Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު ސްކޮޑުގައި ޗެކް ހިމެނުން

ޗެލްސީގެ ޕްރިމިއާ ލީގު ސްކޮޑުގައި ޗެކް ހިމަނައިފި

ޗެލްސީގައި 11 އަހަރު ހޭދަކުރި ޗެކް ކުޅުން ހުއްޓާލީ މިދިޔަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2020 | ބުދަ 10:43
ޗެލްސީގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޗެކް އާއި މިހާރުގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ

ޗެލްސީގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޗެކް އާއި މިހާރުގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ

އިނގިރޭސި ޕްރިމިއާ ލީގަށް ޗެލްސީން އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުގައި މިދިޔަ އަހަރު ފުޓްބޯޅައިން ރިޓަޔާކުރި އުމުރުން 38 އަހަރުގެ ގޯލްކީޕަރު ޕީޓާ ޗެކް ހިމަނައިފިއެވެ.

ޗެލްސީގައި 11 އަހަރު ހޭދަކުރުމަށްފަހު ޗެކް ރިޓަޔާކުރީ އާސެނަލަށް ކުޅުމަށްފަހުއެވެ. އޭނާ މިހާރު ހުރީ ޗެލްސީގެ ޓެކްނިކަލް ޕާފޯމަންސް އެޑްވައިޒަރުގެ މަގާމުގައެވެ. އެގޮތުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީން ބޭނުންވި ކުޅުންތެރިން ހޯދުމުގައި ޗެކްގެ ދައުރު ބޮޑެވެ. އެގޮތުން ރެނެސްއަށް ކުޅެމުން އައި ސެނެގާލުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީގެ ސޮއިވެސް ޗެލްސީން ހޯދިއިރު، އެ ޓްރާންސްފާގައި ޗެކް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޗެލްސީގެ ޕްރިމިއާ ލީގު ސްކޮޑުގައި އެ ޓީމުގެ ލެޖެންޑް ޗެކްގެ ނަން ހިމެނީ އެ ޓީމުގެ ގޯލްކީޕަރުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުންނެވެ. ޗެލްސީގައި މި ވަގުތު ތިބީ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި ގެނައި ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާ އާއި، އާޖެންޓީނާގެ ގޯލްކީޕަރު ވިލީ ކަބަލޭރޯ އަދި މި ފަހަރު ގެނައި މެންޑީއެވެ. މީގެ ތެރެއިން މެންޑީއަށް ދާދި ފަހުން އަނިޔާއެއް ލިބުނުއިރު، ކެޕާގެ ކުޅުން ދަށްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން އެ ޓީމުގެ ޕްރިމިއާ ލީގުގެ ސްކޮޑުގައި ޗެކް ހިމެނީ ކޮވިޑް-19ގެ ސަބަބުން ކީޕަރުންތަކަކަށް ނުކުޅެވޭ ހާލަތެއް އަތުވެއްޖެނަމަ އޭނާ ލައްވާ ކުޅުވުމަށެވެ.

ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި މީގެ ކުރިން 20 އަހަރު ހޭދަކުރި ޗެކް ވަނީ ޗެލްސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގާއި، އެފްއޭ ކަޕް ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު