Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަޕޯޓަރުންނަށް ދަނޑު ހުޅުވާލުން

ސްޕެނިޝް ލީގު ނިމުމުގެ ކުރިން ސަޕޯޓަރުންނަށް ދަނޑު ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: ޓެބާސް

13 ޖޫން 2020 | ހޮނިހިރު 14:58

ބުރާސްފަތި ދުވަހުގެރޭ ސްޕެނިޝް ލީގު އަލުން ވަނީ ފަށާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޖޫން 2020 | ހޮނިހިރު 14:58
ސްޕެނިޝް ލީގުގައި ހުކުރު ދުވަހުގެރޭ ވެލެންސިއާ އާއި ލެވަންޓޭ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ހުކުރު ދުވަހުގެރޭ ވެލެންސިއާ އާއި ލެވަންޓޭ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގު ނިމުމުގެ ކުރިން ސަޕޯޓަރުންނަށް ދަނޑު ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން މެދުކަނޑާލި ސްޕެނިޝް ލީގުގެ ކުޅުން ބުރާސްފަތި ދުވަހުގެރޭ ފަށާފައިވާއިރު، މެޗުތައް ކުޅެނީ ދަނޑަށް ސަޕޯޓަރުން ނުވައްދައެވެ.

މީގެ ކުރިން މި ސީޒަނުގެ އިޓާލިއަން ލީގު ނިމުމުގެ ކުރިން ސަޕޯޓަރުންނަށް ދަނޑު ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިޓާލިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ގެބްރިއަލީ ގްރަވީނާ ވެސް ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވީ ލީގު ނިމުމުގެ ކުރިން ދަނޑުތައް ސަޕޯޓަރުންނަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެކަމަކު މި ހާލަތުގައި މުޅި ދަނޑު އެއްކޮށް ހުޅުވާ ނުލާނެ ކަމަށެވެ. އެގޮތުން ދަނޑުތަކަށް ސަޕޯޓަރުން ވައްދާއިރު، ހާއްސަ އުސޫލެއް ކަނޑައަޅައި، ކޮންމެ މެޗަކަށް 10-15 އިންސައްތައާ ދެމެދުގެ އަދަދަކަށް ސަޕޯޓަރުން ވެއްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެކަމަކު މީގެ ކުރިން މި ސީޒަނުގެ ސްޕެނިޝް ލީގު މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ވެއްދުން ނާދިރު ކަމަށް ސްޕެއިންގެ ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ ރައީސް އިރެނޭ ލޮހާނޯ ވަނީ ވިދާޅުވެފައެވެ. ލޮހާނޯ ވިދާޅުވީ މި ދަނޑިވަޅުގައި އެންމެ މުހިންމީ އާންމު ރައްޔިތުންނާއި ކުޅުންތެރިންގެ ސިއްހަތު ކަމަށާއި، ފުޓްބޯޅަ މެޗުތައް އަލުން ފަށާއިރު ކަނޑައަޅާފައިވާ އުސޫލުތަކަށް ފުރިހަމަ އަށް ތަބާވާން ޖެހޭނެ ކަމަށެވެ. އަދި މި ސީޒަނުގެ ސްޕެނިޝް ލީގު މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ވެއްދުމަކީ ބޮޑު ރިސްކެއް ކަމަށާއި، އެކަން އެގޮތަށް ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސްޕެނޝް ލީގު އަލުން ފެށިއިރު، މީގެ ކުރިން ވަނީ ސްޕެއިންގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިން ކޮވިޑް-19ށް ޓެސްޓު ކޮށްފައެވެ. ލީގުގެ ކުޅުން އަލުން ފަށައިގެން ކުރިއަށް ދާއިރު، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ބާސާއަށް 27 މެޗުން 58 ޕޮއިންޓު ލިބިފައިވާއިރު، ރެއާލަށް ވަނީ 27 މެޗުން 56 ޕޮއިންޓު ލިބިފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް