Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޭޒަންހަޓްލްގެ އެއްބަސްވުން އާކުރުން

ސައުތެމްޓަންގެ ކޯޗު ހޭޒަންހަޓްލްގެ އެއްބަސްވުން އާކޮށްފި

އެއްބަސްވުން އާކޮށްފައިވަނީ އިތުރު ހަތަރު އަހަރަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 2 ޖޫން 2020 | އަންގާރަ 12:13
ސައުތެމްޓަންގެ ކޯޗު ރަލްފް ހޭޒަންހަޓްލް: ހަތަރު އަހަރަށް އެއްބަސްވުން ވަނީ އާކޮށްފައި

ސައުތެމްޓަންގެ ކޯޗު ރަލްފް ހޭޒަންހަޓްލް: ހަތަރު އަހަރަށް އެއްބަސްވުން ވަނީ އާކޮށްފައި

ސައުތެމްޓަންގެ ކޯޗު އޮސްޓްރިއާގެ ރަލްފް ހޭޒަންހަޓްލްގެ އެއްބަސްވުން އާކޮށްފި އެވެ.

އުމުރުން 52 އަހަރުގެ ހޭޒަންހަޓްލްގެ އެއްބަސްވުން އާކޮށްފައިވަނީ އިތުރު ހަތަރު އަހަރަށެވެ. އެހެންކަމުން 2024 ގެ ނިޔަލަށް އޭނާ ސައުތެމްޓަންގައި މަޑުކުރާނެ އެވެ.

2018 ވަނަ އަހަރުގެ ޑިސެންބަރު މަހު ސައުތެމްޓަންގެ ކޯޗުގެ މަގާމާ ހޭޒަންހަޓްލް ހަވާލުވިއިރު، އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގައެވެ. އޭނާ ޓީމާ ހަވާލުވި ފުރަތަމަ ސީޒަނުގައި ވެސް ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. 2018 ވަނަ އަހަރު ސައުތެމްޓަނާ ހަވާލުވުމުގެ ކުރިން އޭނާ އެންމެ ފުރަތަމަ ވިދާލީ ޖަރުމަންގެ އާރުބީ ލެއިޕްޒީގުންނެވެ.

ސައުތެމްޓަންގެ އެއްބަސްވުން އާކުރުމަށްފަހު ހޭޒަންހަޓްލް ބުނީ އެއްބަސްވުން އާކުރަން ނިންމި ނިންމުމަކީ ވަރަށް ފަސޭހަ ނިންމުމެއް ކަމަށެވެ. މިހާތަނަށް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއެކު ވަރަށް ގާތް ގުޅުމެއް ބަދަހިވެފައިވާ ކަމަށާއި، ދެން ވެސް ބޭނުންވަނީ ސައުތެމްޓަނުގައި ހުރެ ރަނގަޅު މަސައްކަތްތަކެއް ކުރުން ކަމަށް ވަނީ ބުނެފައެވެ.

ސައުތެމްޓަންގެ ކޯޗު ހޭޒަންހަޓްލްގެ އިތުރުން އެސިސްޓަންޓް ކޯޗު ރިޗާޑް ވެސް ވަނީ އެއްބަސްވުން އާކޮށްފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، ލީގުގައި ސައުތެމްޓަން އޮތީ 14 ވަނައިގައެވެ. އެޓީމަށް ކުޅުނު 29 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.

ޕްރިމިއާ ލީގު ޖޫން މަހުގެ 17 ވަނަ ދުވަހު އަލުން ފެށުމަށް މިހާރު ކްލަބުތަކުން ވަނީ އެއްބަސްވެފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު