Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅުންތެރިންނާއި އޮފިޝަލުން ޓެސްޓު ކުރުން

ހަވަނަ ބުރުގެ ޓެސްޓިންގައި ޕްރިމިއާ ލީގުގެ އެއްވެސް މީހަކު ޕޮޒިޓިވެއް ނުވޭ

މީގެ ކުރިން ޖުމްލަ 13 މީހަކު ވަނީ ތިން ބުރުން ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 6 ޖޫން 2020 | ހޮނިހިރު 21:28
ދާދި ފަހުން އާސެނަލުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ވަނީ ހުއްދަ ދީފައި

ދާދި ފަހުން އާސެނަލުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ވަނީ ހުއްދަ ދީފައި

ހަވަނަ ބުރުގައި ކުރިއަށް ގެންދިޔަ ޓެސްޓުތަކުން އިނގިރޭސި ޕްރިމިއާ ލީގުން އެއްވެސް ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ނުވާކަން ހާމަކޮށްފި އެވެ.

މިހާތަނަށް ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރުމަށް ހަ ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު، ޖުމްލަ 6،274 ޓެސްޓު ވަނީ ކޮށްފައެވެ. އެއީ ފުރަތަމަ ބުރުގައި 748 މީހުންނާއި، ދެވަނަ ބުރުގައި 996 މީހުންނާއި، ތިންވަނަ ބުރުގައި 1،008 މީހުންނާއި، ހަތަރުވަނަ ބުރުގައި 1،130 މީހުންނާއި، ފަސްވަނަ ބުރުގައި 1،197 މީހުންގެ އިތުރުން ހަވަނަ ބުރުގައި 1،195 މީހުންނެވެ.

ހަވަނަ ބުރުގައި ހެދި ޓެސްޓު ތަކުން ޕޮޒިޓިވް ކޭސް އެއް ފެނިފައިނުވާއިރު، ހަތަރުވަނަ ބުރުގެ ޓެސްޓިންގައި ވެސް އެއްވެސް މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެކަމަކު މީގެ ކުރިން ޖުމްލަ 13 މީހަކު ވަނީ ޕްރިމިއާ ލީގުން ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

މީގެ ކުރިން ފުރަތަމަ ބުރުން ވަޓްފޯޑުގެ ޑިފެންޑަރު އޭޑްރިއަން ޕަރިއަޕާ އާއި އެ ކްލަބުގެ ދެ އޮފިޝަލަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ބާންލީގެ އެސިސްޓަންޓް ކޯޗު އިއަން ވޯން ވެސް ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އަދި ދެވަނަ ބުރުން ބޯންމަތުގެ ގޯލްކީޕަރު އާރޮން ރާމްސްޑޭލް ވެސް ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އެކަމަކު ރާމްސްޑޭލް މިހާރު ވަނީ ވައިރަހުން ސަލާމަތް ވެފައެވެ. އަދިި ފަސްވަނަ ބުރުން ޕޮޒިޓިވް އެންމެ ކޭސް އެއް ފެނުންއިރު، އެ ކޭސް ނިސްބަތްވަނީ ޓޮޓެންހަމް ހޮޓްސްޕާ އަށް ކަމަށް އެކްލަބުން ވަނީ ހާމަކޮށްފައެވެ.

ޖުމްލަ 13 މީހަކު މިހާތަނަށް ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، މީގެ ކުރިން ޕްރިމިއާ ލީގުގެ ކްލަބުތަކުން ވަނީ ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ފާސްކޮށްފައެވެ. އަދި މިދިޔަ ހަފުތާގައި ވަނީ ކްލަބުތަކުން އެކުވެރިކަމުގެ މެޗުތައް ކުޅުމުގެ ހުއްދަ ވެސް ދީފައެވެ.

ޕްރިމިއާ ލީގު އަލުން ފެށުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު