޗް 3 ގައި ބާއްވަނީ

02 މާރިޗު 2022 | 17:33

ރަޝިއާއިން ޔޫކްރެއިނުން ފޭބުމަށް ގޮވާލައި އދ. ގެ އާއްމު މަޖިލީހުން ގަރާރު ފާސްކޮށްފި

02 މާރިޗު 2022 | 09:00

ބޮއިންގް މަރުކާގެ އުފެއްދުންތަކުން ވެސް ރަޝިޔާ ބާކީކޮށްލައިފި

ބޮއިން މަރުކާގެ އުފެއްދުންތަކުން ރަޝިޔާއަށް ދޭ ހިދުމަތްތައް ހުއްޓާލައިފި

02 މާރިޗު 2022 | 07:13

ރަޝިޔާއިން ޔޫކްރެއިންގެ ޚަރްސަން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފި

01 މާރިޗު 2022 | 20:03

ރަޝިޔާގެ ބޭންކުތަކުގައި ވިސާ އަދި މާސްޓަރ ކާޑް ބޭނުން ނުކުރެވޭ ގޮތަށް ހަދައިފި

އަޅަފައިވާ ފިޔަވަޅުތަކާއި ގުޅިގެން ރަޝިޔާގެ ބޭންކުތަކުގައި ވިސާ އަދި މާސްޓަރ ކާޑް ބޭނުން ނުކުރެވޭ ގޮތަށް ހަދައިފިއެވެ.

ވިސާ އަދި މާސްޓަރ ކާޑް - ފޮޓޯ: ގެޓީ އިމޭޖަސް
ވިސާ އަދި މާސްޓަރ ކާޑް - ފޮޓޯ: ގެޓީ އިމޭޖަސް
01 މާރިޗު 2022 | 19:54

ރަޝިޔާ ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން "ދޮގު ޚަބަރު" ފަތުރާ ފަރާތްތަކަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ޤާނޫނެއް ހަދަން ނިންމައިފި

ރަޝިޔާ ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން "ދޮގު ޚަބަރު" ފަތުރާ ފަރާތްތަކަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ރަޝިޔާ އިން ޤާނޫނެއް ހަދަން ނިންމައިފިއެވެ.

01 މާރިޗު 2022 | 19:50

ޔޫކްރެއިން ހިފުމަށް ބެލަރޫސް އިން އެހީތެރިވޭދީ އެ ޤައުމާ ދެކޮޅަށް އިނގިރޭސިވިލާތުން ފިޔަވަޅު އަޅަން ނިންމައިފި

ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ބެލަރޫސް އިން އެހީތެރިވެދޭތީ އެ ޤައުމާ ދެކޮޅަށް ވެސް އިނގިރޭސިވިލާތުން ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

01 މާރިޗު 2022 | 19:45

ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އެޅިޔަސް ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ނުހުއްޓާނެ

ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އެޅިޔަސް ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ނުހުއްޓާނެ ކަމަށް އެޤައުމުގެ މަހުޖަނެއް ކަމަށްވާ އޮލިގާގް ފްރިޑްމަން ބުނެފިއެވެ.

01 މާރިޗު 2022 | 19:41

އިންޓަރނޭޝަނަލް ޓެނިސް ފެޑަރޭޝަނުން ވަނީ ރަޝިޔާ އަދި ބެލަރޫސް ސަސްޕެންޑްކޮށްފި

އިންޓަރނޭޝަނަލް ޓެނިސް ފެޑަރޭޝަނުން ވަނީ ރަޝިޔާ އަދި ބެލަރޫސް ސަސްޕެންޑްކުރަން ނިންމާ، ރަޝިޔާ އަދި ބެލަރޫސްގައި ބާއްވާ ހަރަކާތްތައް ވެސް ކެންސަލް ކުރަން ނިންމާފައެވެ.

01 މާރިޗު 2022 | 19:40

ޚަރްކީވް ބާރުގަދަ ގޮއްވުންތަކެއް ގޮއްވާލައިފި

ޚަރްކީވް ބާރުގަދަ ގޮއްވުންތަކެއް ގޮއްވާލާ މަންޒަރު ދައްކައިދޭ ވީޑިއޯއެއް

01 މާރިޗު 2022 | 18:08

ރަޝިއާ - ޔޫކްރެއިން ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބައްދަލުވުން ބުދަ ދުވަހު

ރަޝިއާ ޔޫކްރެއިން ސުލްހައިގެ އިތުރު މަޝްވަރާތައް ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން ދެވަނަ ބައްވަދަކުރެއްވުމުގެ މަޝްވަރާތައް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބެލަރޫސް އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ސަރަހައްދުގައެވެ.

01 މާރިޗު 2022 | 18:05

ރަޝިޔާއިން ދަނީ އިތުރަށް ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުން: ޔޫކްރެއިންގެ އިންޓެލިޖެންސް

ރިޕޯޓުތައް ބުނާ ގޮތުން ރަޝިޔާއިން ދަނީ އިތުރަށް ހަމަނުޖެހުން ހިންގުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އަދި ބެލަރޫސްގެ 300 އެއްހާ ޓޭންކް މިހާރު ޔޫކްރެއިންއާ ގުޅޭ ބޯޑަރު ކައިރީގައި ތިބި ކަމަށް ޔޫކްރެއިންގެ އިންޓެލިޖެންސް އިން މައުލޫމާތުދެއެވެ.

01 މާރިޗު 2022 | 18:01

ރަޝިޔާގެ ހަނގުރާމައާ ދެކޮޅަށް ނުކުންނަވާ: ޔޫކްރެއިންގެ ރައީސް

ރަޝިޔާގެ ހަނގުރާމައާ ދެކޮޅަށް ނުކުންނެވުމަށް ކަޒިކްސްތާން އަދި ޖޯޖިއާގެ ކުރީގެ އިސް ހާރިޖީ ވަޒީރުންނަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެދިވަޑައިގެންފިއެވެ. ރަޝިޔާއާ ދެކޮޅަށް ހަނގުރާމައަށް ނުކުތުމަށް ގޮވާލެއްވީ ފޭސްބުކަށް ދޫކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

01 މާރިޗު 2022 | 17:50

ރަޝިޔާގެ ސިފައިންނަށް ޔޫކްރެއިން ރައްޔިތުން ހުރަސްއަޅާ ވީޑިއޯއެއް

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ މި ވީޑިއޯއިން ފެންނަނީ ރަޝިޔާގެ ސިފައިނުންނަށް ޔޫކްރެއިންގެ ރައްޔިތުން ހުރަސްއެޅުމުން ވައިގެ ތެރެއަށް ބަޑި ޖަހާ މަންޒަރެވެ.

01 މާރިޗު 2022 | 17:49

ބްރެންޓް ކްރުޑް ތެލުގެ އަގު 9 އިންސައްތަ މައްޗަށް

ބްރެންޓް ކްރުޑް ތެލުގެ އަގު 9 އިންސައްތަ މައްޗަށް ޖެހިލައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ 106 ޑޮލަރުގައެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން މިހާ މައްޗަށް ތެލުގެ އަގުޖެހުނު ފުރަތަމަ ފަހަރު ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

01 މާރިޗު 2022 | 15:37

ކީވްގެ ޓީވީ ޓަވަރަކަށް ހަމަލާ ދީފި

ރަޝިޔާއިން ކީވްގެ ޓީވީ ޓަވަރަކަށް ހަމަލާދިނުމުގެ ސަބަބުން ޔޫކްރެއިންގެ ޓީވީ ޗެނަލްތަކުން ބްރޯޑްކާސްޓް ކުރުން ހުއްޓާލައިފި

01 މާރިޗު 2022 | 09:56

ޚާރްކީވް އަށް ރަޝިޔާއިން ދިން ހަމަލާތަކުގައި ޔޫކްރެއިންގައި ކިޔަވަމުންދާ އިންޑިޔާ ދަރިވަރަކު މަރުވެއްޖެ

01 މާރިޗު 2022 | 09:37

ރަޝިޔާ ސިފައިންގެ 5700 މީހުން މަރާލައިފިން: ޔޫކްރެއިން

ރަޝިޔާ އަސްކަރިއްޔާގެ 5710 ސިފައިން މަރާލާފައިވާކަމަށް ޔޫކްރެއިން އިން ބުނެފިއެވެ.

ޔޫކްރެއިންގެ ސްޕޯކްސްޕާސަން ފޭސްބުކަށް ކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ 200 ސިފައިން ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ރަޝިޔާގެ 198 ޓޭންކާއި، 29 މަތިންދާބޯޓާއި، 846 އަސްކަރީ ވެހިކަލާއި، 29 ހެލިކޮޕްޓަރުވެސް ހަލާކުކޮށްލާފައިވާކަމަށެވެ.

ނަމަވެސް ބީބީސީން ރިޕޯޓްކުރާ ގޮތުގައި ޔޫކްރެއިންގެ މިވާހަކަތަކުގެ ތެދު ހަގީގަތް ޔަގީންކުރެވޭ ގޮތެއް ނުވެއެވެ.

01 މާރިޗު 2022 | 08:16

ޔޫކްރެއިންގެ ބޮޑެތި ސިޓީތަކަށް އަމާޒުކޮށް ރަޝިޔާއިން ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފި

ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ބޮޑެތި ސިޓީތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވަރުގަދަކުރަން ފަށައިފިއެވެ.

އެގޮތުން ކިޔެވް އާއި ޚާރްކީވް އަށް ދެމުންދާ ހަމަލާތައް އިތުރުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

01 މާރިޗު 2022 | 08:14

ރަޝިޔާ އަސްކަރިއްޔާގެ 75 އިންސައްތަ ޔޫކްރެއިން އެތެރެއަށް ވަދެއްޖެ

ރަޝިޔާ އަސްކަރިއްޔާގެ 75 އިންސައްތަ ސިފައިން މިހާރު ޔޫކްރެއިންގެ ތެރެއަށް ވަދެފައިވާކަމަށް މިލިޓަރީ ކަންކަމާއި ބެހޭ މާހިރުން ބުނެފިއެވެ.

ކުރިން ޔޫކްރެއިންގެ އެތެރޭގައި އޮތީ ރަޝިޔާ އަސްކަރިއްޔާގެ 40 އިންސައްތައެވެ.

ބެލަރޫސް އާ ދިމާލުން ދެކުނު ފަރާތުން ކިޔެވް އާ ދިމާލަށް ހަމަލާތައް ދެމުންދާކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފައެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާ މިވަގުތު އަސްކަރީ ފޯމޭޝަންގައި މަސައްކަތްކުރަމުން ނުދާކަމަށާއި ނަމަވެސް ދިފާއުގައި ހަމަލާތައް ދެމުންދާކަމަށްވެސް ބީބީސީން ބުނެއެވެ.

01 މާރިޗު 2022 | 06:03

އިރުމަތީ ޔޫރަޕްގައި ތިބި ދިވެހިންގެ އެންމެ ފަހުގެ އަޕްޑޭޓް:

*ޔޫކްރެއިން*

- ޔޫކްރެއިންގެ ވެރިރަށް ކިއޭވް ކައިރީގައި ދިރިއުޅެމުން ދިޔަ ދިވެހި އާއިލާ (ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔޫކްރެއިން ރައްޔިތެއް އަދި އެދެމަފިރިންގެ ކުޑަ 2 ކުދިން) މިހާރު ވަނީ ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައި

- ޚަރްކީވްގައި ތާށިވެފައި ތިބި ކުދިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އިތުރު ޤައުމުތަކާ ގުޅިގެން މިދަނީ މަސައްކަތްކުރަމުން

- ޚަރްކީވްފައި ތިބި ދިވެހި ދަރިވަރުންނަށް ފޮރިން މިނިސްޓަރ ޝާހިދު އިއްޔެ ފޯނުން ގުޅުއްވައި، އެކުދިންގެ ޙާލު ބެއްލެވި

- މިވަގުތު ޔޫކްރެއިންގައި ތިބީ 9 ފަރާތެއް (ޚަރްކީވް: 8، ނީޕްރޯ: 1)

*ބެލަރޫސް*

- ބެލަރޫސްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، ދަރިވަރުންނަށް ވަނީ އެކަން އެންގިފައި

- ކްލާސްތައް މެދުނުކެނޑި ހުރިހާ ޔުނިވަރސިޓީއެއްގައި ކުރިއަށް އެބަދޭ. އާއްމު ހާލަތު ރަނގަޅު

*ރަޝިޔާ*

- ރަޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، ދަރިވަރުންނަށް ވަނީ އެކަން އެންގިފައި

- ކްލާސްތައް މެދުނުކެނޑި ހުރިހާ ޔުނިވަރސިޓީއެއްގައި ކުރިއަށް އެބަދޭ. އާއްމު ހާލަތު ރަނގަޅު.

- ކްލާސްތައް އޮންލައިން ކްލާސްތަކަށް ބަދަލުކުރެވޭތޯ ދަރިވަރުން ދަނީ ޔުނިވަރސިޓީއާއެކު މަޝްވަރާކުރަމުން. ދަރިވަރުންނަށް މިކަމުގައި ބޭނުންވާ އެހީތެރިކަން ބަރލިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ދަނީ ފޯރުކޮށްދެމުން

01 މާރިޗު 2022 | 05:04

ބެލަރޫސްގެ ސިފައިންގެ ފައުޖުތައް ރަޝިޔާއިން ބޭނުންކުރަން ތައްޔާރުވަމުންދާކަމަށް ޔޫކްރެއިން އިން ބުނެފި

ރަޝިޔާއިން ބެލަރޫސްގެ ސިފައިން ބޭނުންކުރަން ތައްޔާރުވަމުން އަންނަކަމަށް ޔޫކްރެއިން ސިފައިން ބުނެފިއެވެ.

ނަމަވެސް ބެލަރޫސް އިން ވަނީ ބެލަރޫސްގެ ސިފައިން ބޭނުންކުރާ ވާހަކަ ދޮގުކޮށްފައެވެ.

01 މާރިޗު 2022 | 03:45

މާސްޓަރކާޑުން ރަޝިޔާގެ ޓްރާންސްސެކްޝަންތަކެއް ބްލޮކްކޮށްފި

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މާސްޓަރކާޑުގެ ޓްރާންސްސެކްޝަންތަކެއް ރަޝިޔާގައި ބްލޮކްކޮށްފައިވާކަމަށް މާސްޓަރކާޑުން ބުނެފިއެވެ.

ރަޝިޔާގެ ގިނަ ބޭންކްތަކަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާއިރު ސްވިފްޓް ޕޭމަންޓުންވެސް ރަޝިޔާގެ ބޭންކުތަކެއް ވަނީ އުނިކޮށްފައެވެ.

01 މާރިޗު 2022 | 03:08

އޮސްޓްރޭލިއާއިން 50 މިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރެއިން އަށް ދެނީ

އޮސްޓްރޭލިއާއިން 50 މިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރެއިން އަށް ފޯރުކޮށްދޭނެކަަމަށް ބުނެފިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ޔޫކްރެއިން އަށް ދިފާއުވުމަށް ލީތަލް އާއި ނޮން-ލީތަލް ހަތިޔާރު ފޯރުކޮށްދޭނެކަމަށެވެ.

މީގެއިތުރުން 35 މިލިއަން ޑޮލަރުގެ އިންސާނީ އެހީވެސް ޔޫކްރެއިން އަށް ފޯރުކޮށްދޭނެކަަމަށް ވިދާޅުވިއެވެ.

01 މާރިޗު 2022 | 02:49

ޑިޒްނީން ރަޝިޔާގައި ފިލްމު ރިލީޒްކުރުން ހުއްޓާލަނީ

ހޮލީވުޑްގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ފިލްމު އުފައްދާ ސްޓޯޑިއޯ ޑިޒްނީން ރަޝިޔާގައި ފިލްމު ރިލީޒްކުރުން ހުއްޓާލަން ނިންމާފައިވާކަމަށް ބުނެފިއެވެ.

ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ރަޝިޔާގެ ތިއޭޓަރ ތަކުގައި ޑިޒްނީގެ ފިލްމު އެޅުވުން ހުއްޓާލާކަމަށް އެކުންފުނިން ބުނެއެވެ.

ކުރިޔަށް އޮތް މަސްތަކުގައި ޑިޒްނީގެ ފިލްމުތަކެއް ރަޝިޔާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް ރަޝިޔާއަކީ ޑިޒްނީގެ މާބޮޑު މާކެޓެއް އޮތް ގައުމެއް ނޫނެވެ.

01 މާރިޗު 2022 | 02:25

ސްޓަރލިންކްގެ ޝިޕްމަންޓް ޔޫކްރެއިން އަށް ގެންގޮސްފި

01 މާރިޗު 2022 | 02:24

ރަޝިޔާއިން އަނެއްކާވެސް ކިޔެވް އަށް ހަމަލާދޭން ފަށައިފި: ޔޫކްރެއިންގެ އަސްކަރިއްޔާ

ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ވެރިރަށް ކިޔެވް އަށް ހަމަލާދޭން އަނެއްކާވެސް ފަށާފައިވާކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އަސްކަރިއްޔާގެ ޖެނެރަލަކު ކޮށްފައިވާ ޕޯސްޓަކާއި ހަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވަނީ ކިޔެވް ވަށައިގެންވާ ސަރަަހައްދުގެ އޮތީ ނުތަނަވަސްކަމުގެ ތެރޭގައިކަމަށެވެ. ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ އަސްކަރީ ތަންތަނުގެ އިތުރުން އާންމުންނަށް ހަމަލާދެމުންދާކަމަށް ބުނެފައިވެއެވެ.

4 / 11