Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ހިޔާ" މަޝްރޫ

"މަގޭ ފްލެޓް"އަށް ވީގޮތް ނޭނގިގެން އެެއްވެސް ބަޔަކު ނޫޅޭ: ނަޝީދު

2018 ވަނަ އަހަރު 1974 މީހުން މާލޭގައި ރަޖިސްޓްރީވި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 12 މާރިޗު 2021 | ހުކުރު 13:51
ހުޅުމާލެ ދާއިރާގެ ކެންޑިޑޭޓް ރިޒްނާގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު

ހުޅުމާލެ ދާއިރާގެ ކެންޑިޑޭޓް ރިޒްނާގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު

ރައީސް ޔާމީން ދައުރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ހިޔާ ފްލެޓުތަކުގެ ދާއިމީ ލިސްޓު ނެރެ ނިމުމުން "ކޮބާހޭ މަގޭ ފްލެޓު" ކިޔައި އިދިކޮޅުން ވާހަކަތަކެއް ދެއްކިޔަސް ފެލްޓުތަކަށް ވީގޮތް ނޭނގޭ ދިވެހި ރައްޔިތަކު ނޫޅޭކަމަށާއި، އެ ފްލެޓުތަކަށް ވީ ގޮތް އެންމެނަށްވެސް ވަރަށް ސާފުކޮށް އެނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ރިޒްނާ ޒަރީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ ފްލެޓް ކޮމިޓީ ހަދައިގެން ބެލި ބެލުމުން ވަރަށް ގިނަ ކަންތައްތައް ހާމަވެފައިވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު މާލޭގެ ގެތަކުގެ ތަފްތަރުގައި 1900އެއްހާ މީހުން ރަޖިސްޓްރީކޮށް އެއްވެސް ވަރަކަށް ދިރިއުޅުމުގެ ހާލަތަކަށް ވެސް ބެލުމެއް ނެތި އެމީހުންނަށް ފްލެޓު ލިބޭ ކަމުގެ ލިޔުންތައް ދޫކޮށްފައިވާ ކަމަށެވެ. އަދި ސިވިލް ސަރވިސް ކެޓެގަރީން ވެސް ދިރިއުޅުމުގެ ހާލަތަށް ނުބަލާ 1000 ފްލެޓު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ "މަގޭ ފްލެޓަށް" ވީ ގޮތަކީ އެއީ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ ފްލެޓު ކޮމިޓީއެއް އެކުަލަވާލައި ފްލެޓު ލިބޭނެކަމަށް ބެލެވޭމީހުންގެ ލިސްޓެއްހަދާ އާންމު ކުރީ ވަރަށް ރަނގަޅަށް ބަލާފައި ކަމަށެވެ. އެގޮތުން އެންމެންގެ ދިރިއުޅުމުގެ ހާލަތުވެސް ބަލާފައިވާނެކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް ރައްޔިތުންގެ މަޖިލީހާއި ހައުސިން މިނިސްޓްރީން ގުޅިގެން އެކަންކަން ބަލައި އެ ލިސްޓު އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ލަސްތަކެއްނުވެ ފްލެޓުގެ މައްސަލަ ހައްލުވެ އެކަން ނިމޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮށްފައިވާ ބައެއް ކަންކަމުގެ ސަބަބުން ހުޅުމާލެއިން ދެ މިލިއަން އަކަފޫޓުގެ ބިން އެކިއެކި ކޮންޓްރެކްޓުތަކުގައި ތާށިވެ އެތަންތަން ނުހެދި އެބައޮތް ކަމަށެވެ. އޭގެ ސަބަބުން ހުޅުމާލެއިން ބޯހިޔާވަހިކަމަށް ހިންގަން ހުރި މަޝްރޫތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު ޒިންމާއަކީ އެ ތާށިން ހުޅުމާލެ މިނިވަން ކުރުން ކަމަށެވެ. އެކަމަށްޓަކާ އެގޮތަށް ހަދާފައި ހުރި ކޮންޓެރްކްޓްތަކާއި އެމްއޯޔޫތައް ބާތިލްކުރަން ޖެހޭކަމަށާއި، އެ ނޫން ގޮތަކަށް ހުޅުމާލޭގެ ބިންތައް މިނިވަން ނުވާނެ ކަމަށް ވިދާޅުވިއެވެ. އެއަށް ފަހު އެކަން ވާނެ އެހެން ބަޔަކާ ހަވާލުކޮށް މަޝްރޫތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ދައުރުގައި އަޅާފައިވާ 7،000 ފްލެޓަށް އެއަށް ވުރެ ގިނަ މީހުންނަށް ފެލްޓު ލިބޭކަމުގެ ލިޔުން ދޫކޮށްފައިވާ ކަމަށް މި ސަރުކާރުން އުފެއްދި ފްލެޓު ކޮމިޓީން ވަނީ ބުނެފައެވެ. ދާދި ފަހުން ކޮމިޓީން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އާންމުކުރުމާއެކު ފްލެޓު ނުލިބިގެން ގިނަ ބައެއްގެ ޝަކުވާތައް ފެންމަތިވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން އަންނަނީ ފްލެޓު ހޯދަން ކަމަށް ބުނެ މާލެ ތެރޭގައި އެއްވެ މުޒާހަރާވެސް ކުރަމުންނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ހިޔާ ފްލެޓްކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު