ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
24 ގަޑިއިރު ތެރޭގައި ލަންކާއިން އެންމެ ގިނަ ކޭސް ފެނުނީ އިއްޔެ
މިނިސްޓަަރަކު ސެކަންޑްރީ ކޮންޓެކްޓަކަށްވެ، އައިސޮލޭޝަންގައި!
ކޮމިއުނިޓީ ސްޕްރެޑް ދިރާސާ: މިއަދު 25 ރެންޑަމް ސާމްޕަލް ނަގައިފި
ދުބާއީގައި އޮތް ގަލްފް ފުޑް އެކްސްޕޯ އަށް ދިޔަ މީހުން އެޗްޕީއޭއަށް ރިޕޯޓްކުރުމަށް އަންގައިފި
ބަލި ޖެހުނު އިތުރު ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ، ޖުމްލަ އަދަދު 226 ށް
ޖުމްލަ 1500-1800 އާ ދެމެދުގެ ރޫމް، އަދި 3000 ށް ވުރެ ގިނަ ރޫމް އައިސޮލޭޝަނަށް ވަނީ ހަމަޖެއްސިފައި: އަލީ ވަހީދު
މިހާތަނަށް ކުރެވޭ މަސައްކަތުން ޖުމްލަ 1500-1800 އާ ދެމެދުގެ ރޫމް، އަދި 3000 ށް ވުރެ ގިނަ ރޫމް އައިސޮލޭޝަނަށް ވަނީ ހަމަޖެއްސިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ފްލޯޓިންގ ހޮސްޕިޓަލް ގެންނަވަރުގެ ހާލަތެއް އަދި ރާއްޖެއަކަށް ނާދޭ: އަލީ ވަހީދު
ފްލޯޓިންގ ހޮސްޕިޓަލް ގެންނަވަރުގެ ހާލަތެއް އަދި ރާއްޖެއަށް ނާންނަކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އަދި މިއޮތް ހާލަތުގައި މިކަންކަން މެނޭޖްކުރެވޭނެކަމަށާއި އަދި ބޭރުގެ އެހީއަށް އެދެން ނުޖެހޭކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ހުޅުމާލޭގައި އިތުރު ފެސިލިޓީސްތައް އަވަސް މުއްދަތެއްގައި ހެދުމަށް އަންނަނީ މަސައްކަތްކުރަމުން : އަލީ ވަހީދު
ހުޅުމާލޭގައި އިތުރު ފެސިލިޓީސްތައް އަވަސް މުއްދަތެއްގައި ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މިވަގުތު ޗައިނާގައި ތިބި މީހުންގެ އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި އެވެ. ވިލިވަރު އަދި ގުޅީ ފަޅުގައިވެސް ކަރަންޓީނު ފެސިލިޓީތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ސިފައިންގެ 5 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި: ކާނަލް ހުސައިން އަލީ
މިހާތަނަށް އައިއިރު ސިފައިންގެ ތެރެއިން 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ކާނަލް ހުސައިން އަލީ ވިދާޅުވެއްޖެ އެވެ. އަދި އެކޭސްތަކާއި ގުޅިގެން ކަރަންޓީނު ކުރަންޖެހޭ މީހުން ކަރަންޓީނުކުރަމުންދާ ކަމަށް ކާނަލް ހުސައިން އަލީ ވިދާޅުވި އެވެ. މިފަދަ ހާލަތަކަށް އަތުވެދާނެކަމަށް ތައްޔާރަށް އޮތްކަމަށް ކާނަލް ހުސައިން އަލީ ވިދާޅުވި އެވެ.
ހާލަތެއް އަތުވެއްޖެ ނަމަ އުތުރާއި ދެކުނުގައި ކަރަންޓީނު ފެސިލިޓީތައް ހުރީ ތައްޔާރަށް: އަލީ ވަހީދު
ހާލަތެއް އަތުވެއްޖެ ނަމަ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމަށް އެސަރަހައްދުގައި ހުރި ރިސޯޓްތަކާއި ވާހަކަ ދައްކާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިހާރު ހުރި ކަރަންޓީނު ފެސިލިޓީތަކުން މިފެންނަ އަދަދުތަކުން މެނޭޖް ކުރެވޭނެ: އަލީ ވަހީދު
މިހާރު ހުރި ކަރަންޓީނު ފެސިލިޓީތަކުން މިހާރު ފެންނަމުންދާ އަދަދުތަކަށް މެނޭޖްކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ކަރަންޓީނު ފެސިލިޓީތައް މެނޭޖްކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައެއް ނޯންނާނެ: އަލީ ވަހީދު
ކަރަންޓީނު ފެސިލިޓީތައް މެނޭޖްކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނޯންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. މިހާރުވެސް އިންޓަރނަލް އޮޑިޓިންގ ހެދެމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ކަރަންޓީނަށް ސިފައިން ދާންޖެހުނަސް މިމަސައްކަތް ކުރުމުގައި ދެމިތިބޭނަން: ކާނަލް ހުސައިން
ކަރަންޓީނަށް ސިފައިން ދާންޖެހުނަސް ސިފައިން ކުރަމުންދާ މަސައްކަތްތަކަށް ފަސް ނުޖެހި މިކަމުގައި ދެމި ތިބޭނެކަމަށް ކާނަލް ހުސައިން ވިދާޅުވި އެވެ.
