ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ހޯމް ކަރަންޓީނު ކުރާނީ ޝަރުތު ފުރިހަމަވާ ތަންތަނުގައި: ޑރ އަފްޒަލް
ކުރިޔަށް އޮތް ތަނުގައި ރާއްޖޭގައި ހޯމް ކަރަންޓީނު ކުރުމުގެ ކަންކަން ކުރިޔަށް ގެންދާއިރު އެކަން ކުރާނީ އެކަމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ތަންތަނުގައި ކަމަށް އެޗްޕީއޭގެ ޑޮކްޓަރ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ޑރ. އަފްޒަލް ވިދާޅުވީ ހޯމް ކަރަންޓީނު ކުރާނީ އެސެޓަޕް ފުރިހަމަ ވެފައި ހުންނަ ތަންތަނުގައި ކަމަށެވެ. އެގޮތުން ވަކިން އެ މީހަކަށް ކޮޓަރިއަކާއި ފާހާނާއެއް ހުންނަންޖެހޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ރިސޯޓްތައް ކަރަންޓީނު ފެސިލިޓީތަކަށް ނަގާއިރު ބަލަނީ މާލެ ކައިރި ހުންނަ ތަންތަނަށް
ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކުރުމަށް ބޭނުންވާ މީހުން ކަރަންޓީނު ކުރުމަށް ރިސޯޓްތައް ނަގާއިރު ބޮޑަށް ބަލަނީ މާލެ ކައިރީގައި ހުންނަ ތަންތަނަށް ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ މިކަން ޓޫރިޒަމް މިނިސްޓްރީން ކުރައްވަމުން ގެންދަވާއިރު މާލެ އާއި އެންމެ ކައިރީގައި ހުރި ރިސޯޓްތައް ނެގުމަށް އިސްކަންދޭކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި އެންމެ ބޮޑު ރިސޯޓް އެއީ އެންމެ ގިނަ ކޮޓަރި ހުންނަ ރިސޯޓްތައް ކަމަށާއި އެފަދަ ރިސޯޓްތައްވެސް ކަރަންޓީނު ފެސިލިޓީތަކުގެ ބޭނުންކުރުމަށް އިސްކަންދޭކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮންޓެކްޓްސް ބޮޑުތަނުން މަދުވެއްޖެ: ޑރ. ނަޒްލާ
ފަހުން ފެންނަ ކޮވިޑް-19 ގެ ކޭސްތަކުގެ ކޮންޓެކްޓްސްގެ އަދަދު ބޮޑުތަނުން މަދުވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޮކްޓަރު ނަޒުލާ ރަފީގު ވިދާޅުވެއްޖެ އެވެ. ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވް ކޭސްތައް ފުރަތަމަ ފެންނަން ފެށި އިރު ގިނަ ކޮންޓެކްޓްސްތަކެއް ފެންނަމުން ދިޔަ ކަމަށެވެ. މީގެ ކުރިން ފެނުނު އެއް ކޭސްއެއްގެ ކޮންޓެކްޓްސް 500ށް ވުރެ ގިނަ ކަމަށް ޑޮކްޓަރުންގެ ޓީމުން ހާމަކޮށްފައި ވެއެވެ.
ރީހެބަށް ވައިރަސް ވަދެއްޖެ!
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ރީހެބްގައި ފަރުވާ ހޯދަމުންދާ ބަޔަކު ކޮވިޑަށް ޕޮސިޓިވް ވުމާ ގުޅޭ ގޮތުން، ޑރ ނަޒްލާ ރަފީގް ވިދާޅުވީ، މިކަން ހިނގި ކަމަށް ބެލެނީ އެތަނަށް އެންމެ ފަހުން ފަރުވާ ހޯދުމަށް ވަތް މީހެއްގެ ފަރާތުން ކަމަށެވެ.
ކުނަހަންދޫގައި ޕްރޮޓެކްޓިވް އެކިއުޕްމެންޓް ނެތް ކަމަށް ބުނި ވާހަކަ މަބްރޫކް ދޮގުކޮށްފި
ލ. ކުނަހަންދޫގައި ކޮވިޑް-19އާ ގުޅިގެން ބޭނުން ކުރާ ސިއްހީ އާލަތްތައް ނެތް ކަމަށް ބުނެ ކައުންސިލުން ދެއްކި ވާހަކަތައް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ދޮގު ކުރައްވައިފި އެވެ. މަބްރޫކް ވިދާޅުވީ ކުނަހަންދޫގައި ޕްރޮޓެކްޓިވް އެކިއުޕްމެންޓް ސްޓޮކް ހުސްވެފައިވާ ކަމަށް މީޑިއާގައި ރިޕޯޓު ކުރުމާ ގުޅިގެން ސްޓޮކްގައި ހުރި ވަރު ބަލާފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ 150 މާސްކް، 1000 އަންގި، ޕީޕީއީގެ 3 ކިޓް އަދި ސެނިޓައިޒަރގެ 17 ފުޅި މިވަގުތު އެރަށުގެ ސިއްހީ މާރުކަޒުގައި އެބަހުރި ކަމަށެވެ.
ގޭބީސީތަކުގައި ތިބި ޢުމުރުން ދުވަސްވީ މީހުންގެ ތެރެއިން ނެގި އެއް ސާމްޕަލް ޕޮޒިޓިވް
އެކްޓިވް ސަރވިއަލަންސްގެ ތެރެއިން ގޭގައި ތިބި އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލްތައް ނަގަން ފަށާފައިވާއިރު އެތަނުން އެއް ސާމްޕަލް މިހާތަނަށް އައިއިރު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެ އެވެ. ޑރ ނަޒްލާ ވިދާޅުވީ މާލޭގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ ސާމްޕަލްތައް ނަގަމުންދާއިރު އެގޭގައި އެމީހުން ކައިރީގައި އެންމެ ބޮޑަށް އުޅޭ މީހެއްގެ ސާމްޕަލާއި އެގެއަކުން ވިޔަފާރި ކުރުމަށާއި އެނޫން ބޭނުމަކަށްވެސް ބޭރަށް ނިކުންނަ މީހާއާއެކު ޖުމްލަ 3 މީހެއްގެ ސާމްޕަލް ނަގަމުންދާ ކަމަށެވެ. މިކަން ކުރަމުންދާއިރު އުމުރުން ދުވަސްވީ ބައެއް މީހުން އެމީހުން ގޭގައި ތިބޭއިރު ވައިރަސް ޖެހެންވީ ކީއްވެތޯ ސުވާލުކުރަމުންދާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
އެއް މަސް ނުވާ ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ވިހޭތާ އެއް މަސް ނުވާ ކުޑަކުއްޖަކު ކޮވިޑް-19 ށް ޕޮޒިޓިވްވެއްޖެ އެވެ.
ހޮނިހިރު ދުވަހު ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުޑަކުއްޖަކާއި ޕޮޒިޓިވްވި މީހަކު ކޮންޓެކްޓްވުމުގެ މައުލޫމާތު ލިބިގެން އެ ކުއްޖާގެ ޓެސްޓް ކުރެވުނު ކަމަށެވެ. އަދި ނެގި ސާމްޕަލް ޕޮޒިޓިވް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޕޮޒިޓިވްވި މާބަނޑު މީހާ ވިހޭ ދަރިފުޅު ނެގެޓިވް: ޑރ ނަޒްލާ
ޕޮޒިޓިވްވި މާބަނޑުމީހާ ވިހޭ ދަރިފުޅު ނެގެޓިވް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
އެއް މަސް ނުވާ ކުޑަކުއްޖެއް ޕޮޒިޓިވްވީ ކޮންޓެކްޓެއްގެ ތެރެއިން: ޑރ ނަޒްލާ
އެއް މަސް ނުވާ ކުޑަކުއްޖެއް ޕޮޒިޓިވްވެފައިވާ ކަމަށާއި އެކުއްޖާ ޕޮޒިޓިވްވީ ކޮންޓެކްޓެއްގެ ތެރެއިން ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި އެކުއްޖާގެ މަންމަ ޓެސްޓް ކުރުމުގެ ކަންކަން ކުރަމުންދާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
އެކްޓިވް ސަރވިއަލަންސްގެ ދަށުން ނެގުނު އުމުރުން ދުވަސް ވީ މީހެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައި
މިހާރު މާލޭގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔަ އެކްޓިވް ސަރވިއަލަންސްގެ ދަށުން ނެގުނު މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި އެކަމަށް އެއްބާރު ލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
ރިހެބުން ކޮންޓެކްޓްތައް ވަނީ ހަދާ ނިމިފައި: ޑރ ނަޒްލާ
އެންމެ ފަހުން ކްލައަންޓުން ދިޔައީ އޭޕްރީލް 13 ގައި އެއީ 4 މީހުން
އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެތަނަށް ދިޔަ މީހަކާއި ކޮންޓެކްޓް ވި މީހަކު ޕޮޒިޓިވްވިކަން ވަނީ އެނގިފައި. ލޮކްޑައުން ކުރި ނަމަވެސް ސްޓާފުން ބޭރަށް ނިކުމެ އުޅޭކަން ވަނީ އެނގިފައި. ޕޮޒިޓިވް މީހަކު ރަށުން ފެނިފައިނުވާތީ ރޭންޑަމް ސާމްޕަލިންގ ނެގުމުގެ މަސައްކަތް ވަނީ ފަށާފައި. 156 ސާމްޕަލް ހިންމަފުށިން ވަނީ ނަގާފައި އެކި ތަންތަނުން. މިހާރުގެ ސްޓްރެޓަޖީއަކީ ބަންދުކުރެވިފައި ހުރި ތަންތަނުގައި ތިބި މީހުންގެ ސާމްޕަލް ނަގަމުންދިޔުމުން
އެންމެ ފުރަތަމަ ކޭސްތައް ފެނުނުއިރާ އަޅާބަލާއިރު ކޮންޓެކްޓްތައް މަދުކަން ފާހަގަވޭ: ޑރ ނަޒްލާ
ފުރަތަމަ ހަފްތާގައި ވަރަށް ކޮންޓެކްޓްސް ގިނަ. ގިނަ މީހުން އެއްތާކު އުޅޭ ތަންތަނުން ކޭސްތައް އެ ހަފްތާގައި ފެނުނީ. ލޮކްޑައުން އައިފަހުން ކޭސްތައް ފެންނަލެއް އިތުރުވަމުން ދިޔަނަމަވެސް ކޮންޓެކްޓްސްތައް ވަނީ މަދުވެފައި ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
ކުދި ކްލަސްޓަރ ތައް މިހާރު ފެންނަމުންދާއިރު އެއީ ލޮކްޑައުންގެ އަސަރު ރަނގަޅުކަން އެނގޭ ކަމެއް
މިހާރު ފެންނަމުންދަނީ ކުދި ކުދި ކްލަސްޓަރ ތަކެއް ކަމަށާއި އެއީ ލޮކްޑައުންގެ އަސަރު ރަނގަޅުވުމުން ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. ކޮންޓެކްޓްސް ވެސް މަދުވަމުންދާ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
ފްރޮންޓްލައިން މަސައްކަތްކުރާ 199 މީހުން ޕޮޒިޓިވް
ފްރޮންޓްލައިންގައި މަސައްކަތްކުރަމުންދާ 199 މީހުން ވަނީ ޕޮޒިޓިވްވެފައި.
މިއަދު ފުލުހުން 5 މީހަކު ހައްޔަރުކުރި
41 މީހަކު މިއަދު ލޮކްޑައުން އާ ޚިލާފުވެގެން ޖޫރިމަނާކުރި
ފްލޫ ކުލިނިކަށް ފާއިތުވި 24 ގަޑިއިރު 113 މީހުން ދެއްކި
15 ސާމްޕަލެއް ފްލޫ ކުލިނިކުން ނަގާފައިވޭ
މިހާތަނަށް 14617 ސާމްޕަލް ނެގިފައިވޭ
ޕެންޑިންގައި 141 ސާމްޕަލް
ފާއިތުވި 24 ގަޑިއިރު 986 ސާމްޕަލް
ކޮންޓެކްޓް ޓްރޭސިންގ ތެރެއިން 178 މީހުން
މިވަގުތު 323 މޮނިޓަރިންގ
އައިސޮލޭޝަންގައި 981 މީހުން
ކަރަންޓީނުގައި 1390 މީހުން
ޓްރާންސިޓް ކަރަންޓީނުގައި 403 މީހުން
28 މިއަދު ކަރަންޓީނުން ދޫކޮށްލާފައި
92 މީހަކު ދޫކޮށްލުމަށް ތައްޔާރުވެފައި ވަނީ
10 ޓަނުގެ ކާބޯތަކެތީގެ އެހީއާއެކު ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް އަތުވެއްޖެ
ކާބޯތަކެތީގެ 10 ޓަނުގެ އެހީއާއެކު ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް މިއަދު ރާއްޖެއަށް އައިސްފިއެވެ.
މި މަތިންދާބޯޓުގައި ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ބިސް މުގު، އަލުވި، ކުކިންގ އޮއިލް، ބަރަބޯ، ތޮރާ، ކަރާ އަދި އަލަނާސި އެވެ. ބަންގްލަދޭޝްއިން މީގެ ކުރިންވެސް އެގައުމުގެ އަސްކަރީ މަނަވަރެއްގައި 100 ޓަނުގެ ހިލޭ އެހީ ފޮނުވާފައިވެއެވެ.
މީގެއިތުރުން މި ފްލައިޓްގައި ބޭހާއި ބައެއް މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް ގެނެސްފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި ބަންގްލަދޭޝްއިން ފޮނުވި މިއެހީއަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ރަމްޒެކެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝް ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނާއި އަދި ޚާރިޖީ ވަޒީރާ އެއަރފޯސް އަށް ޝުކުރު އަދާކުރައްވާފައެވެ.
މި މަތިންދާބޯޓު އަނބުރާ ބަންގްލަދޭޝްއަށް ފުރާނީ މާދަމާ ހެނދުނެވެ. އަދި އަނބުރާ ބަންގްލަދޭޝްއަށް ދާއިރު ، ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝްގެ 70 މީހަކު މި މަތިންދާބޯޓުގައި ބަންގްލަދޭޝްއަށް ގެންދާނެއެވެ. އެމަސައްކަތް ކުރިއަށްދާނީ ފޮރިން މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަން ގުޅިގެންނެވެ.
މިއުޅެނީ ފައިސާ ނެތިގެން ނޫން، ހާސްވާ ހިސާބަކަށް ނުދޭ: ސަރުވަޝް
މި ވަގުތަށް ބޭނުންވާ ވަރަށް ދައުލަތުގައި ފައިސާ އެބަހުރި ކަމަށާއި، ފައިސާ ނެތި ރައްޔިތުން ހާސްވާ ހިސާބަށް އަދި ދާންނުޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ހޮނިހިރު ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ނޫސްވެެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ބޭރުގެ ފައިސާ ހޯދަން ދައުލަތުގެ ކަންތައްތައް ރޭވިފައި ހުރި ރަނގަޅަށް ކަމަށާއި، ދައުލަތުގައި ފައިސާ ނެތިގެން ހާސްވާ ހިސާބަށް ކަންކަން ނުދާ ކަމަށެވެ. ނަމަވެސް 'ސްޓްރެޓިޖިކަލީ' މަސައްކަތްކޮށް ފައިސާގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަންޖެހޭކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްސަފުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނަން: މިނިސްޓަރު އަމީރު
ކޮވިޑް-19ގެ މަސައްކަތުގައި އިސްސަފުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ނާންނާނެ ކަމަށާއި، މުސާރައާއި އިނާޔަތްތައް ކުޑަ ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ދައުލަތުގެ ބައެއް މުވައްޒަފުންގެ މުސާރަތައް އިތުރަށް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް، ކޮވިޑް-19ގެ އޮޕަރޭޝަންގެ މަސައްކަތްތަކުގެ އިސްސަފުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުކުރާނެ ކަމަށެވެ.
އިތުރު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1078 އަށް!
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ރާއްޖެއިން އިތުރު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށާއި، އޭގެތެރޭގައި ހިމެނެނީ 19 ދިވެހިންނާއި، ބަންގަލަދޭޝްގެ 22 ރައްޔިތުންގެ އިތުރުން ނޭޕާލްގެ ރައްޔިތަކާއި، އިންޑިއާ 4 މީހުން ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ އަސާސީ ބާވަތްތައް މެދު ނުކެނޑި ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަން: އިންޑިއާ ސަފީރު
ކޮވިޑް-19 ގެ މި ހާލަތުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ އަސާސީ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންޑިއާއިން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނ ސަފީރު ސަންޖޭ ސުދީރް ދެއްވައިފި އެވެ. ސަފީރު ވިދާޅުވީ، ރާއްޖެއާ އިންޑިއާ އަކީ ޒަމާންވީ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމު ކަމަށާއި، ކޮވިޑްގެ ކަންތައްތައްކުގައި ރާއްޖެއާއެކު މަސައްކަތް ކުރަން ފުުރުސަތު ލިބިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
ލިބުނު ފައިސާއިން ފޫބެއްދޭނީ މިހާރުގެ ޚަރަދުތައް އެކަނި، އިތުރު ފައިސާ ހޯދަން ކުރާ މަޝްވަރާތައް އުނދަގޫ
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރާއެކު އާމްދަނީ ލިބޭ މިންވަރު މަދުވެފައި ވާތީ ބޭރު އެހީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ 200 މިލިއަން ޑޮލަރުން ހަމަޖެއްސޭނީ މިހާރަށް ކުރަން ހުރި ޚަރަދުތައް އެކަނި ކަމަށާއި އިތުރު އެހީ ހޯދުމަށް ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފުރަބަންދު އަމުރާ ހިލާފުވެގެން ޖޫރިމަނާގެ ގޮތުގައި 4 މިލިއަން ރުފިޔާ!
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސިޓީގައި އިއުލާނު ކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން ހުކުރު ދުވަހު ޖުމުލަ 128 މީހަކު ޖޫރިމަނާ ކޮށް، އިތުުރު 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުރަބަންދު އަމުރާއި ޚިލާފުވެގެން މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ޖުމުލަ ޢަދަދަކީ 4،020 އެވެ. މި އަދަދުތަކާއެކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 4،020،000ރ (ހަތަރު މިލިއަން ވިހި ހާސް ރުފިޔާ) އެވެ.
ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރަންޖެހޭ މީހުންނަށް ބޭސް ލިބުމުގައި ދަތިތަކެއް އެބަހުރި: މަނަަދޫ ކައުންސިލް
ނ. މަނަދޫގައި ދާއިމީކޮށް ބޭސް ބޭނުން ކުރާ ފަރާތްތަކަށް ބޭސް ލިބުމުގައި ދަތިތައް އެބަހުރި ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ. މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ، ދާއިމީ ފަރުވާއަށް ބައެއް ބޭސްތައް ބޭނުން ކުރާ ފަރާތްތަކަށް ބޭސް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، އެކަން ޙައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ: އިސްލާމިކް މިނިސްޓްރީ
ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ޒާހިރު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 2،480،200ރ (ދެ މިލިޔަން ހަތަރުލައްކަ އަށްޑިހަ ހާސް ދުއިސައްތަ ރުފިޔާ) ލިބިފައިވާ ކަމަށެވެ.
މިއަހަރުގެ ނިޔަލަށް ކާމިޔާބު ވެކްސިނެއް ހޯދޭނެކަމަށް ބެލެވޭ 14 ކެނޑިޑޭޓެއް އެބަތިބި: ޓްރަމްޕް
ރިހެބުން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކިހިނެއްކަމެއް ނޭންގޭ
ކޮވިޑް ވިލެޖް ހޮސްޕިޓަލަށް ބޭނުންވާ އިތުރު ސާމާނުތަކެއް ގެނެސްފި
ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުންދާ ކޮވިޑް ވިލެޖް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނު ގެނެސްފިއެވެ.
300 އެނދުގެ މި ފެސިލިޓީއަކީ ކޮވިޑް-19 ވައިރަސް ފެތުރި ގިނަ ޢަދަދެއްގެ މީހުންނަށް އެއްފަހަރާ ފަރުވާދޭން ޖެހިއްޖެ ޙާލަތަކަށް ތައްޔާރުވުމަށް ހަދަމުންދާ ތަނެކެވެ. ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލު ކައިރީގައި ޤާއިމުކުރާ މިތަނުގެ މަސައްކަތް ކުރަމުން އަންނަނީ ސިފައިންނާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެންނެވެ.
އިތުރު 11 މީހުން ޕޮޒިޓިވްވެ ޖުމްލަ އަދަދު 1031 އަށް އަރައިފި
ހުކުުރު ދުވަހުގެރޭ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ބުނީ، ހުކުރު ދުވަހުގެރޭ 03:00 ގެ ނިޔަލަށް އިތުރު 11 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ، 8 ދިވެހިންނާއި، ބަނގްލަދޭޝްއަށް ނިސްބަތްވާ 3 މީހެއްކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު 3 މީހަކު ބަލިން ރަނގަޅުވެއްޖެ
ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު 3 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތް މިނިސްޓްރީގެޑޭޝްބޯޑުންދައްކާގޮތުން ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 49ށް އަރާފައެވެ. އެގޮތުން އެއީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 4.80 އިންސައްތަކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މިހާތަނަށް ރާއްޖެއިން 49 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މީގެތެރޭގައި ގިނައީ ދިވެހިންނެވެ. އަދި މި އަދަދުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކުން މި ބަލި ފެނުނުއިރު ފާހަގަކުރެވުނު ބިދޭސީން ވެސް ހިމެނެ އެވެ. މިހާރު ރިކަވަރނުވެ ހުރި ކޭސްތަކުގެ ތެރޭގައި ގިނައީ މާލެ ސިޓީއިން ކޮމިއުނިޓީ ޓްރާންސްމިޝަން ދެނެގަނެވުނު ފަހުން ފެންމަތިވެފައިވާ ކޭސްތަކެވެ.
މާލޭގައި ދެން ވިޔަފާރި ކުރަން ނިކުމެވޭނީ ހަފުތާއަކު އެންމެ ފަހަރަކު
ހީކުރިވަރުގެ ސަރޖެއް އަދި ނާދޭ
ހީކުރިވަރުގެ ސަރޖެއް އަދި ނާދޭ، އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި ކޭސްތައް އިތުރުވެދާނެ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.