ކޮވިޑް-19: އެންމެ ފަހުގެ

18,013,040
  • ކޮވިޑް-19: އެންމެންގެ ސަލާމަތާއި ރައްކަލަށް މިދަނޑިވަޅުގައި ދުރުގައި ތިބެން އާދަ ކުރަމާ!
  • ކޮވިޑް-19: ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދީފި
  • ކޮވިޑް-19: އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހައި ފަރާތަކައް ހިލޭ ފަރުވާދިނުމަށް ސައުދީ ރަސްގެފާނު އަމުރުކުރައްވައިފި
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެންމެންގެ ސަލާމަތާއި ރައްކަލަށް މިދަނޑިވަޅުގައި ދުރުގައި ތިބެން އާދަ ކުރަމާ!

ކޮވިޑް-19 އަށް އަދި ފަރުވާއެއް ހޯދިފައިނުވާއިރު، މީގެއިން ދިފާޢުވުމަށް ޞިއްޙީ މާހިރުން ގެންދަވަނީ ގިނަ އިރުޝާދު ދެއްވަމުންނެވެ. މީގެ ތޭރަގައި "އިޖުތިމާޢީ ގައިދުރުކަމާއި" އަދި "ޖިސްމާނީ ގައިދުރުވުން" ނުވަތަ ދުރުގައި ތިބުން ފަދަ ކަންކަން ކުރުމަށް ޑޮކްޓަރުން ދަނީ އިލްތިމާސްކުރަމުންނެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާއިރު ދިވެހިންވެސް ސަމާލުކަންދޭންވީ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މި ދަނޑިވަޅުގައި އެންމެންގެ ސަލާމަތާއި ރައްކަލަމަށް ދުރުގައި ތިބުން އާދަކުރުން މުހިންމެވެ.

31 މާރޗް 2020 | އަންގާރަ 09:45
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދީފި

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު 30 ޖޫންގެ ނިޔަލަށް އިތުރުކޮށްދީފިއެވެ.

31 މާރޗް 2020 | އަންގާރަ 09:40
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހައި ފަރާތަކައް ހިލޭ ފަރުވާދިނުމަށް ސައުދީ ރަސްގެފާނު އަމުރުކުރައްވައިފި

ކޮވިޑް-19 އަށް ފަރުވާދެމުންދާއިރު ސައުދީ ރައްޔިތުންނާއި، އެޤައުމުގައި މިވަގުތު ތިބި އެހެން ޤައުމުތަކުގެ ރައްޔިތުންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ހިލޭ ބޭސްފަރުވާކޮށްދިނުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް-ސައުދު ޢަމުރުކުރައްވައިފިއެވެ.

31 މާރޗް 2020 | އަންގާރަ 09:39
Writer Profile Picture
ޒިހްނަތު ހަސަން
ހަނޯއީ އިން "ކޮރޯނާ" ބާގަރއެއް އުފައްދައިފި

ވިއެޓްނާމުގެ ވެރިރަށް ހަނޯއީގައި ޤާއިމުކޮށްފައިވާ ފިއްޒާ ހޯމް ޓޭކްއަވޭ ޝޮޕް އިން ކޮރޯނާގެ ނަމުގައި ބާގަރއެއް އުފައްދައިފިއެވެ.

31 މާރޗް 2020 | އަންގާރަ 09:38
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރިސޯޓުތަކުން ރަށްރަށަށް ދަތުރުކުރުން މަނާކުރާ އެންގުން އިސްލާހުކޮށްފި

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގު ހާލަތު އިއުލާނުކޮށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ރަށްރަށުން ރިސޯޓުތަކަށް ދަތުރުކުރުން މަނާކުރާ އެންގުން އިސްލާހުކޮށްފިއެވެ.

31 މާރޗް 2020 | އަންގާރަ 07:48
Writer Profile Picture
ޒިހްނަތު ހަސަން
މިވަގުތު ރާއްޖެއިން ބޭރުގައި ތިބި 7501 ދިވެއްސަކު ވަނީ ރަޖިސްޓްރީ ކޮށްފައި

ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރާ ގޮތުގައި މި ވަގުތު ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ތިބި 7501 ދިވެެއްސަކު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ރަޖިސްޓްރީކޮށްފައެވެ.

31 މާރޗް 2020 | އަންގާރަ 07:47
Writer Profile Picture
ޒިހްނަތު ހަސަން
"އަޅުގަނޑުވެސް އަމަލުކުރަނީ ސިއްހީ މާހިރުންގެ ލަފާގެމަތިން"

ޗައިނާގައި ކޮވިޑް-19 މިބަލިމަޑުކަން ފެތުރެން ފެށުމާއެކު ޖެނުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން ދިވެހި ސަރުކާރުން ގެންދަނީ ވިސްނުންތެރިކަމާއި، ކެތްތެރިކަމާއިއެކު ރައްޔިތުންގެ ރައްކާތެރިކަމަށް އެތަކެއް މަސައްކަތެއް ކެނޑިނޭޅި ކުރަމުންނެވެ.

ސިޔާސީ ފިކުރުތައް އެއްކިބާކޮށް އެއްބައިވަންތަކަން ދެއްކުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ގޮވާލައްވާފައެވެ. މި ސަރުކާރާއި ރައީސް ޞާލިޙުގެ ފަރާތްޕުޅުން މިއަދު ފެނިގެން މިދަނީ ކެތްތެރިކަމާ ކިޔަމަންތެރިކަމުގެ ރިވެތި ނަމޫނާއެކެވެ. މުޅި ދުނިޔެއަށްވެސް މިސާލެކެވެ.

31 މާރޗް 2020 | އަންގާރަ 07:47
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޓީސީ ޓީމު ލަންކާގައި ތާށިވެފައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސްރީލަންކާގައި ކަރަންޓީނުކޮށްފައި އޮތް ޓީސީ ސްޕޯޓްސް ކްލަބު ރާއްޖެ ގެނައުމުގެ ކަންކަން ބަލަމުންދާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.

ލަންކާގައި ޓީސީ ކަރަންޓީނު ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އޭއެފްސީ ކަޕުގައި ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުމަށް ޓީސީ ޓީމު ބަންގްލަދޭޝްއަށް ދިޔުމުން، ސަރުކާރުން ވަނީ ޓީސީ ޓީމު ރާއްޖެ އައުމުގެ ކުރިން ލަންކާގައި ކަރަންޓީނުގެ މުއްދަތު ކަމަށްވާ 14 ދުވަސް ފުރިހަމަ ކުރުމަށް ނިންމާފައެވެ.

ލަންކާގައި ޓީސީގެ ކަރަންޓީނު މުއްދަތު މި މަހު 26 ވަނަ ދުވަހު ހަމަވި ނަމަވެސް، އޭގެ ހަތަރު ދުވަސް ކުރިން ލަންކާ ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި ވައިގެ ދަތުރުތައްވެސް ވަނީ މެދުކަނޑާލާފައެވެ.

31 މާރޗް 2020 | އަންގާރަ 05:44
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19 ގެ ހޮޓްލައިން 1676 އަށް މިހާރު ގުޅޭނެ:އެޗްޕީއޭ

ދިމާވި ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް ފަހު މިހާރު ކޮވިޑް-19 ގެ ހޮޓްލައިން 1676 އަށް ގުޅޭނެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

31 މާރޗް 2020 | އަންގާރަ 03:23
Writer Profile Picture
އަތޫފް އާތިފް
އިންޓަރނެޓް އަގުތަކަށް އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލު ގެންނަނީ

މަބްރޫކް ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލު އަންނާނެ ކަމަށާއި އެކަން ކުރިޔަށް އޮތް ދުވަސްތަކުގައި ޓެލެކޮމް އިދާރާތަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

30 މާރޗް 2020 | ހޯމަ 21:33
Writer Profile Picture
އަތޫފް އާތިފް
އިންޓަރނެޓް އަގުތަކަށް އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލު ގެންނަނީ

މަބްރޫކް ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލު އަންނާނެ ކަމަށާއި އެކަން ކުރިޔަށް އޮތް ދުވަސްތަކުގައި ޓެލެކޮމް އިދާރާތަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

30 މާރޗް 2020 | ހޯމަ 21:33
Writer Profile Picture
އަތޫފް އާތިފް
ސެންޓަރ ފޯރ މެންޓަލް ހެލްތް އިން ފޯނުން ގުޅައިގެން ބަލި މީހުން ބަލަނީ

ސެންޓަރ ފޯރ މެންޓަލް ހެލްތްއިން ފޯނުން ގުޅައިގެން ބަލި މީހުން ބަލަން ނިންމައިފިއެވެ.

30 މާރޗް 2020 | ހޯމަ 21:31
Writer Profile Picture
އަތޫފް އާތިފް
ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަހުރި

މަބްރޫކް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލުތަކުގައި 97 ވެންޓިލޭޓަރު އެބަހުރި ކަމަށެވެ.

30 މާރޗް 2020 | ހޯމަ 21:27
Writer Profile Picture
އަތޫފް އާތިފް
ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަހުރި

މަބްރޫކް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލުތަކުގައި 97 ވެންޓިލޭޓަރު އެބަހުރި ކަމަށެވެ.

30 މާރޗް 2020 | ހޯމަ 21:27
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އިން ދައްކުވައިދެނީ އިންސާނުންގެ ބަލިކަށިކަން އަދި އެކަކު އަނެކަކަށް ބަރޯސާވާ މިންވަރު: ޓެޑްރޯސް

ކޮވިޑް-19 އިން ދައްކުވައިދެނީ އިންސާނުންގެ ބަލިކަށިކަން ކަމަށާއި، އެކަކު އަނެކަކަށް ބަރޯސާވަންޖެހޭ މިންވަރުކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވެއްޖެއެވެ.

30 މާރޗް 2020 | ހޯމަ 20:35
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: 5 ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް

ކޮވިޑް-19އަށް ޝައްކުކުރެވެ އަލާމާތްތައް ހުރެގެން ފަސް ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

30 މާރޗް 2020 | ހޯމަ 20:34
Writer Profile Picture
ޒިހްނަތު ހަސަން
ލޮކްޑައުންކުރުމުން ދިމާވާދަތިތަކަށް އިންޑިޔާގެ ފަގީރުންގެ ކިބައިން މޯދީ މަޢާފަށް އެދިވަޑައިގަންފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މުޅި އިންޑިޔާ 21 ދުވަސްވަންދެން ލޮކްޑައުން ކުރުމަށް ނިންމެވި ނިންމެވުމާއެކު އިންޑިޔާގެ ފަގީރުން ތަހައްމަލުކުރަމުންދާ ކަންކަމަށް އެގައުމުގެ ބޮޑު ވަޒީރު މަޢާފަށް އެދިވަޑައިގެންފި އެވެ.

30 މާރޗް 2020 | ހޯމަ 20:33
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލް ކުރަން އެފްއޭއެމުން ނިންމައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ

ހޯމަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި އެފްއޭއެމުން ބުނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލް ކުރީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ކްލަބުތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެފްއޭ ކަޕް ކެންސަލް ކުރިއިރު، މީގެ ކުރިން ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެފައެވެ.

30 މާރޗް 2020 | ހޯމަ 20:14
Writer Profile Picture
ޒިހްނަތު ހަސަން
އެޗްއައިއެޗްގައި ތިބި މީހުންގެ ކަރަންޓީނަށް އިތުރު 14 ދުވަސް

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ތިބި މީހުން ރިސޯޓުތަކަށް ބަދަލުކުރެވުނުއިރު އެމީހުންގެ ތެރެއިން ގިނަ ބަޔަކު އެއްކޮށް، އެއް ލޯންޗެއްގައި ބަދަލުކުރެވުމުގެ ސަބަބުން އެ މީހުން އިތުރު 14 ދުވަހު ކަރަންޓީންގައި ބޭތިއްބުމަށް ސަރުކާރުން ނިންމައިފި އެވެ.

30 މާރޗް 2020 | ހޯމަ 19:39
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވަޒީފާއަ ގުޅޭ 200 އަށްވުރެ ގިނަ މައްސަލައެއް

ކޮވިޑް-19 އާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފައިވާޖޮބް ސެންޓަރަށް200 އަށްވުރެ ގިނަ މައްސަލަ އެއް ހުށައެޅިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނީ، ހޯމަ ދުވަހާ ހަމަޔަށް ވަޒީފާއާ ގުޅުން ހުރި 219 މައްސަލަ އެއް ހުށައެޅިފައިވާ ކަމަށެވެ.

30 މާރޗް 2020 | ހޯމަ 19:39
Writer Profile Picture
ޒިހްނަތު ހަސަން
ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 300-450 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ގެއްލުން!

ކޮވިޑް-19 ގެ ވަބާ ދުނިޔޭގެ ހަތަރު ބިތަށް ފެތުރި، ބަދަލުވެފައިވާ ހާލަތާއި ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. ޔޫއެންޑަބްލިޔުޓީއޯ އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ވަނީ އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަދަދަކަށް ދަށަށް ދާނެ ކަމަށް އަންދާޒާކޮށްފައެވެ.

30 މާރޗް 2020 | ހޯމަ 19:38
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އަންނަ އަހަރުގެ ޖުލައި މަހަށް އޮލިމްޕިލްސް ތާވަލުކޮށްފި

މިއަހަރުގެ ހޫނު މޫސުމުގައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް އޮލިމްޕިކް ގޭމްސް، އަންނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.

އައިއޯސީ އިން ހޯމަ ދުވަހު ވަނީ އަންނަ އަހަރު ގޭމްސް ބާއްވާނެ ތާރީޚު ކަނޑައަޅާފައެވެ. އެގޮތުން އަންނަ އަހަރުގެ ޖުލައި 23 އިން އޮގަސްޓް 8 އަށް އޮލިމްޕިކްސް ބާއްވާއިރު، ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 24 އިން ސެޕްޓެމްބަރު 5 އަށެވެ.

30 މާރޗް 2020 | ހޯމަ 18:41
Writer Profile Picture
ޒިހްނަތު ހަސަން
ބުރްކީނާ ފާސޯގެ ހަވަނަ މިނިސްޓަރު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ބުރްކީނާ ފާސޯގެ ދަތުރުފަތުރާއި ބެހޭ ވަޒީރު ވިންސެންޓް ޑާބިލްގޫ ކޮވިޑް-19 އަށް ޕޮޒިޓިވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނުގެ މިިނިސްޓްރީން ޢާންމުކުރި ބަޔާނެއްގައެވެ. އެބަޔާނުގައިވަނީ، ކޮވިޑް-19 ގެ އަލާމާތަތްތައް ފެނިގެން ވައިރަސްއަށް ޓެސްޓުކުރެއްވިއިރު، ޕޮޒިޓިވްވެފައިވާކަމަށެވެ. މިއީ އެޤައުމުގެ ކެބިނެޓުން ވައިރަސްއަށް ޕޮޒިޓިވްވި ހަވަނަ ވަޒީރެވެ.

30 މާރޗް 2020 | ހޯމަ 18:22
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ވައިރަސް އެންމެ ގިނަ މީހުންނަށް ޖެހުނު 3 ވަނަ ގައުމަކަށް ސްޕެއިން ވެއްޖެ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ގިނަ މީހުންނަށް 3 ވަނަ އަށް ޖެހިފައިވާ ގައުމަކަށް ސްޕެއިން ވެއްޖެ އެވެ.

30 މާރޗް 2020 | ހޯމަ 17:56
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓާއި، ލައިސަންސްގެ މުއްދަތު އިތުރުކޮށްދެނީ

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން، ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓާއި، ލައިސަންސްގެ މުއްދަތު އިތުރުކޮށްދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާ އާންމުކޮށް އިޢުލާންކޮށްފިއެވެ. އެ އޮތޯރިޓީން ކުރި އިޢުލާނުގައި ބުނެފައިވަނީ، 01 މާރޗުން ފެށިގެން މުއްދަތު ހަމަވާ ރާއްޖޭގެ ކަނޑުގެ އުޅަނދު ފަހަރުގެ ސަލާމަތާއި ބެހޭ ސެޓިފިކެޓުތަކުގެ މުއްދަތު ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާކަމަށެވެ.

30 މާރޗް 2020 | ހޯމަ 17:47