ލޯކަލް ކައުންސިލް އިންތިހާބު

ލޯކަލް ކައުންސިލް އިންތިހާބު
ތިން ގަޑިއިރު ފަހުން ހުރިހާ ފޮއްޓެއްގައި ވޯޓްލާން ފަށައިފި
ހުރިހާ ފޮއްޓެއްގައި މިހާރު ވޯޓް ލާން ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. ހުރިހާ ފޮއްޓެއްގައި ވޯޓް ލާން ފެށިފައި މިވަނީ ވޯޓްލާން ފަށަން އޮތް ގަޑިއަށް ވުރެ ތިން ގަޑިއިރު ފަހުން. ވޯޓް ލާން ފަށަން ނިންމާފައި އޮތީ 8:00 ގައި.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ބައެއް ފޮށިތަކުގައި ވޯޓް ލާން ފެށުމުގެ ކުޑަ ވަގުތުކޮޅެއް ފަސްވި ކަމަށާއި އެހެން ނަމަވެސް މިހާރު އެ ފޮށިތަކުގައި ވޯޓް ލާން ފެށިފައިވާ ކަމަށް.
ވ. އަތޮޅު މާލޭގައި ބެހެއްޓިފައިވާ ފޮށި ހިމެނޭ ސަރައްދުގައި ސިއްރުން ކެމްޕޭން ކުރަނީ
މި މައްސަލަ މިހާރު ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ
ބ. އެދަފުށީގެ ވޯޓް
ބ. އޭދަފުށި ހޮސްޕިޓަލުގެ ސެމިނާރ ރޫމްގައި ބަހައްޓާލައިވާ F02.08.03 ވޯޓް ފޮއްޓަށް މިހާތަނަށް ވޯޓް ލާފައިވަނީ 177 މީހުން.
ވ. އަތޮޅު މާލޭގައި ބެހެއްޓިފައިވާ ފޮށި ހިމެނޭ ސަރައްދުގައި ސިއްރުން ކެމްޕޭން ކުރަނީ
ވ. އަތޮޅުގެ ރައްޔިތުންނަށް ވޯޓުލުމަށް މާލޭގައި ޖަމާލުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ފޮށި ހިމެނޭ ސަރަހައްދު ބޭރުގައި ވަކި ޕާޓީއެއްގެ ވަކި ފަރާތަކަށް ވޯޓު ދިނުމަށް ބުނެ ސިއްރިޔާތުގައި ކެމްޕޭނު ކުރަމުން އެބަދޭ
ބ. ކުޑަރިކިލު ވޯޓް ފޮށި
ބ. ކުޑަރިކިލު ގައި ބަހައްޓާފައިވާ F03.01.1 ވޯޓް ފޮއްޓަށް މިހާތަނަށް 124 މީހުން ވޯޓް ލާފައިވޭ. ކުޑަރިކިލުގައި ވޯޓްލުމުގެ ހައްގު ލިބިގެންވަނީ 435 މީޙުންނަށް.
ދ. މީދޫ ވޯޓް މަރުކަޒުގައި ކެމްޕެއިން ކުރި އެމްޑީއޭގެ ކެނޑިޑޭޓް މަރުކަޒުން ބޭރުކޮށްލައިފި
ދ. މީދޫ ވޯޓް މަރުކަޒުގައި ކެމްޕެއިން ކުރަމުން ދިޔަ އެމްޑީއޭގެ ކެނޑިޑޭޓް މަރުކަޒުން ބޭރުކޮށްލައިފި. ހުދު ކުލައިގެ ގަމީސް ލައިގެން ފޮޓޯއިން އެ ފެންނަނީ ކެނޑިޑޭޓް. މަރުކަޒުން ނިކުންނަން އެންގުމުން ނިކުމެގެން ދަނީ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ ވޯޓްލާ ދުވަހުގެ ކުރީ ދުވަހުގެ އިރު އޮއްސި 6:00 އަކުން ފެށިގެން ކެމްޕެއިން ކުރުމަކީ މަނާ ކަމެއް.
ވ. ތިނަދޫ ކައުންސިލް ކަމަށް ކުރިމަތިލީ ކެނޑިޑޭޓަކު މަރުކަޒުން ބޭރުކޮށްފި
ވ. ތިނަދޫ ކައުންސިލަށް ކުރިމަތިލީ އެމްޑީޕީ ކެނޑިޑޭޓަށް މިހާރު ވަނީ އޭނާގެ ފޯނު އަނބުރާ ހަވާލުކޮށްފަ
ވ. ތިނަދޫ ކައުންސިލް ކަމަށް ކުރިމަތިލީ ކެނޑިޑޭޓަކު މަރުކަޒުން ބޭރުކޮށްފި
ވ. ތިނަދޫއަށް އެމްޑީޕީން ކުރިމަތިލާފައިވާ ކެނޑިޑޭޓަކު އިންތިހާބީ މަރުކަޒުން ބޭރުކޮށް ފޮޓޯ ނަގަން ބޭނުން ކުރަމުންދިޔަ ފޯނު އަތުލައިފި
ތިން ގަޑިއިރު ވީއިރު ވެސް ބައެއް ފޮށިތަކުގައި ވޯޓް ލުން ނުފެށޭ
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓްލުން 8:00 ގައި ފަށަން ނިންމައި، ބައެއް ފޮށިތަކުގައި ވޯޓް ލުން ފެށުނު ނަމަވެސް، ބައެއް ފޮށިތަކުގައި އަދިވެސް ވޯޓް ލުން ނުފެށޭ ކަމަށް މައުލޫމާތު ލިބޭ. އަދި އެކިއެކި ސަބަބުތައް ދިމާވެގެން ބައެއް ފޮށިތަކުގެ ވޯޓް ލުން ހުއްޓިފައިވާ ކަމަށް ވެސް މައުލޫމާތު ލިބޭ.
މި އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވަނީ 255،987 މީހުންނަށް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިކަންކޮޅުތަކުގައި 422 ވޯޓް ފޮށި ބަހައްޓާފައިވޭ. މި އިންތިޚާބުގައި 1471 ކެނޑިޑޭޓުން ވާދަކުރޭ، އިންތިޚާބު ކުރާނީ 653 ކައުންސިލަރުން.
އއ. އުކުޅަހުގެ ވޯޓް މަރުކަޒުގައި ޕީޕީއެމުން އެންޓި ކެމްޕެއިން ކުރަމުންދާ ކަމުގެ ޝަކުވާ ކުރަނީ
އއ. އުކުޅަހުގެ ވޯޓް މަރުކަޒުގައި ޕީޕީއެމުން އެންޓި ކެމްޕެއިން ކުރަމުންދާ ކަމުގެ ޝަކުވާތައް ކުރަން ފަށައިފި. މައުލޫމާތު ލިބޭ ގޮތުގައި ވޯޓް މަރުކަޒުގެ ކައިރީގައި ޕީޕީއެމްގެ މަންދޫބުން ތިބެގެން އެންޓި ކެމްޕެއިން ދަނީ ކުރަމުން.
ދ. މީދޫ ވޯޓްލާ މަރުކަޒު ތެރޭގައި ކެމްޕޭން ކުރާ ކަމުގެ ޝަކުވާ ކުރަނީ
ދ. މީދޫގައި ވޯޓްލާ މަރުކަޒުގެ ތެރެއަށް ވޯޓްލާން ވަންނަ މީހުންނާއެކު އެމްޑީއޭގެ ކެނޑިޑޭޓުން ވަދެ ކެމްޕެއިން ކުރަމުންދާތީ ޝަކުވާ ކުރަމުންދާ ކަމަށް މަރުކަޒުގައި ހުރި ރާއްޖެއެމްވީގެ މޮނީޓަރު ބުނެފި. މަންދޫބުންނާއި އޮބްޒާވަރުން ދަނީ އެކަމުގެ ޝަކުވާ ކުރަމުން.
ރ. މީދޫ ވޯޓް ފޮށި
ރ. މީދޫގައި ބަހައްތާފައިވާ E05.13.2 ފޮއްޓަށް ދެގަޑިއިރު ތެރޭގައި ވޯޓްލާފައިވަނީ 107 މީޙުން. އެއީ 27 އަންހެނުންނާއި 80 ފިރިހެނުން.
ރ. އަތޮޅާއި ބ. އަތޮޅުގެ ވޯޓްލުން
ރ. އަތޮޅާއި ބ. އަތޮޅުގައިހުރި ހުރިހާ ވޯޓް ފޮއްޓެއްގައި ދަނީ ވޯޓްލަމުން. އަދި އެ ދެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓްލުމަށް ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ވޯޓުލުމަށް ބަހައްޓާފައިވާ ފޮށިތަކަށް ދަނީ ވޯޓް ލަމުން. މިހާތަނަށް މާބޮޑު ހަމަ ނުޖެހުމެއް ނެތް.
މާލޭގައިތިބި ތުލާދޫ މީޙުން ވޯޓްލުމަށް ހަމަޖެހިފައިވާ ފޮށި، އަހުމަދިއްޔާ ސްކޫލްގައި
ސަރުކާރަށް އޮތް ތާއީދު އިންތިހާބުން ހާމަވާނެ: ރައީސް
ރައީސް އަބްދުﷲ ޔާމީން ދާދި ދެންމެ ވޯޓް ލައްވައިފި އެވެ.
އެ މަނިކުފާނު ވޯޓް ލެއްވީ، ސީއެޗްއެސްސީގައި ބަހައްޓާފައި ހުރި މއްޗަންގޮޅީ އުތުރު ދާއިރާގެ ފޮއްޓެވެ.
އަދި އިންތިހާބު ކަވަރުކުރަން ވެސް އޮބްޒާވް ކުރަން ވެސް ފުރުސަތު އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ފަހަރުގެ އިންތިހާބުގައި ޕީޕީއެމްގެ 516 ކެންޑިޑޭޓުން ވާދަކުރާއިރު، އެމްޑީޕީން 469 ކެންޑިޑޭޓުން ވާދަކުރެ އެވެ. ޖޭޕީ 93 ކެންޑިޑޭޓުން ވާދަކުރާއިރު، އެމްޑީއޭ އިން ވާދަކުރަނީ 43 ކެންޑިޑޭޓުންނެވެ. ޑީއާރުޕީން އެއް ކެނޑިޑޭޓަކު ވާދަކުރާއިރު، މިނިވަން ކެންޑިޑޭޓުންގެ އަދަދަކީ މިނިވަން 252 އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި 422 ވޯޓް ފޮށީ ބަހައްޓާފައިވާއިރު، ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ޖުމުލަ މީހުންގެ އަދަދަކީ 255،987 އެވެ. ތިން ވަނަ ލޯކަލް ކައުންސިލް އިންތިހާބު މި ބާއްވަނީ، ތިން ވަނަ ފަހަރަށް ފަސްކުރުމަށް ފަހު އެވެ. ފުރަތަމަ މި އިންތިހާބު ބާއްވަން ތާވަލްކުރީ ޖެނުއަރީ، 14، 2016 ވަނަ ދުވަހު އެވެ. ނަމަވެސް ޕީޕީއެމުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރި އެވެ. އެއަށް ފަހު ދެން އިންތިހާބު ބާއްވަން އުޅުނީ އޭޕްރީލް 8 ގަ އެވެ. އޭގެ ފަހުން ސްކޫލްތައް ނުލިބޭ ކަމަށް ބުނެ އިންތިހާބު އޭޕްރީލް 15 އަށް ފާސްކުރި އެވެ. އަދި މެއި 6 އަށް އިންތިހާބު ފަސްކުރީ އެޗްވަންއެންވަން ރޯގާ އާ ގުޅިގެންނެވެ.
ވޯޓްގެ އިންތިޒާމްތަކާ މެދު ގިނަ ރައްޔިތުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން
ވޯޓްގެ އިންތިޒާމްތަކާ މެދު ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން. ފޮށިތަކުގައި ވޯޓް އެޅުން ނުފެށި ކިއުތަކުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމާއި، އެއް ގެއެއްގެ ދެ މީހަކަށް އެއްފޮއްޓަކަށް ވޯޓް ނުލެވުން ފަދަ ޝަކުވާތައް ދަނީ ކުރަމުން. އީސީ އިން ބުނީ ވޯޓްލުން ނުފެށި ވަނީ އޮފިޝަލުންގެ ތާށިކަމާއި އަދި އެހެނިހެން މައްސަލަތަކެއް ދިމާވެގެން ކަމަށް.
މާޅޭޣާޢީ ތިބި އޭދަފުށި ރައްޔިތުންނަށް ޥޯޓްލާން ފެށުނީ 09:30 ގައި
ވޯޓުލުމުގެ ހައްގު ލިބިފައިވާ ބ. އޭދަފުށި ރައްޔިތުންގެ ތެރެއިން މާލެއަށް ޥޯޓް ލުމަށް ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ވޯޓްލާން ފެށިފައިވަނީ 09:30ގައި. އެ ވޯޓް ފޮށިހުރި ކުރީގެ އެމްއީއެސް ހޯލުގައި އެއީ F02.0.1 ފޮށި. އެ ވޯޓް ފޮއްޓަށް ވޯޓްލުން ލަސްވީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް ތައްޔާރު ނުވެވިގެން ކަމަށް ވަނީ މައުލޫމާތު ލިބިފަ.
ނަމްބަރު ވޯޓް ފޮށި F02.01 ކުރީގެ އެމްއީއެސް ސްކޫލްގައި ހުރި
މާލޭގައި ދިރިއުޅޭ ފުވައްމުލަކު ސިޓީ ރައްޔިތުން ވޯޓްލާ މަރުކަޒު އަރަބީއްޔާ.
ފުވައްމުލަކު ދެކުނު ދާއިރާއާއި ފުވައްމުލަކު މެދުދާއިރާ މީހުން ވޯޓްލުމަށްޓަކައި އރަބީއްޔާގައި ބަހައްޓާފައި ހުރި ވޯޓް ފޮއްޓަށް މިހާރު ވޯޓްލާން ފަށައިފި . އެ ވޯޓް ފޮއްޓަށް ވޯޓްލާން ފަށާފައި ވަނީ 9:55 ގައި
އިންތިޚާބާއި ގުޅިގެން މީޑިއާ ކައުންސިލްގެ އިލްތިމާސް
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ޤާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާ ދާއިރާއެއްގައި މިނިވަންކަމާއެކު މަޢުލޫމާތާއި ޚަބަރު ފެތުރުމުގެ މަގު ނޫސްވެރިންނަށް ފަހިކޮށްދިނުން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޙަރަކާތްތެރިވާ ނޫސްވެރިންނަށް އީސީން ދެއްވި ތަމްރީނު ޕްރޮގްރާމުގައި ލިބިވަޑައިގެންނެވި މަޢުލޫމާތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕެވުމަށް ނޫސްވެރިންނަށް ވަނީ އިލްތިމާސްކޮށްފައި.
އައްޑޫ ސިޓީ ފޭދޫ
S02.1.1
މިހާތަނަށް މި ވޯޓް ފޮއްޓަށް 62 މީހުން ވޯޓްލައިފި އެއީ ފިރިހެން 44 އަދި އަންހެން18
އައްޑޫ ސިޓީ ފޭދޫ
S02.1.3
ޖުމްލަ ކަރުދާން 621
ވޯޓްލާ މީހުންގެ އަދަދު 615
މިހާތަނަށް ޖުމްލަ 85 މީހުން ވޯޓްލައިފި
ސިސްޓަމްގައި މައްސަލައެއް ޖެހިގެން ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮއްޓެއްގެ ވޯޓްލުން ހުއްޓިއްޖެ
ސިސްޓަމްގައި މައްސަލައެއް ޖެހިގެން ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި މާފަންނު ހުޅަނގު ދާއިރާގެ އެއް ނަމްބަރު ފޮށީގެ ވޯޓް ލުން ހުއްޓިއްޖެ. އެ ދާއިރާއަށް ވާދަކުރަނީ އެމްޑީޕީގެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެއް.
ރައީސް ޔާމީން ވޯޓް ލައްވައިފި
ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ދާދި ދެންމެ ވޯޓް ލައްވައިފި އެވެ. އެ މަނިކުފާނު ވޯޓް ލެއްވީ ސީއެޗްއެސްސީގައި ބަހައްޓާފައި ހުރި މައްޗަންގޮޅީ އުތުރު ދާއިރާގެ ވޯޓް ފޮއްޓަށެވެ.
އަރަބިއްޔާ ސްކޫލްގައި ބަހައްޓާފައި ހުރި ފުވައްމުލަކު ފޮށީގެ ވޯޓްލުން ނުފެށޭ
މާލޭގައި ދިރިއުޅޭ ފުވައްމުލަކު ރައްޔިތުން ވޯޓް ލުމަށް އަރަބިއްޔާ ސްކޫލްގައި ބަހައްޓާފައި ހުރި ފޮށީގެ ވޯޓް ލުން އަދިވެސް ނުފެށޭ. އޮފިޝަލުންގެ ތާށިކަން އުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ.
ވޯޓް ކަރުދާސް ކޮޅުގައި ވަކި ކޯޑްތަކެއް ޖެހުމަށް އަންގަމުންދާ މައްސަލަ ފެންމަތިވެއްޖެ
ވޯޓް ކަރުދާސްކޮޅުގައި ވަކި ކޯޑްތަކެއް ޖެހުމަށް ބައެއް ސަރުކާރު ކުންފުނިތަކުން އަންގަމުންދާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ. ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތްތަކުން ބުނީ ވޯޓް ލުމަށް މަރުކަޒުގެ އެތެރެއަށް ވަނުމުގެ ކުރިން ކުންފުނިތަކުގެ އޮފިޝަލުންތަކެއް އެ ސަރަހައްދުގައި ތިބެގެން ކޯޑްތަކެއް ދެމުންދާ ކަމަށް. އަދި ވޯޓް ކަރުދާސްކޮޅުގައި އެ ކޯޑެއް ޖެހުމަށް އަންގަމުންދާ ކަމަށް.
މިކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓް ކަރުދާސްކޮޅުގައި ފާހަގައިގެ އިތުރުން، އިތުރު އެއްވެސް އެއްޗެއް ނުލިޔުމަށް އިލްތިމާސް ކުރާ ކަމަށާއި، ވޯޓް ކަރުދާސްކޮޅުގައި ލިޔުމާއި ކުރެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް. ކުރިން ބޭއްވި އިންތިޚާބުތަކުގައި ވެސް މިކަން ކޮށްފައިވާތީ ހުއްޓުވުމުގެ ގޮތުން ގާނޫނަށް އިސްލާހު ހުށަހެޅި ކަމަށާއި ނަމަވެސް މަޖިލީހުގެ ތެރެއިން އެ އިސްލާހު ފާސްނުވި ކަމަށް ކޮމިޝަނުން ބުނޭ.
އަމީނިއްޔާ ސްކޫލްގައި ބަހައްޓާފައިވާ ކިނބިދޫ ދާއިރާގެ ފޮށީގެ ވޯޓްލުން އަދިވެސް ނުފެށޭ
އަމީނިއްޔާ ސްކޫލްގައި ބަހައްޓާފައިވާ ތ. ކިނބިދޫ ދާއިރާގެ ވޯޓް ފޮށީގެ ވޯޓް ލުން އަދިވެސް ނުފެށޭ. އިންތިޚާބުގެ ވޯޓްލުން ފެށުމަށް ނިންމާފައިވަނީ 8:00 ގައި. ވޯޓް ފޮށި ގެންގޮސް ވޯޓްލުން ފެށޭތޯ ދަނީ މަސައްކަތް ކުރަމުން.
މާފަންނު މެދު ދާއިރާގެ ފޮއްޓަށް 64 މީހުން ވޯޓް ލައިފި
މާފަންނު މެދު ދާއިރާގެ ފޮއްޓަށް މިހާތަނަށް ވޯޓް ލާފައިވަނީ 64 މީހުން. މި ދާއިރާއަށް ވާދަކުރަނީ އެމްޑީޕީގެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެއް.
މައްޗަންގޯޅީ އުތުރު ފޮއްޓަށް މިހާތަނަށް ވޯޓްލީ 50 މީހުން
މައްޗަންގޯޅީ އުތުރު ދާއިރާގެ ފޮއްޓަށް މިހާތަނަށް ވޯޓް ލާފައިވަނީ 50 މީހުން. އެ ފޮއްޓަށް ވޯޓްލުން ފެށުނީ 8:30 ގައި. މި ދާއިރާއަށް ވާދަކުރަނީ އެމްޑީޕީގެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެއް.
ކުރީގެ އެމްއީއެސްގައި ބަހައްޓާފައި ހުރި ބ. އަތޮޅު ފޮއްޓަށް ވޯޓްލާން ފަށަނީ 10 ޖަހާއިރު
މާލޭގައި ދިރިއުޅޭ ބ. އަތޮޅުގެ ރައްޔިތުން ވޯޓްލުމަށް ކުރީގެ އެމްއީއެސްގައި ބަހައްޓާފައި ހުރި ފޮއްޓަށް ވޯޓްލުން ފެށޭނީ 10 ޖަހާއިރު ކަމަށް ރާއްޖެއެމްވީގެ ރިޕޯޓަރު ބުނެފި. އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި ބައެއް ފޮށިތަކުގައި ވޯޓްލުން ނުފެށި ވަނީ އޮފިޝަލުންގެ ދަތިކަމުގެ ސަބަބުން. ބައެއް އޮފިޝަލުން ހާޒިރުވެފައިނުވާ ކަމަށް ކޮމިޝަނުން ބުނޭ.
މާފަންނު ހުޅަނގު ވޯޓް ފޮއްޓަށް ވޯޓް ލުން ފެށިއްޖެ
އޮފިޝަލުންގެ ތާށިކަމުގެ ކަމުގެ ސަބަބުން ނުފެށި ހުރި މާފަންނު ހުޅަނގު ވޯޓް ފޮއްޓަށް ވޯޓް ލާން ފަށައިފި. އެ ފޮއްޓަށް ވޯޓްލާން ފެށުނީ 9:17 ގައި. މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރަނީ އެމްޑީޕީގެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ ކެނޑިޑޭޓެއް.
ކަ. ކާށިދޫގެ ވޯޓް ފޮއްޓަށް މިހާތަނަށް 132 މީހުން ވޯޓްލައިިފި
ކ.ކާށިދޫގައި ބަހައްޓާފައިވާ ވޯޓް ފޮއްޓަށް މިހާތަނަށް 132 މީހުން ވޯޓް ލައިފި. ކާށިދޫ ކައުންސިލަށް ކުރިމަތިލާފައިވަނީ ޖުމްލަ 10 ކެނޑިޑޭޓުން. އެމްޑީޕީ ތިން ކެނޑިޑޭޓުންނާއި ޕީޕީއެމްގެ ތިން ކެނޑިޑޭޓުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ ހަތަރު ކެނޑިޑޭޓުން.
މާލޭގައި ދިރިއުޅޭ ފުވައްމުަލު މީހުން ވޯޓްލާ މަރުކަރު އަރަބީއްޔާއިން
މާލޭގައި ދިރިއުޅޭ ފުވައްމުލަކު މީހުން ވޯޓްލާ މަރުކަޒު އަރަބީއްޔާގައި ހުރި ފުވައްމުލަު ދެކުނު ދާއިރާ އަދި އުތުރު ދާއުރާ މީހުން ވޯޓްލާން ޖަހޭ ފޮށި މިހާރު ވޯޓްލާ މަރުކަޒަށް ގެނެސް ވޯޓްލާން ފެށުމުގެ ތައްޔާރީތައް ވަނީ
އިންތިޚާބުގެ ނަތީޖާ ކަމަށް ބުނެ ދައުރުކުރަމުންދަނީ ހަގީގަތާ ޚިލާފު ލިޔުމެއް: އީސީ
ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ކަމަށް ބުނެ ދައުރުކުރަމުންދަނީ ހަގީގަތާ ޚިލާފު ލިޔުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ ލިޔުމަކީ ބަޔަކު މީހުން އަމިއްލައަށް ޕްރިންޓު ކޮށްގެން ދައުރުކުރަމުންދާ ލިޔުމެއް ކަމަށް. އަދި އިންތިޚާބުގެ ނަތީޖާ ކަރުދާސް އޮންނާނީ ދައުރުކުރަމުންދާ ލިޔުމުގައި އެ ވާ ފޯމެޓަށް ނޫން ކަމަށް އަކްރަމް ވިދާޅުވި.
ވޯޓްލުން ނުފެށި ތާށިވަނީ އޮފިޝަލުން ނުލިބޭތީ
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި ގޮތުގައި، ބައެއް ތަންތަނުގައި ވޯޓްލުން ނުފެށި އުޅެނީ އޮފިޝަލުންގެ ތަށިކަމުން ކަމަށެވެ،
އަކްރަމް ކުރެއްވި މެސެޖް: ބައެއް ތަންތަނުގައި ވޯޓްލުން ނުފެށިގެން އުޅެނީ އޮފިޝަލުންގެ ޝޯޓޭޖެއް އުޅޭތީ. އަންނާނެ ކަމުގެ ޔަގީންކަން ދީފައި ބައެއް އޮފިޝަލުން ނައިސްގެން. އެހެން ނަމަވެސް، މިހާރު ހުރިހާ ތަނަކަށް ވޯޓް ފޮށި ވަނީ ފޮނުވާފައި،"
އައްޑޫ ސިޓީގެ ހުރިހައި ރަށެއްގައި ވޯޓްލުން ފެށިއްޖެ
އައްޑޫ ސިޓީގެ ހުރިހައި ރަށެއްގައި ވޯޓްލުން ފެށިއްޖެ. ހުރިހައި ރަށެއްގައި ވޯޓްލުން ފެށިފައި ވަނީ 8:30 ގައި . ވޯޓްލުން ފެށުމަށް މާ ބޮޑެތި މައްސަލަތަކެއް ދިމައެއް ނުވޭ
މާލޭގައި ދިރިއުޅޭ ފުވައްމުލަކު މީހުން ވޯޓްލާ ސަރަހައްދު އަރަބީއްޔާއިނން
ފުވައްމުލަކު މީހުން ވޯޓް ލުމަށް އަރަބީއްޔާގައި ބަހައްޓަފައި ހުތި ވޯޓް ފޮށިތަކުގެ ތެރެއިން ވޯޓް ލުން ފެށިފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މީހުން ވޯޓްލާ ފޮށީގައި.. ފުވައްމުލަކު ދެކުނު އަދި މެދު ދާއިރާގެ މީހުން ވޯޓްލާން ޖެހޭ ފޮއްޓަސް އަދި ވޯޓްލުން ނުފެށޭ
އދ.ދިގުރަށުގައި ވޯޓު ލުން ފެށިފައިވަނީ 8:38 ގައި
އދ.ދިގުރަށުގައި ވޯޓު ފޮށި ހުޅުވުން ލަސްވީ ތައްޔާރީތަށް ނުވެވުމުގެ ސަބަބުން. ވޯޓު ލާން ފެށިފައިވަނީ 8:38 ގައި
އައްޑޫ ސިޓީ ފޭދޫގައި ވޯޓްލާން ފެށިފައި ވަނީ ލަހުން
ވޯޓްލުން ލަސްވެފައި ވަނީ ތައްޔާރީތައް ނުވެވި ހުރުމުން އެގޮތުން އައްޑޫ ސިޓީގައި ފޭދޫގައި ވޯޓްލާން ފެށިފައި ވަނީ 8:25 ގައި
ކުޅުދުއްފުށީ އުތުރު ދާއިރާ
އޭއީސީ ހޯލްގައި ބަހައްޓާފައިވާ ދެ ވޯޓް ފޮއްޓަށްވެސް ވޯޓުލާން ފަށައިފި.
ގިޔާސުއްދީނާއި ސޯޝަލް ސެންޓަރުގައި ވޯޓްލުން ނުފެށޭ
ސޯޝަލް ސެންޓަރުގައި ބަހައްޓާފައި ހުރި ފޮށިތަކަށާއި ޣިޔާސުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓްލާން އަދި ނުއެއް ފެށޭ. ވޯޓުން ނުފެށިވަނީ ބައެއް ތައްޔާރީތައް ނުނިމޭތީ.
ހއ.އަތޮޅު
ހއ. ކެލާގެ ދެ ނަމްބަރު ވޯޓް ފޮށީގެ ވޯޓްލުން ވޯޓް ކަރުދާސް ހަމަ ނުވާތީ، އަދި ވޯޓްލުން ނުފެށޭ،