ކޯޓް އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

ގާސިމް އިބްރާހީމް
ގާސިމް ހައްޔަރު ކުރުން އެޕާޓީން ކުއްވެރިކުރުން
ލީޑަރު ގާސިމް ހައްޔަރުކުރި ކުރުން، ހަރު އަޑުން ކުއްވެރިކުރަން، އަދި ލީޑަރު ގާސިމް ވަގުރުން ވަގުތަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަން!
ގާސިމް ހައްޔަރުކުރީ އަސްލެއްނެތް ތުހުމަތު ތަކެއްގައި:ޑރ. ޖަމީލު
ރައީސް ޔާމީނުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ރާއްޖޭގައި މި އޮތް ޚުދުމުޚްރާރު ސަރުކާރަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް ގޮވާލާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ޓާގެޓް ކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާކަމަށެވެ.
ޖަމީލު ވިދާޅުވީ، ގާސިމަށް ކޮށްފައިވަނީ އަސްލެއް ނެތް ތުހުމަތުތަކެއްކަމަށެވެ.
ގާސިމް ހައްޔަރުކުރި ކުރުން ހަރު އަޑުން ކުއްވެރިކުރަން: ޝާހިދު
"ހުރިހާ ސިޔާސީ ލީޑަރުން ދަނީ ހައްޔަރު ކުރަމުން.ގާސިމް ހައްޔަރު ކުރި ކުރުން އެންމެ ހަރު އަޑުން ކުއްވެރިކުރަން" ޝާހިދުގެ ޓްވީޓްގައިވެއެވެ. މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ސުވާލުކުރައްވަނީ، މީ އަދިވެސް ޑިމޮކްރަސީއެކޭ ކިޔާނެތޯއެވެ؟
އަޅުގަނޑުމެން މިކަމުގައި ސާބިތުވެ ތިބޭނަން: ފާރިސް
އަޅުގަނޑުމެން މިކަމުގައި ސާބިތުވެ ތިބޭނަން، މަޖިލީހުގެ މެންބަރުންނާއި ދިވެހި ރައްޔިތުން ތިބީ މި މަސައްކަތުގައި، ދެން މި މަސައްކަތެއް ނުހުއްޓުވޭނެ، ފާޅުގައި އަޅުގަނޑުމެންނާއި އެއްކޮށް މަސައްކަތް ކުރުމަށް އެބަތިބި އެތައް މެންބަރުން، ގާސިމް އަކީ ވަރަށް ގިނަ ބޭފުޅުންނަށް އެކި ގޮތްގޮތުން އެހީތެރިވާ ބޭފުޅެއް، އަޅުގަނޑު ދަންނަވާނީ ދެން މިމަސައްކަތުގައި ފާޅުގައި ނުކުންނަން ވެއްޖޭ، ސަރުކާރުގެ އެޖެންޑާ ހިންގުމަށް ފުލުހުން ލައްވާ ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ކުރުވާ ކަމެއް މީ، ގަބޫލެއް ނުކުރަން ގާސިމް އާއމެދު ކުރެވުނު ތުހުމަތު ތަކަކީ އެއްވެސް އަސްލެއްގެ މައްޗަށް ހެއްކެއްގެ މައްޗަށް ބިނާކޮށް ކުރި ތުހުމަތު ތަކެއްކަމެއް
ސިޔާސީ ގޮތުން ރައީސް ޔާމީން ފެއިލްވެއްޖެ: އުމަރު
ރައީސް ޔާމީނުގެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މީގެ ކުޑަ އިރުކޮޅެއް ކުރިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، ގާސިމް ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. އުމަރު ވިދާޅުވީ، ގާސިމް ހައްޔަރު ކުރި ކުރުމުން ދޭހަވަނީ، ރައީސް ޔާމީން ސިޔާސީ ގޮތުން ފެއިލްވެފައިވާ މިންވަރުކަމަށެވެ.
ގާސިމް އިބްރާހީމް ހައްޔަރު ކުރުމުގެ ބޭނުމަކީ ޕީޕީއެމްގައި ތިބި މަޖިލިސް މެމްބަރުންނަށް ބިރު ދެއްކުން ކަމަށް ތިމަރު ފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ
ނުސްތަފާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ އިދިކޮޅު ފަރާރްރަކުގެ ހިއްވަރު އެލުވާލައި ޕީޕީއެމްގައި ތިބި މަޖިލިސް މެމްބަރުން ވެސް ބިރު ގަންނަވާލުން ކަމަށެވެ. އަދި މިއީ އާ ޑްރާމާއެއް ނޫން ކަމަށް މުސްތަފާ ވިދާޅުވިއެވެ.
ގާސިމް ހައްޔަރު ކުރި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވުރި ކުރައްވާ ކަމަށް ކުރީގެ ރައީސް މަހައްމަދު ނަޝީދު ވިދާޅުވެއްޖެ
ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ގާސިމް ހައްޔަރު ކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އަދި ރާއްޖޭގެ ހުރިހައި ރައްޔިތުން އިހުތިޖާޖަށް ނުކުތުމަށް ގޮވާލައްވާ ކަމަށެވެ.
ގާސިމް ހައްޔަރު ކޮށްފައިވާއިރު ގާސިމްގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އަށް ފޮނުވި މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައި
އިތުބާރުހުރި ފަރާތަކުން "ރާއްޖެއެމްވީ"އަށް ކަށަވަރުން ކޮށްދިން ގޮތުގައި ޕީޖީ އޮފީހުން އެމައްސަލަ ދިރާސާކުރި ގާނޫނީ ވަކީލުންގެ ޓީމުން ނިންމާފައިވަނީ ރިޝްވަތަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށްވާތީ ކޮރަޕްޝަން ހިމެނޭ މައްސަލަތައް ތަހުގީގު ކުރުމުގެ ޒިންމާ އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކަމަށެވެ. އެ މައްސަލައަކީ ފުލުހުންގެ މެންޑޭޓްގައިވާ ކަމެއް ނޫން ކަމަށް ނިންމާ، އެ މައްސަލަ އަނބުރާ ފުލުހުންގެ އިދާރާއަށް ފޮނުވަން ނިންމާފައިޥާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކުރުން
ކޯޓްއަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމްއިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފިއެވެ.