ކޯޓް އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

ގާސިމް އިބްރާހީމް
މާލޭގެ މަގުމަތި ހަލަބޮލިވެފައިވާއިރު ބިދޭސީން ޖުމްހޫރީ މައިދާނުގައި
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒްގެ މޫނަށް އެސްއޯ ފުލުހުން ޕެޕާސްޕްރޭ ޖަހައިފި
އެމްޑީޕީ ސްކްޓްރީއޭޓުން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ އެމްޑީޕީގެ ނައިބް ރައީސް ޝިފާޒްގެ މޫނަށް ފުލުހުން ގިނަ އަދަދަކަށް ޕެޕާސްޕްރޭ ޖަހާފައިވާ ކަމަށެވެ.
އިހުތިޖާޖް ކުރަމުން ދިޔަ މީހެއްގެ މޫނަށް ފުލުހުން ޕެޕާސްޕްރޭ ޖަހައިފި
ސަލްސާ ރޯޔަލް ސަރަހައްދުގައި އިހުތިޖާޖު ކުރަމުން ދިޔަ މީހުން ފުލުހުން ދުރައްޖައްސައިފި
ގާސިމް އިބްރާހީމް މިނިވަން ކުރުމަށް ގޮވާލާ ސަލްސާ ރޯޔަލް ސަރަހައްދުގައި އިހުތިޖާޖު ކުރަމުން ދިޔަ މީހުން ބާރުގެ ބޭނުން ކޮށްގެން ފުލުހުން ދުރައްޖައްސައިފިއެވެ. އެގޮތުން އެ ސަރަހައްދުގައި ތިބި މީހުން ދުރައްޖެއްސުމަށްޓަކައި ފުލުހުން ވަނީ ޕެޕާސްޕޭރޭ ޖަހާފައެވެ.
ތޮއްޔިބްގެ ބަންދަށް 10 ދުވަސް ޖަހައިފި
އެޗްވަންއެންވަން ވައިރަސް އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ ފުލުހުންގެ ބްންދުގައި ބަހައްޓާފައިވާ ސޯޝިލަމް މީޑީއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމްގެ ބަންދަށް އަނެއްކާވެސް 10 ދުވަސް ޖަހައިފިއެވެ.
ސަލްސާ ރޯޔަލް ހުންނަ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު އިހުތިޖާޖު ކުރަމުން އެބަދޭ
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަގުތުން މިނިވަން ކުރުމަށް ސަލްސާ ރޯޔަލް ހުންނަ ސަރަހައްދުގައި އިހިތިޖާޖު ކުރަމުންދާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންއާއި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިތާގެ މެމްބަރު އިބްތާހީމް މުހައްމަދު ސޯލިޙް (އިބޫ) އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ދަނީ މީޑިއާތައް ކްރިމިނަލް ކޯޓު ހުންނަ ސަރަހައްދުން ދުރައް ޖައްސަމުން
ގާސިމް އިބްރާހީމް މުއްދަތު ޖެހުމަށްޓަކައި ކޯޓަށް ހާޒިރު ކޮށްފި
ކޯޓު އަމުރެއްގެދަށުން ރޭ ފުލުހުން ބަންދުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ބަންދަށް މުއްދަތުޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފިއެވެ.
ގާސިމް އިބްރާހީމްގެ މުއްދަތު ޖެހުމަށްޓަކައި އެންމެ ފުރަތަމަަ ކޯޓަށް ހާޒިރު ކުރުމަށް ހަމަޖެހިފައި އޮތީ މިއަދު މެންދުރު ފަހު 3:00 އަށެވެ. ނަަމވެސް ފަހުން ވަނީ ގަޑި ބަދަލުކޮށް 4:00 އަށް ހަދާފައެވެ.
ގާސިމް ކޯޓަށް ހާޒިރު ކޮށްފައިވާއިރު ކްރިމިނަލް ކޮޓް ހުންނަ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ. އެގޮތުން އެ ސަރަހައްދަށް އާންމުންގެ އިތުރުން ނޫސްވެރިންނަށް ވެސް ވަނުމުގެ ފުރުސަތު ފުލުހުން ދީފައެއް ނުވެއެވެ.
ޖަރުމަނު ސަރުކާރުން ކަންބޮޑުވުން ފާޅުކުރުން
ރާއްޖޭގެ ސިޔާސީ މަޝްޜަހުގައި ހިނގަމުންދާ ކަންތައްތަކާއި މެދު ޖަރުމަނުގެ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ސްރީލަންކާގައި ޖަރުމަނުގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަކަަށް އައިސް ރާއްޖޭގެ ޑިމޮކްރަސީ ނެތިގެންދާ ދިޔުމާއި މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާއި އިދިކޮޅު ފަރާތްތަކާއިމެދު ސަރުކާރުން ކަންކުރަމުންދާ ގޮތާއި މެދު ކަންބޮޑުވުން ފަާޅުކޮށްފައިވެއެވެ.
ގާސިމް އޮތީ ވަރަށް އާދައިގެ ގޮޅިއެއްގައި: ހިސާން
ދޫނިދޫގައި ގާސިމް ބާއްވަވާފައި އޮތީ ވަރަށް އާދައިގެ ގޮޅިއެއްގައި ކަމަށް، އޭނާގެ ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ. ގާސިމްގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމް ކޯޓަށް ހާޒިރުކުރާނީ 4:00 އަށް
ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި، އޭނާ ކޯޓަށް ހާޒިރުމުގެ ގަޑ ހަވީރު 4:00 އަށް ބަދަލުކޮށްފި އެވެ.
ގާސިމްގެ ގާނޫނީ ޓީމުން ބުރާސްފަތި ދުވަހުގެ ރޭ ބުނި ގޮތުގައި އޭނާ ކޯޓަށް ހާޒިރުކުރުމަށް ކަނޑައަޅާފައި އޮތީ 3:00 އަށެވެ. ނަމަަވެސް މިހާރު ކޯޓަށް ހާޒިރުކުރާނީ 4:00 އަށެވެ.
ގާސިމްގެ ދިފާއުގައި ގައުމު ތެދުވާން ޖެހޭ: ޖަމީލް
ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރީ ރައްޔިތުންނަށްޓަކައި ތެދުވެޑައިގަތުމުން ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ ދިފާއުގައި ގައުމު ތެދުވާން ޖެހޭކަމަށެވެ.
މ. ކުނޫޒް ސަރަހައްދު
ކުނޫޒް ކައިރި ކަވަރ ކުރުމަށް ދިޔަ ހުރިހާ ނޫސްވެރިންގެ ގަޔަށް ވަނީ ޕެޕަރ ސްޕްރޭ ޖަހާފަ. ތިން ނޫސްވެރިއެއްގެ ލޮލަށް އަމާޒުކޮށް ވަނީ ޕެޕަރ ސްޕްރޭ ޖަހާފަ. ކުނޫޒް ހިމެނޭ ސަރަހައްދު ދޫކޮށް ފުލުހުން ވަނީ ގޮސްފަ.
މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
ހުރިހާ ލީޑަރުންވެސް ހައްޔަރު ކުރާނެ ކަމަށް ބަލައިގެން އަޅުގަނޑުމެންގެ ޕްލޭންތައް ރާވާފައިވަނީ.
ގާސިމް ހައްޔަރުކުރުމަށް ނެރުނު ވޮރަންޓަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ ވޮރަންޓެއް ނޫން.
އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ މަޖިލީސް މެންބަރުންގެ ތާއީދު ހޯދައިގެން. މަޖިލީސް މެންބަރުގެ ތާއީދު ހޯދަމަކީ ރިޝްވަތެއް ކަމަށް ގަބޫލެއް ނުކުރަން.
މ. ކުނޫޒް ސަރަހައްދު
ކުނޫޒް ކައިރި ކަވަރ ކުރުމަށް ދިޔަ ހުރިހާ ނޫސްވެރިންގެ ގަޔަށް ވަނީ ޕެޕަރ ސްޕްރޭ ޖަހާފަ. ތިން ނޫސްވެރިއެއްގެ ލޮލަށް އަމާޒުކޮށް ވަނީ ޕެޕަރ ސްޕްރޭ ޖަހާފަ. ކުނޫޒް ހިމެނޭ ސަރަހައްދު ދޫކޮށް ފުލުހުން ވަނީ ގޮސްފަ.
ޖޭޕީ ޑެޕިއުޓީ ލީޑަރު- އިބްރާހިމް އަމީން
ރައީސް ޔާމީން އަމިއްލަފުޅަށް އެމަނިކުފާނުގެ ވެރިކަން މިހާރު އެދަނީ ހަތަމްކުރަމުން. ގާސިމް ވަނީ އެކި ކަންކަމުގައި ޔާމީނަށް އެހީތެރިކަން ފޯރުކޮށްދީފަ. މި ހިނގާ ގޮތް ވަރަށް ގާތުން ދިސާރާކުރަމުން ތައުލީމީ ގާބިލް މީހުން އެބަތިބި. ގާސިމް ހިފާ ހައްޔަރުކޮށްގެންނެއް ގާސިމް ކުރާ މަސައްކަތެއް ހުއްޓައެއް ނުލެވޭނެ.
ޖޭޕީ ޑެޕިއުޓީ ލީޑަރު- އަމީން
ވެރިޔަކަށް ހުރި މީހާ ވަނީ ހޭބުއްދިފިލައިގެން ގޮސްފަ. ދިވެހި ރައްޔިތުން ގާސިމަށް ކުރާ ތުހުމަތުތަށް ގަބޫލެއް ނުކުރައްވާނެ. ސަރުކާރުން މިގޮތަށް ކަންތައް ކުރިއަށްގެންދަނީ ވޯޓުތަކުން ބަލިވާނެ ކަން ޔަގީން ކުރުމުން.
ސަރުކާރުން ކުރިއަށްގެންދާ ކޮރަޕްޝަނާއި ފަސާދައިގެން ކަންކަން ރައްޔިތުންނަށް އެއްދުވަހުން އަނެއް ދުވަހަށް ދާނީ ސާފުވަމުން.
ގާނޫނީ ވަކީލް-ހިސާން ހުސައިން
ގާސިމްއަށް ތުހުމަތު ކުރާ ހުރިހާ މައްސަލައަކަށް އޭނާ ވަނީ އިންކާރުކޮށްފަ.
ދޫނިދޫއަށް ގެންދިއުމަށް ފަހު، ފުލުހުންގެ ގެންގުޅުއްވާ އުސޫލަކީ، ފަސް ގާނޫނީ ވަކީލުންނަށް ހައްޔަރުކޮށްފައިވާ މީހުންނާއި ބައްދަލުކުރެއްވުން.
ޖުމްހޫރީޕާޓީގެ ސެކެޓްރީ ޖެނެރަލް- ސަމީރު
މިއަދު ސަރުކާރުން ހައްޔަރުކުރީ ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރު ބަލިވެދާނެތީ.
ގާސިމް ކުއްލިގޮތަކަށް ޖަހައިގަނެގެން ދާނެހެން މިވަނީ ހައްޔަރުކޮށްފަ. ގާސިމް މިހާރުވަނީ ގާނޫނީ ޓީމާ ބައްދަލުކޮށްފަ. މާދަމާ ހެނދުނު 09:00 އިތުރު ބައްދަލުވުމެއް ގާނޫނީ ޓީމާއެކު ބޭއްވުމަށް ވަނީ ހަމަޖެހިފަ. މާދަމާ މެންދުރު ފަހު 03:00 ގައި ބުއްދަތު ޖެހުމަށް ކޯޓަށް ގާސިމް ގެންދިއުމަށް ވަނީ ހަމަޖެހިފައި
މ. ކުނޫޒް ސަރަހައްދު
ކުނޫޒް ސަރަހައްދުގައި ތިބި ފުލުހުން އެސަރަހައްދުން ދުރު ކުރުމަށް ޝީލްޑް ބޭނުންކޮށްގެން ހަރަކާތްތެރިވަނީ
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޓްވީޓް
ރައީސް މައުމޫން ވަނީ ގާސިމް ހައްޔަރު ކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، ޓްވީޓްކޮށްފަ.
މ.ކުނޫޒް ސަރަހައްދު
ފުލުހުން ޝީލްޑާއި އެކު ކުނޫޒް ސަރަހައްދުގައ ދަނީ ހަރަކާތްތެރިވަމުން. ހުރިހާ ނޫސްވެރިންނަށް ކުނޫޒް ސަރަހައްދުގައި ހިނގާ ހަރަކާތްތައް ނުފެންނަ ގޮތަށް ކުނޫޒް ކައިރީ ހުންނަ ހަނި ގޯޅީގައި ތިބުމަށް ފުލުހުން އަންގައިފި.
އިދިކޮޅު ފަރާތްތަކުން ކުރިޔަށްގެންދާ ހަރަކާތް
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ދޫކޮށްލުމަށް ގޮވާލާ އިހްތިޖާޛު ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފި.
މ. ކުނޫޒް ސަރަހައްދު
ޝީލްޑްތައް ހިފައިގެން ފުލުހުންގެ ވެހިކަލްތައްވެސް ވަނީ ކުނޫޒް ސަރަހައްދުގައި.
މ. ކުނޫޒް ސަރަހައްދު
އިތުރު ފުލުހުން ކުނޫޒް ސަރަހައްދަށް ޖަމާވެއްޖެ.
އެސްއޯ ފުލުހުންގެ އިތުުރު ގްރޫޕެއް އައިސްފައިވަނީ. ފުލުހުންދަނީ އެ ސަރަހައްދުގައި ތިބި މީޙުންނަށް ޕޭމެންޓް މައްޗަށް އެރުމަށާއި އެސަރަހައްދު ހުސް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން.
މ.ކުނޫޒް ކައިރިޔަށް މީހުން އެއްވެފައި
ގިނަ އަދަދެއްގެ ފުލުހުން މ. ކުނޫޒް ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން. އެއްވެފައިވާ މީހުންގެ ވަޔަށް ފުލުހުން ޕެޕަރ ސްރޭ ޖަހައިފި
އިންތިހާބެއްގައި ވާދަކުރުމަކީ ރައީސް ޔާމީން މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެއް ނޫން- މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
ގައުމު އިސްލާހު ކުރުމަށް ބޭނުންވާ ބޭފުޅުން އަތާއަތް ގުޅައިގެން މަސައްކަތް ކުރަން ގޮވާލަން.
މަޖިލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ. ރަައީސް ޔާމީނާއި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބެލެވޭ އެންމެން އެމަނިކުފާނު ދަނީ ހައްޔަރު ކުރަމުން
އަޅުގަނޑު ގަބޫލުކުރަން މަޖިލީހުގެ ރިޔާސަތު ބަދަލު ކުރުމަށް. ރިޔާސަތު ބަދަލުކޮށްގެން ނޫނީ، މަޖިލީހުގެ ތެރެއިން ރަގަޅު މަސައްކަތްތަކެއް ނުފެންނާނެ
މެންބަރު އަބްދުﷲ ރިޔާޒް
މީހަކު ބަންދުކުރުމުގެ ކުރިން އެވިޑެންސް ހޯދަން ޖެހޭނެ. މި މައްސަލައަކީ ގާސިމް ވަރަށް ބޮޑަށް އެއްބާރުލުންދެންވާ މައްސަލައެއް. ނިންމާފަ ޕީޖީއަށް ފޮނުވާފައިވާ މައްސަލައެއްގައި ފުލުހުންގެ ބޭނުމަށް އެމައްސަލަ ގެންދަވާފަ ދެން ހައްޔަރު ކުރުމަށް އަމަރު ކުރީމަ މިއީ ސަރުކާރުން ބޭނުންވާ ގޮތަށް ނިންމަން ވެގެން ކުރާ ކަމެއް.
ތަހުގީގަށް ހައްޔަރުކުރަން ޖެހޭ ސަބަބުތަކެއް އޮވޭ.
އެއްވެސް ފުލުހަކު ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ފަނޑިޔާރުންނަކީވެސް ހަމަހަމަކަމާ އަދުލްވެރިކަމާ އެކު ކަންކަން ކުރަންޖެހޭ ބަޔެއްކަމަށް ގަބޫލު ކުރަނީ. ގާނޫނީ ބާރު ލިބިފައިވާ ބޭފުޅުން ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލަން. މެން
އަލީ ޒާހިރު- އަދާލަތު ޕާޓީ
ގާނޫނުން ބޭރުން ކުރާ މަސައްކަތްތައް ބެލޭނެ ދުވަހެއް ކޮންމެވެސް ދުވަހަކުން އަންނާނެ. އަޅުގަނޑުމެންނަށް ޝައްކެއް ނެތް މިންވަރަށް އެނގޭ މިނިވަން މުއައްސަސާތަކަށް ބިރުވެރިކަން ކުރިމަތިވެފައިވާކަން.
މިގޮތަށް ގާސިމް އިބްރާހިމާ މެދު ކަންތައްވާނެ ގޮތް ކުރިންވެސް އަޅުގަނޑުމެންނަށް ވަނީ އަންދާޒާކުރެވިފައި.
މި ސަރުކާރުން ކުރާ ނާތަހުޒީބީ އަމަލެއް. ރައްޔިތުން ބޭނުން ނުވާގޮތަށް ވެރިކަމެއް ނުހިންގޭނެ
މަޖިލީހުގެ އަޣުލަބިއްޔަތު މަޖިލީހުގައެއް ނެތް.
މެންބަރު ފާރިސް މައުމޫން
ތަހުގީގެއް ކުރި ނަމަވެސް ގާނޫނުގެ ތެރެއިން ކަންކަން ކުރުން. ގާސިމް އިބްރާހިމަށް މިފަދަ ދެރަ ގޮތެއް ދިމާވުމުން، އެމަނިކުފާނުގެ ހައްގުގައި ހުރިހާ ފަރާތްތަކުން ތެދުވުމަށް ގޮވާލަން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނޫސްވެރިންގެ ބައްދަލުވުން
އަބްދުﷲ ރިޔާޒް
ގާސިމް ހައްޔަރު ކުރުމުގައި ހައްޔަރު ކުރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަ ހުރި. މުޅިން އާ ތަހުގީގު ޓީމެއް ގޮވައިގެން މި މައްސަލަތައް ބަލަން ފެށުމުން އެނގެނީ ވަކި ގޮތަކަށް މައްސަލަތައް ނިންމުމަށް ކަމަށް ބެލެވޭ. ދެ އެހެން ބޭފުޅެއް ހައްޔަރު ކުރިޔަސް، ހުރިހާ ޕާޓީއަކުން، މި ކުރާ މަސައްކަތް ސާބިތުކަމާ އެކު ކުރިއަށް ގެންދިޔުން.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އަދިވެސް އޮތޯ ކުރިޔަށް.
އެމްޑީޕީ ގައުމީ މަޖިލީށް
ސީދާ ހަރަޔާތް ހިއްގުމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި
އެމްޑީޕީ ގައުމީ މަޖިލީސް- ޝިފާގެ ވާހަކަ
އެމްޑީޕީއަކީ އިންސާފު ހޯދަން އަބަދުވެސް މަސައްކަތް ކުރާ ޕާޓީއެއް. ރައީސް ޔާމީނަށް ގޮވާލަން، ހުރިހާ ލީޑަރުން ހައްޔަރު ކުރިޔަސް މަނިކުފާނު ހުންނާނީ ހަމަ ތި ބިރުވެރިކަމުގައި. ޔާމީނަށް އިތުބާރު ކުރެވޭ މީހެއް ނެތް މަންޒަރު ފެނިގެންދަނީ.
މާފަންނު ހުޅަނގު ދައިރާގެ މެންބަރު މުހައްމަދު ފަލާހު
ސީދާ ހަރަކާތުން އަޅުގަނޑުމެން ކަންކަން ކާމިޔާބު ކުރާނަން. ސިޔާސީ ހައްޔަރީންނާ ވެރިން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނަން.
ގާސިމް ހައްޔަރުކުރުން ޓްރޭޑް ޔޫނިއަނުން ކުށްވެރިކޮށްފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުން، މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ. މިގޮތަށް ގޯނާކުރުން ހުއްޓާލަން ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު އީސާ
ރައީސް ޔާމީނުގެ ވެރިކަން ނޭވާ ހޮޅިޔަށް އެޅޭ މަންޒަރު ފެނިގެންދަނީ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ރައީސް ޔާމީން ބަލި ކުރާނަން. ގާސިމް އިބްރާހިމް އާއި އެކު ދޫނިދޫއަށް ދާން ތައްޔާރަށް. މި ވެރިކަން ބަދަލު ކުރަން ޖެހޭ. ރައްޔިތުންގެ ވެރިކަން މިއަދު ދިފާއުކުރަން ޖެހޭ.
ދުވަހަކުވެސް ހައްޔަރުވާން ތައްޔާރު ނުވާ ވަރަށް މިއަދު މިހިރީ ހައްޔަރުވާން ތައްޔާރަށް
އެމްޕީ އިމްތިޔާޒް ފަހުމީ
ގާސިމް އިބްރާހިމްގެ ހައްޔަރަކީ އެއްވެސް މީހެއް ގަބޫލު ކުރާނެ ހައްޔަރެއް ނޫން. އެއްވެސް އަސާސެއްގެ މައްޗަށް ހިނގި ކަމެއް ނޫން. ގާސިމް ވިދާޅުވެފައިވަނީ، ގައުމަށްޓަކާ މަސައްކަތް ކުރުމަށް ނިކުންނަ މީހުންނަށް އެހީތެރިވެދެން. އެއީ ރިޝްވަތު ދިނުމެއް ނޫން.
އެމްޑީޕީ ގައުމީ މަޖިލީސް ޖަލްސާ
ނޮޅިވަރަމް ދައިރާގެ މެންބަރު އިބްރާހިމް ވަހީދު ހުށަހަޅާ ގަރާރު
ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމާ ދެކޮޅަށް ސީދާ ހަރަކާތް ފެށުމަށް ނިންމާއިފި