Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަންޓޯސްގެ އެއްބަސްވުން އާކުރުން

ޕޯޗުގަލްގެ ކޯޗު ސަންޓޯސްގެ އެއްބަސްވުން އާކޮށްފި

ސަންޓޯސްގެ އެއްބަސްވުން އާކުރީ 2024 ވަނަ އަހަރުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 ޖޫން 2020 | ބުދަ 15:32
ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް: އެއްބަސްވުން އިތުރު ހަތަރު އަހަރަށް ވަނީ އާކޮށްފައި

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް: އެއްބަސްވުން އިތުރު ހަތަރު އަހަރަށް ވަނީ އާކޮށްފައި

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސްގެ އެއްބަސްވުން އިތުރު ހަތަރު އަހަރަށް އާކޮށްފިއެވެ.

މީގެ ކުރިން ސަންޓޯސް ހަދާފައިވާ އެއްބަސްވުން ހަމަވަން އޮތީ މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހުއެވެ. އެކަމަކު ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މިއަހަރުގެ ޔޫރޯ ވަނީ އަންނަ އަހަރުގެ ހޫނު މޫސުމަށް ފަސްކޮށްފައެވެ.

އަންގާރަ ދުވަހު ޕޯޗުގީސް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ސަންޓޯސްގެ އެއްބަސްވުން އާކުރިކަން ހާމަކޮށްފައެވެ. އެ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސަންޓޯސްގެ އެއްބަސްވުން އިތުރު ހަތަރު އަހަރަށް މިހާރު އާކޮށްފައިވާ ކަމަށެވެ. އެހެންކަމުން 2024 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ސަންޓޯސް ޕޯޗުގަލްގެ ކޯޗެއްގެ ގޮތުގައި މަޑުކުރާނެއެވެ.

2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު ޕޯޗުގަލްއާ ހަވާލުވި ސަންޓޯސް ވަނީ ޕޯޗުގަލްއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން ސަންޓޯސްގެ އިރުޝާދުގެ ދަށުން ޕޯޗުގަލްއިން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން މިދިޔަ އަހަރު މުޅިން އަލަށް ބޭއްވި ޔުއެފާ ނޭޝަން ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެކަމަކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އާ ހިސާބުން ޕޯޗުގަލް ވަނީ ކަޓާފައެވެ.

އެއްބަސްވުން އާކުރުމަށްފަހު ސަންޓޯސް ބުނީ ޕޯޗުގަލްގައި މަސައްކަތް ކުރުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. އަދި ބުނީ ހުރިހާ މުބާރާތެއް ކާމިޔާބުނުކުރެވުނު ނަމަވެސް، ގިނަ ކާމިޔާބީތަކެއް ހޯދަން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. ޕޯޗުގީސް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ފެނާންޑޯ ގޯމޭސް ވިދާޅުވީ ސަންޓޯސްގެ އެއްބަސްވުން އާކުރަން ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ކަމަށާއި، އޭނާ އާއެކު ޕޯޗުގަލްގެ ގައުމީ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށެވެ.

2024 ވަނަ އަހަރުގެ ނިޔަލަށް ޕޯޗުގަލްގެ އެއްބަސްވުން ސަންޓޯސް އާކުރުމުން، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2024 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަންޝިޕްގައިވެސް ޕޯޗުގަލްއަށް އިރުޝާދުދޭނީ އޭނާއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު