Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޭންކް އޮފް މޯލްޑިވްސް

ބަލިމަޑުކަމާއެކުވެސް ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް!

ބޭންކިން ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ވަނީ ގެނަސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 12 މާރިޗު 2021 | ހުކުރު 08:53
ޭބޭންކް އޮފް މޯލްޑިވްސް

ޭބޭންކް އޮފް މޯލްޑިވްސް

ފާއިތުވި އަހަރު ބޭންކް އޮފް މޯލްޑިވްސް އިން އެބޭންކުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމުގެ ގިނަ މަޝްރޫއުތަކަކާއި މުޖުތަމައުއަށް ފައިދާކުރާނެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ބީއެމްއެލްގެ ސަސްޓައިނަބިލިޓީ ރިޕޯޓް އާންމުކޮށްފައިވާއިރު، ރިޕޯޓްގައިވާ ގޮތުން އެކުންފުނިން ވަނީ 2020 ވަނަ އަހަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދީ، 100ށް ވުރެ ގިނަ ރަށަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮވިޑް-19 ބަލިމަޑުކަމާ އެކު ކަސްޓަމަރުންނަށް ހިދުމަތްފޯރުކޮށްދިނުމުގައި ބީއެމްއެލް އިން ދެމިއޮތް އިރު، މިދަނޑިވަޅުގައި ކަސްޓަމަރުންނަށް ބޭނުންވާނެ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ބޭންކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ބޭންކިން ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ފާއިތުވި އަހަރު ބީއެމްއެލް އިން ވަނީ ގެނަސްފައެވެ. އެގޮތުން އެބޭންކުން ފޯރުކޮށްދޭ ޕަރސަނަލް ލޯން އަދި ފައިނޭންސިންގ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާއިރު، ބޭންކުން ވަނީ ބީއެމްއެލް އިސްލާމިކް ގްރީން ފައިނޭންސިންގ އަދި އެޑިއުކޭޝަން ފައިނޭންސިންގ އޮޕްޝަންސް ތައާރަފްކޮށްފައެވެ. އަދި ތިމާވެށީގެ މަޝްރޫއުތަކަށް ހާއްސަ ގްރީން ލޯންގެ އިތުރުން އަންސެކުއަރޑް ވަރކިން ފައިނޭންސް ފެސިލިޓީއެއް ބޭންކުން ވަނީ ތައާރަފްކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 އާ އެކު ކުންފުނިތަކާއި އިދާރާތަކުން ދެމުން އައި ހިދުމަތްތައް އޮންލައިން އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފޯރުކޮށްދިނުމުގެ މަސައްކަތް ފާއިތުވި އަހަރު ގިނަ ކުންފުނިތަކަކުން ކޮށްފައިވާއިރު، ބީއެމްއެލް އިންވެސް ވަނީ އެކުންފުނީގެ ގިނަ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތަށް ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިންޓަނެޓް ބޭންކިންގެ ހިދުމަތަށް އޮންލައިންކޮށް ރެޖިސްޓަރ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ އިތުރުން ބޭންކުގެ ކަސްޓަމަރުންގެ ޑެބިޓް، ކްރެޑިޓް، އަދި ޕްރިޕެއިޑް ކާޑުތަކުގެ ޕިން އޮންލައިންކޮށް ބަދަލުކުރެވޭނެ އިންތިޒާމްތައް ބޭންކުން ވަނީ ފޯރުކޮށްދީފައެވެ.

ބީއެމްއެލް އިން ވަނީ އިންޓަނެޓް މެދުވެރިކޮށް ލޯކަލް ބޭންކް ޓްރާންސްފަރ އާއި މީރާއަށް ފައިސާ ދެއްކުމާއި ޕޭރޯލް އެޕްލިކޭޝަންގެ އިތުރުން ޓީޓީ އެޕްލިކޭޝަން އޮންލައިންކޮށް ހުށަހެޅޭގޮތަށް ހަމަޖައްސާފައެވެ.

ކޮވިޑް-19ގެ ސަބަބުން ބޭންކުގެ ކަސްޓަމަރުންނަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ވަނީ ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް ހާއްސަކޮށް ތަފާތު ހިދުމަތްތައް ފާއިތުވި އަހަރު ފޯރުކޮށްދީފައެވެ. ބަލިމަޑުކަމުގެ ސަބަބުން ލޯނުތައް އަނބުރާދެއްކުމަށް ދަތިވި ފަރާތްތަކަށް މޮރޮޓޯރިއަމްތައް ތައާރަފުކޮށް، ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު އެކުންފުނިން އިތުރުކޮށްދީފައިވެއެވެ. އަދި ކިޔަވާކުދިން ނަގާފައިވާ ލޯނުތަަކަށްވެސް ލުއިގޮތްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. މީގެއިތުރުން ކުންފުނިތަކަށް ކުރިމަތިވި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ސަރުކާރާ ގުޅިގެން ރިކަވަރީ ސްކީމް ތައާރަފްކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށް ކުރުމުއްދަތުގެ ފައިނޭންސިން ފެސިލިޓީއެއްގެ އިތުރުން ކްރެޑިޓް ކާޑް ޕޭމެންޓް ޕްލޭނެއް ވެސް ވަނީ ތައާރަފްކޮށްފައެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން އެއްފަހަރާ ނެގޭ ފައިސާގެ އަދަދު، ވަކި މުއްދަތަކަށް އިތުރުކޮށްދިނުމާއި ދިވެހި ރުފިޔާ އެކައުންޓްތަކުން ފައިސާ ޓްރާންސްކުރުމަށް ނަގާ ފީ ވަނީ ކުޑަކޮށްދީފައެވެ. އަދި އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ދުވާލެއްގެ މައްޗަށް އޭޓިމްއިން ޑިޕޮސިޓްކުރެވޭ ފައިސާގެ އަދަދު ވަނީ އިތުރުކޮށްދީފައެވެ.

ހުއްޓުމެއްނެެތި ބީއެމްއެލްގެ ހިދުމަތްތައް ހުރިހާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ހިދުމަތް ބީއެމްއެލްއިން ކުރިއަށް ގެންގޮސްފައިވާއިރު، ފާއިތުވި އަހަރު ބީއެމްއެލް އިން ވަނީ ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތްތައް އޮންލައިން ކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައެވެ. މީގެއިތުރުން އިޖްތިމާއީ ގިނަ މަޝްރޫއުތަކާއި ތިމާވެށީގެ މަޝްރޫއުތައް ވެސް ފާއިތުވި އަހަރު އެ ބެންކްއިން ކުރިއަށް ގެންގޮސްފައިވެއެވެ.

ފާއިތުވި އަހަރު ބީއެމްއެލްގެ ހިދުމަތްތައް ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން ރާއްޖޭގެ 20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗް މިހާރު ވަނީ ހުޅުވާފައެވެ. އަދި 185 ރަށެއްގައި 66 ސެލްފް ސަރވިސް ސެންޓަރާއި 127 އޭޓީއެމް އާއި 200ށް ވުރެ ގިނަ ކޭޝް އެޖެންޓުން ދަނީ އޮޕަރޭޓްކުރަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

07 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު