Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީން އާއި ވެލެންސިއާގެ މެޗު

ޓީމު ތައްޔާރުކުރަން އަދި ވަގުތު ނަގާނެ: އާތީ

13 ޑިސެމްބަރު 2020 | އާދީއްތަ 14:08

އައު ސީޒަނަށް ވެލެންސިއާއިން ވަނީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ގެނެސްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޑިސެމްބަރު 2020 | އާދީއްތަ 14:08
ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ދިރާގު ދިވެހި ޕްރިމިއާ ލީގު ފެށިއިރު، ޓީމު އެއްކޮށް ތައްޔާރުކުރަން އަދި ވަގުތު ނަގާނެ ކަމަށް ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވާއިރު، އައު ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމަށް ވެލެންސިއާއިން ވަނީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް އެ ޓީމަށް ގެނެސްފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި، ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ހިމެނެއެވެ.

ލީގުގައި ހޯމަ ދުވަހުގެރޭ ވެލެންސިއާއިން ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ އައު ސީޒަނަށް ތައްޔާރުވުމަށް ވެލެންސިއާއިން ފަރިތަކުރުންތައް ފެށީ ވަރަށް އާދައިގެ ޓީމަކާ އެކުގައި ކަމަށާއި، ހެޔޮވަރުގެ ސްކޮޑެއް ލިބުނީ މެޗާ ކުރިމަތިލަން 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށެވެ. އެގޮތުން މެނޭޖުމަންޓުގެ އެހީތެރިކަމާއެކު މިހާރު ވެލެންސިއާގައި އޮތީ ލީގުގައި ވާދަކުރެވޭ ފެންވަރުގެ ސްކޮޑެއް ކަމަށާއި، އެކަމަކު ލީގުގެ ފުރަތަމަ މެޗާ ކުރިމަތިލާއިރު ޓީމު އެއްކޮށް ތައްޔާރުކުރަން އަދި ވަގުތު ނަގާނެ ކަމަށްވެސް ބުޏްނެވެ.

އާތީ ބުނީ ސްކޮޑެއް އެއްކޮށް އެކުލަވާލަން 15 ވަރަކަށް ދުވަސް ނަގާނެ ކަމަށާއި، އެކަމަކު ގްރީން ސްޓްރީޓްސް މެޗަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި މި މެޗުން މޮޅެއް ހޯދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް އާތީ ބުންޏެވެ.

ވެލެންސިއާއާ ދެކޮޅަށް ނުކުންނަ ގްރީން ސްޓްރީޓްސްއިން އައު ސީޒަނަށް ސްކޮޑަށް ގިނަ ބަދަލުތަކެއް ގެނައިރު، އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުޙައްމަދާއެކު މީގެ ކުރިން މަސައްކަތްކޮށްފައިވާ ގިނަ ކުޅުންތެރިންތަކެއް ވަނީ އެ ޓީމާ ގުޅިފައެވެ. އެގޮތުން ޒުވާން ކުޅުންތެރިން ކަމަށްވާ ހަސަން ނަޒީމް ގާސިމް (ޗޯޓު) އާއި، މުޙައްމަދު ޖައިލަމް (އޮގީ) އާއި، އަޙްމަދު ނާހިލް އިބްރާހީމާއި، މުހައްމަދު ކަރަމް އަދި އިބްރާހިމް ހަސީބު ވަނީ ގްރީން ސްޓްރީޓްސްއާ ގުޅިފައެވެ. އަދި ބިދޭސީ ކުޅުންތެރިން ކަމަށްވާ މިސްރުގެ މިޑްފީލްޑަރު ޚަލީލް ޖަމާލުގެ އިތުރުން ޕާކިސްތާނުގެ ގޯލްކީޕަރު ހަނީފް ސާގިބްވެސް ހިމެނެއެވެ.

ވެލެންސިއާ މެޗުގެ ކުރިން ނިސްތާރު ބުނީ ވެލެންސިއާ އަކީ ލީގުގައި އޮތް ވަރުގަދަ ޓީމެއް ކަމަށާއި، އެކަމަކު އެ ޓީމުގެ އަމާޒަކީ ބޮޑެތި ޓީމުތައް އަތުން ނަތީޖާ ނެރުން ކަމަށެވެ. އަދި ފުރަތަމަ މެޗަށް ނުކުންނައިރު ޓީމުގެ ދެ ތިން ކުއްޖަކު އަނިޔާގައި އެބަތިބި ކަމަށާއި، އެކަމަކު މުޅި ޖުމްލަކޮށް ޓީމުގެ ފިޓްނަސް ރަނގަޅު ކަމަށްވެސް ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް