ތުރުކީގެ އަންކާރާ ޔުނިވަރސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު!
29 ޖެނުއަރީ 2021 | ހުކުރު 06:2620 ފެބްރުވަރީ 2021 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭ


ސައިރެކްސް ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
"އަންކާރާ ޔުނިވަރސިޓީ ރިސާރޗް ސެންޓަރ އޮފް ދަ ސީ އެންޑް މެރިޓައިމް ލޯ" އިން ހިންގުމަށް ހަމަޖެހިފައިވާ "މާސްޓަރ ޕްރޮގްރާމް އިން ދަ ސީ އެންޑް މެރިޓައިމް ލޯ" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ތުރުކީގެ އަންކާރާގައި ހުންނަ "އަންކާރާ ޔުނިވަރސިޓީ ރިސާރޗް ސެންޓަރ އޮފް ދަ ސީ އެންޑް މެރިޓައިމް ލޯ" އިން ހިންގުމަށް ހަމަޖެހިފައިވާ "މާސްޓަރ ޕްރޮގްރާމް އިން ދަ ސީ އެންޑް މެރިޓައިމް ލޯ" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމަށް އަންގާފައިވާ ކަމަށެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ކޯސްތަކުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ފެބްރުވަރީ 2021 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކޯސްތަކާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަން ވީގޮތުގެ މަޢުލޫމާތުWebsite:http://dehukam.ankara.edu.tr/en/about-the-programވެބްސައިޓުންނާއިdehukam@ankara.edu.trއީމެއިލް އެޑްރެސް އިން ލިބޭނެއެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ. އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ.








