Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ސުޒުކީ ކަޕް

ސާފް ސުޒުކީ ކަޕް އަންނަ އަހަރަށް ފަސްކޮށްފި

ކުރިން ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ 19-30 ށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖޫން 2020 | އަންގާރަ 07:41
2018 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމު

2018 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމު

މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ތާވަލުކުރި ސާފް ސުޒުކީ ކަޕް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ބަންގްލަދޭޝްގެ ޑާކާގައި މިއަހަރުގެ މުބާރާތް ކުރިން ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ 19-30 ށެވެ.

އެކަމަކު ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއެކު ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ން ހޯމަ ދުވަހު ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގައި ވަނީ މިއަހަރުގެ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައެވެ، އެކަމަކު މި މުބާރާތް އަންނަ އަހަރު ބާއްވާނެ ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ.

ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ޙައްޤު ވިދާޅުވީ މުބާރާތް ބާއްވާނެ ސީދާ ތާރީޚެއް ކަނޑައެޅޭނީ ދެން ބާއްވާ ބައްދަލުވުމެއްގައި ކަމަށެވެ.

މި އަހަރުގެ މި މުބާރާތް ބަންގްލަދޭޝްގައި ބާއްވަން ނިންމީ އެ ގައުމުގެ ރައީސް ޝެއިޚް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް، މި ސަރަހައްދުގެ ކުޅިވަރު ހަރަކާތްތައް އެގައުމުގައި ބޭއްވުމަށް އެދުމުންނެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތް އެންމެ ފަހުން ބޭއްވީ ވެސް ބަންގްލަދޭޝްގައެވެ. ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު ޗެމްޕިއަންކަން ހޯދީ ރާއްޖެއެވެ. މިއީ ރާއްޖޭން މި މުބާރާތުގެ ތަށި އުފުލާލި ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަހަރެވެ. އެ ފަހަރު މުބާރާތް ބޭއްވީ ރާއްޖެ އާއި ސްރީލަންކާގައެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމަކީ އިންޑާއެވެ. އިންޑިއާއިން މި މުބާރާތް ހަ ފަހަރު ކާމިޔާބު ކޮށްފައިވާއިރު ދިވެހިރާއްޖެއިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ދެ ފަހަރެވެ. އަދި ބަންގްލަދޭޝް އާއި އަފްޣާނިސްތާނުން ވަނީ މި މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު