ކޯޓް އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

ގާސިމް އިބްރާހީމް
ޔާމީނަށް ތާއީދު ކުރި، ކޮންމެ ޕޯޑިއަމް ގެ ދިހަ ޕޯޑިއަމްގައި އެމަނިކުފާނަށް ފާޑުކިޔާނަން.
ޔާމީނަށް ތާއީދު ކުރި، ކޮންމެ ޕޯޑިއަމް ގެ ދިހަ ޕޯޑިއަމްގައި އެމަނިކުފާނަށް ފާޑުކިޔާނަން. މިހާރު މިތިބީ، ހައްގު ބަސް ބުނަން ނުކެރޭ ހާލަތުގައި. މިފަދަ ވެރިކަމެއް ކުރާ ތަނެއްގައި ފަސާދައަށް މަގުފަހިވެގެންދާނެ
ތޮއްޑޫ ދައިރާގެ މެންބަރު އިބްރާހިމް ހަސަން
އެއްވެސް ފުރުސަތެއް ނުދެއްވާ، ކޮމިޓީއަށް ވަޑައިގެންނެވި އިރު ހުރިހާ ކަމެއް ނިންމާފައި އޮތީ. މަޖިލީހުގެ ރައީސް ޔާމީނަށް ތާއިދު ކުރާމެންބަރުންނަށް، ރަގަޅަށް ބެލުމަށްފަހު ހެޔޮ މަގަށް ރުޖޫއަވާށޭ.
ބިރުދެއްކުމަކީ ޓެރަރިޒަމްގެ ދައުވާ ކަމުގައިވާ ނަމަ އެންމެ ބޮޑު ޓެރަރިޒަމްގެ ދައުވާއެއް ކުރަންޖެހޭނީ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް.
ހުރިހާ ދިމާލަކުން ވެހިކަލް ދުއްވުން ބައްދުކޮށް. ރައީސް ޔާމީންގެ ބާކީ އޮތް ދެ އަހަރު، ގާސިމް ކުރެއްވި މަސައްކަތުގެ ހެކި ނައްތާލަން މަސައްކަތް ކުރި ނަމަ ވެސް އެހި ނައްތައެއް ނުލެވޭނެ.
ރައްޔިތުންނަކީ މިގައުމުގެ ވެރިން- މާރިޔާ
ރައީސް ޔާމީން އެ ފައްތަވަން އުޅެނީ އޮޔާ ވަޔާއި ދެކޮޅަށް. މިކަން މާގިނަ ދުވަހު ނުހިފެހެއްޓޭނެ. މިހާރު ފެނިގެންދަނީ ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަމުންދާ މަންޒަރު.
މި ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރި އިރު ތަހުގީގަށް ހައްޔަރު ކުރުމުގެ މައްސަލަ ފެނިފައިވަނީ. އެގޮތަށް އިސްލާހު ގެނައުމުން ހައްޔަރުކޮށްގެން ތަހުގީގު ކުރުމުގެ މައްސަލަ ނިމޭނެ ކަމަށް އަޅުގަނޑުމެންނަށް ހީވީ. އެހެން ނަމަވެސް މިއަދުވެސް ފެނިގެންދަނީ، ތަހުގީގަށް ހައްޔަރުކުރަމުންދާ މަންޒަރު.
ދުވަހުން ދުވަހަށް ކަންކަން ދަނީ ގޯހުންގޯހަށް. މަޖިލީހުގެ މުޅި ނިޒާމު ގެއްލިފައިވަނީ. މިއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހެއް ނޫން. ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖެހޭ މަންޒަރު މިއަދު ފެނިގެންދަނީ. އެއްވެސް ޕްލޭނެއް ނެތި ކަންކަން ކުރަމުންދާ މަންޒަރު ފެނިގެންދަނީ
ގާނޫނު އަސާސީ ހިމާޔަތް ކުރަން މިއަދު ނުނިކުމެއްޖެ ނަމަ ގާނޫނު އަސާސީ ވަރަށް އަވަހަށް އަޅުގަނޑުމެންގެ އަތުން ބީވެގެން ހިގައިދާނެ
ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާ
މެންބަރު މާރިޔާ އަހްމަދު ދީދީ
ގައުމެއްގެ ހަޔާތުގައި އަންނާނެ ހިދުކޮޅެއް. އެ ހިދުކޮޅުގެ ތެރޭގައި އިހުތިޔާރު ކުރަން ޖެހޭނެ ގޮތް ނިންމަންޖެހޭ.
މިއަދު ގައުމު ދަނީ ނުބައިމަގަކުން. ގާނޫނު އަސާސީން ލިބިދޭން ޖެހޭ ހައްގުތަކަށް އަރައިގަނެފައިވަނީ. ގާނޫނު އަސާސީ އޮތީ އެއް ފަރާތްކޮށްފަ. އަދި އުސޫލުތައް ގެއްލުވާލައިގެން ކަންކަން ކުރަމުން އަންނަނީ. މިއަދު ފެނިގެންދަނީ ގައުމު ހަލާކާ ދިމާލާ ދާތަން.
މި ރާއްޖޭގައި މިހާރު އެންމެ ފަހުން ޕާޓީއެއްގެ ލީޑަރެއްގެ ގޮތުގައި ސަލާމަތުން ހުރި ލީޑަރުވެސް މިހާރު އެހެނީ ދޫނިދޫގަ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރު ކުރެވޭނެ ގޮތް އިމްތިހާޒު ގާނޫނުގައި ވަނީ ބަޔާންކޮށްފަ.
އަޅުގަނޑުމެންނަށް ފެނިގެންދަނީ، ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ގެނެސްފައި
މިހާރު އުޅެނީ ވޯޓަކާ ހިސާބަކަށް ދާން ނުކެރިގެން- އިބޫ
މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް، ފެންނާނެ ގޮޑި ހުސްވާ މަންޒަރު. ބައްލަވަން ތިއްބަވާ. މިކަން ލަހެއްވެސް ނުވާނެ. މިއީ އެންމެ މެންބަރު އިދެގެންވެސް ނިންމޭ މައްސަލައެއް. އެހެންވީމާ މިއީ ގާނޫނާ ގަވައިދާ ހިލާފު ކަމެއް.
މެންބަރު ފާރިސް
މަޖިލީހުގެ ރިޔާސަތުން ކަނޑައަޅަނީ މައްސަލަތައް އެޖެންޑާކުރާ ގޮތް. އަދި މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން ފުށޫއެރުންތަކެއް އެބަހުރޭ. މާދަން މައްސަލަ އަކީ ވޯޓު ނެގެންޖެހޭނެ ކަމެއް ނޫން. އަދި މާދަމާ ބާއްވާ ޖަލްސާގެ ރިޔާސަތު ނުތިބެވޭނެ.
މެންބަރު އިބޫ
ދައުރުފެށުނީސުރެ މަޖިލީހުގެ ހިންގާ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި. އަދި މަޖިލީޙުގެ ރައީސްގެ ގަވައިދު މަޖިލީހުގެ ރައީސް އަމިއްލައަށް ކޮމިޓީއަށް އިސްލާހު ހުށަހަޅާއިގެން އެމަނިކުފާނު ބޭނުންވާ އިސްލާހުތައް އަންނަނީ ހުށަހަޅަމުން.
އަލީ ޒާހިރު
42 މެންބަރުންގެ ސޮއި ހުށަހަޅަންޖެހޭ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް ނިންމަނީ، އިދިކޮޅު ފަރާތްތަކަށް އެވަރަށް ވޯޓު ނުލިބިދާނެތީ ސަރުކާރަށް ހީވުން. އެހެން ނަމަވެސް މިކަން އަޅުގަނޑުމެން ކާމިޔާބު ކުރާނަން.
އަދި މިގޮތަށް ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަމަލުތައް ހުރުމުން އެނގޭ ސަރުކާރު ބަލިކަށިވެފައިވާ މިންވަރު.
އަދި މިއަދު މަޖިލީހުގެ ރައީސް އަމިއްލަޔަށްވެސް އެބަޖެހޭ މަޤާމުން އިސްތިއުފާދެއްވަން. ރައްޔިތުންތަކެއް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ގޮވާލަމުންދަނީ.
މެންބަރު އަބްދުﷲ ރިޔާޒް
ފްރޭމްކޮށްގެން މީހުންނަށް އަނިޔާވެރި ނުވާށޭ އަޅުގަނޑުމެން މިގޮވާލަނީ. ރައިސްގެ މައްސަލަ ބަލައިގެންފައި މަޖިލީހުގެ ގަވައިދު ބަދަލު ކުރުމަށް މި ނިންމަނީ. ބާރުގެ ބޭނުންކޮށްގެން މިއަދު އެ ބޭނުންވާ ކަމެއް ވެދާނެ. އެހެން ނަމަވެސް އެކަމެއް ސައިޓެއިނެއް ނުކުރެވޭނެ. މަޖިލީހުގެ ތެރެއިން ގިނަ މީހުން މަޖިލީހުގެ ތެރެއިން ހިނގާ ކަންކަމާ މެދު ހިތްހަމައެއް ނުޖެހޭ. އަދި ޕީޕީއެމްގައި ތިބި މެންބަރުންގެ ތެރެއިންވެސް އިސްލާހު ބޭނުންވާ މެންބަރުން އެބަތިބި.
ސަރުކާރު ތަމްސީލު ކުރާ ވާހަކައެއް ނޫން މަޖިލީހުގެ މަސްއޫލިއްޔަތު ގޮތުގައި ނިންމާފައިވަނީ. އެހެން ނަމަވެސް ގައުމަށް ބޭނުންވާ ކަންކަން ކުރުމަށް ނިންމާފައިވަނީ.
މެންބަރު އަބްދުﷲ ރިޔާޒް.
މަޖިލީހުގެ ގަވައިދަށް ބަދަލުގެނެސްފައިވަނީ، ގާނޫނު އަސާސީއާ ހިލާފަށް. މަސީހު މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ތިބި މީހުން ޕީޕީއެމްގެ ތެރޭގައި އެބަ ތިބި. މިއީ ހުދުމުހުތާރު ނިންމުމެއް ކަމަށް އަޅުގަނޑު ދެކެން.
ގާސިމް ހުންނެވީ ހެޔޮހާލުކޮޅުގައި. އަޒުމްވަރުގަދަކޮށް. އިސްލާހީ މަސައްކަތާއިގެން ކުރިއަށް ދިއުމަށް . އެމަނިކުފާނު ހުންނެވީ ވަރަށް ވަރުގަދަ ކޮށް. މިހާރު ހަތަރު ލީޑަރުން ގައުމު އިސްލާހު ކުރުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ގާސިމް ހައްޔަރު ކުރީ.
ފުލުހުންނަށް ގާސިމް ހައްޔަރު ކުރުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއްކަން އެނގޭ އިރު އަދިވެސް ގާސިމް ބަންދުގައި ފުލުހުން ބަހައްޓާފައު ހުރުކަމީ އަޅުގަނޑު ކުއްވެރި ކުރާ ކަމެއް.
ގާސިމް މިހާރުން މިހާރަށް ދޫކޮއްލަން ގޮވާލަން- ފާރިސް
ގާސިމް އިބްރާހިމް އެއްވެސް ގާނޫނީ އުސޫލެއްނެތި އައިލާއާއި ދުރުގައި ހުރުމަކީ ކޮންމެސް ބަޔަކު ޒިންމާ ނަގަންޖެހޭ ކަމެއް. އެފަދަ ކަންކަމަށް ގާނޫނު އަރާ ހަމަކުރާނެ. ގާސިމް މިހާރުން މިހާރަށް ދޫކޮއްލަން ގޮވާލަން
މެންބަރު ފާރިސް މައުމޫން
މިފަހަރު މަޖިލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހަޅަންޖެހޭނީ، ގަވައިދު ބަދަލުކޮށްގެން ވަކި ގޮތަކަށް ކަމަށް ބުންޏަސް މިކުރާ މަސައްކތް ނުހުއްޓާނަން.
ވަހިހަމަ 42 މެންބަރުން ވިޔަސް. އެއަށްވުރެ ގިނަ މެންބަރުންވެސް.
ރޯލް ކޯލް ވޯޓުގެ ގޮތުގައި ދެންވެސް މަޖިލީހުގެ ރައިސް ގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަސައްކަތް ކުރާނީ ދެން ފަހަރަކުންވެސް. އެހެން ނަމަވެސް ރޯލް ކޯލް ނަގަން ނުޖެހޭ ހާލަތެއްގައި އެފަދަ ގޮތަކަށް ވޯޓު ނުނެގޭނެ ކަމަށް ގޮވާލަން.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން
އިބްރާހިމް މުހައްމަދު ސޯލިހު
މެންދުރު (1:50 ހާއިރު މަޖިލީހުގެ ރައީސުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ވަނީ ހުށަހަޅާފަ. އަދި ކުއްލި ގޮތަކަށް މަޖިލީހުގެ އާއްމުކޮމިޓީގެ ބައްދަލުވުމެއް ބާއްވާ، 04:30 ގައި ބާއްވާ މަޖިލީޙުގެ ގަވައިދާ ބަދަލު ކުރުމަށް ވަނީ ނިންމާފައި
އަދި މާދަން ވަނީ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ވަނީ ނިންމާފަ. އާއްމުކޮށް މަޖިލީސް ބާއްވާ ގަނޑިޔާ ހިލާފަށް މިފހަރު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 11:00 ގައި
ގުޅިފައިވާ ކޯލިޝަންގެ ޖަލްސާ
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޢަބްދުﷲ ރިޔާޒް:
މިހާރު ހުންނެވި ހޯމް މިނިސްޓަރަކީ ފުލުހުންގެ ކަންކަން މާ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫން. ހެދުނީ ގޯހެއްކަން މިނިސްޓަރަށް އެނގިލައްވާނެ. ރައީސަށްވެސް އެނގިލައްވަނެ. ކޯޓުތަކަށްވެސް އެނގިލައްވާނެ. ކޯޓުތަކުން ޤާސިމް ދޫކޮށްލަން މިރޭން މިރެއަށް އަމުރުކުރަން ޖެހޭ.
ގުޅިފައިވާ ކޯލިޝަންގެ ޖަލްސާ
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޢަބްދުﷲ ރިޔާޒް:
ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ އަމުރެއް އޮވެގެން ވިޔަސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ދޫނިދޫގައި ބަހައްޓާފައި އެހުރީ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް. ފުލުހުންނަށްވެސް މިހާރު އެކަން ވިސްނޭ. އެކަން ހައްލުކުރެވޭނީ ޤާސިމް ދޫކޮށްލައިގެން. އެހެންކަމުން ޤާސިމް މިނިވަން ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ގޮވާލަން.
ގުޅިފައިވާ ކޯލިޝަންގެ ޖަލްސާ
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޢަބްދުﷲ ރިޔާޒް:
ރާއްޖެ އިސްލާހު ކުރުމަށް ސިޔާސީ 4 ލީޑަރުން ފެއްޓެވި މަސައްކަތަށް މަރުޙަބާ ދަންނަވަން. ސިޔާސީ ގޮތުން ބާރުވެރިވާން ހުރިހާ ސިޔާސީ ލީޑަރުންވެސް ބޭނުންވާނެ، ނަމަވެސް ޑިކްޓޭޓަރޝިޕަކަށް ގޮސްފައިވާ މި ޤައުމު ހަމަ މަގަށް އެޅުވުމަށް އެންމެ ފުރަތަމަ ޤައުމު އިސްކުރުމުން ރައީސް ޔާމީނަށް ވަރަށް އުނދަގޫފުޅުވާނެ.
ގުޅިފައިވާ ކޯލިޝަންގެ ޖަލްސާ
ޖޭޕީ ހިތަދޫ ގޮފީގެ ރައީސް ޙުސައިން ސޯލިޙްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި މިވަގުތު ގޯސްކޮށް ހިނގަމުންދާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފަ. އެގޮތުން މަސްވެރިންނާއި މެދު ސަރުކާރުން ވަރަށް އިހާނެތިކޮށް ކަންކުރާކަން ފާހަގަކުރައްވާ، ސޯލިޙު ވިދާޅުވީ، މަސްކިރުމުގައި މިހާރު އަމަލުކުރަމުން ދަނީ މަސްވެރިން އަލުވެތިކޮށްގެން އަނިޔާކުރާ އުސޫލުން ކަމަށް.
ގުޅިފައިވާ ކޯލިޝަންގެ ޖަލްސާ
ޖޭޕީ ހިތަދޫ ގޮފީގެ ރައީސް ޙުސައިން:
ރައްޔިތުން ނިކަމެތި ކުރުމަށް މި ސަރުކާރުން ކުރެއްވި ފުރަތަމަ ކަމަކީ ރައްޔިތުންގެ ޖީބު ކޮށާލައި ރައްޔިތުން ނިކަމެތިކުރުން. ސަރުކާރުގެ ބޭނުމަކީ ވޯޓަށްވުމުން، ދޭ ފައިސާގައި ހިފަން ރައްޔިތުންނަށް މަޖުބޫރުކުރަން.
ގުޅިފައިވާ ކޯލިޝަންގެ ޖަލްސާ
ޖޭޕީ ހިތަދޫ ގޮފީގެ ރައީސް ޙުސައިން:
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ތާޢީދު ހޯދުމަށް މަކަރާއި ހީލަތުން ވާހަކަ ދައްކަވައިގެން.
ގުޅިފައިވާ ކޯލިޝަންގެ ޖަލްސާ
ޖޭޕީ ހިތަދޫ ގޮފީގެ ރައީސް ޙުސައިން:
ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ މިއަދު ލަދުގަނޭ. މަޢާފަށް އެދެން.
ގުޅިފައިވާ ކޯލިޝަންގެ ޖަލްސާ
ވައިކަރަދޫ ދާއިރާގެ މެންބަރު ނާޒިމް:
އާއިލާއެއް ތިމާގެ މީހެއް ބަލާނެ ކަމެއް ނެތް. ވިސްނަންވީ ޤައުމު އިސްލާޙުކުރަން
ގުޅިފައިވާ ކޯލިޝަންގެ ޖަލްސާ
ވައިކަރަދޫ ދާއިރާގެ މެންބަރު ނާޒިމް:
ކައުންސިލްތަކަށް ކުރިމަތިލާފައިވާ ބައެއް ކެނޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ އިސްލާޙީ މަސައްކަތާއި ގުޅޭނެ ކަމުގެ ޔަޤީންކަން ދީފަ.
ގުޅިފައިވާ ކޯލިޝަންގެ ޖަލްސާ
ވައިކަރަދޫ ދާއިޜާގެ މެންބަރު ނާޒިމް:
އެންމެ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން. މަޖިލީށް ތެރެއިން އިސްލާހީ މަސައްކަތް ކާމިޠާބު ކުރެވޭނެ.
ގުޅިފައިވާ ކޯލިޝަންގެ ޖަލްސާ
ވައިކަރަދޫ ދާއިރާގެ މެންބަރު ނާޒިމް:
ޤާސިމް ހައްޔަރުކޮށްފައިވަނީ، ޤާނޫނުތަކާއި، މެންބަރުންގެ އިމްތިޔާޒު ޤާނޫނާ ޚިލާފަށް. އަމަލު ހިންގި އެންމެން ޒިންމާ ނަގަންޖެހޭނެ.
އަލީމްގެ ގެ ބަލާ ފާސްކުރުމަށް ފަހު އޭނާ ގޮވައިގެން ފުލުހުން ހިނގައްޖެ
އަލީމް ފުލުހުގް ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށް މައުލޫމާތުލިބޭ އަދި މިހާތަނަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ
ރައީސް މައުމޫނު ފެކްޝަންގެ އެސްޖީ އަބްދުލް އަލީމްގެ ފޯނު ފުލުހުން އަތުލައިފި
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިފައިވާ ގޮތުގައި އަލީމްގެ ގެ ފާސްކުރުމުގެ ކޯޓް އަމުރެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.
ޕިޕީއެމް ރައީސް މައުމޫނުގެ ފެކްޝަންގެ ނައިބު ލީޑަރު އާމިނަތު ރާދިރާ ވިދާޅުވީ، ފުލުހުން އަލީމްއާ އެކު އޭނާގެ ގެ ބަލާ ފާސްކުރުމަށް މިހާރު އެ ގެއާދިމަށް މިސްރާބު ޖަހާފައިވާ ކަމަށެވެ.
ރައީސް މައުމޫންއާ ގާތް ގުޅުމެއް އޮންނަ އަފްރާތު ހައްޔަރު ކުރުމށް ފަހު ދޫކޮށްލައިފި
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ގާތް ގުޅުމެއް އޮންނަ އިބްރާހީމް އަފްރާތު ހައްޔަރު ކުރުމަށް ފަހު ދޫކޮށޑްލައިފިއެވެ.
އަފަރާތު ހައްޔަރު ކޮށް ދޫކޮށްލި ނަމަވެސް އޭނާ ހައްޔަރު ކުރިކަން ފުލުހުންގެ ކަޝްވަރު ކޮށްދީފައެއް ނުވެއެވެ.
އަފްރާތު ހައްޔަރު ކޮށް ދޫކޮށްލާފައިވާއިރު ބުރާސްފަތި ދުވަހުގެ ރޭ ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަނީ އޭނާގެ ގެ މއ ގުލްޝަންކިނާރާ ބަލާފާސްކޮށްފައެވެ.
މއ ގުލްޝަންކިނާރާ ފާސްކުރުމަށް ފުލުހުންގެ މަށްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ގެ ބަލާ ފާސްކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުނީ ރަޝްވަތުދީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ ކަަމށް ތުހުމަތު ކޮށްގެންނެވެ.
މީގެއިތުރުން އެ ކޯޓް އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ނުފޫޒް ފޯރުވާ ރިޝްވަތު ހުށަހަޅަމުންދާ ކަމަުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ސިޔާސީ ފަރާތްތަކުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ފަދަ މިނިވަން ބާރަކަށް ނުފޫޒް ފޯރުވުމަށް ކުރާ މަސައްކަތުގައި ސިޔާސީ ފަރާތްތަކާ ބައްދަލުކޮށް އެފަދަ ފަރާތްތަކަށް ފައިސާ ހަވާލު ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ އިބްރާހީމް އަފްރާތު ކަމަށެވެ.
ކުނޫޒް އަށް ފުލުހުން ވަދެ އެތާ ތިބި މީހުންގެ ގަޔަށް ފެޕާސްޕްރޭ ޖަހައިފި
އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތްތައް ހިންގާ ޖުމްހޫރީ ޕާޓީގެ ޖަގަހަ މ ކުނޫޒް އަށް ފުލުހުން ވަދެ އެތާ ތިބި މީހުންގެ ގަޔަށް ޕެޕާސްޕްރޭ ޖަހައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޖޭޕީ ސެކްޓްރީ ޖެނަލް އަހުމަދު ސަމީރު ވިދާޅުވީ ފުލުހުން ކުނޫޒް ތެރެއަށް ވެދދެ އެތާ ތިބި މީހުންގެ ހަަތށް ޕެޕާސްޕްރޭ ޖެހީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލާ ކަމަށެވެ.
ސަމީރު ވިދާޅުވީ ޕެޕާސްޕްރޭ ޖެހިއިރު ތައްޔާރު ވަމުން ދިޔައީ ޖަލްސާ ފެށުމަށް ކަމަށާއި ނަމަވެސް ފުލުހުން ޕެޕާސްޕްރޭ ޖެހުމުގެ ސަބަބުން ޖަލްސާ ފެށުން ލަސްވި ކަމަށެވެ. އަދި ޕެޕާސްޕްރޭ ޖެހުމުގެ ސަބަބުން ބައެއް މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދޭން ޖެހުނު ކަމަށް ސަމީރު ވިދާޅުވިއެވެ.
ފުލުހުން ކުނޫޒް އަށް ވަދެ ޕެޕާސްޕްރޭ ޖެހި ސަބެއް ސާފްކުރުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަސް ގުޅާލުމުން ވިދާޅުވީ ކަން ހިނގި ގޮތް ބެލުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ.
މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ގާސިމްގެ މައްސަލަ ހުށަހަޅައިފި
ގާސިމް އިބްރާހިމް ހައްޔަރުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހަޅައިފި ކަމަށް، އޭނާގެ ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެ
ތަހްގީގަށް މީހުން ބަންދުކުރުމަކީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން:
ހިސާން: މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ތަހްގީގަށް މީހުން ބަންދުކުރުމަކީ، އެ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫން.
ބަންދުގެ މުއްދަތު އިސްތިއުނާފު ކުރާނަން:މާރިޔާ
މާރިއާ: ގާސިމް އިބްރާހިމް ހަ ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން މުއްދަތު ޖެހުމަށް ނިންމި ނިންމުން، އިސްތިއުނާފު ކުރާނަން. ގާސިމް ހައްޔަރުކުރައްވާފައި ހުންނެވިޔަސް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރަންޖެހޭނެ
ހަ ދުވަސްތެރޭގައި ހެކި ހުށަހަޅަންޖެހޭނެ: ހިސާން
ހިސާން: މި ހަ ދުވަހުގެ ތެރޭގައި ޕޮލިހުންގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ. އަދި މިހާރު ދޫނިދޫގައި ބަންދުކޮށްފައި ހުރި ތަން ބަދަލުކޮށް، ވައި ދައުރުވާ ތަނަކަށް ބަދަލުކުރަންޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި
ގާސިމްގެ މައްޗަށް ހެއްކެތް ނެތް: ހިސާނު
ހިސާން: ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ވެސް ފުލުހުން ހުށަހެޅީ އިންޓެލިޖެންސް ރިޕޯޓް. ގާސިމްގެ މައްޗަށް އެެއްވެސް ހެއްކެއް ނެތް. ނެއް ހެއްކެއް ނައްތާލަން ވެސް ނުހެނޭ
ކާނިވާ ސަރަހައްދު ނޫން ތަނަކަށް އެއްވާނަމަ އިންޒާރު ދިނުމަކާ ނުލާ ރޫޅާލާނެ ކަމަށް ފުލުހުން ބުނެފި
ގާސިމްގެ ބަންދުގެ މުއްދަތު ޖެހުމަށް ފަހު މިހާރު ދޫނިދޫ އަށް ގެންގޮސްފި
ޖޭޕީގެ ލީޑަރު ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖެހުމަށް ފަހު ގާސިމް ދޫނިދޫ އަށް ގެންގޮސްފިއެވެ.
ގާސިމްގެ ބަންދަށް ހަ ދުވަސް ޖަހާފައިވާއިރު މަޖިލިސް ނައިބް ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މިމަހުގެ 11 ވަނަ ދުވަހަށް އެޖެންޑާކޮށްފައެވެ.
ވީޓީވީގެ ނޫސްވެރިޔަކު ހައްޔަރުކޮށްފި
ގާސިމް އިބްރާހިމްގެ ވީޓީވީގެ ނޫސްވެރިޔަކު ހައްޔަރުކޮށްފި ކަމަށް މައުލޫމާތު ލިބިއްޖެ. ނަމަވެސް ހައްޔަރުކުރީ ކާކު ކަމެއް އަދި ނޭނގޭ
ގާސިމްގެ ބަންދަށް 6 ދުވަސް ޖެހީ ވޯޓަށް ނުފޫޒު ފޯރުވަން:ޑރ. ހުސައިން ރަޝީދު
ޑރ. ހުސައިން ރަޝީދު: ގާސިމްގެ ބަންދަށް 6 ދުވަސް ޖެހުމުން، ހާމަވެގެން ދަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގާސިމް އިބްރާހިމްގެ ވޯޓަށް ނުފޫޒު ފޯރުވުން. މި މައްސަލަ ބައިނަލްއަގުވާމީ ފަރާތްތަކަށް އަދި އެޗްއާރުސީއެމް އަށް ހުށަހަޅާނަން.
ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފި
ކޯޓު އަމުރެއްގެދަށުން ރޭ ފުލުހުން ބަންދުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފިއެވެ.
ގާސިމް އިބްރާހީމްގެ މުއްދަތު ޖެހުމަށްޓަކައި އެންމެ ފުރަތަމަ ކޯޓަށް ހާޒިރު ކުރުމަށް ހަމަޖެހިފައި އޮތީ މިއަދު މެންދުރު ފަހު 3:00 އަށެވެ. ނަމަވެސް ފަހުން ވަނީ ގަޑި ބަދަލުކޮށް 4:00 އަށް ހަދާފައެވެ.
ގާސިމް ކޯޓަށް ހާޒިރު ކޮށްފައިވާއިރު ކްރިމިނަލް ކޮޓް ހުންނަ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ. އެގޮތުން އެ ސަރަހައްދަށް އާންމުންގެ އިތުރުން ނޫސްވެރިންނަށް ވެސް ވަނުމުގެ ފުރުސަތު ފުލުހުން ދީފައެއް ނުވެއެވެ.
ގާސިމް އިބްރާހީމް ހައްޔަރު ކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމަށް މާޗް 27 ވަނަ ދުވަހު އެޖެންޑާކޮށް ވޯޓް ނެގުމުގެ ވަގުތު ކައިރިވެފައި ވަނިކޮށް ގާސިމް އިބްރާހީމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
ގާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފި
ކޯޓު އަމުރެއްގެދަށުން ރޭ ފުލުހުން ބަންދުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފިއެވެ.
ގާސިމް އިބްރާހީމްގެ މުއްދަތު ޖެހުމަށްޓަކައި އެންމެ ފުރަތަމަ ކޯޓަށް ހާޒިރު ކުރުމަށް ހަމަޖެހިފައި އޮތީ މިއަދު މެންދުރު ފަހު 3:00 އަށެވެ. ނަމަވެސް ފަހުން ވަނީ ގަޑި ބަދަލުކޮށް 4:00 އަށް ހަދާފައެވެ.
ގާސިމް ކޯޓަށް ހާޒިރު ކޮށްފައިވާއިރު ކްރިމިނަލް ކޮޓް ހުންނަ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ. އެގޮތުން އެ ސަރަހައްދަށް އާންމުންގެ އިތުރުން ނޫސްވެރިންނަށް ވެސް ވަނުމުގެ ފުރުސަތު ފުލުހުން ދީފައެއް ނުވެއެވެ.
ގާސިމް އިބްރާހީމް ހައްޔަރު ކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމަށް މާޗް 27 ވަނަ ދުވަހު އެޖެންޑާކޮށް ވޯޓް ނެގުމުގެ ވަގުތު ކައިރިވެފައި ވަނިކޮށް ގާސިމް އިބްރާހީމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.