Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހިންނަވަރުގެ ތަރައްގީއާ އެމްޑީޕީ

ހިންނަވަރުގެ ތަރައްގީ ގުޅިފައިވަނީ އެމްޑީޕީގެ ސަރުކާރާ!

ރައީސް ނަޝީދުގެ ވެރިކަމުގައި ހިންނަވަރުގައި ބޮޑު ތިން ޕްރޮޖެކްޓް ހިންގި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 14 މާރިޗު 2021 | އާދީއްތަ 12:47
ހިންނަވަރުގައި ބޭއްވި އެޖެންޑާ 19 ޖަލްސާގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ

ހިންނަވަރުގައި ބޭއްވި އެޖެންޑާ 19 ޖަލްސާގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ

ސަރުކާރުގެ ބައިވެރިވުން ނެތި ރަށްރަށަށް ތަރައްގީ އައުމަކީ ނާދިރުކަމެކެވެ. މިފަހުން ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނެސް، ފަސް މިލިއަން ރުފިޔާއިން ދަށުގެ ޕްރޮޖެކްޓްތައް ހިންގުމުގެ ބާރު ކައުންސިލަށް ދިން ނަމަވެސް، އުމްރާނީ ތަރައްގީއަށް ބޮޑު މަޝްރޫއެއް ކުރިއަށް ގެންދެވެން އަދިވެސް އޮތީ މައި ސަރުކާރާއެކުގައެވެ. ވެރިކަމުގައި މިއަދުއޮތީ އެމްޑީޕީކަމެވެ. އެ ޕާޓީއާ ދެކޮޅުވެގެން ކަމެއް ކުރުމަށްވުރެ، އެއްކޮޅުގައި ތިބެގެން ނެރެވޭ ނަތީޖާ އަވަސްވެފައި ފޮނިވެސް ވާނެކަމީ އިންސާނީ ވިސްނުމަކުން ވިސްނާލިޔަސް ސާފުވާން އޮތް ހަގީގަތެކެވެ.

މިވެރިކަމާއި، ޅ. ހިންނަވަރު އެތައް ގޮތަކުން ވަނީ ގުޅިފައެވެ. ވެރިކަމުގައި ހުންނެވީ ހިންނަވަރު ދަރިއެކެވެ. އެހެންކަމުން ޅ. ހިންނަވަރުގެ ތަރައްގީއާ ގުޅިފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެކަން އެމްޑީޕީގެ ސަރުކާރުތަކުން އަންނަނީ ދައްކުވައިދެމުންނެވެ.

އެމްޑީޕީން ދިވެހިރާއްޖޭގެ ވެރިކަމަށް އެންމެ ފުރަތަމަ އައީ 2008 ވަނަ އަހަރުގައެވެ. ރާއްޖޭގައި ފުރަތަމަ ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެ ހުވާ ކުރެއްވުމުން އެކަމާ އެންމެ އުފާވާނެ ރައްޔިތުންނަކީ ހިންނަވަރުގެ ރައްޔިތުންނެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ އަހަރު ކެމްޕެއިންގައި ރައީސް ނަޝީދު ވަނީ ހިންނަވަރުގެ ތަރައްގީއަށް ގިނަ ވައުދުތަކެއްވެ ވަޑައިގަންފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ހިންނަވަރުގައި ބޮޑު ތިން ޕްރޮޖެކްޓް ހިންގައިފައިވާއިރު، އެ ތިން ޕްރޮޖެކްޓަކީވެސް ރައްޔިތުންނަށް ނުހަނު ބޭނުންތެރި ތިން ޕްރޮޖެކްޓެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި 28 ހެކްޓަރުގެ ބިން ހިއްކުމުގެ ޕްރެޖެކްޓަކާއި، ބަނދަރު ބޮޑު ކުރުމުގެ ޕްރޮޖެކްޓާއި، ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްވަނީ ހިންގަވާފައެވެ. އެކަމަކު ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި  ނިމުމާއެކު ހިންނަވަރުގެ ރައްޔިތުންގެ އުއްމީދުތައް ފެނަށްވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމަށްފަހު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ހިންނަވަރުގައި އެންމެ ޕްރޮޖެކްޓެއްވެސް ހިންގިފައިނުވާއިރު، 2013 ވަނަ އަހަރު ވެރިކަމަށް އިސްވި ރައީސް އަބްދު ﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ހިންނަވަރަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ގެނަސްދޭނެ ކަމަށް ބުނެ ރަށުގެ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވާފައެވެ. ކޮންމެ ކެމްޕެއިނަކާއި ދިމާކޮށް ރަށުގެ ރައްޔިތުންގެ ކައިރިއަށް ދަތުރުކޮށް ބިންގާތަކެއް އެޅި މަންޒަރު ހިންނަވަރުގެ ރައްޔިތުން ވަނީ ދެކިފައެވެ. އެގޮތުން ރަށަށް ބޭނުންވި އެންމެ މުހިންމު ޚިދުމަތް ކަމަށްވާ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމާއި، އައު އިމާރާތުގެ މަސައްކަތުގެ ބިންގާވެސް އެޅިއެވެ.

ރަށުގެ ރައްޔިތުން ބުނާ ގޮތުންނަމަ އެ އިމާރާތް ރައީސް ޔާމީން އެޅީ ބިމު އަޑީގައެވެ. ވާނީވެސް އެހެންތާއެވެ. ރަށަށް އެންމެ ބޭނުންވި ޚިދުމަތް ރައްޔިތުންނާއި ހަމައަށް ނައިސް، މަސައްކަތް ނުފެށި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ހިންނަވަރު ސިއްހީ މަރުކަޒުގެ އައު އިމާރާތަށް ވީގޮތް އެނގުނީވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައެވެ. ކޮރަޕްޝަނުގެ ތެރެއިން ރައީސް ޔާމީން ހިންގެވި ޖަރީމާތަކުގެ ތެރެއިން ޖަރީމާއަކަށްވެ އެ މަސައްކަތް އޮތީ ނުފެށިއެވެ. 

ވެރިކަމުގައި މިހާރު އެ ހުންނެވި އިބްރާހީމް މުހައްމަދު ސާލިހަކީ ހަމަޔަގީނުންވެސް ހިންނަވަރު ރައްޔިތުންގެ ލޯތްބާއި އިހުތިރާމް އެ ބޭފުޅަކަށް އޮތް ބޭފުޅެކެވެ. ރަށުގެ ލޭ ހިނގާ ދަރިއަކަށްވުމުގެ އިތުރުން ހިންނަވަރު ދާއިރާގެ މެމްބަރުކަން 25 އަހަރު މެދުކެނޑުމެއްނެތި ކުރެއްވީ ރަށުގެ ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރީމާކަން ކަށަވަރެވެ. ރައީސް ސާލިހު ވަނީ ހިންނަވަރު ހޮސްޕިޓަލުގެ މަސައްކަތް ލަސްތަކެއްނުވެ ފެށޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. މީގެ އިތުރުން މަގު ހެދުމާއި، ބަނދަރުގެ މަރާމާތުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ގެނަސްދޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ހުރިހާ ކަމެއް ވާން އޮތީ އެމްޑީޕީގެ ސަރުކާރުގައިކަން ކަށަވަރެވެ. ރައީސް ސާލިހުގެ ވެރިކަމުގައެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވި ސަރުކާރަކަށް ހިންނަވަރުގެ ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށް އެ ރައްޔިތުންވެސް އަންނަނީ ބުނަމުންނެވެ. އެކަން މަޖިލީހުގެ އިންތިޚާބުންނާއި، ރިޔާސީ އިންތިޚާބުން ހާމަވާނެއެވެ. އެހެން ސަރުކާރުތަކާއި، އެމްޑީޕީއާ އޮތް ތަފާތަކީވެސް އެ ޕާޓީއަކީ ވައުދުވެ ވައުދު ފުއްދާ ޕާޓީއަކަށް ވާކަމެވެ.

ޅ. ހިންނަވަރުރައީސް ސޯލިހުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު