Raajje.mv

ލޯކަލް ކައުންސިލް އިންތިހާބު

06 މެއި 2017
48290
ލޯކަލް ކައުންސިލް އިންތިހާބު

ލޯކަލް ކައުންސިލް އިންތިހާބު

06 މެއި 2017 | 17:51

ލަންކާގެ ވޯޓް ފޮށި ވެސް މިރޭ 8:00 އަށް

ސްރީ ލަންކާގައި ބަހައްޓާފައި ހުރި ވޯޓް ފޮށި ވެސް ބަންދުކުރާނެ ގަޑިއަކީ މިރޭ 8:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި ކަމަށް، ލަންކާގައި ހުންނެވި އޮބްޒާވަރަކު ރާއްޖެ ޓީވީއަށް ބުނެފި. ވޯޓް ފޮށި ބަންދުކުރުން ފަސްކޮށްލުމާއެކު، މާލޭން ބައެއް މީހުން ވޯޓް ލާން ސްރީލަންކާ އަށްބައެއް މީހުން ދާކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އޮބްޒާވަރު ބުނި.

06 މެއި 2017 | 17:45

ވޯޓުލާ ވަގުތު އިތުރު ކުރުމާއި ގުޅިގެން އެމްޑީޕީ އަދި ޖޭޕީއިން ބޭއްވި ޕްރެސް ކޮންފަރެންސް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް

  • އިލެކްޝަން އިން ވަގުތު އިތުރުކުރަން ނިންމީ ގާނޫނާ ހިލާފަށް
  • ވަގުތު އިތުރުކުރަން ނިންމުމަކީ ނާޖާއިޒު ނުފޫޒު ފޯރުވަން ކުރި ކަމެއް
  • މިއަދު ހިނގާދިޔަ ނުރަނގަޅު ޝަކުވާތަށް ވާނި ހުޝައަޅާފައި
  • އިލެކްޝަން އަށް ޝަކުވާ ހުޝައެޅުމުން، ޝަކުވާ ހުޝަ ނާޅާ ކަމަށް ބުނެ އަންނަނީ ދޮގު ހަދަމުން
06 މެއި 2017 | 17:31

ވޯޓު ލާ ވަގުތު އިތުރު ކުރުމާ ގުޅިގެން އެމްޑީޕީއިން ބޭއްވި ޕްރެސް ކޮންފަރެންސް

އިލެކްޝަން ކޮމިޝަނުން ވަގުތު އިތުރު ކުރަން ނިންމީ ގާނޫނާ ޙިލާފަށް - ހަސަން ލަތީފް

06 މެއި 2017 | 17:18

ވޯޓް ފޮށި ކައިރީގައި "ވޯޓް ނެގުން ބަންދުވީ" ބޯޑް ބެހެއްޓުމަށް ފަހު، ވޯޓް ނެގުމަކީ މަނާ ކަމެއް!

ބައެއް ރަށްރަށުގައި ވޯޓް ފޮށި ބަންދުކޮށް "ވޯޓް ނެގުން ބަންދުވީ" ބޯޑް ބެހެއްޓުމަށް ފަހު އަލުން ވޯޓްލާން ފަށާފައިވާއިރު، ވޯޓް ފޮށި ބަންދުކުރުމަށް ފަހު އަލުން ހުޅުވުމަކީ މަނާ ކަމެއް

އާންމު އިންތިޚާބުތަކާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ވޯޓް ފޮށި ބަންދުކުރުމަށް ފަހު، ވޯޓް ނެގުން ނިންމަންވާނީ "ވޯޓް ނެގުން ބަންދުވީ" މިފަދައިން ލިޔެފައިވާ ލިޔުމެއް ވޯޓް ފޮށި ކައިރީ ބެހެއްޓުމަށް ފަހު ކަމަށް. އަދި މިގޮތުގެ މަތިން ވޯޓް ނެގުން ބަންދުވީ ކަމަށް ލިޔެފައިވާ ބޯޑް ބެހެއްޓުމަށް ފަހު ވޯޓް ނެގުމަކީ މަނާ ކަމެއް ކަމަށް އެ މާއްދާގައި ބުނެފައިވޭ.

06 މެއި 2017 | 17:15

ވޯޓް ނަގާ ނިންމާ ގަޑި އިތުރުކުރެވޭނެ ކަމަށް ގަބޫލުކުރަން: އިލެކްޝަންސް ކޮމިޝަން

  • ވޯޓް ނަގާ ނިންމާ ގަޑި އިތުރު ކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. އެ ކޮމިޝަނުން ބުނީ ގާނޫނީ ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް.
  • އާންމު އިންތިހާބުތަކާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން ވޯޓް ނެގުން ނިންމާ ގަޑި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގަޑި ޖެހުމުން، ބަޔަކު ކިއުގައި ނެތް ނަމަ ވޯޓް ނެގުން ނިންމައި ފޮށި ބަންދު ކުރަންވާނެ.
  • އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ވޯޓް ނެގުން ނިންމާ ގަޑިޖެހޭއިރު، ބަޔަކު ކިއޫގައި ތިބި ނަމަ، އެ ބަޔަކު ވޯޓްލައި ނިމެންދެން ވޯޓް ފޮށި ބަންދުނުކޮށް ބަހައްޓަންވާނެ ކަމަށް. އަދި ކިއޫގައި ތިބި އެންމެން ވޯޓްލާ ނިމުމުން ފޮށި ބަންދުކުރަންވާނެ ކަމަށް އެ މާއްދާގައި ބުނެފައިވޭ.
  • އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ އެންމެން ވޯޓް ލާ ނިމިއްޖެނަމަ އަދި ވޯޓް ދޭ ސަރަހައްދެއްގައި ވޯޓް ލާނެ އިތުރު ބަޔަކު ނެތް ނަމަ ވޯޓް ފޮއްޓެއް ބަންދުކުރުން ހުއްދަ ކަމަށް. ނަމަވެސް ވޯޓް ގުނަން ފަށަންވާނީ ވޯޓް ގުނަން ފެށުމަށް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގަޑީގައި ކަމަށް އެ މާއްދާގައި ބުނެފައިވޭ.
  • އެ މާއްދާގެ (ރ) ގައި ބުނެފައިވަނީ ވޯޓް ފޮށި ބަންދުކުރުމަށް ފަހު، ވޯޓް ނެގުން ނިންމަންވާނީ "ވޯޓް ނެގުން ބަންދުވީ" މިފަދައިން ލިޔެފައިވާ ލިޔުމެއް ވޯޓް ފޮށި ކައިރީ ބެހެއްޓުމަށް ފަހު ކަމަށް. އަދި މިގޮތުގެ މަތިން ވޯޓް ނެގުން ބަންދުވީ ކަމަށް ލިޔެފައިވާ ބޯޑް ބެހެއްޓުމަށް ފަހު ވޯޓް ނެގުމަކީ މަނާ ކަމެއް ކަމަށް އެ މާއްދާގައި ބުނެފައިވޭ.
06 މެއި 2017 | 17:15

އދ. މަހިބަދޫގައި ބަހައްޓާފައިވާ ވޯޓު ފޮށިތަށް

އދ.މަހިބަދޫގައި ބަހައްޓާފައިވާ I02.04.1 ވޯޓު ފޮށްޓަށް، ވޯޓު ލުމުގެ ހައްގު 874 މީހުންނަށް ލިބިފައި ވާއިރު، މި ފޮށްޓަށް މިހާތަނަށް ވޯޓު ލާފައި ވަނީ 681 މީހުން.

މާހިބަދޫގައި ބަހައްޓާފައިވާ I02.04.2 ވޯޓު ފޮށްޓަށް، ވޯޓު ލުމުގެ ހައްގު 729 މީހުންނަށް ލިބިފައި ވާއިރު، މި ފޮށްޓަށް މިހާތަނަށް ވޯޓު ލާފައި ވަނީ 527 މީހުން.

06 މެއި 2017 | 17:05

އއ.ބޮޑުފޮޅުދޫގައި ބަހައްޓާފައިވާ ވޯޓު ފޮށި

އއ.ބޯޑުފޮޅުދޫގައި ބަހައްޓާފައިވާ U01.05.1 ވޯޓު ފޮށްޓަށް މިހާތަނަށް 370 މީހުން ވަނީ ވޯޓު ލާފައި. މި ފޮށްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 477 މީހުންނަށް.

06 މެއި 2017 | 17:02

އއ.ރަސްދޫގައި ބަހައްޓާފައިވާ ވޯޓު ފޮށި

އއ.ރަސްދޫގައި ބަހައްޓާފައިވާ U02.02.1 ވޯޓު ފޮށްޓަށް މިހާތަނަށް 683 މީހުން ވޯޓު ލާފައި ވާއިރު، މި ފޮށްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 783 މީހުންނަށް. މި ފޮށްޓަށް ބާކީ ވޯޓު ނުލާ ތިބީ 100 މީހުން.

06 މެއި 2017 | 17:00

ޜ. މީދޫއިން ރ. އަލިފުއްޓަށް ވޯޓް ކަރުދާސްކޮޅެއް ގެންގޮސްފި

ރ. މީދޫއިން ރ. އަލިފުއްޓަށް ވޯޓް ކަރުދާސްކޮޅެއް ގެންގޮސްފި ކަމަށް މައުލޫމާތު ލިބިއްޖެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރ. މީދޫއިން ރ. އަލިފުއްޓަށް ވޯޓް ކަރުދާސް ކޮޅެއް ގެންގޮސްފައިވަނީ ރ. އަލިފުށީގައިހުރި ރ. މީދޫ މީހަކު ވޯޓުލުމަށް. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ވޯޓް ލުމަށް އަލިފުއްޓަށް ފޮނުވިފައިވަނީ ދ. މީދޫ ވޯޓް ކަރުދާސް ކޮޅެއް ކަމަށް އޮބްޒާވަރުން ބުނޭ. އަދި އެ ވޯޓް ކަރުދާސްކޮޅަށް ހެދިގޮތެއް ސާފު ނުވާކަމަށް ވެސް އޮބްޒާވަރުން ބުނޭ.

އޮބްޒާވަރުން ބުނީ ރ. މީދޫ އިން ރ. އަލިފުއްޓަށް ވޯޓް ކަރުދާސްކޮޅު ގެންދިޔައީ ފުލުހުންގެ ހާޒިރުގަ ކަމަށް.

06 މެއި 2017 | 16:57

ވޯޓްލާ ގަޑިއާ ގުޅޭގޮތުން އާންމު އިންތިޚާބުތަކާ ބެހޭ ގާނޫނު

  • އާންމު އިންތިހާބުތަކާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން ވޯޓް ނެގުން ނިންމާ ގަޑި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގަޑި ޖެހުމުން، ބަޔަކު ކިއުގައި ނެތް ނަމަ ވޯޓް ނެގުން ނިންމައި ފޮށި ބަންދު ކުރަންވާނެ.
  • އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ވޯޓް ނެގުން ނިންމާ ގަޑިޖެހޭއިރު، ބަޔަކު ކިއޫގައި ތިބި ނަމަ، އެ ބަޔަކު ވޯޓްލައި ނިމެންދެން ވޯޓް ފޮށި ބަންދުނުކޮށް ބަހައްޓަންވާނެ ކަމަށް. އަދި ކިއޫގައި ތިބި އެންމެން ވޯޓްލާ ނިމުމުން ފޮށި ބަންދުކުރަންވާނެ ކަމަށް އެ މާއްދާގައި ބުނެފައިވޭ.
  • އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ އެންމެން ވޯޓް ލާ ނިމިއްޖެނަމަ އަދި ވޯޓް ދޭ ސަރަހައްދެއްގައި ވޯޓް ލާނެ އިތުރު ބަޔަކު ނެތް ނަމަ ވޯޓް ފޮއްޓެއް ބަންދުކުރުން ހުއްދަ ކަމަށް. ނަމަވެސް ވޯޓް ގުނަން ފަށަންވާނީ ވޯޓް ގުނަން ފެށުމަށް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގަޑީގައި ކަމަށް އެ މާއްދާގައި ބުނެފައިވޭ.
  • އެ މާއްދާގެ (ރ) ގައި ބުނެފައިވަނީ ވޯޓް ފޮށި ބަންދުކުރުމަށް ފަހު، ވޯޓް ނެގުން ނިންމަންވާނީ "ވޯޓް ނެގުން ބަންދުވީ" މިފަދައިން ލިޔެފައިވާ ލިޔުމެއް ވޯޓް ފޮށި ކައިރީ ބެހެއްޓުމަށް ފަހު ކަމަށް. އަދި މިގޮތުގެ މަތިން ވޯޓް ނެގުން ބަންދުވީ ކަމަށް ލިޔެފައިވާ ބޯޑް ބެހެއްޓުމަށް ފަހު ވޯޓް ނެގުމަކީ މަނާ ކަމެއް ކަމަށް އެ މާއްދާގައި ބުނެފައިވޭ.
06 މެއި 2017 | 16:57

އައްޑޫ ސިޓީ މަރަދޫ

އައްޑޫ ސިޓީ މަރަދޫގައި ގަޑިއަށް ފެށި ވޯޓް ފޮޓެއް 6:00 ގައި ބަންދު ކުރުމަށް ނިންމުމަށް ފަހު ކުއްލި ގޮތަކަށް އެ ވޯޓް ފޮށި 8:00 ގައި ބަންދު ކުރުމަށް ނިންމާފައި އެ ވޯޓް ފޮއްޓަކީ އެއްވެސް މައްސަލަ އެއް ދިމާނުވެ ވޯޓްލުން ކުރިއަށް ދިޔަ ވޯޓް ފޮއްޓެއް.

06 މެއި 2017 | 16:32

ބައެއް ރަށްތަކުގައި ވޯޓް ފޮށި ބަންދުކުރުމަށް ފަހު އަލުން ހުޅުވައިފި

ބައެއް ރަށްތަކުގައި ވޯޓް ފޮށި ބަންދުކުރުމަށް ފަހު އަލުން ހުޅުވައިފި

ވޯޓް ފޮށި ބަންދުކުރުމަށް ފަހު އަލުން ހުޅުވި ބައެއް ރަށްތައް:

  • ކުޅުދުއްފުށި
  • ތޮއްޑޫ
  • އަލިފުށި
  • އައްޑޫ ސިޓީ ފޭދޫ
  • ހިންނަވަރު

ވޯޓް ފޮށި ބަންދުކުރީ ވޯޓް ލުމުގެ ވަގުތު އިތުރުކޮށްފައިވާކަން އެ ރަށްތަކަށް އަންގާފައި ނެތުމުން. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުރިހާ ރަށްތަކަށް މައުލޫމާތު ފޯރުކޮށްފަ. ހެނދުނު 8:00 ގައި ވޯޓް ލުން ފެށުނު ރަށްތަކުގެ ފޮށި ބަންދުކުރާނީ 6:00 ގައި. ހެނދުނު 8:00 ގައި ފަހުން ވޯޓް ލާން ފެށުނު ފޮށިތައް ބަންދުކުރާނީ މިރޭ 20:00 ގައި.

06 މެއި 2017 | 16:27

ވޯޓް ފޮށި ބަންދުކުރާނީ 6:00 ގައި ކަން ހުރިހާ ރަށަކަށް އެންގިއްޖެ: އީސީ

ވޯޓް ފޮށިތައް ބަންދުކުރަންޖެހޭ ގަޑިތައް ހުރިހާ ރަށަކަށް އަންގާ ނިމިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި.

ކޮމިޝަނުން ބުނީ ހެނދުނު 8:00 ގައި ވޯޓްލުން ފެށުނު ފޮށިތައް ބަންދުކުރާނީ 6:00 ގައި ކަމަށް

ހެނދުނު 8:00 ގައި ވޯޓްލުން ފެށިފައިނުވާ ފޮށިތައް ބަންދުކުރާނީ މިރޭ 8:00 ގައި ކަމަށް

06 މެއި 2017 | 16:14

ހދ. ކުޅުުދުއްފުށީ ވޯޓް ފޮށި ބަންދު ކުރުމަށް ފަހު އަލުން ހުޅުވައިފި

ހދ. ކުޅުދުއްފުށީ ވޯޓް ފޮށި ބަންދު ކުރުމަށް ފަހު ހުޅުވައިފި. ފޮށި ބަހައްޓާފައި ހުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ފޮށިތައް ބަންދުކުރާނީ އިރުއޮއްސި 6:00 ގައި ކަމަށް.

06 މެއި 2017 | 16:00

ވޯޓު ފޮށި ބަންދު ކުރުން ލަސް ވުމާއިއެކު އއ.އުކުޅަހުގައި ހިތްހަމަނުޖެހުން

އއ.އުކުޅަހުގައި ވޯޓު ފޮށި ބަންދު ކުރުން ލަސް ވުމާއިއެކު ގިނަ ފަރާތްތަކަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުން

06 މެއި 2017 | 15:57

ވޯޓް ފޮށި ބަންދުކުރުން ފަސްކޮށްފި

ވޯޓްލުމުގެ މުއްދަތު ހަމަވަން އެންމެ 10 މިނެޓަށް ވެފައި ވަނިކޮށް، ވޯޓްލުމުގެ މުއްދަތު އިރު އޮއްސި 6:00 އަށް ބަދަލުކޮށްފި. ނަމަވެސް ހެނދުނު 8:00 ގައި ވޯޓްލާން ނުފެށުނު ފޮށިތައް ބަންދުކުރާނީ މިރޭ 8:00 ގައި ކަމަށް ވެސް، އިލެކްޝަން ކޮމިޝަންގެ މެމްބަރު އަކްރަމް ވިދާޅުވި.

ވޯޓްލުމަށް ކުރިން ކަނޑައަޅާފައި އޮތީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށް ކަމަށް.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ވޯޓް ފޮށި ބަންދުކުރުމުގެ މުއްދަތު އިތުރުކުރީ ބައެއް ވޯޓް މަރުކަޒުތަކުގައި ވޯޓްލަން ފެށުން ލަސްވެގެން ދިއުމުން ކަމަށް.

06 މެއި 2017 | 15:43

މިހާތަނަށް ހުށަހަޅާފައިވަނީ 30 ޝަކުވާ

މިއަދު 15:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ޖުމުލަ 30 ޝަކުވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ރަސްމީކޮށް (ލިޔުމުން) ހުށަހެޅި ފަސް ޝަކުވާ އާއި އަނގަބަހުން ހުށަހެޅި 25 ޝަކުވާ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް ވިދާޅުވި. މި ޝަކުވާތަކުގެ ތެރެއިން ސީރިއަސް ޝަކުވާއަކަށް އުޅެނީ، ވޯޓްލާން ދިޔައިރު، ވޯޓް ލާފައި އޮތުން ކަމަށް. އެ މައްސަލައިގައި އެ މީހާގެ ބަޔާން ނަގާފައިވާ ކަމަށައި، މައްސަލަ ނިންމާނީ ކުރީގެ ދެ އިންތިހާބުގައި ވެސް، މިފަދަ މައްސަލަތަކުގައި ވެސް ނިންމާފައިވާ ގޮތަށް ބަލާނެ ކަމަށް.

06 މެއި 2017 | 15:30

ނައިބު ރައީސް ވޯޓް ލައްވައިފި

މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު މިއަދު މެންދުރުފަހު ވޯޓުލައްވައިފިއެވެ. އެމަނިކުފާނު ވޯޓު ލެއްވީ، ވެލާނާގޭގައި ހުރި ހުޅުހެންވެއިރު ދާއިރާގެ ވޯޓު ފޮށްޓަށެވެ.

06 މެއި 2017 | 14:57

ކެމްޕޭން މެސެޖްތައް ފޯނަށް ފޮނުވަނީ

ކެމްޕޭން މަސެޖްތައް ފޯނުތަކަށް ފޮނުވާ މައްސަލަ ބޮޑުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓްލުން ކުރިއަށްދާއިރު، ފޯނުތަކަށް ފޮނުވަމުންދާ މަސެޖްގައި ބުނެފައިވަނީ "ވޯޓްލުމުގެ ހައްގު ބޭނުންކުރައްވާ. ވޯޓް ފޮށި ދޮަށަށް ވަޑައިގެން، ތަރައްގީއަށް ވޯޓް ދެއްވާ" މިހެންނެވެ.

06 މެއި 2017 | 14:52

އިލެކްޝަންސް ކޮމިޝަންގެ އިލްތިމާސް

ރާއްޖެޓީވީއާ ވާހަކަ ދައްކަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ފޭކް ވޯޓް ކަރުދާސްތަކެއް ޕްރިންޓްކޮށްގެން އުޅޭތީ އެކަމަށް ސަމާލުވުމަށް. އީސީގެ ކަރުދާހާ އެއްގޮތަށް، ވޯޓް ކަރުދާހެއް ނޫޅޭނެ.

ވޯޓް ފާހަގަ ފިޔަވައި އިތުރު ފާހަގައެއް ނުޖެހުމަށް އިލްތިމާސްކުރަން. އެއީ އެންމެ މަސްލަހަތު ހުރި ގޮތެއް ވެސް ނޫން. އެންމެ ބޮޑު މައްސަލައެއް ދިމާވަނީ ޖިސްމާނީ ނުކުޅެދުންތެރި ކަމެއް ހުންނަ މީހުންނަށް ވޯޓްލުމުގެ ފުރުސަތު ދިނުމާ ގުޅޭ ގޮތުން. މިފަދަ ކަންކަމުގައި އޮޅުވާ ނުލުން އެދެން.

06 މެއި 2017 | 14:50

އދ.ދަނގެތީގައި ބަހަޢްޓާފައިވާ ވޯޓު ފޮށި

އދ.ދަނގެތީގައި ބަހައްޓާފައިވާ I03.07.1 ވޯޓު ފޮށްޓަށް މިހާތަނަށް 485 މީހުން ވަނީ ވޯޓު ލާފައި. މި ފޮށްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 860 މީހުންނަށް

06 މެއި 2017 | 14:38

ލަހުން ފެށުނު ފާއިރާތަކަށް އިތުރު ވަގުތު ލިބޭނެ

ވޯޓު ލާން ލަހުން ފެށުނު ދާއިރާތަކުގެ ވޯޓުލުން 4 ޖަހާއިރު ބަންދު ނުކުރާނެ ކަމަށާއި އިތުރު ވަގުތު ދޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވެއްޖެ

06 މެއި 2017 | 14:25

އދ.ކުނބުރުދޫ ގައި ބަހައްޓާފައިވާ ވޯޓު ފޮށި

އދ.ކުނބުރުދޫގައި ބަހައްޓަފައިވާ ވޯޓުފޮށްޓަށް މިހާތަނަށް 253 މީހުން ވަނީ ވޯޓު ލާފައި، އެއީ 119 އަންހެނުންނާއި 134 ފިރިހެނުން. މި ފޮށްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 394 މީހުންނަށް

06 މެއި 2017 | 14:20

އއ.ރަސްދޫގައި ބަހައްޓާފައިވާ ވޯޓުފޮށި

އއ.ރަސްދޫގައި ބަހައްޓާފައިވާ U02.02.1 ފޮށްޓަށް މިހާތަނަށް 60% މީހުން ވަނީ ވޯޓުލައި ނިންމާފައި. މި ފޮށްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 783 މީހުންނަށް.

06 މެއި 2017 | 13:44

އދ.ދިގުރަށުގައި ބަހައްޓާފައިވާ ވޯޓު ފޮށި

އދ.ދިގުރަށުގައި ބަހައްޓާފައިވާ I03.07.1 ވޯޓު ފޮށްޓަށް މިހާތަނަށް 280 މީހުން ވަނީ ވޯޓު ލާފައި. އެއީ 126 އަންހެނުންނާއި 154 ފިރިހެނުން. މި ފޮށްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 383 މީހުންނަށް

06 މެއި 2017 | 13:27

ލޯކަލް ކައުންސިލް އިންތިޚާބަށް ފެބްރުއަރީ މަހު ގެނައި އިސްލާހު

  • ކެނޑިޑޭޓުންގެ ޝަރުތުތަކަށް ބަދަލު ގެނައި
  • ކުޑަކުއްޖަކާ ބެހުން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތުމުގެ މައްސަލައެއް ސާބިތުވެފައިވާ މީހަކަށް ވާދަނުކުރެވޭނެ
  • މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަން ސާބިތުވެފައިވާ މީހަކަށް ވާދަ ކުރެވޭނީ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތް އަހަރު ފަހުން
  • އެހެން ކުށްތަކުގައި އެއް އަހަރަށް ވުރެ ގިނަ ދުވަހުގެ ހުކުމެއް އައިސްފައިވާ މީހަކަށް ކުރިމަތިލެވޭނީ ހުކުމް ތަންފީޒްކޮށް ނިމުނުތާ ތިން އަހަރު ފަހުން
  • މިއަދު ފަށާފައިވާ އިންތިޚާބުގައި މި ޝަރުތުތަކަށް އަމަލުކުރޭ
  • މި އިސްލާހާއެކު އަލުން އިންތިޚާބަށް ކުރިމަތިލާން ޖެހުނު
06 މެއި 2017 | 13:17

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާ

S04.1.1

މި ވޯޓް ފޮއްޓަށް ވޯޓް ލުމުގެ ހައްގު ލިބިގެން ވަނީ 808 މީހުންނަށް އަދި މިހާތަނަށް ވޯޓްލާފައި ވަނީ 130 މީހުން

06 މެއި 2017 | 13:06

އިންތިޚާބު ކުރިއަށް ދަނީ ސުލްހަވެރިކަމާއެކު، ފޭކް ވޯޓް ކަރުދާހުގެ މައްސަލަ ދަނީ ބަލަމުން: ފުލުހުން

މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ކުރިއަށް ދަނީ ސުލްހަވެރިކަމާއެކު ކަމަށާއި ފޭކް ވޯޓް ކަރުދާސްތަކެއް ގެންގުޅޭ ކަމަށް ކުރާ ޝަކުވާގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކައުންސިލް އިންތިޚާބަށް 422 ފޮއްޓެއް ބަހައްޓާފައިވާއިރު، އެއްވެސް ސަރަހައްދެއްގައި މިހާތަނަށް ބޮޑު ހަމަނުޖެހުމެއް ހިންގާފައިނުވާ ކަމަށް. އަދި އިންތިޚާބާ ގުޅޭ ހަމަނުޖެހުމަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ވެސް ނުވާ ކަމަށް އޮފިޝަލް ވިދާޅުވި.

އޮފިޝަލް ވިދާޅުވީ ފޭކް ވޯޓް ކަރުދާސްތަކެއް ގެންގުޅެމުންދާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް.

06 މެއި 2017 | 12:54

ފޭކް ވޯޓް ކަރުދާސްތަކެއް ހަދައިގެން އުޅޭ ކަމުގެ ޝަކުވާ ލިބޭ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނަން: އީސީ

  • ފޭކް ވޯޓު ކަރުދާސްތަކެއް ހަދައިގެން އުޅޭ ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި.
  • ކޮމިޝަނުން ބުނީ ޕްރިންޓް ކޮށްފައިވާ ވޯޓު ކަރުދާސްތަކުގައި ހުންނާނީ ސެކިއުރިޓީ ފީޗާސްތަކެއް ހިމަނާފައި ކަމަށް.
  • ކޮމިޝަނުން ބުނީ ފޭކް ވޯޓު ކަރުދާސްތަކެއް ޕްރިންޓް ކޮށްގެން އުޅޭ ނަމަ އެއީ ކަންބޮޑުވާ ކަމަށް.
  • ކޮމިޝަނުން ބުނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ފޭކް ވޯޓް ކަރުދާހުގެ މައްސަލަ ބަލާނެ ކަމަށް.
06 މެއި 2017 | 12:46

އއ.ތޮއްޑޫގައި ބެހެއްޓިފައިވާ ވޯޓު ފޮށިތައް

އއ.ތޮއްޑޫގައި ބަހައްޓާފައިވާ U02.01.1 ފޮށްޓަށް މިހާތަނަށް ވޯޓު ލާފައިވަނީ 171 މީހުން، އެއީ 94 އަންހެނުންނާއި 77 ފިރިހެނުން،

ތޮއްޑޫގައި ބަހައްޓާފައިވާ U02.01.2 ފޮށްޓަށް މިހާތަނަށް ވޯޓު ލާފައިވަނީ 225 މީހުން، އެއީ 112 އަންހެނުންނާއި 113 ފިރިހެނުން.

06 މެއި 2017 | 12:30

އއ.އުކުޅަހުގައި ބަހައްޓާފައިވާ ފޯޓު ފޮށި

އއ.އުކުޅަހުގައި ބަހައްޓާފައިވާ U02.03.1 ވޯޓު ފޮށްޓަށް މިހާތަނަށް ވޯޓު ލާފައިވަނީ 195 މީހުން. މި ފޮށްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 614 މީހުންނަށް. މި ފޮށްޓަށް ވޯޓު ލާނީ އުކުޅަހުގެ ރައްޔިތުންނާއި އުކުޅަހުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުން.

06 މެއި 2017 | 12:29

އައްޑޫ ސިޓީ ފޭދޫ

S02.0.1

މި ވޯޓް ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބުގެން ވަނީ 647 މީހުން

މިހާތަނަށް ވޯޓްލާފައި ވަނީ 127 މީހުން

06 މެއި 2017 | 12:24

މާލޭގައި ދިރިއުޅޭ ފުވައްމުލަކު ރައްޔިތުން ވޯޓްލާ މަރުކަޒު އަރަބީއްޔާއިން

މާލޭގައި ދިރިއުޅޭ ފުވައްމުލަކު މެދު ދާއިރާ އަދި ދެކުނު ދާއިރާގައި ވޯޓްލާ ފެށިފައި ވަނީ ވޯޓްލާން ފަށަން ޖެހޭ ގަޑިއަށްވުރެ ދެ ގަޑިއިރު ފަހުން. ނަމަވެސް ގަޑިއތުރު ނުކޮށްދޭނެ ކަމަށް އީސީ އިން ބުނެފައިވާ ކަމަށް އެ މަރުކަޒުގައި ހުރި ރާއްޖެއެމްވީގެ އޮބްޒާވާ މައުލޫމާތުދޭ

06 މެއި 2017 | 12:20

ގާނޫނު އަސާސީގައި ބުނާ ގޮތުން ކައުންސިލްތަކުގެ މަސްއޫލިއްޔަތަކީ:

  • ޑިމޮކްރެޓިކް އަދި ޖަވާބުދާރީވަނިވި އުސޫލުތަކުގެ މަތިން ކަންކަން ހިންގުން
  • އިގްތިސާދީ އަދި އިޖުތިމާއީ ދުޅަހެޔޮ ކަމާއި މުޖުތަމައުގެ ތަރައްގީ އަށް ބާރު އެޅުން
  • ސިއްޚަތަށް ރަނގަޅު، ރައްކާތެރި، ދިރޭ ތަކެތީގެ މުއްސަނދިކަން ރައްކާތެރިކުރެވޭ ތިމާވެއްޓެއް ގާއިމްކޮށްފައި ބޭއްވުމަށް ބާރު އެޅުން
  • ގާނޫނުން ކަނޑައަޅާ މި ނޫން ވެސް މަގުސަދުތައް ހާސިލްކުރުމަށް މަސައްކަތް ކުރުން
06 މެއި 2017 | 12:13

ރ. މީދޫ ވޯޓް ފޮށި

ރ. މީދޫގައި ބަހައްޓާފައިވާ E05.13.1 ވޯޓް ފޮއްޓަށް މިހާތަނަށް ވޯޓްލާފައިވަނީ 228 މީހުން.

ރ. މީދޫގައި ބަހައްޓާފައިވާ E05.13.2 ވޯޓް ފޮއްޓަށް މިހާތަނަށް ވޯޓްލާފައިވަނީ 237 މީހުން. އެއީ އަންހެން 106 މީހުންނާއި 131 ފިރިހެނުން.

ރ. މީދޫގައި ވޯޓްލަނީ

06 މެއި 2017 | 12:02

ވޯޓް ދިނުމުގެ ހައްގަކީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް

  • އިންތިހާބުތަކާ ބެހޭ ގާނޫނުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވޯޓް ލުމުގެ ހައްގު ލިބިގެންވޭ
  • އިސްތިސްނާވެގެން ވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 5 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހުން
  • އިންތިޚާބުތަކުގައި ނަގަން ވާނީ ސިއްރު ވޯޓެއް
  • އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވޯޓް ދީގެން ނުވާނެ
  • ވޯޓް ލާން ފެށުމުގެ 15 މިނެޓް ކުރިން ހުރިހާ ވޯޓް ކަރުދާހެއް ގުނަން ޖެހޭ
  • ވޯޓް ލާން ފެށުމުގެ ކުރިން ތަނުގައި ހާޒިރުވެ ތިބި މީހުންގެ ކުރިމަތީގައި ވޯޓް ފޮށީގެ އެތެރެ ދައްކަންޖެހޭ
  • ވޯޓް ފޮށީގެ އެތެރޭގައި އެއްވެސް އެއްޗެއް ނެތް ކަން ޔަގީންކޮށްދޭން ޖެހޭ
06 މެއި 2017 | 11:45

ގަލޮޅު ދެކުނުގެ ދެވަނަ ނަމްބަރު ފޮށީގައި ވޯޓްލާން ފެށީ ކަރުދާސް ނުގުނައި

އޮފިޝަލުންގެ ޓީމް ނުގޮސްގެން ގަލޮޅު ދެކުނު ދާއިރާގެ ދެ ވަނަ ވޯޓް ފެށުނީ 9:09 ގައި، އޮފިޝަލުންގެ ޓީމުގެ ބަދަލުގައި ދިޔައީ އިލެކްޝަންސްގެ މުވައްޒަފުންތަކެއް. މައުލޫމާތު ލިބޭ ގޮތުގައި ކޮމިޝަނުގެ މުވައްޒަފުން ގޮސް ވޯޓްލާން ފެށީ ކަރުދާސް ގުނުމެއް ނެތި.

06 މެއި 2017 | 11:39

އދ.ދިގުރަށުގައި ބަހައްޓާފައިވާ ވޯޓު ފޮށި

އދ.ދިގުރަށުގައި ބަހައްޓާފައިވާ I03.07.1 ވޯޓު ފޮށްޓަށް މިހާތަނަށް ވޯޓު ލާފައިވަނީ 171 މީހުން. މި ފޮށްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 383 މީހުންނަށް.

06 މެއި 2017 | 11:36

ޖުމްލަ 28 އަށް ވުރެ ގިނަ ފޮށީގައި ވޯޓް ލުން ލަސްވެގެން ދިޔަ: އެމްޑީއެން

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން) އިން ބުނާ ގޮތުގައި ޖުމްލަ 28 އަށް ވުރެ ގިނަ ފޮށީގައި ވޯޓްލުން ފަސްވެގެން ދިޔަ ކަމަށް، އެ ޖަމިއްޔާ އިން ބުނާ ގޮތުގައި ހުރިހާ ފޮއްޓެއްގައި ވޯޓްލުން ފެށިފައިވަނީ 11:00 ހާއިރު.

06 މެއި 2017 | 11:27

އދ.ހަންޏާމީދޫގައި ބަހައްޓާފައިވާ ވޯޓް ފޮށި

އދ.ހަންޏާމީދޫގައި ބަހައްޓާފައިވާ I02.01.1 މިހާތަނަށް ވޯޓު ލާފައިވަނީ 160 މީހުން، މި ފޮށްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 428 މީހުންނަށް

2 / 4