ސިފައިން ދަނީ އެކި މަސައްކަތްތައް ކުރަމުން: ކާނަލް ހުސައިން
ތަފާތު އެކި ކަރަންޓީނު ފެސިލިޓީތައް ހެދުމަގައި ސިފައިން ހަރަކާތްތެރިވާ ކަމަށާއި ފެސިލިޓީތައް މެނޭޖްކުރުމުގެ ކަންކަންވެސް ސިފައިން ހަރަކާތްތެރިވާކަމަށް ކާނަލް ހުސައިން ވިދާޅުވި އެވެ. އެގޮތުން ފެސިލިޓީ ތައް މެނޭޖްކުރުމަށް ސިފައިންނާއި ފުލުހުން އަދި މެޑިކަލް ޓީމު ގުޅިގެން މަސައްކަތްކުރާ ކަމަށް ކާނަލް ހުސައިން ވިދާޅުވި އެވެ.
ފެސިލިޓީގައި ރޫމެއް ނަގާފައިވަނީ 750 ރުފިޔާއަށް، އެއީ ހަމައެކަނި ކާއެއްޗެއްސަށް އެކަނި ދޭ ފައިސާއެއް ނޫން: އަލީ ވަހީދު
ރިސޯޓްތަކުގައި ހުރި ކަރަންޓީނު ފެސިލިޓީތައް ސަރުކާރުން ނަގާފައިވަނީ 750 ރުފިޔާއަށް ކަމަށާއި އެއީ ހަމައެކަނި ކާއެއްޗެހި ފޯރުކޮށްދިނުމަށް ދޭ ފައިސާ ނޫންކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެފައިސާ އަކީ އެހެނިހެން ޚިދުމަތްތައްވެސް ހިމެނޭ ގޮތަށް ދޭ ފައިސާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ގިނަ ކަރަންޓީނު ފެސިލިޓީތައް ސަރުކާރުން ނަގާފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށް :އަލީ ވަހީދު
ރާއްޖޭގެ ރިސޯޓްތަކުގައި ހުރި ކަރަންޓީނު ފެސިލިޓީތައް ސަރުކާރުން ނަގާފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ރިސޯޓްތަކުގައި ތިބި ސްޓާފުންނަށް އަމިއްލަ ރަށަށް ދިޔުމުގެ އިންތިޒާމު މިދަނީ ހަމަޖައްސަމުން: އަލީ ވަހީދު
ރިސޯޓްތަކުގައި ތިބި ސްޓާފުންނަށް އަމިއްލަ ރަށަށް ދިޔުމުގެ އިންތިޒާމު މިދަނީ ހަމަޖައްސަމުންދާ ކަމަށާއި އެ މުވައްޒަފުންނަށް ރަށަށްދެވޭތޯ ޔަގީން ކުރައްވާނެކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
10 ރިސޯޓެއްގައި ފަތުރުވެރިން އެބަތިބި - އަލީ ވަހީދު
މިވަގުތުވެސް ރާއްޖޭގެ 10 ރިސޯޓެއްގައި ފަތުރުވެރިން އެބަތިބި ކަމަށާއި އެމީހުން ގެ ގައުމަށް ދިއުމަށް ފްލައިޓްތައް އައުމުން އެއިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު 14:30 ގައި
ޖޮބް ސެންޓަރުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ހާއްސަ ކޯލް ސެންޓަރެއް ގާއިމްކޮށްފި
85 މީހުން ވަގުތީ ހިޔާތަކުގައި ބޯހިޔާވަހިކަން ހޯދަމުން އެބަދޭ: ޖެންޑަރ
ސާމްޕަލް ނެގުމުގައި ބައެއް ފަހަރު ލަސްވޭ، އެކަންކަން ރަނގަޅު ކުރާނަން: މަބްރޫކް
ރާއްޖޭގައި ތިބި ބިދޭސީން އަނބުރާ ގައުމަށް ގެންދަން ދެ ފްލައިޓެއް ހަމަޖެހިއްޖެ
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރާ ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ
ކާގޯ ފްލައިޓްތަކުން މުދާ ގެންނަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމަށް ފުވައްމުލަށް ސިޓީ ކައުންސިލުން އެދެފި
ޑެލިވަރީ ކުރާ ފަރާތްތަކުގެ ސިއްހީ ކަންކަމަށް ސަމާލުވޭ: ޑރ. އަފްޒަލް
ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކު ތުލުސްދޫއިން ފޮޒިޓިވްވެއްޖެ
އިރެއްގައި ކޮންމެ ޒޯނެއްގައި ގިނަވެގެން އުޅޭނީ 65 މީހުން
މާލޭ ސިޓީ 26 ސަރަހައްދަކަށް ބަހާލާފައިވާއިރު، މިއިން ކޮންމެ ޒޯނެއްގައި އެއް ފަހަރާ މަގުމަތީގައި އުޅޭނީ 65 މީހުން ކަމަށް ފުލުހުން ބުނެފި. އަދި ބައެއް ޒޯންތަކުގައި އެއް ފަހަރާ ނިކުމު އުޅޭ އަދަދުތައް މިއަށްވުރެވެސް މަދުވާނެ ކަމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވި.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާތަނަށް 560 މިލިއަން ރުފިޔާ ހަރަދުކޮށްފި
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް 25 އޭޕްރީލް ގެ ނިޔަލަށް 560 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ
މިވަގުތު ނަތީޖާ ނުލިބި ހުރީ 58 ސާމްޕަލެއްގެ
ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމާއެކު، ނަތީޖާ ނުލިބި ހުރި ސާމްޕަލްތަކުގެ އަދަދު ބޮޑުތަނުން ދަށަށް ގޮސްފި. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނަތީޖާ ނުލިބިހުރި ސާމްޕަލްތައް 200 އަށް ވުރެ ގިނަ.