Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ޔޫކްރޭން އަތުން ސްޕެއިން ބަލިވިއިރު، ޖަރުމަނާއި ސްވިޒަލެންޑް އެއްވަރު

14 އޮކްޓޯބަރު 2020 | ބުދަ 05:41

ސްޕެއިން ބަލިވީ ގައުމުން ބޭރުގައި ޔޫކްރޭން އަތުން 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 އޮކްޓޯބަރު 2020 | ބުދަ 05:41
ޔޫކްރޭނާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫކްރޭން މޮޅުވީ 1-0 ން

ޔޫކްރޭނާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫކްރޭން މޮޅުވީ 1-0 ން

ޔުއެފާ ނޭޝަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ޔޫކްރޭން އަތުން ސްޕެއިން ބަލިވިއިރު، ޖަރުމަނާއި ސްވިޒަލެންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ލީގު އޭ ގްރޫޕް ހަތަރެއްގައި ހިމެނޭ ސްޕެއިން ބަލިވީ ގައުމުން ބޭރުގައި ޔޫކްރޭން އަތުން 1-0 ންނެވެ. މިއީ ޔޫކްރޭނުން އެ ގައުމުގައި ތާރީޚުގައިވެސް ސްޕެއިން ބަލިކުރި ފުރަތަމަ ފަހަރެވެ.

އަދި މިއީ ދެ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސްޕެއިނަށް ލިބުނު ނާކާމިޔާބީއެވެ. މި މެޗުގެ ކުރިން ސްޕެއިން އެންމެ ފަހުން ބަލިވީ ނޭޝަންސް ލީގުގައި މީގެ ދެ އަހަރު ކުރިން ރަށުން ބޭރުގައި ކްރޮއޭޝިއާ އަތުންނެވެ. އެ މެޗުން ސްޕެއިން ބަލިވީ 3-2 ންނެވެ.

އަންގާރަ ދުވަހުގެރޭ ޔޫކްރޭނުގައި ކުޅުނު މެޗު ސްޕެއިނުން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، އެ ޓީމުން ވަނީ މި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ފޯވާޑް ރޮޑްރިގޯ މޮރޭނޯ އާއި ޒުވާން ފޯވާޑް އަންސޫ ފަޓީ ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ދެ ހަމަލާވެސް ޔޫކްރޭނުގެ ގޯލްކީޕަރު ޖިއޯޖީ ބުޝްޗާން ވަނީ ދިފާއުކޮށްފައެވެ.

ސްޕެއިނުން މެޗުގައި އުފެއްދި ގިނަ ހަމަލާތަކެއް ޔޫކްރޭނުން ދިފާއުކުރިއިރު، އެ ޓީމުން މެޗުގައި ލީޑު ނަގާފައިވަނީ 76 ވަނަ މިނެޓުގައެވެ. މި ލަނޑު ޔޫކްރޭނަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިކްޓޯ ސިގާންކޯވްއެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ޖަރުމަނާއި ސްވިޒަލެންޑް އެއްވަރުވީ 3-3 ންނެވެ.

ޖަރުމަނުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ސްވިޒަލެންޑުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާރިއޯ ގަވްރާނޮވިޗެވެ. އަދި މެޗުގެ 26 ވަނަ މިނެޓުގައި ރެމޯ ފްރެއޮލާ ވަނީ ސްވިޒަލެންޑަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ޓިމޯ ވާނާ ވަނީ ލަނޑެއް ޖަހާ ޖަރުމަނަށް އުންމީދު އާކޮށްދީފައެވެ.

ދެވަނަ ހާފުގައި ޖަރުމަނުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޖެހީ ޒުވާން ތަރި ކައި ހަވާޓްޒްއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ސްވިޒަލެންޑުން ވަނީ އަލުން މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި ގަވްރާނޮވިޗެވެ.

މި މެޗުން ޖަރުމަން ސަލަމަތްވީ މެޗުގެ 60 ވަނަ މިނެޓުގަައި ސާޖް ގްނަބްރީ ޖެހި ލަނޑުންނެވެ. ސްވިޒަލެންޑުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި ދެވަަނަ ރީނދޫ ކާޑާއެކު ފަބިއަން ޝެއާއަށް ރަތް ކާޑު ދެއްކުމުންނެވެ.

މި ނަތީޖާތަކާއެކު ލީގު އޭ ގްރޫޕް ހަތަރެއްގެ އެއްވަނައިގައި ސްޕެއިން އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޖަރުމަނާއި ތިންވަނައިގައި އޮތް ޔޫކްރޭނަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ފުލުގައި އޮތް ސްވިޒަލެންޑަށް ހަތަރު މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް