Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޔޫރޮޕާ ލީގު

ޔުނައިޓެޑް ބަލިކޮށް ސެވިއްޔާ ފައިނަލަށް

ޔުނައިޓެޑް އަތުން ސެވިއްޔާ މޮޅުވީ ފަހަތުން އަރާ 2-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2020 | އާދީއްތަ 21:33
ސެވިއްޔާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސެވިއްޔާ މޮޅުވީ ފަހަތުން އަރާ 2-1 ން

ސެވިއްޔާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސެވިއްޔާ މޮޅުވީ ފަހަތުން އަރާ 2-1 ން

ފަހަތުން އަރާ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލަށް ސެވިއްޔާ ދަތުރުކޮށްފިއެވެ.

ޔޫރޮޕާ ލީގުގެ މެޗުތައް ޖަރުމަންގައި ކުރިއަށްދާއިރު، ފައިނަލްގެ ފުރަތަމަ ޖާގަ ސެވިއްޔާ ހޯދީ އާދީއްތަ ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ޔުނައިޓެޑް އަތުން 2-1 ން މޮޅުވެގެންނެވެ.

ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ސެވިއްޔާއިން މިހާތަނަށް ފަސް ފަހަރު ހޯދާފައިވާއިރު، އެޓީމުން އެންމެ ފަހުން ފައިނަލްގައި ވާދަކޮށްފައިވަނީ 2015-2016 ވަނަ އަހަރުގެ ސީޒަނުގައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ޕެނަލްޓީއެއް ދިންއިރު، މެޗުގެ ނުވަވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށް ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. މިއީ މި ސީޒަނުގައި ޔުނައިޓެޑަށް ލިބުނު 22 ވަނަ ޕެނަލްޓީއެވެ.

ޔުނައިޓެޑުން މެޗުގެ ކުރީކޮޅު ލީޑު ނެގި ނަމަވެސް، ސެވިއްޔާއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ 26 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. ސާޖިއޯ ރެގީލޯން ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސޫސޯއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުނައިޓެޑުން ގާތްގާތުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ސެވިއްޔާގެ ގޯލްކީޕަރު ޔަސީން ބޫނޫ ވަނީ މޮޅު ކުޅުމެއް ދައްކާ އެ ހަމަލާތަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި މެޗުގައި ސެވިއްޔާއިން ލީޑު ނެގީ 78 ވަނަ މިނެޓުގައެވެ. ހެސުސް ނަވާސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންއެވެ.

މި މޮޅާއެކު ހުލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސެވިއްޔާއިން ވަނީ މެޗަކުން ބަލިނުވެ 20 މެޗު ހަމަކޮށްފައެވެ.

ޔޫރޮޕާ ލީގުގެ ފައިނަލަށް ސެވިއްޔާ ދަތުރުކުރިއިރު، ފައިނަލްގައި އެޓީމު ބައްދަލުކުރަން ޖެހޭނީ އިންޓަ މިލާނާއި ޝަޚްތަރު ޑޮނެސްކް ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު