Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ވަޔަޑޮލިޑް ބަލިކޮށް އެތުލެޓިކޯ ތިންވަނައަށް

ވަޔަޑޮލިޑް އަތުން އެތުލެޓިކޯ މޮޅުވީ 1-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 ޖޫން 2020 | އާދީއްތަ 09:16
އެތުލެޓިކޯ އާއި ވަޔަޑޮލިޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެތުލެޓިކޯ މޮޅުވީ 1-0 ން

އެތުލެޓިކޯ އާއި ވަޔަޑޮލިޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެތުލެޓިކޯ މޮޅުވީ 1-0 ން

ރެއާލް ވަޔަޑޮލިޑް ބަލިކޮށް ސްޕެނިޝް ލީގުގެ ތިންވަނައަށް އެތުލެޓިކޯ މެޑްރިޑް ޖެހިލައިފިއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ވަޔަޑޮލިޑް އަތުން އެތުލެޓިކޯ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަކީ އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލަކް ބައިކޮޅަށް ލަނޑެއް ނުވައްދާ ހަމަކުރި 101 ވަނަ މެޗެވެ. މީގެ ކުރިން ލީގުގައި އޮސަސޫނާ އަތުން 5-0 ން އެތުލެޓިކޯ މޮޅުވި މެޗުގައި އޮބްލަކް ވަނީ ބައިކޮޅަށް ލަނޑެއް ނުވައްދާ 100 މެޗު ހަމަކޮށް ރެކޯޑް ހަދާފައެވެ.

ސްޕެނިޝް ލީގުގެ ތާރީޚުގައި ބައިކޮޅަށް ލަނޑެއް ނުވައްދާ އެންމެ އަވަހަށް 100 މެޗު ހަމަކުރި ގޯލްކީޕަރުގެ ރެކޯޑް އޮބްލަކް ހަދާފައިވަނީ 183 މެޗުންނެވެ. ކުރިންވެސް އެ ރެކޯޑް އޮންނަނީ އެތުލެޓިކޯއަށް ކުޅުނު ގޯލްކީޕަރެއް އަތުގައެވެ. އެތުލެޓިކޯގެ ކުރީގެ ގޯލްކީޕަރު މިގްއިލް ރެއިނާ ބައިކޮޅަށް ލަނޑެއް ނުވައްދާ 100 މެޗު ހަމަކުރީ 222 މެޗުންނެވެ.

އެތުލެޓިކޯގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެތުލެޓިކޯގެ ޔާއޯ ފެލިކްސް އާއި، އަލްވާރޯ މޮރާޓާ އަދި ކިރަން ޓްރިޕިއާއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގައި އެތުލެޓިކޯއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޑިއޭގޯ ކޮސްޓާ ނަގައިދިން ހުރަހަކުން ކާމިޔާބުކުރީ ވިޓޯލޯއެވެ.

މި މޮޅާއެކު އެތުލެޓިކޯ ތާވަލުގެ ތިންވަނައަށް ޖެހިލީ ކުޅުނު 30 މެޗުން 52 ޕޮއިންޓާއެކުއެވެ. ހަތަރުވަނައަށް ވެއްޓުނު ސެވިއްޔާއަށްވެސް 30 މެޗުން 52 ޕޮއިންޓު ލިބިފައިވާއިރު، އެތުލެޓިކޯއަށް ކުރިލިބެނީ ފައިދާ ލަނޑުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު