Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅުންތެރިންނާއި އޮފިޝަލުން ޓެސްޓު ކުރުން

ހަތަރުވަނަ ބުރުގެ ޓެސްޓިންގައި ޕްރިމިއާ ލީގުގެ އެއްވެސް މީހަކު ޕޮޒިޓިވެއް ނުވޭ

މީގެ ކުރިން ޖުމްލަ 12 މީހަކު ވަނީ ތިން ބުރުން ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 31 މެއި 2020 | އާދީއްތަ 16:44
ދާދި ފަހުން ޓޮޓެންހަމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ވަނީ ހުއްދަ ދީފައި

ދާދި ފަހުން ޓޮޓެންހަމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ވަނީ ހުއްދަ ދީފައި

ހަތަރުވަނަ ބުރުގައި ކުރިއަށް ގެންދިޔަ ޓެސްޓުތަކުން އިނގިރޭސި ޕްރިމިއާ ލީގުން އެއްވެސް ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ނުވާކަން ހާމަކޮށްފި އެވެ.

މިހާތަނަށް ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރުމަށް ހަތަރު ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު، ޖުމްލަ 3،882 މީހަކު ވަނީ ޓެސްޓު ކޮށްފައެވެ. އެއީ ފުރަތަމަ ބުރުގައި 748 މީހުންނާއި، ދެވަނަ ބުރުގައި 996 މީހުންނާއި، ތިންވަނަ ބުރުގައި 1،008 މީހުންގެ އިތުރުން ހަތަރުވަނަ ބުރުގައި 1،130 މީހުންނެވެ.

ހަތަރުވަނަ ބުރުގައި އެއްވެސް މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ނުވި ނަމަވެސް، މީގެ ކުރިން ޖުމްލަ 12 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

މީގެ ކުރިން ފުރަތަމަ ބުރުން ވަޓްފޯޑުގެ ޑިފެންޑަރު އޭޑްރިއަން ޕަރިއަޕާ އާއި އެ ކްލަބުގެ ދެ އޮފިޝަލަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ބާންލީގެ އެސިސްޓަންޓް ކޯޗު އިއަން ވޯން ވެސް ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އަދި ދެވަނަ ބުރުން ބޯންމަތުގެ ގޯލްކީޕަރު އާރޮން ރާމްސްޑޭލް ވެސް ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އެކަމަކު ރާމްސްޑޭލް މިހާރު ވަނީ ވައިރަހުން ސަލާމަތް ވެފައެވެ.

ޖުމްލަ 12 މީހަކު މިހާތަނަށް ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، މިދިޔަ ހަފުތާގައި ޕްރިމިއާ ލީގުގެ ކްލަބުތަކުން ވަނީ ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ފާސްކޮށްފައެވެ. އަދި ޖޫން މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފެށުމަށް ކްލަބުތަކުން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު