Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑު އޮޕަރޭޝަނެއް

އަޑިއަށް ދިޔަ ދޯނީގެ ކެޕްޓަން އަތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި

ދޯނީގެ ކެޕްޓަނަކީ ރ. ކަނދޮޅުދޫ، އުމުރުން 60 އަހަރުގެ އަލީ މޫސާ

| 27 އެޕްރީލު 2017 | ބުރާސްފަތި 23:36
ކަނޑުވެ މަރުވި އިންޑިއާ މީހެއްގެ ހަށިގަނޑު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސަށް އަރުވަން ގެންދަނީ

ކަނޑުވެ މަރުވި އިންޑިއާ މީހެއްގެ ހަށިގަނޑު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސަށް އަރުވަން ގެންދަނީ

އަޑިއަށް ދިޔަ ދޯނީގެ ކެޕްޓަންގެ އަތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ.

ރ. އަތޮޅުގައި ތަރައްގީކުރާ އާރަށް ރިސޯޓަށް މުދާ ހިފައިގެން ދިޔަ ޕްރިންސަސް ދޯނި، ކ. އަތޮޅު ރީތިރަށް ރިސޯޓް ކައިރީ އޮންނަ "ހިތްމިޔަ" ފަރުގައި ޖެހި އަޑިއަށް ދިއުމުގެ ހާދިސާގައި، އެ ދޯނީގައި ތިބި އިންޑިއާގެ ދެ ރައްޔިތަކު ކަނޑުވެ މަރުވި އެވެ. އެއީ އެލިއާ ކޮންސްޓްރަކްޝަންގެ ދެ މުވައްޒަފުންނެވެ.

Advertisement - newsAdvertisement

މި ހާދިސާގައި ދޯނީގެ ކެޕްޓަން ރ. ކަނދޮޅުދޫ، އުމުރުން 60 އަހަރުގެ އަލީ މޫސާގެ ކަނާތް ވަނީ ވަރަށް ބޮޑަށް ޒަހަމްވެ، ނާރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް، އޮޑިވެރިޔާ އިބްރާހިމް ޝަފީގު ބުންޏެވެ. ޝަފީގު ބުނި ގޮތުގައި، އަލީގެ އަތުގެ ލޭ މަނާކުރުމަށާއި ހަލާކުވެފައިވާ ނާރުތައް ރަނގަޅުކުރުމަށްޓަކައި އައިޖީއެމްއެޗްގައި ހަތް ގަޑިއިރުގެ އޮޕަރޭޝަނެއް ކުރި އެވެ.

"ލޭ މަނާ ނުވެގެން އޮޕަރޭޝަނަށް ވެއްދީ ހަވީރު 4:00 ހާއިރު، އޮޕަރޭޝަނަށް ފަހު އަލިބެ ނެރުނީ ރޭގަނޑު 11:00 ހާއިރު. މިހާރު އަލިބެ ވާހަކަ ވެސް ދައްކާ،" ޝަފީގު ބުންޏެވެ.

އަލީގެ އަތް ހަލާކުވެ ބޮޑު ޒަހަމެއް ލިބުނީ، ޝަފީގު ބުނި ގޮތުގައި، ދޯނި އަޑިއަށް ދަނިކޮށް ގެގަނޑުގެ ތެރެއިން ނުކުންނަން އުޅެނިކޮށެވެ.

"ދޯނި އަޑިއަށް ދާންފެށުމުން، ގެގަނޑުގެ މަތީގައި ހުރި ބިއްލޫރި ކުޑަ ދޮރެއް ހަލާކު ކޮށްލައިގެން އަލިބެ ނުކުތީ. ނޭނގެ، މޮހަރެއްގައި އަޅައިގަނެގެން ކަމެއް ނުވަތަ އެހެން، އެއްޗެއްގައި އަޅައިގަނެގެން ކަމެއް ޒަހަމްވީ،" ޝަފީގު ބުންޏެވެ

ޝަފީގު ބުނި ގޮތުގައި އޭނާގެ 85 ފޫޓްގެ ދޯނި ތިލަކުރުމަށްޓަކައި މަސައްކަތް ވަނީ ފަށައިފަ އެވެ. ނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ދޯނި އިންޝުއަރެންސް ކުރެވިފައި ނެތުން ކަމަށް އޭނާ ބުންޏެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ

10 ޖެނުއަރީ 2017
ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު