Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް

އޮގަސްޓް މަހު ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތަކަށް ނުކުންނަނީ

އަންނަ ޖުލައި މަހުގެ ތެރޭގައި ހަ ކުޅުންތެރިންގެ ގްރޫޕްތަކުގައި ފަރިތަކުރުންތައް ފެށިގެންދާނެ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 9 ޖޫން 2020 | އަންގާރަ 16:48
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ތަމްރީނުތަކުގައި: މި މަހު ގޭގައި ތިބެ ތަމްރީނު ކުރިއަށް ގެންދަން ކޯޗު ވަނީ އަންގާފައި

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ތަމްރީނުތަކުގައި: މި މަހު ގޭގައި ތިބެ ތަމްރީނު ކުރިއަށް ގެންދަން ކޯޗު ވަނީ އަންގާފައި

އޮގަސްޓް މަހުގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތަކަށް ނުކުންނާާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފަސްކުރި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން މިހާރު ވަނީ ނިންމާފައެވެ. ކޮލިފައިންގެ މެދުތެރެއިން ރާއްޖޭން ވަނީ ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް ބަދަލު ގެނެސްފައެވެ. އެގޮތުން ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަމަޖެއްސިއިރު، އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރާނީ މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކާއި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި މަހު ކުޅުންތެރިން ގޭގައި ތިބެ ފިޓްނަސްއަށް މަސައްކަތް ކުރާއިރު، އަންނަ ޖުލައި މަހުގެ ތެރޭގައި ހަ ކުޅުންތެރިންގެ ގްރޫޕް ތަކުގައި ނިއު ނޯމަލްގެ ގައިޑްލައިނާ އެއްގޮތަށް ފަރިތަކުރުންތައް ފެށިގެންދާނެ ކަމަށެވެ. މިހާރު މިދާގޮތަށް އިތުރު ގޯހެއްނެތި ކުރިއަށްދާނަމަ، އޮގަސްޓް މަހުގެ ތެރޭގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނު ހެދޭނެ ކަމަށާއި، އެފްއޭއެމްގެ ޓާގެޓަކީ އަދިވެސް އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށް ވުމާއެކު، ހާއްސަ ސަމާލުކަމެއް ގައުމީ ޓީމަށް ދޭނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ކޮލިފައިންގެ މެޗުތައް ފެށުމަށް ތައްޔާރުވަމުންދާއިރު، ގައުމީ ޓީމު ކޭމްޕް ކުރުމަށް ދެ ގޮތަކަށް ވިސްނަމުންދާ ކަމަށް ބައްސާމް ވިދާޅުވި އެވެ. އެއް ގޮތަކީ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ރަށެއްގައި ގައުމީ ޓީމު ކޭމްޕް ކުރުމަށް ވިސްނާ ކަމަށާއި، ނޫނީ ފަރިތަކުރުންތައް މާލޭގައި ކުރިއަށް ގެންދިޔުމަށް ފަހު، ފެންވަރު ރަނގަޅު ކޭމްޕަކަށް ރާއްޖެއިން ބޭރަށް ދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އޮކްޓޯބަރުގެ ކުރިން ގައުމީ ޓީމުގެ ކޭމްޕް ބޭއްވުމަށް ނިންމާފައިވާއިރު، ކޯޗު ބޭނުންވަނީ ސައުދީ އަރަބިއްޔާ ނުވަތަ ގަތަރުގައި ކޭމްޕް ކުރުމަށް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ފަސްކުރި ކޮލިފައިން މެޗުތައް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހަށް ތާވަލު ކޮށްފައއިވާއިރު، ރާއްޖެ އާއި ޗައިނާގެ މެޗު މިހާރު ވަނީ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހަށް ތާވަލު ކޮށްފައެވެ. އެކަމަކު މި މެޗު ކުޅޭނެ ދަނޑެއް ނިންމާފައެއް ނުވެއެވެ. މީގެ ކުރިން މި މެޗު ވަނީ ތައިލެންޑުގައި ކުޅުމަށް ވެސް ތާވަލުކޮށްފައެވެ.

މީގެ އިތުރުން ރާއްޖެ އާއި ސީރިއާ ކުޅޭ މެޗު އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހަށް މާލޭގައި ކުޅުމަށް ތާވަލު ކޮށްފައިވާއިރު، ރަށުން ބޭރުގައި ފިލިޕީންސް އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

އޭޝިއާ ސަރަހައްދުން ހަތަރު ގައުމެއް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު