Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

14 މެއި 2020 | 17:23

ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އެހީތެރިވުމަށް 1.89 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ

ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އެހީތެރިވުމަށް 1.89 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ

14 މެއި 2020 | 17:22

ބިދޭސީން ދިރިއުޅޭ 33 ތަނެއްގެ ސާމްޕަލް ނެގިފައިވަނީ

ބިދޭސީން ދިރިއުޅެމުންދާ 33 ތަނެއްގެ ސާމްޕަލް ވަނީ ނެގިފައި. އަދި ސައިޓްތަކަށް ބަދަލުކުރެވިފައިވަނީ. ޖުމްލަ 500 ސާމްޕަލް ވަނީ ނެގިފައި

14 މެއި 2020 | 17:18

ފްރޮންޓް ލައިންގައި މަސައްކަތްކުރާ 137 މީހަކު ވަނީ ޕޮޒިޓިވްވެފައި

ފްރޮންޓް ލައިންގައި މަސައްކަތްކުރާ 137 މީހަކު މިހާތަނަށް އައިއިރު ވަނީ ޕޮޒިޓިވްވެފައި

14 މެއި 2020 | 17:14

ލޮކްޑައުން އާ ޚިލާފުވި 42 މީހަކު ޖޫރިމަނާކޮށްފި

ލޮކްޑައުން އާ ޚިލާފުވެގެން މިއަދު 42 މީހަކު ވަނީ ޖޫރިމަނާކޮށްފައި

14 މެއި 2020 | 17:14

ކ. ތުލުސްދޫ އަދި ށ މިލަންދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

މޮނިޓަރިންގ ގައި އޮތް ކ ތުލުސްދޫ އަދި ށ މިލަންދޫ މޮނިޓަރިން ގެ ހާލަތުން މިއަދު ނަގައިފި

14 މެއި 2020 | 17:13

ކަރަންޓީނު ފެސިލިޓީތަކުން 65 މީހަކު މިއަދު ދޫކޮށްލާފައިވޭ

ކަރަންޓީނުން މިއަދު 65 މީހަކު މިއަދު ދޫކޮށްލާފައިވޭ. އަދި ކަރަންޓީނުގައި ތިބި 61 މީހެއްގެ ސާމްޕަލް ވަނީ ނަގާފައި

14 މެއި 2020 | 17:12

އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެ

ކޮވިޑް-19 ޖެހިފައިވާ އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެ. އެއާއެކު ޖުމްލަ އަދަދު 46 ށް މިވަނީ އަރާފައި

14 މެއި 2020 | 17:11

އިތުރު 14 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިތުރު 14 މީހުން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިއާއެކު ޖުމްލަ އަދަދަކީ 982 ށް އަރާފައި

14 މެއި 2020 | 17:10

555 ސާމްޕަލް ފާއިތުވި 24 ގަޑިއިރު ނަގާފައިވޭ

13 މެއި 2020 | 23:24

އެންއީއޯސީއަށް ބަގީތަކެއް ހަދިޔާ ކޮށްފި

ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އަށް ބަގީތަކެއް ޓޫރިޒަމް މިނިސްޓްރީން ހަދިޔާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބަގީތައް ހަދިޔާ ކުރީ އެންއީއޯސީގެ ރެޕިޑް ރެސްޕޮންސް ޓީމަށް ކަމަށެވެ. އަދި ހަ އިލެކްޓްރިކް ބަގީތަކަކީ އެެންއީއޯސީން އެދުމުން ހަދިޔާ ކުރިތަކެތި ކަމަށެވެ.

13 މެއި 2020 | 23:23

ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭ ވަރަށް ސިފައިން އެބަތިބި: މިނިސްޓަރު މާރިޔާ

ސިފައިންގެ ތެރެއިން އޮފިސަރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވިޔަސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭ ވަރަށް ސިފައިން އެބަތިބި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިހާތަނަށް 40 އަށް ވުރެ ގިނަ ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ޑިފެންސް މިނިސްޓަރު ވިދާޅުވީ، ސިފައިންނާ ގުޅުވައި އެކި ކަހަލަ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެގޮތުން އެކަހެރި ކޮށްފައިވާ ސިފައިންގެ އަދަދުތަކާއި ބެހޭ ގޮތުންވެސް ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ސިފައިންގެ އަދަދުތައް ހާމަނުކުރަނީ އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށާއި، އެއްވެސް ވަރަކަށް މައުލޫމާތު ފޮރުވުމުގެ ބޭނުމުގައެއް ނޫން ކަމަށެވެ.

13 މެއި 2020 | 23:22

އެޗްއައިވީ ފަދައިން ކޮވިޑް-19 އަކީވެސް ނައްތާ ނުލެވިދާނެ ވައިރަސްއަކަށް ވެދާނެކަމުގެ އިންޒާރު!

ކޮވިޑް-19 ވައިރަސްއަކީ އެޗްއައިވީ ފަދައިން ދުނިޔެއިން ނައްތާނުލެވޭ ވައިރަސްއަކަށް ވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފި އެވެ.

ބުދަ ދުވަހު ޖެނީވާގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިމަރޖެންސީ ޑައިރެކްޓަރ ޑރ މައިކް ރަޔަން ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަން ގިނަ ދުވަސްތަކެއް ވަންދެން އިންސާނުންގެ ތެރޭގައި އޮންނާނެ ކަމަށް ބެލެވޭ ކަމަށާއި، މިއީ އެއިޑްސް ފަތުރާ އެޗްއައިވީ ވައިރަސް ފަދައިން ދުނިޔެއިން ނައްތާނުލެވިދާނެ ވައިރަސްއަކަށް ވެގެންދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެއާއެކު، ވައިރަސްއާއެކު ދިރިއުޅެން ދަސްކުރުމުގެ މުހިއްމުކަން ރަޔަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

13 މެއި 2020 | 23:21

މާފުށި ޖަލުން ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް

ކޮވިޑް-19 އަށް ޓެސްޓުކުރުމަށްޓަކައި މާފުށި ޖަލުން ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެއްޖެ އެވެ.

މާފުުށީ ޖަލުން 38 ރެންޑަމް ސާމްޕަލެއް ނެގިފައިވެއެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްކަން ހާމަކޮށް، ކަރެކްޝަނަލް ސަރވިސް އިން ބުނީ މާފުށީ ޖަލުން ކޮވިޑް 19 އަށް ތަޙުލީލު ކުރުމަށްޓަކައި ނެގުނު 38 ރެންޑަމް ސާމްޕަލް ނެގެޓިވްވެފައިވާކަން އެޗްޕީއޭއިން ކަށަވަރު ކޮށްދެއްވާފައިވާކަމަށެވެ.

އޭގެއިތުރުން ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒްކުރަމުންގެންދިޔަ އުމުރުން 92 އަހަރުގެ ގައިދީއެއް ނިޔާވެފައިވާއިރު، އެ މީހާވެސް ވަނީ ކޮވޑް-19 އަށް ޓެސްޓްކޮށްފަ އެވެ. ކަރެކްޝަނަލް ސަރވިސްއިން ބުނީ ހުޅުމާލެ ޖަލުން ނިޔާވި ޤައިދީ ކޮވިޑް 19 އަށް ތަޙުލީލު ކުރުމަށްޓަކައި ނެގުނު ސާމްޕަލް ނެގެޓިވް ވެފައިވާކަމަށެވެ.

13 މެއި 2020 | 23:20

އޮންލައިންކޮށް ހިންގޭނެ ކޯސްތައް ކަނޑައަޅައި, އަވަހަށް ކޯސްތައް ފަށަން މިނިސްޓަރ އެދިވަޑައިގެންފި

ވީހާވެސް އަވަސް ފުރުސަތެއްގައި އޮންލައިންކޮށް ހިންގޭނެ ކޯސްތައް ކަނޑައަޅައި, އަވަހަށް ކޯސްތައް ފެއްޓެވުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އެދިވަޑައިގެންފި އެވެ.

މިނިސްޓަރ މިފަދައިން އެދިވަޑައިގެންނެވީ މިނިސްޓްރީގެ އިސްބޭފުޅުންނާއި، ވަރލްޑް ބޭންކުން ރާއްޖޭގައި ހިންގާ މީރީ ޕްރޮޖެކްޓްގެ ބޭފުޅުންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ކޮވިޑް-19ގެ ހާލަތުގައި އަދި އޭގެ ފަހުން ނިއު ނޯރމަލްއަކަށް ދިރިއުޅުން ބަދަލުވާއިރު، މޯލްޑިވްސް ޕޮލިޓެކްނިކް އިން އޮންލައިން މީޑިއަމްގައި ކިޔަވައިދިނުން ކުރިއަށްގެންދިއުމާއިމެދު އެވެ. އަދި މިދަނޑިވަޅުގައި ވަޒީފާ ގެއްލިފައި ނުވަތަ މުސާރަ ނުލިބޭގޮތަށް ގޭގައި ތިބެންޖެހިފައިވާތިއްބެވި ޓުއަރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ކޯސްތަކެއް ހިންގުމަށްވެސް މަޝްވަރާކުރެވުނުކަމަށް މިނިސްޓްރީން ބުންޏެވެ.

13 މެއި 2020 | 19:05

ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމައިފި

ގްރޭޓާ މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު) ގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފި އެވެ.

މުއްދަތު އިތުރު ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

މާލެއިން ކޮވިޑް-19 ގެ ކޭސްއެއް ފެނުމާއި ގުޅިގެން އެންމެ ފުރަތަމަ މާލެ ލޮކްޑައުން ކޮށްފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައިވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.

އެއާއެކު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި، އާންމު ތަންތަނަށް އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. ލޮކްޑައުން ކޮށްފައިވާއިރު، ބޭރަށް ނިކުމެ އުޅެވެނީ ފުލުހުންނާއި، ސިފައިންނާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އެ ތަންތަނުގެ އުޅަނދު ދުއްވާ ފަރާތްތަކަށެވެ.

13 މެއި 2020 | 18:52

ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ އެވެ. ެހލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ 88 އަހަރު މީހާ ނިޔާވީ މިރޭ 11:15 ގައި ކަމަށެވެ. މިއީ ރާއްޖެއިން މި ބަލިޖެހިގެން ނިޔާވި 4 ވަނަ މީހާ އެވެ.

13 މެއި 2020 | 17:39

ފްރޮންޓްލައިންގައި މަސައްކަތް ކުރާ 137 މީހަކު ޕޮޒިޓިވްވެފައިވޭ

ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ 137 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ބައެއް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެމްއެންޑީއެފްގެ އޮފިސަރުންތަކަކާއި ފުލުހުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މިހާތަނަށް ވަނީ ކަށަވަރުވެފައި އެވެ.

13 މެއި 2020 | 17:26

އިތުރު 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 955 އަށް!

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 51 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. މިޔާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 955 އަށް އަރާފަ އެވެ.

13 މެއި 2020 | 17:24

އިތުރު 8 މީހަކު ބަލިން ފަސޭހަވެ، ޖުމްލަ އަދަދު 40 އަށް

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 8 މީހަކު ބަލިން ފަސޭހަވެއްޖެއެވެ. މިޔާއެކު ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 40 އަށް އަރާފަ އެވެ.

13 މެއި 2020 | 00:43

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4.3 މިލިއަނަށް!

13 މެއި 2020 | 00:42

އިންޑިއާއިން 270 ބިލިއަން ޑޮލަރުގެ އިކޮނޮމިކް ޕެކޭޖެއް އިއުލާނުކޮށްފި

13 މެއި 2020 | 00:41

ނޫސްވެރިއަކު ކުރި ސުވާލަކަށް ނުރުހުންވެވަޑައިގެން ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވައިފި

13 މެއި 2020 | 00:40

އަފްގާނިސްތާންގެ ކާބުލްގައި މެޓަރނިޓީ ހޮސްޕިޓަލަކަށް ބަޑިން ހަމަލާތަކެއްދީފި

13 މެއި 2020 | 00:40

ލުބުނާންގައި އަނެއްކާ ވެސް 4 ދުވަހުގެ ފުލް ލޮކްޑައުންއެއް!

13 މެއި 2020 | 00:39

އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަރވެއިލަންސް ފަށައިފި

13 މެއި 2020 | 00:38

އެމްއެންޑީއެފުން ފެނުނު ކޭސް ތަކަކީ އެއް ކްލަސްޓަރ އަކަށް ނިސްބަތްވާ ބައެއް ނޫން

13 މެއި 2020 | 00:37

ވެމްކޯއިން ނެގި 18 ރެންޑަމް ސާމްޕަލް ނެގެޓިވް

12 މެއި 2020 | 23:27

ދުވާލެއްގެ މައްޗަށް 1000 އަށް ވުރެ ގިނަ ޓެސްޓު ކުރެވޭތޯ މަސައްކަތް ކުރަނީ

ދުވާލެއްގެ މައްޗަށް 1000 އަށް ވުރެ ގިނަ ޓެސްޓު ކުރެވޭ ވަރަށް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ން ބުނެފި އެވެ.

އެގޮތުން، އަންގާރަ ދުވަހުގެރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ޓަރގެޓްކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 1000 ޓެސްޓު ހެދުމަށް ކަމަށެވެ.

ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ކުއްލި އަކަށް ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދުތައް އިތުރުވެދާނެ ކަމަށް އަންދާޒާ ކުރެވޭއިރު ދުވާލެއްގެ މައްޗަށް 1000 ސާމްޕަލް ޓެސްޓުކުރެވިގެން ނޫނީ އެންމެ އެދެވޭ ނަތީޖާ ނުނިކުންނާނެ ކަމަށް ކުރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފަ އެވެ.

12 މެއި 2020 | 23:25

ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔަ މީހަކު ޕޮޒިޓިވްވީއޭ ބުނެވުނީ އޮޅުމަކުން

ޓްރީޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އަށް ޑޮކްޓަރުން ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފި އެވެ.

އެންއީއޯސީ ގައި ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޓީޓީއެޗް އަށް ދައްކަން ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާއަކީ އެހެން ސަބަބަކާއި ހުރެ ޓްރީޓޮޕް ހޮސްޕިޓަލަށް ދައްކަން ދިޔަ މީހަކު ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

12 މެއި 2020 | 16:29

އިތުރު ހަތް މީހަކު ޕޮޒިޓިވްވެ، ރާއްޖޭގެ އަދަދު 900ށް ވުރެ މައްޗަށް

ރާއްޖެއިން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ ތިން މީހުންނާއި، ދެ ދިވެހިންގެ އިތުރުން އިންޑިއާގެ ދެ މީހުން ކަމަށެވެ.

12 މެއި 2020 | 10:38

މަދިރި އާލާވާ ގޮތަށް ހުރި 23 ކޮންސްޓްރަކްޝަން ސައިޓަށް ވަދެ ބަލާފައިވާނެ: ޝަމާޢު

މަދިރި އާލާވާގޮތަށް މާލޭގައި ހުރި 23 ކޮންސްޓްރަކްޝަން ސައިޓެއް ބަލާ އެތަންތަނުގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލާފައިވާ ކަމަށް ޝަމާޢު ވިދާޅުވި އެވެ.

12 މެއި 2020 | 10:36

ބިދޭސީން ދިރިއުޅޭ 307 ތަނެއް ވަނީ ފާހަގަވެފައި

ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ 307 ތަނެއް ފާހަގަ ކުރެވިފައިވާ ކަމަށާއި އެތަންތަނުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ޝަމާޢު ވިދާޅުވި އެވެ.

12 މެއި 2020 | 10:34

3258 މީހުން އެބަތިބި މާލެއިން ރަށްރަށަށް ދާން ބޭނުންވާ، މީގެތެރޭގައި މާލޭގައި ދިރިއުޅޭ މީހުން ހިމެނޭ

މާލެއިން ރަށްރަށަށް ދާން ބޭނުންވެގެން 3258 މީހަކު އެދިފައިވާ ކަމަށާއި މީގެތެރޭގައި މާލޭގައި ދިރިއުޅޭ މީހުން ހިމެނޭ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން މީގެތެރޭގައި ވަޒީފާ ގެއްލިފައި ތިބި މީހުންވެސް ހިމެނޭކަމަށް ޝަރީފް ވިދާޅުވި އެވެ.

12 މެއި 2020 | 10:24

ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ގިނަ ކަމަށް ދެކެން: ޝަމާޢު

ވިޔަފާރި ކުރުމަށާއި އެހެނިހެން ކަންކަމަށް ދޫކޮށްފައިވާ ހުއްދަތައް ގިނަ ކަމަށް ދެކެން. ލޮކްޑައުންގައި ހަގީގީ ބޭނުން އޭގެން ސަބަބުން ނުފެނޭ. ކެތްތެރިކަމާއެކު މަޑުކޮށްލައިގެން ތިބޭނަމަ އާންމު ހާލަތަކަށް އަވަހަށް އާދެވޭނެ.

- ޝަމާޢު ޝަރީފް/ ޑެޕިޔުޓީ މޭޔަރ -

12 މެއި 2020 | 10:23

ހުޅުމާލޭގައި ހުރި ގެސްޓް ހައުސްތައް ކަރަންޓީނު ފެސިލިޓީތަކުގެ ބޭނުންކުރުމަށް އަންނަނީ މަސައްކަތްކުރަމުން

މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން ހުޅުމާލޭގެ ގެސްޓް ހައުސްތަކުގައި ކަރަންޓީނު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެންމެން ރަށްރަށަށް ފޮނުވާ ނިންމާލެވޭނެ ވަކި ތާރީޚެއް އަދި ނޭންގޭ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. ލޮކްޑައުން ކޮމިޓީން އެކަންކަން ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ. ތިން ސަތޭކަ މީހުންގެ އިތުރުން ފައްސަތޭކަ މީހުން ކަރަންޓީނު ކުރަމުންދާއިރު އިތުރު ފައްސަތޭކަ މީހުން ފޮނުވުމަށް ކަރަންޓީނު ފެސިލިޓީ ހޯދަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

12 މެއި 2020 | 10:13

5000 މީހުންނާއި ސުވާލުކޮށް 11000 ބިދޭސީން ތޮއްޖެހިގެން ތިބި ކަމަށް މައުލޫމާތު ލިބުނު

ލޮކްޑައުން އަކަށް ދިޔުމުގެ ކުރިން ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަން ބެލުމަށްޓަކައި ސަރވޭ އެއް ކުރިޔަށް ގެންދުވުނު. އެސަރވޭގައި 5000 މީހުންނާއި ސުވާލުކޮށް 11000 ބިދޭސީން ތޮއްޖެހިގެން އުޅޭ ކަމަށް މައުލޫމާތު ލިބުނު. އެމައުލޫމާތު ބޭނުންކޮށްގެން މާލެއިން ބޭރު ތަންތަނަށް އެމީހުން ބަދަލު ކުރެވިއްޖެ. ސަރވޭ އަށް ފަހު ތޮއްޖެހިގެން ބިދޭސީން އުޅޭ އައު ތަންތަން ވެސް ވަނީ ހޯދިފައި.

-ޝަމާޢު ޝަރީފް/ ޑެޕިޔުޓީ މޭޔަރ -

12 މެއި 2020 | 10:01

އަތޮޅުތަކުގައި އެއް ރަށުން އަނެއް ރަށަށް ކައުންސިލްގެ ހުއްދަ އަކާއެކު ދަތުރުކުރެވޭނެ

އަތޮޅު ތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ކައުންސިލްތަކުގެ ހުއްދަ އާއެކު ދަތުކުރެވޭނެ.

ރަށްރަށުން މާލެ އައުމަށް ފުލުހުންގެ ހުއްދަ އައާއެކު އެކަން ކުރެވޭނެ.

މާލެއިން ރަށްރަށަށް ދިޔުމަށް 14 ދުވަހުގެ ކަރަންޓީނަށް ފަހު ރަށަށް ދެވޭނެ

- އާދަމް ޝަރީފް/ އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް-

12 މެއި 2020 | 09:58

500 މީހުން ކަރަންޓީނުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން

500 މީހުން އިތުރަށް ކަރަންޓީނު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން ކަމަށާއި އެކަމުގެ ލިސްޓު އެކުލަވާލަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އިތުރު ފެސިލިޓީތައް ހޯދައިގެން މާލޭގައި ތާށިވެފައިތިބި ރައްޔިތުން ކަރަންޓީނު ކުރުމަށް ފަހު ރަށްރަށަށް ފޮނުވުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

12 މެއި 2020 | 09:54

ރިސޯޓް ކަރަންޓީނަށް 308 މީހަކު ގެންދެވިފައިވޭ

ރިސޯޓް ކަރަންޓީނަށް 308 މީހަކު ގެންދެވިފައިވޭ. ހުޅުމާލޭގެ ފެސިލިޓީއެއްގައި 17 މީހަކު

12 މެއި 2020 | 09:54

މެޑިކަލް ބޭނުމަށް މާލެ އައި 1400 ށް ވުރެ ގިނަ މީހުން، ރިސޯޓުން އައިސްތިބި 363 މީހެއްގެ މައުލޫމާތު ލިބިފައިވޭ

ސިއްހީ ބޭނުމަށް މާލެ އައި 1400 ށް ވުރެ ގިނަ މީހުންނާއި ރިސޯޓްތަކުން އައިސް މާލޭގައި ތާށިވި 363 މީހެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެ މީހުންގެ މައުލޫމާތު ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

37 / 81