Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާގިލްގެ މަރުގެ މައްސަލައިގެ ޝަރީއަތް

އާގިލްގެ މަރުގެ މައްސަލަ: ދައުވާލިބޭ މީހުން ބަންދުކުރަން ނިންމި ނިންމުން ދަމަހައްޓައިފި

6 އެޕްރީލު 2021 | އަންގާރަ 12:42

އާގިލް މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ސަރަހައްދުގައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 6 އެޕްރީލު 2021 | އަންގާރަ 12:42
އާގިލްގެ މަރުގެ މައްސަލައިގަ ދައުވާ ލިބޭ ތިން މީހުން

އާގިލްގެ މަރުގެ މައްސަލައިގަ ދައުވާ ލިބޭ ތިން މީހުން

ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (18އ) މަރާލި މައްސަލާގައި ދައުލަތުން ދައުވާއުފުލާފައިވާ ތިން މީހުން، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ދަމަހައްޓައިފިއެވެ.

މި މައްސަލައިގައި ޝަރީއަތުން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޮންމެ 30 ދުވަހަކުން ބަންދު މުރާޖައާ ކުރަން ޖެހޭތީ، ބަންދު މުރާޖައާ ކުރުމަށް ބޭއްވުނު އަޑުއެހުމެކެވެ.

Advertisement - newsAdvertisement

އާގިލް މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހީމްގެ އިތުރުން، ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށެވެ.

އާގިލް މަރާލި މައްސަލާގައި، ހަމްދޫން ހަމްޒަތާއި މިޖުވާދު މާލިކުގެ މައްޗަށް އުފުލާގައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އިބްރާހީމް ވިޝާމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުގެ ކުށުގެ ދައުވާއެވެ.

ވިޝާމްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުގެ ކުށުގެ  އުފުލާފައިވަނީ، އާގިލް ވ. ފުލިދޫން މާލެއަށް އައި ލޯންޗު ހަމަޖައްސައިދީ އެ ދަތުރުގެ މައުލޫމާތު މަރާލުމުގައި ބައިވެރިވި މީހުނަށް ފޯރުކޮށްދިންކަމަށް ތުހުމަތު ކުރެވޭތީއެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ބުނީ، މައްސަލައިގައި ދައުވާ އުފުލާފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށްވެފައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާއި ގާނޫނު އަސާސީގެ 49 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު އެ ތިންމީހުން މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އެ މީހުން ބަންދުން ދޫކޮށްލުމަށް ނުފެންނަ ކަމުގައެވެ. އަދި މި މައްސަލައިގައި ގިނަ އަދަދެއްގެ ސިއްރު ހެކިން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވުމާއި، އަދި އެއިން އެއްވެސް ހެކިވެރިއެއްގެ ހެކިބަސް ޝަރީއަތަށް ނެގިފައި ނުވާތީ، މި ތިންމީހުންގެ ބަންދަށް ބަދަލެއް ގެނައުމަށް ނުފެންނަ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އެހެން ނަމަވެސް ދައުވާ ލިބޭ ހަމްދޫން ހަމްޒަތާއި އަލީ މިޖުވާދުގެ ގާނޫނީ ވަކީލްވަނީ ޝަރުތަކާއި އެކުގައި ނަމަވެސް މި ދެމީހުންގެ ބަންދަށް ލުޔެއް ހޯދައި ދިނުމަށް ޝަރީއަތުގެ މަޖިލީހުގައި އެދިލައްވާފައިވެއެވެ.

މި މައްސަލައިގައި ދައުވާލިބޭ ހަމްދޫން ހަމްޒަތާއި، އަލީ މިޖްވާދު މާލިކު ގެ ގާނޫނީ ވަކީލް މުހައްމަދު ރާގިބް އަހްމަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ، ކޮވިޑްގެ ހާލަތާއިހުރެ މި ދެމީހުންނަށް ވެސް އާއިލީ ބައްދަލުވުންތަކުގެ ފުރުސަތު ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ލިބިފައި ނުވާކަމަށެވެ. އަދި މައްސަލައިގައި ދައުވާ ރައްދުވާ މީހުންގެ މައްޗަށް، ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވެފައި ނުވާތީ، އެދެމީހުންނަކީ ވެސް މައުސޫމް ބައެއްގެ ގޮތުގައި ބަލަން ޖެހޭކަމަށެވެ. މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން މައްސަލައިގެ އަޑުއެހުންތައް ބޭއްވިފައި ނުވާކަން ފާހަގަކުރައްވާ، އޭނާ ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ. އެކަމަކު ޝަރީއަތުން ބުނީ މި މައްސަލަ ލަސްވެފައިވަނީ، ހަމައެކަނި ޝަރީއަތުގެ ސަބަބުން ނޫންކަމުގައެވެ.

މި މައްސަލައިގައި މިހާތަނަށް ބޭއްވިފައިވާ އަޑުއެހުންތައް ފާހަގަކުރައްވަމުން، ގާޒީ ވިދާޅުވީ، އެންމެފަހުން ކްރިމިނަލް ކޯޓުން ތާވަލުކުރެވުނު އަޑުއެހުން ވެސް ކެންސަލް ކުރެވުނީ، އެއްވެސް ސަބަބެއް އެންގުމެއް ނެތި، ދައުވާ ލިބޭ ހަމްދޫން ހަމްޒަތާއި، އަލީ މިޖްވާދު މާލިކްގެ ވަކީލް ހާޒިރުނުވުމުން ކަމަށެވެ. އެހެންކަމުން، ޝަރީއަތް ލަސްވެގެންދަނީ ވަކި ފަރާތެއްގެ ސަބަބުންނޭ ވިދާޅުނުވުމަށް ގާޒީ އެދިވަޑައިގެންނެވިއެވެ.

ދައުވާ ރައްދުވާ އިބްރާހީމް ވިޝާމްގެ ވަކީލް އިސްމާއިލް މުޙައްމަދު ވިދާޅުވީ، ދައުލަތުން ފާހަގަކުރިފަދައިން، މައްސަލައިގެ ހެކިންގެ ހެކިބަސް ނެގުމުގެ ކުރިން، ވިޝާމްގެ ބަންދުން ދޫކޮށްލުމަކީ ރަނގަޅުގޮތެއް ކަމަށް ފެނިވަޑައިނުގަންނަވާކަމަށެވެ. އެކަމަކު ބަންދުގައި ތިބޭ މީހުންނަކީ، އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާހާ ހިނދަކު މައުސޫމް ބައެއްކަން ފާހަގަކުރައްވަމުން އެނާ ވިދާޅުވީ، ހެކިބަސް ނަގައި ނިމުމުން ބަންދު މުރާޖައާކުރަން ފެންނަ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ރައްދުވާ 3 މީހުންގެ ފަރާތުން ވާހަކަދެއްކެވި، ދެ ގާނޫނީ ވަކީލުން ވެސް ވަނީ، ތިން މީހުންގެ ސިއްހީ ހާލަތު ފާހަގަކޮށް، އެމީހުންނަށް ސިއްހީ ގޮތުން ދިމާވެފައިވާ މައްސަލަތަކަށް މިހާތަނަށް ހައްލެއް ލިބިފައި ނުވާކަމަށް ވިދާޅުވެފައެވެ. އަދި މިކަންކަމަށް ރިއާޔަތްކޮށް ބަންދަށް ލުއިތަކެއް ހޯދުމަށް ދިފާއުން ވަކާލާތުކޮށްފައިވެއެވެ.  އެކަމަކު ދައުލަތުން ބުނީ، އެމީހުންގެ ބަންދަށް ލުއިދޭންޖެހޭފަދަ ސިއްހީ މައްސަލައެއް، ދައުވާ ރައްދުވާ މީހަކަށް ކުރިމަތިވެފައި ނުވާކަމަށެވެ.

ހައިކޯޓުގެ 2021 ވަނަ އަހަރުގެ 43 ވަނަ ގަޒިއްޔާއާއި، 2018 ވަނަ އަހަރުގެ 208 ވަނަ ގަޒިއްޔާއަށް ހަވާލާދީ ދައުލަތުން ބުނީ، ބަންދުން ދޫކޮށްލެވޭނީ، ބަންދުގައިވާ މީހާގެ ފުރާނައަށް ނުވަތަ ސިއްހަތަށް ބޮޑު ގެއްލުމެއް ވެދާނެފަދަ ޒަރޫރީ ހާލަތެއް އޮތްކަމުގައި ވާނަމަކަމަށެވެ.

ޝަރީއަތުން ބުނީ، ދައުވާ އުފުލިފައިވާ ކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ މައްސަލައަކަށް ވެފައި، މިހާރު މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގައި ކަމުގައެވެ. އަދި މި މައްސަލައިގައި ދައުވާ ރައްދުވާ މީހުން، ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އެމީހުންގެ ބަންދު ދެމެހެއްޓުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އާގިލް މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ސަރަހައްދުގައެވެ.

އާގިލްއަށް ހަމަލާދިނުމާއެކު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނެވެ. އެހެން ނަމަވެސް، އިރާކޮޅު 7:30 ހާއިރު ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން އޭރު ބުނެފައިވެއެވެ.

އާގިލްގެ މަރަށް ފަހު، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު ޒުވާނަކަށް  ހަމަލާދީ މަރާލާފައިވެއެވެ. މި ދެމަރަކީ އެ ދުވަސްވަރު މާލޭގައި ހިނގި ގުރޫޕު މާރާމާރީތަކުގެ ތެރެއިން ބަދަލު ހިފުމުގެ ރޫހެއްގައި ހިނގި ދެ މާރާމާރީ  ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް