Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

18 މާރިޗު 2020 | 16:55

މިސްރަށް ދަތުރުކުރާ ދިވެހިން ވެސް ސަމާލުވުމަށް އަންގައިފި

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މިސްރުގެ ސަރުކާރުން ވަނީ 19 މާރިޗް 2020 ގެ މެންދުރު 12 އިން ފެށިގެން 31 މާރިޗު 2020 ގެ ނިޔަލަށް، އެ ޤައުމުގެ އެއްވެސް އެއާޕޯޓަކުން އެއްވެސް ފްލައިޓެއް ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ.

އަދި މި ދުވަސްތަކުގެ ތެރޭގައި މިސްރަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން އެކަމަށް ސަމާލުވެ އެ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއި، މިސްރުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދައިގެން ދަތުރުކުރުމަށް ވެސް ވަނީ އެދިފައެވެ.

18 މާރިޗު 2020 | 16:50

ޔޫއޭއީއަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އަންގައިފި

މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ޔޫއޭއީގައި ސަރުކާރުން ވަނީ 19 މާރިޗް 2020 އިން ފެށިގެން، ޑިޕްލޮމަޓިކް ޕާސްޕޯޓުތަކަށް ފިޔަވައި، އެހެން ޕާސްޕޯޓުތައް ގެންގުޅޭ ފަރާތްތަކަށް، އޮން-އެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ވީމާ، މި ދުވަސްތަކުގެ ތެރޭގައި ޔޫއޭއީއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށާއި، މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އެކުވެރި އަރަބި އިމާރާތުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އަންގާފައެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

18 މާރިޗު 2020 | 16:45

ބަލި މީހުންގެ ހާލަތަށް ބަދަލެއް ނާދޭ

ބަލި މީހުންގެ ހާލަތަށް ބަދަލެއް ނާދޭ. މީގެ ތެރޭގައި ޑީއެޗް-11 ގައި ފަރުވާދެމުންދާ 2 ފަރާތާއި ޕޮޒިޓިވްވި އެހެން މީހުން ހިމެނޭ.

18 މާރިޗު 2020 | 16:42

އިމަރޖެންސީ މެޑިކަލް ރެސްޕޮންސް އެންޑް ކޯރޑިނޭޝަން ޓީމެއް ރާއްޖެ އަތުވެއްޖެ

ދުނިޔޭގެ ފެންވަރުގެ އިމަރޖެންސީ މެޑިކަލް ރެސްޕޮންސް އެންޑް ކޯރޑިނޭޝަން ޓީމެއް ރާއްޖެ އަތުވެއްޖެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ކޮވިޑް-19 އާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ނޭޝަނަލް ޓާސްކްފޯސް" ގެ މަޝްވަރާގެ މަތިން ފަތުރުވެރިކަމުގެ ޞިނާޢަތުގެ އެހީތެރިކަމާއެކު ދުނިޔޭގެ ފެންވަރުގެ އިމަރޖެންސީ މެޑިކަލް ރެސްޕޮންސް އެންޑް ކޯރޑިނޭޝަން ޓީމެއް ބުދަ ދުވަހު ރާއްޖެ އައިސްފައިވާކަމަށް.

އެގޮތުން މިޓީމުގައި ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަށް އެހީތެރިވެދޭނެ ތަޖުރިބާކާރު 2 ޑޮކްޓަރުންނާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް މި ބައްޔާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކޮށްދިނުމުގައި އެހީތެރިވެ ދިނުމަށް އެފަދަ އޮޕަރޭޝަންތަކުގެ ތަޖުރިބާ ލިބިފައިވާ ކޯރޑިނޭޓަރެއް ހިމެނޭ. އަދި ކ. ވިލިވަރުގައި ޤާއިމު ކުރެވިފައިވާ އަދި އއ. ވެލިދޫގައި ޤާއިމު ކުރެވެމުންދާ ކަރަންޓީން ފެސިލިޓީތަކުގައި ހަރަކާތްތެރިވުމަށް ތަޖުރިބާކާރު 2 ނަރުހުންނާއި އަދި ބަލި ދެނެގަނެވޭ ހާލަތުގައި އެ ފަދަ ތަންތަނަށް ފަސްޓް ރެސްޕޮންސްގެ ގޮތުގައި ދަތުރުކުރާނެ އެމަރޖެންސީ މެޑިކަލް ޓެކްނީޝަނެއް ޓީމުގައި ހިމެނޭ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނޭ.

މިނިސްޓްރީން ބުނީ މިޓީމުގައި ހިމެނެނީ އެމެރިކާ، ސައުތު އެފްރިކާ އަދި އިނގިރޭސިލާތުގެ ތަޖުރިބާކާރުން ކަމަށެވެ. ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް ޓޫރިޒަމް މިނިސްޓްރީއާއި ޓޫރިޒަމް އިންޑަސްޓްރީއާއި ގުޅިގެން ވިލިވަރުގައި 30 ކޮޓަރީގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމްކޮށް، ރާއްޖޭގެ އެއަރޕޯޓުތަކުގައި ތަރމަލް ކެމެރާ ވަނީ ހަރުކޮށްފަ. އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ބޭނުންވާ މާސްކާއި، އިތުރު މެޑިކަލް އިކުއިޕްމަންޓްސް ހޯދާދެވިފައިވާކަމަށް ވެސް މިނިސްޓްޓްރީން ވަނީ ބުނެފަ.

18 މާރިޗު 2020 | 16:38

ފުލޫ ކްލިނިކްތަކުން ނެގި ހުރިހާ ސާމްޕަލްތަކެއް ނެގެޓިވް

މާލެ ފުލޫ ކްލިނިކުން 121 ސާމްޕަލްއެއް 18 ވަނަ ދުވަހާ ހަމައަށް ނެގިފައިވޭ. އެ ހުރިހާ ސާމްޕަލްއެއް ވެސް ނެގެޓިވް.

ރ. ފައިނު، ކުޑަހުވަދޫ، އުކުޅަސް، ހިންނަވަރު އަދި ހިތަދޫ ސާމްޕަލްތައް ލެބޯޓަރީއަށް ހެނދުނު ލިބިފައިވޭ.

މޮނިޓަރިންގެ ހަލަތުގައި އޮތީ އައިލެންޑް ސަފާރީގެ ބޯޓު.

ރިއު ހޮޓެކްލްގެ ނަތީޖާ ޕެންޑިންގައި

18 މާރިޗު 2020 | 16:32

ކޭސްތަކުގެ ތަފްސީލު

- ކުރެއްދޫ ކޮންޓެކްޓްގެ ސާމްޕަލްއެއް ނެގުނު، އެމީހާގެ ނަތީޖާ ނެގެޓިވް

- ބެންގަލޫރުން އައި ދިވެއްސެއްގެ ސާމްޕަލް ނެގެޓިވް

- ގިލިލަންކަން ފުށި 2 މީހުންގެ ނަތީޖަ ނެގެޓިވް، މޮނިޓަރިންގެ ހާލަތުން ނެގިފައި

- އަނަންތަރާ ކިހަވަކުން 1 ބިދޭސީއެއްގެ ސަމްޕަލް ނެގުނު، ޓެސްޓް ނަތީޖާ ނެގެޓިވް

- މައި ސްކައި ޔޮޓްއިން ސާމްޕަލް ނެގި މީހާގެ ނަތީޖާ ނެގެޓިވް

- ފުރަވެރި ރިސޯޓުން ނެގި 2 ސާމްޕަލް ނަތީޖާ ނެގެޓިވް

މި ހުރިހާތަނެއްގައި ވެސް ކޮންޓެކްޓް ޓްރޭސިން އިން ފާހަގަ ކުރެވޭ ފަރާތްތައް އައިސޮލޭޓްކޮށް ބާކީ އޮތް ބައި އާންމު ހާލަތަކަށް ގެންނާނެ.

18 މާރިޗު 2020 | 16:25

238،853 މީހަކު ޕޯޓްތަކުން ސްކްރީން ކޮށްފި

ޕޯޓްތަކުގެ ސްކްރީނިންގެ ތެރެއިން 238،853 މީހަކު ސްކްރީން ކުރެވިފައިވޭ. މީގެ ތެރެއިން 81 ފަރާތެއް ވަނީ ރާއްޖެ އެތެރެވުން ހުއްޓުވާ އަނބުރާ ފޮނުވާލެވިފައި.

18 މާރިޗު 2020 | 16:21

ކްލިނިކްތަކުގެ ތަފާސްހިސާބު

ސެނަހިޔާގެ ފުލޫ ކްލިނިކް - 860

ޓްރެވަލް ކްލިނިކް - 237

ހުޅުމާލެ - 65

94،382 ފަރާތެއް ކޮވިޑް-19 އާއި ގުޅިގެން ޓްރެއިން ކޮށްފައިވޭ

18 މާރިޗު 2020 | 16:20

ރާއްޖެއިން ނަގާފައިވަ ސާމްޕަލްތައް

މިހާތަނަށް 463 ސާމްޕަލްއެއް ނަގާފައިވޭ

450 ސާމްޕަލް ނެގެޓިވް

ނުލިބި 35

ޕޮޒިޓިވް 13 (ބަދަލެއް ނާދޭ)

18 މާރިޗު 2020 | 16:18

ރާއްޖޭގެ ތަފާސްހިސާބުތައް

ޕޮޒިޓިވް ކޭސް - 13 (ބަދަލެއް ނާދޭ)

ވިލިވަރު ކަރަންޓީން ފެސިލިޓީ - 25

ހުޅުލެ އައިލެންޑް ހޮޓެލް ކަރަންޓީން ފެސިލިޓީ - 57

ފަރުކޮޅު އައިސޮލޭޝަން - 15

ޑީއެޗް 11 - 2

ވެލިދޫ - 0

ފަންއައިލެންޑް ރިސޯޓް ކަރަންޓީން އަދި އައިސޮލޭޝަން އަށް ބޭނުންކުރަން ޓުއަރިޒަމުން ހަމަޖައްސައިދީފައިވޭ.

18 މާރިޗު 2020 | 16:11

81 ފަރާތެއް ރާއްޖެއަށް އެތެރެވުން ހުއްޓުވާފައި ފޮނުވާލައިފި

ޕޯޓް ސްކްރީންގެ ތެރެއިން މިހާތަނަށް 81 ފަރާތެއް އެތެރެވުން މަނާކޮށް އަނބުރާ ފޮނުވާލާފައިވޭ

18 މާރިޗު 2020 | 15:07

ވިއެޓްނާމްއަށް ދަތުރުކުރާ އަދި ވިއެޓްނާމްގައި ދިރިއުޅޭ ދިވެހިން ވެސް ސަމާލުވުމަށް އެދިއްޖެ

ވިއެޓްނާމްއަށް ދަތުރުކުރާ އަދި ވިއެޓްނާމްގައި ދިރިއުޅޭ ދިވެހިން ވެސް ސަމާލުވުމަށް ދިވެހި ސަރުކާރުން އެދިއްޖެއެވެ.

ފޮރިން މިނިސްޓްރީން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ވިއެޓްނާމްގެ ސަރުކާރުން ވަނީ 18 މާޗް 2020 ގެ ދަންވަރު 00:00 އިން ފެށިގެން ފަތުރުވެރިންނާއި ބިދޭސީން އެ ޤައުމަށް ވަނުން މަނާކޮށްފައި ކަމަށެވެ.

އަދި ވިއެޓްނާމްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ވިއެޓްނާމްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެގޮތުން، ވިއެޓްނާމްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ވިއެޓްނާމްގައި ދިރިއުޅޭ ދިވެހި ރައްޔިތުން މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ވަނީ އެދިފައެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

18 މާރިޗު 2020 | 15:02

އެލައިޑްގެ އޮފީސް ބަންދު، ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ!

18 މާރިޗު 2020 | 15:01

ކޮވިޑް-19: އޭއެފްސީ ކަޕްގެ މެޗުތައް ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރުމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ނިންމައިފި އެވެ.

މީގެ ކުރިން އޭއެފްސީން ވަނީ އޭއެފްސީ ކަޕްގެ ވެސްޓް ޒޯނުގައި މިމަހު ކުޅެން ހަމަޖެހިފައި ހުރި މެޗުތައް ފަސްކޮށްފައެވެ. އެކަމަކު ބުދަ ދުވަހު އޭއެފްސީން ވަނީ މި މަހާއި އަންނަ އޭޕްރީލް މަހު އޭއެފްސީ ކަޕްގެ ހުރިހާ ސަރަހަދެއްގައި ކުޅެން ތާވަލުކޮށްފައި ހުރި މެޗުތައް ފަސްކޮށްފައެވެ. ދެން އެ މެޗުތައް ކުޅޭނެ ތާރީޚެއް އޭޕްރީލް މަހަށްފަހު ކަނޑައަޅާނެ ކަމަށް އޭއެފްސީން ވަނީ ބުނެފައެވެ.

18 މާރިޗު 2020 | 14:54

ރިސޯޓުތަކާއި ރަށްރަށުގެ ދަތުރުތަކުގެ ތެރެއިން އިސްތިސްނާ ޙާލަތްތައް

ރިޒޯޓުތަކުން، މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުން ހުއްޓައިލުމާއި، ރަށްރަށުން ރިޒޯޓުތަކަށް މީހުން ދަތުރުކުރުން ހުއްޓައިލުމުގެ އިތުރުން، އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުން 27 މާރޗުގެ ނިޔަލަށް ވަނީ ހުއްޓާލާފައި. ނަމަވެސް އޭގެ ތެރެއިން އިސްތިސްނާވާ ޙާލަތްތަކަކީ:

18 މާރިޗު 2020 | 14:38

ޔޫއޭއީގެ ރައްޔިތުންގެ ގައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފި

ވަގުތީގޮތުން މި ނިންމުން ނިންމާފައިވަނީ ރައްޔިތުންގެ ރައްކަލަކަށްޓަކައެވެ. އެގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނި ރައްޔިތުންގެ ރއްކަލަކަށްޓަކައި އަދި ފުލައިޓްތައް ކެންސަލްވަމުންދާތީ ކަމަށެވެ.

ޔޫއޭއީގައި މިހާތަނަށް 113 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.

18 މާރިޗު 2020 | 14:31

ވޫހާން އަށް އެހީވެދޭން ދިޔަ ހެލްތް ވަރކަރުންގެ މަސައްކަތް ނިންމާލައިފި

ވޫހާން އަށް އެހީވެދޭން ދިޔަ ހެލްތް ވަރކަރުންގެ މަސައްކަތް ނިންމާލައިފިއެވެ.

އެންމެ ފުރަތަމަ މި ވައިރަސް ފެނުނު، އަދި މި ވައިރަސް އެންމެ ގަދަޔަށް ފެތުރުނު ވޫހާން އަށް ޗައިނާގެ އެކި ހިސާބުތަކުން 42000 އަށް ވުރެ ގިނަ ކަމާބެހޭ ފަރާތްތަކުން ވަނީ އެހީވުމަށް ގޮސްފައެވެ. މިހާރު ވޫހާން ކޮވިޑް-19 ކޮންޓްރޯލްވުމާއި ގުޅިގެން 3،675 މެޑިކަން ވަރކަރުންވަނީ ވޫހާން ދޫކޮށް ގޮސްފައެވެ.

18 މާރިޗު 2020 | 14:27

ކަޒަކްސްތާންގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ދިވެހި ސަރުކާރުން އަންގައިފި

ކަޒަކްސްތާންގައި ކޮވިޑް-19 އާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ދިވެހި ސަރުކާރުން އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ކަޒަކްސްތާންގެ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށް، 16 މާޗް 2020 ގެ ހެނދުނު 08:00 އިން ފެށިގެން ބައެއް ފަރާތްތައް ފިޔަވައި އެ ޤައުމަށް ވަދެނިކުތުން މަނާކުރުމަށް ނިންމާފައި ކަމަށެވެ.

އެގޮތުން 16 މާޗް 2020 ހެނދުނު 08:00 ކުރިން އެ ޤައުމަށް އެތެރެވެފައި، އެނބުރި ޤައުމަށް ދަތުރުކުރަން ގަސްދުކުރާ ފަތުރުވެރިންނާއި ބިދޭސީންނާއި، ކަޒަކްސްތާން ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނާއި، ކަޒަކްސްތާންގެ މިނިސްޓްރީ އޮފް އެފެއާޒްގެ ދައުވަތަކަށް އެ ޤައުމަށް ދަތުރުކުރާ އެހެން ޤައުމުތަކުގެ ޑިޕްލޮމެޓުން ހިމެނެއެވެ.

އަދި ކަނޑުމަގުން ދަތުރު ކުރާ އުޅަނދުތަކާއި މަތިންދާ ބޯޓުތަކުގައި މަސައްކަތް ކުރާ ކްރޫއިންނާއި، ކަޒަކްސްތާންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ކަޒަކްސްތާންގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވުމަށް އެދިފައިވެއެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން، ކަޒަކްސްތާންއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ކަޒަކްސްތާންގައި ދިރިއުޅޭ ދިވެހި ރައްޔިތުން އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ވަނީ އެދިފައެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

18 މާރިޗު 2020 | 14:07

އޭއެފްސީ ކަޕްގެ މެޗުތައް މުއްދަތެއް ނެތް ގޮތައް ފަސްކޮށްފި

ރާއްޖޭގެ ކުލަބުތައް ވާދަކުރާ ބައިނަލް އަގުވާމީ ކުލަބު މުބާރާތް ކަމަށްވާ އޭއެފްސީ ކަޕްގެ މެޗުތައް މުއްދަތެއް ނެތް ގޮތައް ފަސްކުރަން އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފިއެވެ. އޭއެފްސީ ކަޕްގެ މެޗުތައް ފަސްކޮށްފައި މި ވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެންނެވެ. ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތައް ހުއްޓުމަކަށް އައިސްފައިވާއިރު ދުނިޔޭގެ ބޮޑެތި ހުރިހާ ކުޅިވަރު މުބާރާތެއް މިހާރު ވަނީ ހުއްޓާލާފައެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކުަލަބު ވާދަކުރާއިރު އެ ދެ ޓީމު ވެސް މިހާރު ވަނީ އެއް މެޗު ކުޅެފައެވެ. މެޗުތައް ދެން އޮންނާނީ އަންނަ މަހު ގަލޮޅުި ދަނޑުގައި 14 އާއި 15 ވަނަ ދުވަހު އެވެ. ފުރަތަމަ މެޗުގައި 14 ވަނަ ދުވަހު މާޒިޔާ ކުޅޭނީ ބަޝުންދުރާއާ އެވެ. އަދި 15 ވަނަ ދުވަހު ޓީސީ ބައްދަލުކުރާނީ ޗެންނާއީއާ އެވެ. މިއީ އޭއެފްސީ ކަޕްގެ އެއް ގްރޫޕެއްގައި ރާއްޖޭގެ ދެ ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގެ އައި ލީގު ޗެމްޕިއަން ޗެންނާއީ އާއި ދެކޮޅަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ކުޅުނު މެޗު ނިމިފައި ވަނީ 2-2 އިން އެއްވަރުވެގެން ނެވެ. ޓީސީ ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަތުން ބަލިވެފައި ވަނީ 5-1 ގެ ނަތީޖާއަކުން ނެވެ.

18 މާރިޗު 2020 | 13:55

ކޮންމެހެން ޝަރީއަތެއް ބާއްވަން ޖެހިއްޖަނަމަ ފަނޑިޔާރުން ކޯޓުތަކަށް ނިކުންނަވާގޮތަށް ހަމަޖައްސައިފި

ޖޭއެސްސީގެ ބުނީ އިތުރަށް ބުނީ، ކޮވިޑް-19 އާ ގުޅިގެން މިހިިނގާ މާރޗު މަހުގެ 19 އިން ފެށިގެން 26 ގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމާފައިވީ ނަމަވެސް ކޮންމެހެން ލިބެންޖެހޭ ޚިދުމަތްތަކުގެ ތެރޭގައި ޝަރުއީ ކޯޓުތަކުގެ ޚިދުމަތްތައް ހިމެނިފައިވާ ކަމަށެވެ. އެގޮތުން އާންމު އުސޫލުން ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ފަނޑިޔާރުން ކޯޓަށް ނުކުންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ނަމަވެސް ކޮންމެހެން ޝަރީއަތެއް ބާއްވަން ޖެހިއްޖަނަމަ ނުވަތަ މައްސަލައިގެ ބާވަތުން ކޮންމެހެން ކުރިއަށްގެންދަންޖެހޭ މައްސަލައެއް ކޯޓަށް ހުށައެޅިއްޖެނަމަ ކޯޓަށް ނުކުންނަވައިގެން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

18 މާރިޗު 2020 | 13:54

މޯލްޑިވިއަނުން ކުރާ ބައިނަލްއަގުވާމީ ދަތުރުތަކަށް ބަދަލު ގެނެސް މާދަމާއިން ފެށިގެން ޓިކެޓް އޮފީސް ބަންދުކުރަނީ

ކޮވިޑް-19 އާއި ގުޅިގެން ގައުމީ އެއަރލައިނުން ކުރާ ބައިނަލްއަގުވާމީ ދަތުރުތަކަށް މޯލްޑިވިއަންއިން ބަދަލުތައް ގެނެސްފިއެވެ.

އެ ކުންފުނިން ބުނީ ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އެއާލައިންގެ ބައިނަލްއަޤްވާމީ ދަތުރުތައް ބަދަލުކުރެވިފައިވާ ކަމަށެވެ. އެގޮތުން، 18 މާޗް (މިއަދު) ން ފެށިގެން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރާނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަސް ހިމެނޭ ގޮތަށް ހަފްތާއަކު 3 ދުވަހު ކަމަށެވެ. އަދި ދިވެހިރާއްޖެއިން އިންޑިއާގެ ކޮޗިންއަށް ކުރާ އެންމެ ފަހު ދަތުރުތައް ކުރާނީ މާރޗް މަހުގެ 19، 21 އަދި 23 ވަނަ ދުވަހު ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާގެ ޗެންނާއީ އަދި ބަންގްލަދޭޝްގެ ޑާކާއަށް ކުރާ އެންމެ ފަހު ދަތުރުކުރާނީ މާޗް މަހުގެ 20 ވާ ހުކުރު ދުވަހު ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ޝެޑިއުލަށް ބަދަލުއަތުވެއްޖެނަމަ އެކަން އާންމުކޮށް އަންގާނެ ކަމަސް ވެސް ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ ދަތުރުތަކަށް ބަދަލު ގެނެސްފައިވާ އިރު، ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 19 މާޗް (މާދަމާ) އިން ފެށިގެން ވަކި ދުވަހެއް އަންގަންދެން ޓިކެޓް އޮފީސް ބަންދުވާނެ ކަމަށް ވެސް މޯލްޑިވިއަން އިން ވަނީނ އަންގާފައެވެ. އަދި ކުންފުނީގެ ވެބްސައިޓް، މޯބައިލް އެޕްލިކޭޝަން އަދި ވަކި ގަޑިތަކުގައި ކޯލް ސެންޓަރު އަދި ވައިބަރ މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.

18 މާރިޗު 2020 | 13:47

ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމެންދެން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ.

މިކަމާއި ގުޅިގެން ޔޫތް މިނިސްޓްރީން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ކުރަމުންދާ ދަނޑިވަޅެއްގައި ދިވެހި ރާއްޖެއިން ވެސް މިކަމަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރއަށް ލިބިދޭ ބާރުތަކުގެ ތެރެއިން ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމެންދެން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މާޗް 17 ގެ ފަހުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތަކުގެ މުއްދަތު މި ޙާލަތުގެ ނިމެންދެން މުއްދަތެއް ނެތްގޮތަށް އިތުރު ކޮށްފައިވެއެވެ. އަދި ސަރުކާރުން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމި ޢާންމު ހާލަތަށް ބަދަލުވުމުން 45 ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓް އަދި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތައް ހޮވުމަށް ފުރުސަތު ދެވޭނެ ކަމަށެވެ.

18 މާރިޗު 2020 | 13:08

ހިޔާ، ފިޔަވަތި އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން ފެސިލިޓީ ޤާއިމުކުރަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ މަރުކަޒުތަކުގައިވެސް އައިސޮލޭޝަން ފެސިލިޓީތައް ޤާއިމު ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ބުދަ ދުވަހު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ރޯގާއިން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީންވެސް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގައި އައިސޮލޭޝަން 2 ރޫމް، ފިޔަވަތިގައި އައިސޮލޭޝަން 3 ރޫމް އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން 2 ރޫމް ތައްޔާރުކުރުމުގެ މަސައްކަތާއި، އިމަޖެންސީ ޙާލަތުގައި ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ފެސިލިޓީއެއް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޤާއިމުރުމުގެ އެންމެހައި ތައްޔާރީތައް ވުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެއިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ ޢާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑައިލުމާއި، މަރުކަޒުތަކުގައި ތިބޭ ފަރާތްތަކުގެ ޓެމްޕަރޭޗަރ ގަވާއިދުން ބެލުމާއި، އަތޮޅުތެރޭގައި ނަމަ ބަލިވުމުން އެކަހެރިކޮށް ބެލެހެއްޓޭނެ ތަނެއް ހަމަޖައްސައި، ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުން ހިމެނެއެވެ.

18 މާރިޗު 2020 | 12:46

އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވާނަމަ، ޖޫރިމަނާކޮށް، މީހާގެ މައުލޫމާތު ހާމަކުރުމަށް ނިންމައިފި

18 މާރިޗު 2020 | 12:36

އެމެރިކާއިން އެނބުރި ރާއްޖެ އަންނަ ދިވެހީން ކަރަންޓީން ކުރުމަށް ނިންމައިފި

އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން އެނބުރި އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރުމަށް ނިންމައިފިއެވެ.

އެ ޤާނޫނުގެ ދަށުން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ބުދަ ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުދަ ދުވަހުގެ ރެއިން ފެށިގެން އެމެރިކާއިން އެނބުރި ރާއްޖެ އަންނަ ދިވެހިން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތަކާއި ސަރަޙައްދުތައް ފިޔަވައި އެހެން ޤައުމުތަކުން އަންނަ ދިވެހިންވެސް 14 ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރިކުރުން (ހޯމް އައިސޮލޭޝަން) ޖެހޭނެކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

18 މާރިޗު 2020 | 12:07

ހޯމް ކަރަންޓީންގައި ހުރި މީހަކު ނިކުމެއްޖެނަމަ، ފުލުހުންނަށް ރިޕޯޓްކުރޭ: އެންއީއޯސީ

18 މާރިޗު 2020 | 12:03

ގޭގައި މަޑުކުރުމަށް ދިވެހިންނަށް އިލްތިމާސްކުރުމުން، ދަތުރު ދިޔުމުގައި!

18 މާރިޗު 2020 | 11:59

މުހިންމު ބޭނުމެއްގައި މެނުވީ ތައިލެންޑަށް ދަތުރު ނުކުރައްވާ: އެމްބެސެޑަރ

މުހިންމު ބޭނުމެއްގައި ނޫން ގޮތަކަށް ތައިލެންޑަށް ދަތުރު ނުކުރެއްވުމަށާއި، ތައިލެންޑްގެ އެތެރޭގައި ވެސް، އެއް ތަނުން އަނެއް ތަނަށް، ދަތުރު ނުކުރެއްވުމަށް ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ޖިނާހް އެދިވަޑައިގެންފިއެވެ.

މިކަން ހާމަކޮށް އެމްބެސެޑަރ ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލީގެ ޙާލަތު މި ވަގުތު ތައިލެންޑްގައި އޮތް ގޮތުގެމައްޗަށް ރިޢާޔަތްކޮށް، ތައިލެންޑްގައި ދިރިއުޅުއްވާ އަދި ޒިޔާރަތްކުރާއިރު މުހިންމު ބޭނުމެއްގައި ނޫން ގޮތަކަށް ތައިލެންޑަށް ދަތުރު ނުކުރެއްވުމަށެވެ. އަދި ތައިލެންޑްގެ އެތެރޭގައި ވެސް، އެއް ތަނުން އަނެއް ތަނަށް، ދަތުރު ނުކުރެއްވުން އެމްބެސެޑަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

ތައިލެންޑުގައި ދިރިއުޅުއްވާ އަދި ޒިޔާރަތްކުރައްވާ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަކީ، އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށާއި އެއީ އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަންތައްކަމަށް އެމްބެސެޑަރ ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދެއްވުމުގެ ގޮތުން، ތައިލެންޑްގެ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދާއި، އެންގެވުންތަކަށް ހުރިހާ ބޭފުޅުން ވެސް ސަމާލުކަން ދެއްވުމަށާއި، ފުރިހަމައަށް ޢަމަލުކުރެއްވުމަށް އެމްބެސެޑަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

18 މާރިޗު 2020 | 11:57

ކޮވިޑް-19: ވައިރަސް ޖެހުނު މީހުން އަދަދު 2 ލައްކައަށް!

މުޅި ދުނިޔެއިން ވައިރަސް ޖެހުނު މީހުންގެ އަދަދު 203,612 (ދެ ލައްކަ ތިންހާސް ހަ ސަތޭކަ ބާރަ) އަށް އަރައިފިއެވެ.

ވައިރަސް ފެތުރެމުންދާ ގޮތުގެ ޑޭޓާ ބަލަހައްޓަމުންދާ ވަރލްޑޮމީޓަރ ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ 19 ޤައުމަކުން މިއަދު މި ވައިރަސްގައި 262 މީހުނ މަރުވިއެވެ. އަދި ދުނިޔޭގެ 88 ޤައުމަކުން އަލަށް 5,391 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ.

ޗައިނާގެ ވުހާން ސިޓީން މިދިޔަ އަހަރު އަލަށް ފެނުނު ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) މިހާރު ދުނިޔޭގެ 169 ޤައުމަކަށް ވަނީ ފެތުރިފައެވެ. އަދި މިހާތަނަށް އައިއިރު 8،229 މީހުން ވަނީ މަރުވެފައެވެ. އަދި ވައިރަސްއަށް ފަރުވާދިން 82,866 މީހުން ރަނގަޅުވެފައެވެ.

18 މާރިޗު 2020 | 11:55

އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ލުޔެއް!

18 މާރިޗު 2020 | 10:46

ކޮވިޑް-19: މުޞީބާތުގެ ހާލަތުގައި، ޖަމާއަތުގައި ނަމާދާއި ހުކުރު ނަމާދު ޤާއިމުކުރުމާއި ބެހޭ ގޮތުން އިސްލާމީ ފާތުވާދޭ އެންމެ މަތީ މަޖިލީހުގެ ރަޢުޔު ހާމަކޮށްފި

މުޞީބާތުގެ ހާލަތުގައި، ޖަމާޢަތުގައި ނަމާދާއި ހުކުރު ނަމާދު ޤާއިމުކުރުމާއި ބެހޭ ގޮތުން އިސްލާމީ ފާތުވާދޭ އެންމެ މަތީ މަޖިލިޙުގެ ރަޢުޔު ހާމަކޮށްފިއެވެ.

18 މާރިޗު 2020 | 10:41

ކޮވިޑް-19: ފްރެންޗް އޯޕަން ސެޕްޓެމްބަރު މަހަށް ފަސްކުރަން ނިންމައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފްރެންޗް އޯޕަން ޓެނިސް މުބާރާތް ސެޕްޓެމްބަރު މަހަށް ފަސްކުރަން ނިންމައިފި އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިން ތާވަލުކޮށްފައި އޮތީ މެއި މަހުގެ 24 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިހާރު މި މުބާރާތް ވަނީ ސެޕްޓެމްބަރު މަހުގެ 20 އިން އޮކްޓޯބަރު މަހުގެ 4 އަށް ފަސްކޮށްފައެވެ.

18 މާރިޗު 2020 | 09:58

ކޮވިޑް-19: ސަރުކާރު ބަންދުވުމާއި ގުޅިގެން ޓެލިކިލާސްތައް މެދުކަނޑާލައިފި

މާދަމާއި އިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދިޔަ ޓެލެކިލާސް މެދުކަނޑާލައިފިއެވެ. މީގެ އިތުރުން އެހެން ވަޞީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް އުގަންނައިދިނުމަށް ހިންގި ޕްރޮގުރާމުވެސް މެދޔ ކަނޑާލަން ވަނީ ނިންމާފައެވެ.

މި ކަންކަން ހުއްޓާލިކަމުގައިވިޔަސް، މިދުވަސްވަރުގައި ބެލެނިވެރިން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޢާންމުކޮށް އަންގާ އިޢުލާނެއް ނެރެފައެވެ.

18 މާރިޗު 2020 | 09:49

ކޮވިޑް-19: މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

.ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމެވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިޢުލާންކުރައްވައިފިއެވެ.

18 މާރިޗު 2020 | 09:43

ކޮވިޑް-19: ވައިރަހުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް ހިމެނޭ ވީޑިއޯއެއް ފީފާ އާއި ޑަބްލިއުއެޗްއޯއިން ނެރެފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމަށް ކުރެވިދާނެ ފަސްކަމެއް ހިމެނޭ ވީޑިއޯއެއް ފީފާ އަދި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ނެރެފިއެވެ.

18 މާރިޗު 2020 | 09:42

ކޮވުޑް-19: ފީފާއިން ޑަބްލިއުއެޗްއޯއަށް 10 މިލިއަން ޑޮލަރުގެ ބޮޑު އެހީއެއް ދޭން ހުށަހަޅަނީ

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ހަނގުރާމަކުރުމަށް ފީފާއިން މެދުވެރިކޮށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ހުށަހަޅާނެ ކަމަށް އެ އިދާރާގެ ރައީސް ޖިއަނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

18 މާރިޗު 2020 | 09:40

ކޮވިޑް-19: މާދަމާއިން ފެށިގެން އަޑުއެހުންތައް ނުބާއްވަން ސުޕްރީމް ކޯޓުން ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިިގެން، ސުޕްރީމް ކޯޓުން ވެސް ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ހަފުތާއަށް އަޑުއެހުންތައް ނުބާއްވާ ގޮތަށް ނިންމައިފި އެވެ.

18 މާރިޗު 2020 | 09:39

ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ރައީސް އޮފީހުން ސަރުކާރު މުވައްޒަފުންނަށް އަންގަވައިފި

ސަރުކާރު ބަންދުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އިޖުތިމާޢީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިންގ ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވައިފިއެވެ.

18 މާރިޗު 2020 | 09:28

ކޮވިޑް-19: ސަރުކާރު ބަންދުކޮށްފައި ހުންނަ މުއްދަތުގައި، އެމްއެމްއޭއިން ޚިދުމަތް ދޭނެ ދުވަސްތަކާއި ގަޑިތައް ހަމަޖައްސަައިފި

މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމުމާއި ގުޅިގެން މި މުއްދަތުގައި އެމްއެމްއޭއިން ޚިދުމަތްދޭނެ ދުވަސްތަކާއި ގަޑިތައް އިޢުލާންކޮށްފިއެވެ. މި މުއްދަތުގައި 3 ދުވަހެއްގައި އެމްއެމްއޭގެ ޚިދުމަތްތަކާއި ބޭންކިންގގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

18 މާރިޗު 2020 | 07:08

މިއަދުން ފެށިގެން މާރޗް 28 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް މާލެ ޞަރަޙައްދުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ނިންމާ، އެކަން އާންމުކޮށް އިޢުލާުންކޮށްފި

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ނިންމާ އެކަން ޢާންމުކޮށް އިޢުލާންކޮށްފިއެވެ.

މާލެ ޞަރަޙައްދުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ނިންމާ އިސްލާމިކް މިނިސްޓްރީން ޢާންމުކުރި އިޢުލާން
މާލެ ޞަރަޙައްދުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ނިންމާ އިސްލާމިކް މިނިސްޓްރީން ޢާންމުކުރި އިޢުލާން
76 / 81