Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތެޔޮ ބޯޓެއްގައި އަލިފާންރޯވެ އަޑިއަށް ދިޔަ ހާދިސާ

ތެޔޮ ބޯޓު އަޑިއަށް ދިޔަ ހާދިސާ ރައީސް އޮފީހުން ގެންދަނީ ބަލަމުން: މަބްރޫކް

ބޯޓުގައި އަލިފާން ރޯވިއިރު އޭގައި 60،000 ލީޓަރުގެ ޑީސެލް ބަރުކޮށްފައި ހުރި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 10 އެޕްރީލު 2021 | ހޮނިހިރު 16:10
މަބްރޫކް

މަބްރޫކް

ތެޔޮ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ބޯޓެއްގައި ރޯވެ އަޑިއަށް ދިޔަ ހާދިސާ، ރައީސް އޮފީހުން މިހާރު ބަލަމުން ގެންދާކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މާލޭން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ބޯޓުގައި އަލިފާން ރޯވިއިރު އެ ބޯޓުގައި 60،000 (ފަސްދޮޅަސް ހާސް) ލީޓަރުގެ ޑީސެލް ހުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން މަބްރޫކް ވިދާޅުވީ، ބޯޓު އަޑިއަށް ދިޔުމުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެމްއެންޑީއެފް އަދި އީޕީއޭއިން މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރައީސް އޮފީހުން ކަމާބެހޭ ފަރާތްތަކާއި ގުޅިގެން، މިކަމަށް އެއްބާރުލުން ދެމުން ގެންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ހަވީރު ހިނގި މި ހާދިސާގައި، އަލިފާން ރޯވި ބޯޓު އަޑިއަށް ދިޔައީ އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން ދަނިކޮށެވެ. އެކަމަކު ބޯޓު އަޑިއަށް ދިޔަ ސަރަހައްދަށް ތެޔޮ ލީކުވެފައިވާކަން އަދި ފާހަގަކުރެވިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އަލިފާން ރޯވި ބޯޓުން 4 މީހަކު ދަތުރު ކޮށްފައިވެއެވެ. އެހެން ނަމަވެސް ހާދިސާ ހިނގުމުން، އެ ހަތަރު މީހުން، ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެހެން އުޅަނދެއްގައި ވަނީ މާލެ ގެނެސްފައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
10 ޖެނުއަރީ 2017

ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ

10 ޖެނުއަރީ 2017
ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު