ލޯކަލް ކައުންސިލް އިންތިހާބު

ލޯކަލް ކައުންސިލް އިންތިހާބު
އއ.ހިމަންދޫ ވޯޓް ކަރުދާހަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު ވޯޓުލުން ކުރިއަށް ދަނީ
އއ.ހިމަންދޫގައި ވޯޓު ކަރުދާހަށް ދިމާވި މައްސަލައަކާއި ގުޅިގެން ވޯޓު ފޮށި ހުޅުވުން ލަސްވި ނަމަވެސް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު މިހާރު ވޯޓުލުން ދަނީ ކުރިއަށް
މާލޭގައި ދިރިއުޅޭ ފުވައްމުލަކު މީހުން ވޯޓްލާން ޖެހޭ މަރުކަޒުގައި އަދދި ވެސް ވޯޓްލުން ނުފެށޭ
މާލޭގައި ދިރިއުޅޭ ފުވައްމުލަކު ސިޓީ މީހުން ވޯޓް ލުމަށް ހަމަޖެހިފައި ވަނީ އަރަބީއްޔާ ސްކޫލްގައި ބަހައްޓާ ތިން ފޮއްޓަށް. ނަމަވެސް އަދި ވެސް ވޯޓް ލުން ނުފެށޭ . ވޯޓް ލުން ލަސް ވަނީ ތިން ވޯޓް ފޮށީގެ ތެރެއިން އެއް ވޯޓް ފޮށި ނެތުމުން
ގަލޮޅު އުތުރު ދާއިރާގެ ވޯޓްލުން ފެށުނީ ލަހުން، ވޯޓް ކަރުދާސް ބޮޑުތަކުގެ އަދަދު ތަފާތު
ސީއެޗްއެސްސީގައި ހުރި ގަލޮޅު އުތުރު ދާއިރާގެ ވޯޓް ފޮއްޓަށް ވޯޓްލާން ފެށުނީ 8:18 ގައި. ވޯޓް ލާން ފެށުން ލަސްވީ، ވޯޓް ކަރުދާސް ބޮޑިތަކުގެ އަދަދު ތަފާތުވުމުން. ބައެއް ކަރުދާސް ބޮޑިތަކުގައި 50 އަށް ވުރެ ގިނައިން ހުރިއިރު، ބައެއް ބޮނޑިތަކުގައި 50 އަށް ވުރެ މަދުން ވެސް ހުރި.
ގިނަ ފޮށިތަކެއްގައި ވޯޓޜްލާން ފަށައިފި
ރާއްޖޭގެ ގިނަ ފޮށިތަކެއްަގައި ވޯޓްލާން ފަށައިފި. ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް
ފުވައްމުލަކު ސިޓީގައި ވޯޓްލާން ފަށައިފި
ފުވައްމުލަކު ސިޓީގައި މުޅި ޖުމްލަ ބަހައްޓާފައި ވަނީ 10 ވޯޓް ފޮށި. އިންތިހާބުގައި ވާދަ ކުރަނީ ހަ ކެންޑިޑޭޓުން.
އައްޑޫ ސިޓީ ގައި ވޯޓްލާ ފެށުމުގެ ތައްޔާރީތައް ކުރިއަށް ދަނީ
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ފޭދޫ ގައު ވޯޓް ލުމުގެ ހައްގު ލިބިގެން ވަނީ 3783 މީހުންނަޑް، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާ އަށް ވޯޓް ކުމުގެ ހައްގު ލިބިގެން ވަނީ 3516 މީހުންނަށް، ހިތަދޫ އުތުރު ދާއިރާ އަށް ވޯޓް ލުމުގެ ހައްގު ލިބިގެން ވަނީ 3618 މީހުނަށް، ހިތަދޫ ދެކުނު ދާއިރާ އަށް ވޯޓް ލުމުގެ ހައްގު ލިބިގެން ވަނީ 3725 މީހުންނަށް، އައްޑޫ ސިޓީ މަރަދޫ ދާއިރާ އަށް ވޯޓް ލުމުގެ ހައްގު ލިބިގެން ވަނީ 2450 މީހުންނަށް އައްޑޫ ސިޓީ ހުޅުދޫ ދާއިރާ އަށް ވޯޓް ލުމުގެ ހައްގު ލިބިގެން ވަނީ 2659 މީހުންނަށް އައްޑޫ ސިޓީ މީދޫ ދާއިރާ އަށް ވޯޓް ލުމުގެ ހައްގު ލިބިގެން ވަނީ 3218 މީހުންނަށް. ޖުމްލަ އައްޑޫ ސިޓީގައި ވޯޓް ލުމުގެ ހައްގު ލިބިގެން ވަނީ 23012 މީހުންނަށް
ގއ.ކޮލަމާފުށީގައި ވޯޓުލުން ފަށައިފި
ގއ. ކޮލަމާފުށީގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަށައިފި
ހދ ކުޅުދުއްފުށި. އުތުރު ދާއިރާ
ވޯޓްލުމުގެ އެންމެހާ ތައްޔާރީތައް ނިމިފައި. 8 ޖަހާއިރަށް ފެށުމަށް ކިއުގައި ތިބި ބައެއް މީހުންގެ އައިޑީކާޑްވެސް ޗެކް ކުރެވިފައި.
ވަރަށް ހިމޭން މިސަރަހައްދު. މިހާރު ކިއޫއަށް ގިނަ ބަޔަކު ދަނީ އަންނަމުން
ހދ، ކުޅުދުއްފުށީގައި ވޯޓުލުމަށްޓަކާ އައިޑީ ކާޑު ޗެކް ކުރަނީ
ހދ. ކުޅުދުއްފުށީގައި ވޯޓުލުމަށްޓަކައި ކިއު ހަދާފައިވާއިރު، ވޯޓުލާ ފަރާތްތަކުގެ އައިޑީ ކާޑާއި ވޯޓާސް ލިސްޓް ޗެކް ކުރަން ފަށައިފި
ގއ. ކޮލަމާފުށީގެ އޮބްޒާވަރުންނަށް ވޯޓާސް ލިސްޓް ނުލިބޭ
ކޮލަމާފުށީގެ ވޯޓު ފޮށި މިހާރު ވަނީ ވޯޓުލާ މަރުކަޒަށް ގެނެވި އެންމެ ފަހުގެ ތައްޔާރީތައް ވެނިމިފަ
ގއ. ކޮލަމާފުށީގެ އޮބްޒާވަރުންނަށް ވޯޓާސް ލިސްޓް ނުލިބޭ
ކޮލަމާފުށިން މައުލޫމާތުދިން ފަރާތުން ބުނެފައި ވަނީ މިހާރު ޖެހެނީ އިލެކްޝަންގެ ވެބްސައިޓުން ވޯޓާސް ލިސްޓް އަމިއްލައަށް ޑައުންލޯޑް ކުރުމަށް ކަމަށް
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު
ޕީޕީއެމް: 516
އެމްޑީޕީ: 469
ޖޭޕީ: 93
އެމްޑީއޭ: 43
ޑީއާރުޕީ:1
މިނިވަން:252
ގއ. ކޮލަމާފުށީގެ އޮބްޒާވަރުންނަށް ވޯޓާސް ލިސްޓް ނުލިބޭ
ކޮލަމާފުށިން މައުލޫމާތުދިން ފަރާތުން ބުނީ މިއަދުގެ ވޯޓުލުން ފެށުމުގެ ކުރިން އިލެކްޝަންގެ ބޭފުޅުން ވޯޓާސް ލިސްޓް ހަވާލުކުރާނެ ކަމަށް ބުނެފައިވާ ކަމަށް
ގއ. ކޮލަމާފުށީގެ އޮބްޒާވަރުންނަށް ވޯޓާސް ލިސްޓް ނުލިބޭ
ގއ. ކޮލަމާފުށީގައި ހަރަކާތްތެރިވާ އެމްޑީޕީ އޮބްޒާވަރުންނަށް ވޯޓާސް ލިސްޓް ނުލިބޭ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އޮބްޒާވަރަކު މައުލޫމާތު ދީފި
ހަ ގައުމަކުން އިންތިހާބު އޮބްޒާވްކުރޭ
ހަ ގައުމެއްގެ އޮބްޒާވަރުން ލޯކަލް ކައުންސިލް އިންތިހާބު އޮބްޒާވްކުރަން ދަނީ ހަރަކާތްތެރި ވަމުން. އޮބްޒާވަރުން އައި ގައުމު ތެރޭގައި ބަންގްލަދޭޝް، ޕާކިސްތާން، ބޫޓާން، ސްރީލަންކާ، ބޮސްނިޔާ، އަފްޣާނިސްތާން ހިމެނޭ.
އިންތިހާބު މައި މަރުކަޒު
ކްޝަންސް ކޮމިޝަން މައި މަރުކަޒު، ބާ ޖަމާލުއްދީން ސްކޫލްގައި އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުން. ވޯޓް މަރުކަޒުތަކަށް ފޮށިތަކާއި ކަރުދާސް އުފުލުމުގެ މަސައްކަތް ދަނީ ކުރިއަށް
ކިޔޫ ހަދަން ފަށައިފި
ބައެއް ރަށްރަށުގައި ވޯޓް މަރުކަޒުތައް ކައިރީގައި ކިޔޫ ހަދަން ފަށައިފި އެވެ. މިހާރު ގއ. ކޮލަމާފުށީގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި އެބަ ތިއްބެވެ.
ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
އިންތިހާބުގެ މައިން މަރުކަޒު ސަރަހައްދު ބަންދުކޮށްފައި
އިންތިހާބުގެ މައި މަރުކަޒު ކަމުގައިވާ، ބާ ޖަމާލުއްދީން ސްކޫލް ކައިރި ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާއިރު، ވޯޓް މަރުކަޒުތަކަށް ވޯޓް ފޮށިތަކާއި ކަރުދާސްތައް އުފުލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ވޯޓް ފޮށިތަކާއި އޮފިޝަލުން ވޯޓް މަރުކަޒުތަކަށް ގެންދިއުމަށް ކާރުތައް ވަނީ ކިޔޫ ހަދާފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު
ލޯކަލް ކައުންސިލް އިންތިހާބުގައި 422 ވޯޓް ފޮށީ ބަހައްޓާފައިވާއިރު، ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ޖުމުލަ މީހުންގެ އަދަދަކީ 255،987 އެވެ. ތިން ވަނަ ލޯކަލް ކައުންސިލް އިންތިހާބު މި ބާއްވަނީ، ތިން ވަނަ ފަހަރަށް ފަސްކުރުމަށް ފަހު އެވެ. ފުރަތަމަ މި އިންތިހާބު ބާއްވަން ތާވަލްކުރީ ޖެނުއަރީ، 14، 2016 ވަނަ ދުވަހު އެވެ. ނަމަވެސް ޕީޕީއެމުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރި އެވެ. އެއަށް ފަހު ދެން އިންތިހާބު ބާއްވަން އުޅުނީ އޭޕްރީލް 8 ގަ އެވެ. އޭގެ ފަހުން ސްކޫލްތައް ނުލިބޭ ކަމަށް ބުނެ އިންތިހާބު އޭޕްރީލް 15 އަށް ފާސްކުރި އެވެ. އަދި މެއި 6 އަށް އިންތިހާބު ފަސްކުރީ އެޗްވަންއެންވަން ރޯގާ އާ ގުޅިގެންނެވެ.