Raajje.mv

ލޯކަލް ކައުންސިލް އިންތިހާބު

06 މެއި 2017
48290
ލޯކަލް ކައުންސިލް އިންތިހާބު

ލޯކަލް ކައުންސިލް އިންތިހާބު

07 މެއި 2017 | 06:39

މާލޭގައި ހުރި ދެ ވޯޓް ފޮއްޓެއް އަދިވެސް ގުނައި ނުނިމޭ

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގަިއި ބަހައްޓާފައިވާ ވޯޓް ފޮށިތަކުގެ ތެރެއިން މިހާތަނަށް ގުނައި ނުނިމި ހުރީ ކަލާފާނު ސްކޫލްގައި ބަހައްޓާފައި ހުރި، ގދ. ތިނަދޫ ވޯޓް ފޮއްޓާއި، ކުރީގެ އެމްއީއެސް ސްކޫލްގައި ބަހައްޓާފައި ހުރި އޭދަފުށީ ދާއިރާގެ ވޯޓް ފޮއްޓެވެ.

07 މެއި 2017 | 03:55

އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމަށް މައްސަލައެއް ދިމާވެ، ނަތީޖާތައް ލަސްވުން

ވޯޓް ގުނުން ލަސްވަނީ އިލެކްޝަންސް ކޮމިޝަނުގެ ސިސްޓަމަށް މައްސަލައެއް ދިމާވެ، ޓެލީ ކުރުމުގައި މައްސަލައެއް އުޅޭތީ ކަމަށް އިލެކްޝަންސް މިކޮމޝަނުގެ އޮފިޝަލުންނާ ހަވާލާދީ އޮބްޒާވަރުން މައުލޫމާތު ދޭ.

07 މެއި 2017 | 03:14

ދިއްދޫ ދާއިރާގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް

ހއ. ދިއްދޫ ދާއިރާގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފި. އަތޮޅު ކައުންސިލްގެ ދިއްދޫ ދާއިރާގެ ގޮނޑިއާއި ދިއްދޫ ރަށު ކައުންސިލްގެ ފަސް ގޮނޑި ވެސް ކާމިޔާބުކުރީ އެމްޑީޕީ އިން.

އަތޮޅު ކައުންސިލް ގޮނޑި ކާމިޔާބުކުރެއްވީ އަބްދުﷲ ސިރާޖު

ދިއްދޫ ރަށު ކައުންސިލް:

އަހުމަދު ފިރާގު

އަލީ ހާޝިމް

ޒުހުރާ

މޫސާ ލަތީފް

މުހައްމަދު ހާޝިމް

07 މެއި 2017 | 03:10

ވެލިދޫ ކައުންސިލްގެ ތިން ގޮނޑި ވެސް އެމްޑީޕީ އަށް

ނ. ވެލިދޫ ކައުންސިލްގެ ތިން ގޮނޑި ވެސް އެމްޑީޕީން ކާމިޔާބު ކޮށްފި

ޖުމްލަ 10 ކެނޑިޑޭޓުން ވާދަކުރި

ކާމިޔާބު ކުރީ:

  • އާދަމް އަލިފުޅު
  • އަހުމަދު ޖައުފަރު
  • އަސްމާ ހުސެއިން
06 މެއި 2017 | 23:44

އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި ވެސް އެމްޑީޕީން ކަށަވަރުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި ވެސް އެމްޑީޕީން ކަށަވަރުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ދާއިރާތައް ކާމިޔާބު ކުރެއްވި ކެނޑިޑޭޓުން:

  • ހުޅުދޫ ދާއިރާ އިބްރާހިމް ޝުކުރީ
  • ފޭދޫ ދާއިރާ އަލީ ފަހުމީ އަހުމަދު
  • މަރަދޫ ދާއިރާ ފައިސަލް އިބްރާހިމް
  • ހިތަދޫ އުތުރު ދާއިރާ އަބްދުﷲ ސާދިގު
  • ހިތަދޫ މެދު ދާއިރާ ޖަމްޝީދާ މުހައްމަދު
  • ހިތަދޫ ދެކުނު ދާއިރާ މުހައްމަދު ޔަސްރިފް
  • އައްޑޫ މީދޫ ދާއިރާ ހުސެއިން ހިޔާޒް
06 މެއި 2017 | 23:13

މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އެމްޑީޕީ އިން ކަށަވަރުކޮށްފި

މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އެމްޑީޕީއިން ކަށަވަރުކޮށްފި.

އެމްޑީޕީއަށް ކަށަވަރު ނުވެ މިހާތަނަށް އޮތީ ހެންވޭރު އުތުރު ދާއިރާ. އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހަމްޒާ ހަސަން ވަނީ ދެން ވާދަ ކުރެއްވި ޑީއާރްޕީގެ ކެނޑިޑޭޓަށް ތާއީދު ކުރައްވަން ނިންމަވާ އެކަން އިއުލާނު ކުރައްވާފަ.

އެމްޑީޕީއިން ކާމިޔާބު ކުރި ދާއިރާތަކާއި ކެނޑިޑޭޓުން:

  • ހުޅުހެންވޭރު ދާއިރާ އާދަމް ޝަރީފް
  • މެދުހެންވޭރު ދާއިރާ އަހުމަދު ނިޔާޒު
  • ހެންވޭރު ދެކުނު ދާއިރާ އިބްރާހިމް މަނިކު
  • ގަލޮޅު އުތުރު ދާއިރާ ސިފާ މުހައްމަދު
  • ގަލޮޅު ދެކުނު ދާއިރާ ޝާހީމް މަހްމޫދު
  • މައްޗަންގޯޅީ އުތުރު ދާއިރާ މުހައްމަދު ރަޝީދު
  • މައްޗަންގޯޅީ ދެކުނު ދާއިރާ އަހްމަދު ޟަމީރު
  • މާފަންނު އުތުރު ދާއިރާ މުހައްމަދު ފަޒީން
  • މާފަންނު ހުޅަނގު ދާއިރާ ޝަމާއު ޝަރީފް
  • މާފަންނު މެދު ދާއިރާ އަޒްރާ މޫސާ
  • މާފަންނު ދެކުނު ދާއިރާ ހުސެއިން ޝަރީފް
  • ވިލިމާލޭ ދާއިރާ ހަމްނާ ވަހީދު
06 މެއި 2017 | 22:37

މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅީ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ މުހައްމަދު ރަޝީދު ކާމިޔާބު ކުރައްވައިފި

މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅީ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ މުހައްމަދު ރަޝީދު(ބޯދިގު) ކާމިޔާބު ކުރައްވައިފި.

މުހައްމަދު ރަޝީދަކީ މިދިޔަ ދައުރުގައި ވެސް މާލޭ ސިޓީ ކައުންސިލްގެ މެންބަރެއް.

މުހައްމަދު ރަޝީދާ ވާދަކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ޣާނިމް އަބްދުލްޣަފޫރް.

06 މެއި 2017 | 22:28

އައްޑޫ ސިޓީ ކައުންސިލުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަބްދުﷲ ސާދިގު ކާމިޔާބު ކުރައްވައިފި

އައްޑޫ ސިޓީ ކައުންސިލުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަބްދުﷲ ސާދިގު(ސޯބެ) ކާމިޔާބު ކުރައްވައިފި

ފެށުނީއްސުރެ ސޯބެ އަކީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރެއް އަދި ފާއިތުވި ދެ ދައުރުގައި ސޯބެ އަކީ އައްޑޫ ސިޓީގެ މޭޔަރު.

ސޯބެ މިހާރު ގެންދަވަނީ ސަޕޯޓަރުންނާއެކު އުފާ ފާޅު ކުރައްވަމުން

06 މެއި 2017 | 22:22

މާލޭ ސިޓީ ކައުންސިލުގެ މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި އެމްޑީޕީގެ ޝަމާއު ކާމިޔާބު ކުރައްވައިފި

މާލޭ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް ޝަމާއު ޝަރީފް ކާމިޔާބު ކުރައްވައިފި.

ހަތަރު ފޮށީގެ ވޯޓް ގުނައި ނިމުނު އިރު ޝަމާއު އަށް 1065 ވޯޓް ވަނީ ލިބިފަ

ޕީޕީއެމްގެ ކެނޑިޑޭޓް އާމިނަތު ޝުހުދާ އަށް ލިބިފައިވަނީ 515 ވޯޓް

06 މެއި 2017 | 22:15

ވިލިމާލޭ ދާއިރާ އެމްޑީޕީން ކާމިޔާބުކުރުމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާން ބަލި ގަބޫލުކުރައްވައިފި

ވިލިމާލޭ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރުމުން، ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ބަލި ގަބޫލުކުރައްވައިފި.

06 މެއި 2017 | 21:49

ވިލިމާލޭ އެމްޑީޕީގެ ކެނޑިޑޭޓް ހަމްނާ ގޮނޑި ކާމިޔާބު ކޮށްފި

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް ހަމްނާ ވަހީދު ކާމިޔާބު ކުރައްވައިފި. ޕީޕީއެމްގެ ފަރާތުން ނިކުތް ކެނޑިޑޭޓް، އަމްޝާދު ވަނީ ހަމްނާ އަށް މަރުހަބާ ކިޔާފަ.

06 މެއި 2017 | 21:20

މާފުށީ ޖަލުގެ ވޯޓް ފޮށި އަދިވެސް ބަންދެއް ނުކުރޭ

މާފުށީ ޖަލުގައި ބަހައްޓާފައިވާ ވޯޓް ފޮށި އަދިވެސް ބަންދު ނުކުރާ ކަމަށާއި ވޯޓްލުން މިހާރު ވެސް ކުރިއަށް ދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. ނަމަވެސް އެ ކޮމިޝަނުން ކުރިން ބުނެފައިވަނީ މާލޭގައި ހުރި ބައެއް ފޮށިތައް ފިޔަވައި، އެހެން ހުރިހާ ފޮއްޓެއް ބަންދުކޮށްފައިވާ ކަމަށް.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް ވިދާޅުވީ މާފުށީ ވޯޓް ފޮއްޓަކީ އެންމެ ގިނަ ދާއިރާއެއްގެ މީހުން އެއް ފޮއްޓަކަށް ވޯޓްލާ ދާއިރާ ކަމަށް. އެ ފޮއްޓަށް ވޯޓްލުމަށް 187 ދާއިރާއެއްގެ މީހުން ރަޖިިސްޓްރީކޮށްފައިވާ ކަމަށް އަކްރަމް ވިދާޅުވި.

ޖަލުގައި ވޯޓްލާން ގެންދަނީ ފަހަރަކު ދެ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ޖަލުގައި ހުރި ވޯޓް ފޮށި ބަންދުކުރާނީ މިރޭ ދަންވަރު 12:00 ގައި.

އަކްރަމް ވިދާޅުވި ގޮތުގައި މާފުށީ ޖަލުގެ ވޯޓް ފޮއްޓަށް ވޯޓް ލުމަށް 1136 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް. އޭގެ ތެރެއިން މިރޭ 9:00 ހާއިރަށް ވޯޓް ލާފައިވަނީ 434 މީހުން ކަމަށް އޭނާ ވިދާޅވި .

މާފުށީ ޖަލުގެ ވޯޓް ފޮށި ބަންދުނުކޮށް ކުރިއަށް ގެންދާތީ، މާފުށީގައި ބަހައްޓާފައިވާ އެހެން ފޮށިތައް ގުނުން، ކެންޑިޑޭޓުން ވަނީ ހުއްޓުވައި، އިލެކްޝަނަށް ޝަކުވާ ހުށަވެސް އަޅާފައި.

ނަމަވެސް އެ ޝަކުވާއާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އަކްރަމް ވިދާޅުވި

06 މެއި 2017 | 21:15

ގަޑި ބަދަލުކުރިކަން ގެޒެޓްކުރީ ވޯޓް ލައި ނިމުނު ފަހުން

ވޯޓްލާ ގަޑި ބަދަލުކުރިކަން އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކުރީ، ވޯޓް ފޮށިތައް ބަނޑުކުރަން ކަނޑައަޅާފައި އޮތް ގަޑިކަމުގައިވާ ރޭގަނޑު 8:00 ގެ ފަހުން. ތިރީގައި މިވަނީ ގެޒެޓްކުރި އިއުލާން:

ޙަވާލާދެވުނު އިޢުލާނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ވޯޓުލާ ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑި އިތުރު ކުރުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ. މިގޮތަށް ކޮމިޝަނުން ނިންމީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް ގޮސް ކިޔުގައި ތިބި ރައްޔިތުންގެ އަދަދު ގިނަވުމުންނާއި، ގިނަ އަދަދެއްގެ ރައްޔިތުންނާއި ސިޔާސީ ޕާޓިތަކުން ވަގުތު އިތުރުކޮށްދިނުމަށް މިކޮމިޝަނުގައި އެދެމުންދާތީއެވެ.

މިގޮތުން، 08:00 ގައި ވޯޓުލުން ފެށިފައިވާ ވޯޓު ފޮށިތައް ބަންދުކުރާނީ 18:00 ގައެވެ. އަދި 08:00 ޖެހުމަށްފަހު ވޯޓުލުން ފެށިފައިވާ ވޯޓު ފޮށިތައް ބަންދުކުރަން ހަމަޖެހިފައިވަނީ 20:00 ގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

06 މެއި 2017 | 20:57

ކަރަންޓް ކެނޑުން

ރ. ވާދޫ އާއި އިންނަމާދޫން ކަރަންޓް ކެނޑިއްޖެ. ވާދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެރަށުން ކަރަންޓް ދިޔައީ އަށް މިނެޓަށް އަދި އިންނަމާދޫން ކަރަންޓް ދިޔައީ ތިން މިނެޓަށް

06 މެއި 2017 | 20:45

ކޮލަމާފުށީގައި ވޯޓް ގުނަ ފަށައިފި

ޕީޕީއެމުން އަދި އެމްޑީޕީން އަށް މީހުން ވެއްދުމަށް ފަހު، ކޮލަމާފުށީގައި ވޯޓް ނުގަން ފަށައިފި

06 މެއި 2017 | 20:35

އައްޑޫ ސިޓީ، މާލެ-3 ވޯޓް ފޮށި ނަތީޖާ

އައްޑޫ ސިޓީ، މާލެ-3 ވޯޓް ފޮށި ނަތީޖާ

1. ހުސެއިން ހިޔާޒް (އެމްޑީޕީ): 174

2. އިބްރާހިމް ޖަމާލް (އަމިއްލަ): 79

3. އާދަމް ޝަމްއޫން އިސްމާއިލް (ޕީޕީއެމް): 55

ބާތިލް: 1

06 މެއި 2017 | 20:32

ވޯޓް މަރުކަޒަށް ބަޔަކު ވަދެގަތުމުން ކޮލަމާފުށީގައި ވޯޓް ގުނުން ހުއްޓިފައި.

ވޯޓް މަރުކަޒަށް ބަޔަކު ވަދެގަތުމުން ކޮލަމާފުށީގައި ވޯޓް ގުނުން ހުއްޓިފައި. މައްސަލަ ހައްލުކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން.

06 މެއި 2017 | 20:06

މާލޭގެ ދެތިން ވޯޓް ފޮށި ފިޔަވައި އެހެން ވޯޓް ފޮށިތައް ބަންދުކޮށްފި

މާލޭގައި ބަހައްޓާފައިވާ ބައެއް ފޮށިތައް ފިޔަވައި، ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ފޮއްޓެއް، މިހާރު ބަންދުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވެއްޖެ. ބަންދު ނުކޮށް މިހާރު ހުރި ވޯޓް ފޮށީގެ އަދަދެއް ހާމަ ނުކުރައްވާއިރު، 8:00 ގައި ބަންދުކުރީ ކިތައް ފޮށި ކަމެއް އަދި، 6:00 ގައި ބަންދުކުރީ ކިތައް ވޯޓް ފޮށި ކަމެއް އަކްރަމް ވިދާޅެއް ނުވޭ.

06 މެއި 2017 | 20:03

ފުވައްމުލަކު ދެކުނު ދާއިރާ  R03  ފޮށީގެ ނަތީޖާ

ފުވައްމުލަކު ދެކުނު ދާއިރާގެ R03 ފޮށީގެ ނަތީޖާ

1. އަބްދުﷲ ފަލާހު ޝަރީފް އެމްޑީޕީ: 201

2. އަލީ ޝަޒީމް މުހައްމަދު ޕީޕީއެމް: 166

ބާތިލް: 13

06 މެއި 2017 | 19:52

ވޯޓް މަރުކަޒުތަކުގައި އެމަޖެންސީ ލައިޓް ހިފައިގެން

ބައެއް ވޯޓް މަރުކަޒުތަކުގައި އޮބްޒާވަރުން ތިބީ އެނަޖީ ލައިޓް ހިފައިގެން

06 މެއި 2017 | 19:46

ފުވައްމުލަކު އުތުރު ދާއިރާ ނަތީޖާ

ފުވައްމުލަކު އުތުރު ދާއިރާގެ R01 ފޮށީގެ ނަތީޖާ

1. އާމިނަތު ޒުހުދާ އެމްޑީޕީ: 239

2. ހަސަން އަތީގު ޖޭޕީ: 2

3. ހަމަދު އަބްދުﷲ ޕީޕީއެމް: 235

06 މެއި 2017 | 19:42

ގަލޮޅު އުތުރު ދާއިރާގެ ވޯޓް ގުނަމުން ދަނީ އަނދިރީގައި

ގަލޮޅު ދަނޑުގައި ހުރި ގަލޮޅު އުތުރު ދާއިރާގެ ވޯޓް ފޮށި ގުނަމުން ދަނީ އަނދިރީގައި

06 މެއި 2017 | 19:37

ހިތަދޫ ދެކުނު ދާއިރާ- ޝަރަފުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ތިން ވަނަ ފޮށީގެ ނަތީޖާ

1. އަމިއްލަ ކެނޑިޑޭޓް: 28

2. އަމިއްލަ ކެނޑީޑޭޓް: 9

3. އެމްޑީޕީ ކެނޑިޑޭޓް: 218

4. ޕީޕީއެމް ކެނޑިޑޭޓް: 48

ބާތިލް: 4

ޖުމްލަ: 307

އެމްޑީޕީ ކެނޑިޑޭޓަކީ މުހައްމަދު ޔަސްރިފް

ޕީޕީއެމް ކެނޑިޑޓަކީ ހަސަން ނައީމް

އަމިއްލަ ގޮތުން ހުސެއިން މަމްދޫހު

އަމިއްލަ ގޮތުން މުހައްމަދު އާމިރު

06 މެއި 2017 | 19:22

ގަލޮޅު ދެކުނު ދާއިރާ ތިން ނަމްބަރު ފޮށި

1. އެމްޑީޕީ ކެނޑިޑޭޓް: 206

2. ޕީޕީއެމް ކެނޑިޑޭޓް: 158

ބާތިލް: 4

ޖުމްލަ: 368

އެމްޑީޕީ ކެނޑިޑޭޓަކީ ޝާހީން މަހްމޫދު

ޕީޕީއެމް ކެނޑިޑޭޓަކީ އަހުމަދު އިމްތިޔާޒް

06 މެއި 2017 | 19:20

ހިތަދޫ ދެކުނު ދާއިރާ- ޝަރަފުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮށީގެ ނަތީޖާ

1. އަމިއްލަ ކެނޑިޑޭޓް: 38

2. އަމިއްލަ ކެނޑީޑޭޓް: 5

3. އެމްޑީޕީ ކެނޑިޑޭޓް: 201

4. ޕީޕީއެމް ކެނޑިޑޭޓް: 35

ބާތިލް: 4

ޖުމްލަ: 283

އެމްޑީޕީ ކެނޑިޑޭޓަކީ މުހައްމަދު ޔަސްރިފް

ޕީޕީއެމް ކެނޑިޑޓަކީ ހަސަން ނައީމް

އަމިއްލަ ގޮތުން ހުސެއިން މަމްދޫހު

އަމިއްލަ ގޮތުން މުހައްމަދު އާމިރު

06 މެއި 2017 | 19:14

އައްޑޫ ސިޓީ ހުޅުދޫ ފުރަތަމަ ފޮށީގެ ނަތީޖާ

1. ޕީޕީއެމްގެ ކެނޑިޑޭޓް އަލީ މުހައްމަދު: 274 ވޯޓް

2. އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝުކުރީ: 230

06 މެއި 2017 | 18:56

ވައިކަރަދޫ ވޯޓް ފޮށި ގުނުން ހުއްޓުވައިފި

މާލޭގައި ހުރި ވައިކަރަދޫ ދާއިރާގެ ވޯޓް ފޮއްޓަށް ވޯޓްލުން ކުރިއަށް ދާތީވެ، ވައިކަރަދޫގައި ހުރި ވޯޓް ފޮށިތައް ގުނުން ހުއްޓުވައިފި

06 މެއި 2017 | 18:46

ތ. އަތޮޅު ފޮށި ގުނަމުން ދަނީ އެންމެން ބޭރުކޮށްފައި

އަމީނިއްޔާ ސްކޫލްގައި ބަހައްޓާފައި ހުރި ތ. އަތޮޅު ވޯޓް ފޮށި ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފުލުހުން ވަދެ، ރައްޔިތުން ބޭރުކުރުމަށް ފަހު. ނަމަވެސް އޮބްޒާވަރު އެތަނުގައި އެބަ ތިބި

06 މެއި 2017 | 18:38

ނ. ހޮޅުދޫ ވޯޓް މަރުކަޒުގެ ހޮޅިބުރި އަނދައިގެން ވޯޓް ގުޅުން ފަސްކޮށްފި

ނ. ހޮޅުދޫ ވޯޓް މަރުކަޒުގެ ހޮޅިބުރި އަނދައިގެން ވޯޓް ގުޅުން ފަސްކޮށްފި

06 މެއި 2017 | 18:29

ވޯޓް ފޮށި ބަންދުކުރި ރަށްތައް

ލ. އިސްދޫ, ތ. ގުރައިދޫ، ޅ. ހިންނަވަރު ގައި ބަހައްޓާފައިވާ ވޯޓް ފޮށިތައް ބަންދުކޮށްފި، ވޯޓް ގުނުން ކުރިއަށް ދަނީ

ނ. ހޮޅުދޫ، މިލަދޫ، މަގޫދޫ ވޯޓް ގުނަން ފަށާނީ 6:45 ގައި

06 މެއި 2017 | 18:29

ބައެއް ވޯޓް ފޮށިތައް ގުނަން ފަށައިފި

އިރުއޮއްސި 6:00 ގައި ބަންދުކުރި ބައެއް ވޯޓް ފޮށިތައް ގުނަން ފަށައިފި. ދެން ހުރި ވޯޓް ފޮށިތައް ބަންދުކުރާނީ 8:00 ގައި، އެ ފޮށިތައް ގުނަން ފަށާނީ 8:30 ގައި.

06 މެއި 2017 | 18:23

ކައުންސިލް އިންތިޚާބާ ގުޅިގެން މާދަމާ އަކީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅުއްވައިފި

ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އާދިއްތަ ދުވަސް(މާދަމާ) އަކީ ބަންދު ދުވަހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުއްވައިފި.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ މުވައްޒަފުން ކައުންސިލް އިންތިޚާބުގެ މަސައްކަތުގައި އުޅެން ޖެހިފައިވުމާއި ގުޅިގެން، ލުއި ފަސޭހަ އަށް ޓަކައި، މާދަމާ ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށް.

06 މެއި 2017 | 18:05

އައްޑޫ ސިޓީ ގައި ބަހައްޓާފައި ހުރި ދެ ފޮއްޓެއް ބަންދުކޮށްފި

ކުރިން 8:00 ގައި ބަންދުކުރުމަށް ނިންމާފައި އޮތް އައްޑޫ ސިޓީ ދެ ފޮއްޓެއް ބަންދުކޮށްފި. ބަންދުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލްގައި ބަހައްޓާފައި ހުރި ފޮށި.

06 މެއި 2017 | 18:05

ބ. އޭދަފުށި ވޯޓް ފޮއްޓެއް ބަންދުކޮށްފި

ބ. އޭދަފުށިގައި ހުރި F02.8.03 ވޯޓް ފޮށި ބަންދުކޮށްފި. އެފޮއްޓަށް 507 މީހަކު ވޯޓްލާފައިވާ ކަމަށް މައުލޫމާތު ލިބޭ

06 މެއި 2017 | 18:02

ޅ. ނައިފަރު ވޯޓް ފޮށި ބަންދުކޮށްފި، ގިނަ ފޮށިތަކެއް ދަނީ ބަންދުކުރަމުން

ޅ. ނައިފަރުގައި ބަހައްޓާފައި ހުރި ވޯޓް ފޮށި ބަންދުކޮށްފައި. ބައެއް ރަށްރަށާއި މާލޭގައި ބަހައްޓާފއި ހުރި ބައެއް ފޮށިތައް ދަނީ ބަންދުކުރަމުން

06 މެއި 2017 | 18:02

ބ. ކުޑަރިކިލު ވޯޓް ފޮށި ބަންދުކޮށްފި

ބ. ކުޑަރިކިލު ވޯޓް ފޮށި ބަންދު ކޮށްފި.

06 މެއި 2017 | 18:02

އައްޑޫގެ ހުރިހާ ފޮއްޓެއް ބަންދު ކުރަނީ 8:00 ގައި

އައްޑު އަތޮޅުގެ ހުރިހާ ވޯޓް ފޮއްޓެއް ބަންދުކުރަނީ ރޭގަނޑު 00 :8 ގައި

06 މެއި 2017 | 17:57

ފޮށިތައް ބަންދުކުރަން ފެށުން

ހައެއް ޖެހުމާ އެކު ބައެއް ރަށްރަށުގެ ވޯޓުފޮށިތައް ބަންދުކުރަން ފަށައިފި

06 މެއި 2017 | 17:55

ގިނަ ރަށްރަށުގައި ބަހައްޓާފައި ހުރި ވޯޓް ފޮށިތައް އަށެއްޖާއިރު ބަންދު ކުރުމަށް ނިންމައިފި

ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ރައްޔިތުން ވޯޓްލުމަށްޓަކައި ބަހައްޓާފައި ހުރި ގިނަ ވޯޓް ފޮށިތައް މިރޭ 20:00 ހައޮ ބަމްދި ލިރި،ަށް ނިންމާފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ ވޯޓް ފޮށިތައް 20:00 ގައި ބަންދު ކުރުމަށް ނިންމީ ވޯޓް ފަށަން ޖެހޭ ގަޑިއަށް ވޯޓް ނުފެށުމުން ކަމަށް ސަރަހައްދުތަކުގައި ޖަރަކާތްތެރިވާ މަންދޫބުން މައުލޫމާތުދެއެވެ.

06 މެއި 2017 | 17:52

ވޯޓުލުމުގެ ވަގުތު އިތުރު ކުރުމާއި ގުޅިގެން އެމްޑީޕީ އަދި ޖޭޕީއިން ބޭއްވި ޕްރެސް ކޮންފަރެންސް

ޑރ.ހުސައިން ރަޝީދް

  • ގާނޫނުން ވަކި ގޮތެއް ކަނޑައަޅާފައި އޮށްވާ، އެއާ ޙިލާފަށް އިލެކްޝަން ކޮމިޝަނަށް ގޮތް ނުނިންމޭނެ
  • ވަގުތު އިތުރުކުރަން ނިންމީ ނުދަންނަ ގޮތަކަށް ، ކަންބޮޑުވޭ
  • ކައުންސިލް އިންތިހާބުގައި ވޯޓު ލުމުގެ ވަގުތު އިތުރު ކުރީ ޕާޓީ ތަކާ މަޝްވަރާ ނުކޮށް
  • އިލެކްޝަނާ ކޮމިޝަނާމެދު މިހާރު އިތުބާރެއް ނެތް
  • ގާނޫނާ ޙިލާފަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން
1 / 4