Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ

ބޯޑަރު ހުޅުވާލިފަހުން 24،000 ޓުއަރިސްޓް އެނދު އޮޕަރޭޓް ކުރަން ފަށައިފި

9 އޮކްޓޯބަރު 2020 | ހުކުރު 08:17

223 ތަނަކުން ހިދުމަތް ދެމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 އޮކްޓޯބަރު 2020 | ހުކުރު 08:17
ބޯޑަރު ހުޅުވާލުމާއެކު އެމިރޭޓްސްގެ ދަތުރުތައް ފަށާ ޗުއްޓީ ހޭދަކޮށްލުމަށް އައި ފަތުރުވެރިން ތަކެއް ފުލައިޓުން ފައިބައިގެން ދަނީ

ބޯޑަރު ހުޅުވާލުމާއެކު އެމިރޭޓްސްގެ ދަތުރުތައް ފަށާ ޗުއްޓީ ހޭދަކޮށްލުމަށް އައި ފަތުރުވެރިން ތަކެއް ފުލައިޓުން ފައިބައިގެން ދަނީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން 24،000 ޓުއަރިސްޓް އެނދު އޮޕަރޭޓް ކުރަމުން އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު އެ މިނިސްޓްރީން އާންމުކޮށްފައިވާ އިރު، ޓުއަރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް 24،000 އެނދު އޮޕަރޭޓް ކުރަމުން އަންނަނީ 223 ތަނަކުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކާއި، ހޮޓާތަކާއި ސަފާރީ އުޅަނދުފަހަރެވެ. ޓުއަރިޒަމް މިނިސްޓްރީން ބުނީ ބޯޑަރު ހުޅުވާލިފަހުން މަޑުމަޑުން ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 17،000 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ބޯޑަރު ހުޅުވާލި ފަހުން ފަތުރުވެރިކަމުގެ ޕޮލިސީތަކަށް ކުޑަ ބަދަލުތަކެއް އައިސްފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކޮވިޑް-19 ގެ ނެގެޓިވް ނަތީޖާއެއް ރާއްޖެ އަންނައިރު ހުށަހަޅަން ޖެހުން ހިމެނެއެވެ. އަދި މިއީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކުރެވުނު މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ފަތުރުވެރިކަން އަލުން ފަށައިގަތުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި މަހުގެ 15 ވަނަ ދުވަހު ލޯކަލް ޓުއަރިޒަމް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ގެސްޓްހައުސްތައް ހުޅުވުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކޮށް 15 ވަނަ ދުވަހު އެކަން ފަށައިގަތުމަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށް ފަހު ޖުލައި މަހުގައި އަލުން ބޯޑަރު ހުޅުވާލުމާއެކު އެ މަހުގައި 1752 ފަތުރުވެރިން ރާއްޖެއައިސްފައި ވެއެވެ. އަދި އޮގަސްޓް މަހު 7628 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު ސެޕްޓެމްބަރ މަހުގައި 9538 ފަތުރުވެރިން އަދި މި މަހުގެ މިހާތަނަށް 3140 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމަށް ހީނަރުކަން އައި ނަމަވެސް މި އަހަރުގެ ނިޔަލަށް 850،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 ޖުލައި 2020

ބޯޑަރު ހުޅުވާލުމާއެކު އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް މިއަދު އަތުވެއްޖެ

16 ޖުލައި 2020
ބޯޑަރު ހުޅުވާލުމާއެކު އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް މިއަދު އަތުވެއްޖެ
16 ޖުލައި 2020

ބޯޑަރު ހުޅުވާލިއިރު އޮޕަރޭޓް ކުރަން ފަށާފައިވަނީ 40 ރިސޯޓު

16 ޖުލައި 2020
ބޯޑަރު ހުޅުވާލިއިރު އޮޕަރޭޓް ކުރަން ފަށާފައިވަނީ 40 ރިސޯޓު
14 ޖުލައި 2020

ބޯޑަރު އަލުން ހުޅުވާލާ ދުވަހު އިންޓަރނޭޝަނަލް ތިން ފްލައިޓެއް ޖައްސާނެ

14 ޖުލައި 2020
ބޯޑަރު އަލުން ހުޅުވާލާ ދުވަހު އިންޓަރނޭޝަނަލް ތިން ފްލައިޓެއް ޖައްސާނެ
07 ޖުލައި 2020

ބޯޑަރު ހުޅުވާލުމާއެކު 41 ރިސޯޓު އޮޕަރޭޓް ކުރާނެ: ޓޫރިޒަމް މިނިސްޓްރީ

07 ޖުލައި 2020
ބޯޑަރު ހުޅުވާލުމާއެކު 41 ރިސޯޓު އޮޕަރޭޓް ކުރާނެ: ޓޫރިޒަމް މިނިސްޓްރީ
25 ޖޫން 2020

ބޯޑަރު ބަންދު ކުރުމުން ވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ: ތޮއްޔިބު

25 ޖޫން 2020
ބޯޑަރު ބަންދު ކުރުމުން ވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ: ތޮއްޔިބު
11 މެއި 2020

ބޯޑަރު ހުޅުވާލުމުން ފަތުރުވެރިން ގެނައުމުގެ ހުއްދަ ފުރަތަމަ ދޭނީ ރިސޯޓުތަކަށް!

11 މެއި 2020
ބޯޑަރު ހުޅުވާލުމުން ފަތުރުވެރިން ގެނައުމުގެ ހުއްދަ ފުރަތަމަ ދޭނީ ރިސޯޓުތަކަށް!
06 މެއި 2020

ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހިއްސާކުރަން އެދިއްޖެ

06 މެއި 2020
ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހިއްސާކުރަން އެދިއްޖެ
29 ސެޕްޓެމްބަރު 2019

އައްޑޫސިޓީގައި 4000 އެނދު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

29 ސެޕްޓެމްބަރު 2019
އައްޑޫސިޓީގައި 4000 އެނދު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
02 ނޮވެމްބަރު 2018

ފަތުރުވެރިކަމުގެ ސިނާއަތުގެ އެނދުތައް އިތުރުވެއްޖެ

02 ނޮވެމްބަރު 2018
ފަތުރުވެރިކަމުގެ ސިނާއަތުގެ އެނދުތައް އިތުރުވެއްޖެ
23 ނޮވެމްބަރު 2017

ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި

23 ނޮވެމްބަރު 2017
ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް