Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ސްކޮޑު އެކުލަވާލުން

ގައުމީ ސްކޮޑުން ދާދު, އިއްބެ އަދި ސައްޓު ބާކީކޮށްފި

މިހާރު ވަނީ 25 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 10 ޖޫން 2020 | ބުދަ 07:25
އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި، އިޝާން އިބްރާހިމް (ސައްޓު) އަދި ނާއިޒު ހަސަން (ދާދު)

އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި، އިޝާން އިބްރާހިމް (ސައްޓު) އަދި ނާއިޒު ހަސަން (ދާދު)

ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް އަލުން ފަށަން އެކުލަވާލި ސްކޮޑުން ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި އިޝާން އިބްރާހިމް (ސައްޓު) ބާކީކޮށްފިއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފަސްކުރި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން މިހާރު ވަނީ ނިންމާފައެވެ. ކޮވިޑް-19 އާ ގުޅިގެން ގައުމީ ޓީމުގެ ފަރިތަކުރުންތައް ވެސް މެދުކަނޑާލިއިރު، މި މަހު ކުޅުންތެރިން ގޭގައި ތިބެ ފިޓްނަސްއަށް މަސައްކަތް ކުރަން ކޯޗު ވަނީ އަންގާފައެވެ. އަދި އަންނަ ޖުލައި މަހުގެ ތެރޭގައި ހަ ކުޅުންތެރިންގެ ގްރޫޕް ތަކުގައި ނިއު ނޯމަލްގެ ގައިޑްލައިނާ އެއްގޮތަށް ފަރިތަކުރުންތައް ފެށިގެންދާނެ ކަމަށާއި، އޮގަސްޓް މަހުގެ ތެރޭގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނު ހެދޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް އަލުން ފަށަން 25 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލިއިރު، މީގެ ކުރިން އައީ 31 ކުޅުންތެރިންގެ ސްކޮޑަކާއެކު ތަމްރީނު ކުރަމުންނެވެ. ސްކޮޑުން ބާކީކުރި ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ދެ ކުޅުންތެރިން ކަމަށްވާ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ޓީސީ ސްޕޯޓްސް ކްލަބުގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) އެވެ.

ގައުމީ ސްކޮޑުން ދާދު އާއި އިއްބެ ބާކީކުރިއިރު، މިދިޔަ ސީޒަނުގެ ފަހު ކޮޅުގައި އެ ދެ ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ވަނީ ގެއްލިފައެވެ. ދިގު އިންތިޒާރަކަށް ފަހު މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ސައްޓުއަށް 31 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ލިބުނު ނަމަވެސް، ކުޅުންތެރިންނާ އެފްއޭއެމުން ހިއްސާ ކުރި ސްކޮޑުގައި އޭނާ ހިމަނާފައެއް ނުވެއެވެ.

ސްކޮޑުގައި ނުހިމެނޭ އިތުރު ކުޅުންތެރިންނަކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އަސަދުﷲ އަބްދުﷲ އާއި މުހައްމަދު ނާއިމް އާއި މުހައްމަދު ޖައިލަމް (އޮގީ) އަދި ހައިޝަމް ހަސަން އެވެ. އަދި ކުރިން ގައުމީ ޓީމުން ފުރުސަތު ހޯދަމުން އައި މާޒިޔާގެ މުޖުތާޒް މުހައްމަދު (މުޖޭ) ވެސް މި ފަހަރުގެ ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.

ސްކޮޑުން ޖާގަ ހޯދި ކުޅުންތެރިންގެ ތެރޭގައި ދެވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި ފަހުން މާޒިޔާ އަށް ބަދަލުވި އާދަމް ނިޒާމް (ކިތުނާ) އާއި ޓީސީއަށް ދާދި ފަހުން ބަދަލުވި އަލީ ޝާމިސް (ތޮއްޕޭ) ފާހަގަކޮށްލެވެއެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން ތާވަލުކޮށްފައިވާއިރު، ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން މިދިޔަ ފެބްރުއަރީ މަހާއި މާޗު މަހުގެ ކުރީކޮޅުގައި ވަނީ ގައުމީ ޓީމުގެ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ 25 ކުޅުންތެރިންގެ ސްކޮޑު:

މާޒިޔާ:ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެން ޝަރީފް (ހުސެން)، ހުސައިން ނިހާން (ނިހާޓް)، އާދަމް ނިޒާމް (ކިތުނާ)

ޓީސީ:އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު ރިލްވާން (ބެން)، އިސްމާއިލް އީސަ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ)

އީގަލްސް:އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނަޒީމް (ޗޯޓު)

ގްރީން ސްޓްރީޓްސް:މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކް)

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު