Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ފްރެއިބާގް އަތުން ބަޔާން މޮޅުވި މެޗުގައި ލެވަންޑޯސްކީ ރެކޯޑެއް ހަދައިފި

21 ޖޫން 2020 | އާދީއްތަ 08:09

ފްރެއިބާގް އަތުން ބަޔާން މޮޅުވީ 3-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ޖޫން 2020 | އާދީއްތަ 08:09
ބަޔާން އާއި ފްރެއިބާގް ބައްދަލުކުރި މެޗުގެ ތެރެއިން: ލެވަންޑޯސްކީ ވަނީ އޮބަމަޔަންގެ ރެކޯޑް މުގުރާލާފައި

ބަޔާން އާއި ފްރެއިބާގް ބައްދަލުކުރި މެޗުގެ ތެރެއިން: ލެވަންޑޯސްކީ ވަނީ އޮބަމަޔަންގެ ރެކޯޑް މުގުރާލާފައި

ޖަރުމަން ލީގުގައި ޖަރުމަން ނޫން އެހެން ގައުމަކަށް ނިސްބަތްވާ ކުޅުންތެރިޔަކު އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ޕިއޭ-އެމެރިކް އޮބަމަޔަން ހަދާފައިވާ ރެކޯޑް ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ މުގުރާލައިފިއެވެ.

ޖަރުމަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބަޔާން ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ވަނީ ފްރެއިބާގް އަތުން 3-1 ން މޮޅުވެފައެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިމިޗެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ލެވަންޑޯސްކީ ބަޔާނަށް ލީޑު ފުޅާކޮށްދިން ނަމަވެސް، 33 ވަނަ މިނެޓުގައި ލޫކަސް ހޯލާ ވަނީ ފްރެއިބާގަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ލެވަންޑޯސްކީ ވަނީ ބަޔާނަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ޖެހި ދެ ލަނޑާއެކު ލެވަންޑޯސްކީ ވަނީ ލީގުގައި 33 ލަނޑު ހަމަކޮށް، ލީގު ތާރީޚުގައި އެ އަދަދަށް ލަނޑު ޖެހި ޖަރުމަން ނޫން އެހެން ގައުމަކަށް ނިސްބަތްވާ ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 2016-2017 ގެ ސީޒަނުގައި 31 ލަނޑު ޖެހި އޭރު ބޮރޫޝިއާ ޑޯޓްމަންޑުގެ ފޯވާޑް އޮބަމަޔަން އަތުގައެވެ.

މި މޮޅާއެކު ޖެހިޖެހިގެން އަށް ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވާ ބަޔާން ތާވަލުގެ އެއްވަނައިގައި އޮތީ 33 މެޗުން 79 ޕޮއިންޓާއެކުއެވެ. ލީގުގައި ހޮނިހިރު ދުވަހުގެރޭ އާރުބީ ލެއިޕްޒީގުގެ މައްޗަށް 2-0 އިން ކުރިހޯދާ، ޑޯޓްމަންޑް ވަނީ ލީގުގެ ދެވަނަ މަގާމު ކަށަވަރުކޮށްފައެވެ. ޑޯޓްމަންޑެ މިހާރު ދެވަނައިގައި އޮތީ 33 މެޗުން 69 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް