ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ގެއިން ބޭރަށް ނުކުމެ އުޅުމަށް ހުއްދަދީ މިސްކިތްތަކާއި ކެފޭތައްވެސް ހުޅުވާލަނީ
ރާއްޖޭގައި އިއުލާނު ކޮށްފައިވާ ފުުރަބަންދުގެ މުއްދަތު ހަމަވުމުން، ފުރަބަންދަށް ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެރޭ ޤައުމާ މުޙާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިޙު ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާ އެކު، ރަނގަޅަށް ތަންފީޒުވަމުން ދާނަމަ ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދެއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ރިސޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސް ދުވަހުގެ ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދީފި
މިއީ ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރަން ރަނގަޅު ފުރުސަތެއް: ރައީސް
ރައީސް ވިދާޅުވީ، މި ޙާލަތަކީ ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރަން ރަނގަޅު ފުރުސަތެއްކަމަށް، އަދި ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް އިސްނަގަން ވަރަށް އެކަށޭނަ ވަގުތެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ޢާންމު ޞިއްޙަތަށް ފަރުވާތެރިވެ، މުޅި އިޤްތިޞާދު އާރާސްތުކުރުމަށާއި ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ ވަރަށް މުހިންމު ވަގުތުކޮޅެއްކަމަށް
މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފަ: ރައީސް ސޯލިޙު
ޤައުމާ މުޚާތަބު ކުރައްވައި ރައީސް ސޯލިޙު ވިދާޅުވީ، ވިޔަފާރިތަކަށާއި އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗް.ޑީ.އެފް.ސީ. އާއި އެމް.އެފް.އެލް.ސީ އަދި އެސްޑީ.އެފް.ސީ އާއި ރާއްޖޭގައި ހިންގާ 8 ބޭންކަކުން ބައިވެރިވެފައިވާކަމަށް، އެގޮތުން ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ފަސް ކޮށްދީފައިވާއިރު، އޭގެ ތެރެއިން 83 އިންސައްތަ ލޯނަކީ، އާދެ، 13199 ލޯނަކީ ބީ.އެމް.އެލް އިން ދޫކޮށްފައިވާ ލޯނުތައް.
ކޮންމެހެން ރަށަށް ދާންޖެހޭ 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިއްޖެ: ރައީސް
ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ، اللهގެ ވާގިފުޅާއެކު، އެޅި ފިޔަވަޅުތަކުގެ ނަތީޖާ: ރައީސް
ރައީސް ވިދާޅުވީ، މި ބަލި މާލޭގައި ފެތުރެން ފެށިފަހުން، މިއަދުގެ މިހާތަނަށް 1186 މީހަކަށް މި ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާކަމަށް. އެއީ 420 ދިވެހިންނާއި 766 ބިދޭސީން. އަދި އޭގެ ތެރެއިން މިހާތަނަށް 91 މީހަކަށް ޝިފާ ލިބި، ބަލިން ފަސޭހަވެފައިވާއިރު، ރައީސް ވަނީ މި ބަލީގައި ދުނިޔެ ދޫކުރެއްވި 4 ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރަައްވާފައި، ރައީސް ވިދާޅުވީ، ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ، اللهގެ ވާގިފުޅާއެކު، އެޅި ފިޔަވަޅުތަކުގެ ނަތީޖާކަމަށް
ރައީސުލްޖުމްހޫރިއްޔާ މިރޭ ޤައުމާއި މުހާތަބުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ 21:00 ގައި ޤައުމާއި މުހާތަބުކުރައްވާނެކަމަށް ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ޤައުމާއި މުހާތަބުކުރައްވާއިރު، ނިއު ނޯމަލްގައި އަމަލުކުރާނެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކުން އަންނަނީ ކުރައްވަމުންނެވެ.
ބަލިން ރަނގަޅުވި މީހުންގެ އަދަދު 91 ށް އަރައިފި
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 91 ށް އަރައިފިއެވެ.
ހެލްތް މިނިސްޓްރީގެ ޑޭޝް ބޯޑުން ދައްކާ ގޮތުން 19 ވަނަ ދުވަހު 11 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި 18 ވަނަ ދުވަހު 2 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މީގެ އިތުރުން 17 ވަނަ ދުވަހު 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޓެލެ ކްލާސްތައް ފަށާނެ: އެޑިއުކޭޝަން މިނިސްޓްރީ
ޓެލެ ކްލާސްތައް ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަލުން ފެށިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ސީނިއަރ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ ކޮވިޑް-19ގެ މިހާލަތާ ގުޅިގެން ދިގު މުއްދަތަކަށް ސްކޫލު ބަންދު ވެގެންދާއިރު ދަރިވަރުންނާ މުއާމަލާތް ކުރެވޭނެ ގޮތްތަކަށް ކަންކަން ރާވަމުންދާ ކަމަށެވެ.
މޫސާ އާދަމް ވިދާޅުވީ މިބަންދުގެ މުއްދަތުގައި އަނެއްކާވެސް ޓެލެ ކްލާސްތައް ފެށުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޓެލެ ކްލާސްތައް ފެށިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާލަތުގައި ވެސް ބައެއް ސްކޫލުތަކުގައި އެކި އޮންލައިން ފްލެޓްފޯމްތައް މެދުވެރިކޮށް ކްލާސްތައް ނަގާ ދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ކޮވިޑް-19ގެ މައްސަލައިގަ ޕާކިސްތާން ސުޕްރީމް ކޯޓުން 'ސުމޯޓޯ' އަމުރެއް ނެރެފި
ކޮވިޑް-19ގެ ޚާއްްޞަ ޙާލަތާއި ގުޅިގެން ޕާކިސްތާނު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް އެޤައުމުގެ ސުޕްރީމް ކޯޓުން 'ސުމޯޓ' އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ގުލްޒާރު އަޙްމަދު ސޮއިކުރައްވާ ހޯމަ ދުވަހު ޢާންމު ކުރައްވާފައިވާ އަމުރުގައި ވަނީ ޕާކިސްތާނުގައި ކޮވިޑް-19ގެ ބަލިމަޑު ކަމެއް ނެތް ކަމަށް ކަނޑައަޅުއްވައި، މިހާރު އެޤައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އުވާލަން ސަރުކާރަށް އަންގަވާފަ އެވެ. އެގޮތުން ހުރިހައި ވިޔަފާރިއެއް ހަފުތާއަކު ހަތް ދުވަހު ހުޅުވާފައި ބެހެއްޓުމަށް ސަރުކާރަށް އަމުރުކޮށްފައިވެ އެވެ.
އިޓަލީގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް މައްޗަށް ޖެހިލައިފި
އިޓަލީގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް މައްޗަށް ޖެހިލައިފި އެވެ.
އަންގާރަ ދުވަހު ވައިރަސް ޖެހިގެން މަރުވެފައިވަނީ 162 މީހުންނެވެ. ހޯމަ ދުވަހު އެއަދަދު ހުރީ 99 އެއްގަ އެވެ. މީގެއިތުރުން ވައިރަސް ޖެހުނު މީހުންގެ އަދަދުތައްވެސް ވަނީ 451 ން 813 ށް މައްޗަށް ޖެހިފަ އެވެ.
މިހާތަނަށް އައިއިރު އިޓަލީގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 32,169 ށް އަރާފަ އެވެ. އިޓަލީއަކީ މިވަގުތު އެމެރިކާ އާއި އިނގިރޭސިވިލާތް ނެގުމަށްފަހު ތިން ވަނަ އަށް އެންމެ ގިނަ މީހުންގެ މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.
ނޭނގި ކޮވިޑް-19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށް ޓެސްޓްކުރަނީ
ނޭނގި ކޮވިޑް-19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށްޓަކައި ޓެސްޓުކުރަން ފަށައިފި އެވެ.
ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ބިދޭސީން ތޮއްޖެހިފައި ތިބި ތަންތަނުން ކަމަށެވެ. އެގޮތުން މިހާރު މޮނިޓަރ ކުރަމުންދާ ބިދޭސީން ތިބި ތަންތަނުގައި ކުރިން ހެދީ ޕީސީއާރު ޓެސްޓުތަކެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އޭރު އެޓެސްޓް ކުރިޔަށް ދިޔައީ އެމީހުންގެ ތެރޭގައި މިވަގުތު ބަލި ހުރީ ކޮން ބައެއްގަތޯ ބެލުމަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ޗައިނާގެ ކުންފުނިން ހެދި ލޭބާ ކުއާޓާގެ މަސައްކަތް ނިންމާލައިފި
ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޮމްޕެނީގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ގާއިމްކުރި ލޭބަރ ކުއާޓާގެ މަސައްކަތް ނިންމާލައިފިއެވެ.
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމަނު މަބްރޫކް އަޒީޒު ވިދާޅުވި މިތަނަކީ 800 މީހުންގެ ޖާގައިގެ ތަނެއް ކަމަށެވެ. އަދި މިތަނުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޮމްޕެނީއައި އެޗްޑީސިއާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މަބްރޫކް ވިދަޅުވީ އެތަނުގެ ގިނަ މަސައްކަތްތަކެއް ކޮށްދީފައިވަނީ ޗައިނާގެ ކުންފުނިން ކަމަށާއި، އެ މަސައްކަތް ކޮށްދީފައިވަނީ އެއްވެސް އަގަކާ ނުލާ ހިލޭ ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕްލިންގެ ތެރެއިން 105 ސާމްޕަލެއް މިހާތަނަށް ނަގައިފި
އެކްޓިވް ސަރވިއަލަންސްގެ ދަށުން މިހާރު ކުރިޔަށްދާ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމުގެ ތެރެއިން މިހާތަނަށް އައިއިރު 105 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް ކޮވިޑް-19 ޓާސްކް ފޯހުން ހާމަކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭ ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ މީގެތެރެއިން 99 މީހުންގެ ސާމްޕަލް ލިބިފައިވާ ކަމަށާއި ފަސް ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ. އަދި އެއް ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި އޮތް ބަލި މީހާގެ ނަތީޖާ ޑަބަލް ނެގެޓިވް
ކޮވިޑް-19 ޖެހިގެން ހާލުބޮޑުވެ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދިޔަ މީހާގެ ނަތީޖާ ޑަބަލް ނެގެޓިވް ކަމަށާއި އެމީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޮކްޓަރ، ޑރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެރޭ ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ ޑީއެޗް 11 ގައި މިހާރު ފަރުވާދެމުންދަނީ 2 މީހުންނަށް ކަމަށެވެ. އޭގެތެރެއިން ވެންޓިލޭޓަރުގައި އޮތް ބަލިމިހާ މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައި ކަމަށާއި ދެން ފަރުވާދެނީ 32 އަހަރުގެ އަންހެނަކަށްކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
ޑީއެޗް11 ގައި އޮތީ ދެ މީހެއް، އެކަކު ވަނީ ވެންޓިލޭޓަރުން ނަގާފައި: ޑރ އަފްޒަލް
ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި މިހާރު ފަރުވާ ދެމުން އަންނަނީ 2 މީހަކަށް ކަމަށެވެ. އަދި ވެންތިލޭޓަރުގައި ފަރުވާދެމުންދިޔަ މީހާ ވެންތިލޭޓަރުން ނެގިފައިވާކަމަށް ޑރ. ވިދާޅުވި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގައި ޖުމްލަ 9 ފިރިހެނަކާއި، 2 އަންހެނުންނަށް ފަރުވާދެމުން އަންނައިރު، އޭގެތެރެއިން އެކަކަށް ވެންތިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް ޑރ ވިދާޅުވި އެވެ.
ގައިދުރުކުރުން އިސްކުރުމުން ގައިގަޔަށް އަރާ ބަލިތައް ވަރަށް ބޮޑަށް ދަށްވެއްޖެ: ޑރ. އަފްޒަލް
ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ގައިދުރުކުރުން އިސްކުރުމުން ގައިގަޔަށް އަރާ ބަލިތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. އެގޮތުން އާންމުކޮށް ޤައުމެއްގައި ގައިންގަޔަށް އަރާ ބަލިތައް ހުންނަ ބޭސް ލައިނަށްވުރެވެސް ގައިންގަޔަށް އަރާ ބަލިތައް ރާއްޖޭގައި ދަށަށް ގޮސްފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 100 ޑޮލަރު ނެގުމުގެ ވާހަކައަކީ މަޝްވަރާގައިވާ ކަމެއް: މަބްރޫކް
ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 100 ޑޮލަރު ނެގުމުގެ ވާހަކައަކީ ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއި މަޝްވަރާކުރުމަށް ސަރުކާރުން އެކުލަވާލި ކަރުދާހުގައިވާކަމެއް ކަމަށާއި، އެފަދަ ނިންމުމެއް މިހާތަނަށް ނިންމާފައިނުވާކަމަށެވެ. އަދި ނިއު ނޯމަލްއަކަށްދާއިރު އެކި ދާއިރާތަކުގެ ފަރާތްތަކާއި މަޝްވަރާކުރުމަށް ތަފާތު ކަރުދާސްތަކެއް އެކުލަވާލާ ހިޔާލު ހޯދަމުން އަންނާނެކަމަށް މަބްރޫކް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ސަރުކާރުން ނިންމުމެއް ނިންމާނީ ހުރިހާ ފަރާތްތަކުގެ މަޝްވަރާއަށް ބެލުމަށްފަހު އެވެ.
ހިންމަފުށިން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް
ކ ހިންމަފުށިން ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް، ހިންމަފުށީގެ ޑީޓީއާރްސީއާ، އައްސޭރި ޖަލާއި، އިންޑަސްޓްރިއަލް ސަރަޙައްދުގެ އިތުރުން، ރަށުގެ އާންމު އާބާދީންވެސް ސާމްޕަލް ނެގި. އެ ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް
ގެއްލިގެން ހޯދަމުން ދިޔަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އެކަކު ފެނިއްޖެ
ވިލިމާލޭ ޑިޓެންޝަން ސެންޓަރުން ޕޮޒިޓިވްވެފައިވަނީ 1062 އަދި 1063، އެ ދެމީހުން ކުރިން ދިރިއުޅުނީ ޕޮޒިޓިވްވި މީހެއް ގެއްލިގެން (ކޭސް 594) ހޯދަމުން ދަނިކޮށް އެމީހާ އުޅުނު ކުއާޓަރުން، އެގޮތުން ކޭސް 594 ވެސް މިހާރު ވަނީ ފެނިފައި، މިވަގުތު ނުފެނި ހުރީ އެކަކު،
ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 86ށް އަރާފައި
233 ސާމްޕަލެއްގެ ނަތިޖާ ޕެންޑިންގައި، އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 86ށް އަރާފައި،
އޭގެ އިތުރުން، ކޮންޓެކްޓް ޓްރޭސިންގއާ ގުޅިގެން އަދިވެސް 300ށް ވުރެ ގިނަ ތަންތަން މޮނިޓަރިންގައި.
އައްސޭރި ޖަލާއި މާލެ ޖަލުން ނެގި ސާމްޕަލްތައް ނެގެޓިވް
އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އައްސޭރި ޖަލުން 25 ޤައިދީންނާއި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، މާލެ ޖަލުގެ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން 15 ފަރާތުގެ ސާމްޕަލްއާއި އޮފިސަރުންގެ ތެރެއިން 20 ފަރާތުގެ ސާމްޕަލް ވަނީ ނަގާފައެވެ.
އެމެރިކާ އާއި ގުޅިގެން ރާއްޖެއިން ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި
އެމެރިކާއެކު މަސައްކަތްތަކެއް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރިކަން ހާމަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑާއި ދެކޮޅަށް މަސައްކަތްކުރުމާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގައުމީ ސަލާމަތާއި ގުޅޭ ކަންކަމުގެ އެސިސްޓެންޓް ރޮބަރޓް ސީ އޯ'ބްރައިން އާއި މަޝްވަރާ ކުރެއްވިކަމަށެވެ. ކޮވިޑާއި ދެކޮޅަށް ދެގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި، މީގެ އިތުރުން މި އާލަމީވަބާ އިން ސަލަމަތްވުމަށް ކުރަމުން ގެންދާ މަސައްކަތުގައި ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ އިސްކަންދޭންވީ ކަން ކަމަށް ރައީސް ވިދާޅުވި އެވެ.
މޫސުމާ ހެދި މަސައްކަތަށް ލަސްކަމެއް އައިސްފައިވޭ: މަބްރޫކް
މޫސުން ގޯސްވެ އޮޕަރޭޝަންސްތަކަށް ބުރޫއަރަމުންދާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ. އެގޮތުން އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައާއި އެއްތަނުން އަނެއް ތަނަށް ބަލިމީހުން ގެންދިއުމުގައި އިތުރު ދަތިތަކެއް ދިމާވެފައިވާތީ އޮޕަރޭޝަން ގައި ލަސްކަމެއް ފާހަފަކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އާއިލާތަކަށް އެހީވުމަށް ޔުނިސެފުން، ރެޑްވޭވް މެދުވެރިކޮށް، ޖެންޑަރ މިނިސްޓްރީ އަށް އެހީވެއްޖެ
ކޮވިޑް-19 އާއި ގުޅިގެން ހާލުގައިޖެހޭ އާއިލާތަކަށް އެހީތެރިވުމަށް ޖެންޑަރ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް ރެޑްވޭވް މެދުވެރިކޮށް ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ. ޔުނިސެފުން ރެޑްވޭވަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކާބޯތަކެތީގެ 7000 ޕެކޭޖް ފޯރުކޮށްދެވޭ ވަރަށް 838،657 (އަށް ލައްކަ ތިރީސްއަށް ހާސް ހަސަތޭކަ ފަންސާސް ހަތް) ރުފިޔާ ރެޑްވޭވެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިފައިސާ ސީދާ ޖަމާކުރެވޭނީ ރެޑްވޭވްގެ އެކައުންޓަށް ކަމަށާއި ނަމަވެސް ފައިސާ ޖަމާކުރެވޭނީ އިންވޮއިސް އާއި ކާބޯތަކެތީގެ ޕެކޭޖްތައް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިންކަމުގެ ޔަގީންކަން ޖެންޑަރ މިނިސްޓްރީން ދިނުމުން ކަަމަށެވެ.
ސާމްޕަލްތައް ނެގުމުގައި ހުރި ބެކްލޮގް ހައްލުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން: ހަމީދު
ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުުމުގައި ރެޕިޑް ރެސްޕޮންސް ޓީމްގެ ފަރާތުން ވާހަކަދައްކަވަމުން އަބްދުލް ހަމީީދު ސާމްޕަލްތައް ނެގުމުގައި ހުރި ބެކްލޮގް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ކުދި ގޯޅިތަކަށް ވަނުމުުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ބަގީ ބޭނުންކުރަން ފެށުމަށް ނިންމާފައިވާކަމަށާއި، މޫސުން ރަނގަޅުވުމާއެކު ބަގީ ބޭނުންކުރަން ފަށާނެ ކަމަށް ހަމީދު ވިދާޅުވި އެވެ. އޭގެއިތުރުން ހަމީދު ވިދާޅުވީ އެކަންކަން ހައްލުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ގޭގެ ތިރިޔަށް ފޭބޭނެ ބޭފުޅުންނަށް ގޭގެ ތިރިޔަށް ފޭބުމަށް އެދެމުން އަންނަކަމަށާއި، އެއާއެކުވެސް މަސައްކަތް ހަލުވިވެގެންދާނެކަމަށެވެ.
ސާމްޕަލްތައް ނެގުމަށް ދިއުމުގައި ލަސްތަކެއް ކުރިމަތިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރާތީ: ހަމީދު
ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުުމުގައި ރެޕިޑް ރެސްޕޮންސް ޓީމްގެ ފަރާތުން ވާހަކަދައްކަވަމުން އަބްދުލް ހަމީީދު ވިދާޅުވީ ސާމްޕަލް ނެގުމަށް ދިއުމުގައި ލަސްތަކެއް ކުރިމަތިވާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ. ނަމަވެސް އެ ލަސްތައް ކުރިމަތިވަނީ ރައްކާތެރިކަމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރާތީކަމަށް ހަމީދު ވިދާޅުވި އެވެ. އެގޮތުން މިސާލެއްގެ ގޮތުގައި ހަމީދު ވިދާޅުވީ ގެޔަކަން ސާމްޕަލް ނެގުމަށްފަހު، ދެ ވަނަ ގެޔަކަށް ދިއުމުގެ ކުރިން ރައްކާތެރިކަމުގެ ހެދުން ބަދަލުކުރަންޖެހޭކަމަށެވެ. އަދި ވަކި އަދަދަކަށް ސާމްޕަލް ނެގުމަށްފަހު ރެޕިޑް ރެސްޕޮންސް ޓީމްގެ ފަރާތުން އެއްކޮށް ހެދުން ބަދަލުކޮށް ފެންވަރަނންޖެހޭކަމަށް ހަމީދު ވިދާޅުވި އެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1106 އަށް، ބަލިން ރަނގަޅުވި މީހުންގެ އަދަދު 74 އަށް
ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1106 އަށް އަރާފައިވާކަމަށެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 74 އަށް އަރާފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޝަނަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި: މަބްރޫކް
ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ކޮވިޑް-19 އާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން މީހުން ތަންތަނަށް އުފުލުމުގައި ބޮޑެތި ހުރަސްތަކެއްހުރިކަން ފާހަގަކޮށް މަބްރުކް ވިދާޅުވީ އެކަން ހައްލުުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 4 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1094 ށް އަރައިފި
ނިސްބަތުން ދިވެހިން ޕޮޒިޓިވްވާ މިންވަރު މައްޗެއް ނުވޭ
ދިވެހިން ޕޮޒިޓިވްވާ މިންވަރު ދަށް ނުވާކަމަށާއި ނަމަވެސް ބިދޭސީން ޕޮޒިޓިވްވާ މިންވަރު ދަށްވީ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. ދިވެހިން ޕޮޒިޓިވްވާ އަދަދު އުޅެނީ ކުރިއެކޭ އެއްގޮތަށް ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
ކޮންމެ ގެއަކުން އެކަކު ވިޔަފާރި ކުރަން ބޭރަށް ނިކުތުމަށް ކަނޑައެޅުން މުހިންމު
ކޮންމެ ގެޔަކުންވެސް އެކަކު އެއީ ވިޔަފާރިކޮށް ބޭރަށް ނިކުންނަ މީހާއަށް ހެދުން މުހިންމު ކަމަށާއި އެމީހާ އަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ މީހަކަށް ވާންޖެހޭ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
މަދިރި އާލާވާ ތަންތަން ނައްތާލުމަށް އިސްކަން ދިނުން މުހިންމު
މިދުވަސްވަރު ވިއްސާރާ ވެހޭތީ މަދިރި އާލާވާ ތަންތަން ނައްތާލުމަށް އިސްކަންދީ އެގޮތަށް އެކަން ކުރުމަށް ޑރ އަފްޒަލް އެދިވަޑައިގެންނެވި އެވެ.
އުމުރުން 65 އަހަރު މަތީ މީހުންގެ ރޭންޑަމް ސާމްޕަލިންގ ނެގުމަށް އެއްބާރުލުން ބޭނުންވޭ
މިހާރު ކުރިޔަށްދާ އުމުރުން މަތީ މީހުންގެ ރޭންޑަމް ސާމްޕަލިން ގައި އަދިވެސް އެއްބާރުލުން ބޭނުންވާ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
ދިވެހިންނާއި ބިދޭސީން ޕޮޒިޓިވްވާ މިންވަރު އެއްވަރެއްގައި މިހާރު ވަނީ ހިފެހެއްޓިފައި
މިފަހަކުން ޕޮޒިޓިވްވާ ދިވެހިންނާއި ބިދޭސީންގެ އަދަދުތައް އުޅެނީ އެއްވަރެއްގައި ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
ސާމްޕަލް ނެގެނީ އެއްވަރަކަށް، ޕޮޒިޓިވްވާ މިންވަރު ދަށް
ސާމްޕަލް ނެގެނީ އެއްވަރަކަށް، ދުވާލަކު 350 ށް ވުރެ ގިނަ ޓެސްޓް ކުރެވޭ، ޕޮޒިޓިވްވާ މިންވަރު މަދުކަން ފާހަގަވޭ. ދޭ އިރުޝާދުތަކަށް ތަބާވާތީ ޕޮޒިޓިވްވާ މީހުން މަދުވަމުންދާ ކަން ފާހަގަވޭ
އިންޑިޔާއަށް ދިޔަ 3 މީހަކު ޕޮޒިޓިވްވެފައިވޭ
ރާއްޖޭގައި ތިބި އިންޑިޔާގެ މީހުންގެ ތެރެއިން އަނބުރާ ގައުމަށް ދިޔަ 3 މީހަކު ވަނީ ޕޮޒިޓިވްފެފައި، އެއީ ބައިސަން ކުންފުނީގައި މަސައްކަތްކުރާ މީހުން
ޖުމްލަ 15274 ސާމްޕަލް މިހާތަނަށް އައިރު ނަގައިފި
12 އަލަށް މިއަދު ޕޮޒޮޓިވް
420 ނަތީޖާ ނުލިބި
59 ރަނގަޅުވި މީހުން
1024 ފަރުވާ ދެމުން
339 ތަނެއް މޮނިޓަރިން
981 އައިސޮލޭޝަންގައި
1352 ކަރަންޓީނު ފެސިލިޓީ
ޓްރާންސިޓް 423 މީހުން
ދޫކޮށްލެވިފައި 61
ދޫކޮށްލުމަށް ސާމްޕަލް ނެގިފައި 179