Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19: ސްރީލަންކާގެ ޙާލަތު

އޯގަސްޓު 1ގައި ސްރީލަންކާ އެއަރޕޯޓު ފަތުުރުވެރިންނަށް ހުޅުވާލަން ލަފާ އަރުވައިފި

27 މެއި 2020 | ބުދަ 17:48

އެއަރޕޯޓު ހުޅުވަން ލަފާ އެރުވީ ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން ދާތީ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 27 މެއި 2020 | ބުދަ 17:48
ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ: ކޮވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ހަރުދަނާ މަސައްކަތްތަކެއް ދަނީ ކުރައްވަމުން

ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ: ކޮވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ހަރުދަނާ މަސައްކަތްތަކެއް ދަނީ ކުރައްވަމުން

އަންނަ އޯގަސްޓު މަހުގެ އެއްވަނަ ދުވަހު ސްރީލަންކާގެ އެއަރޕޯޓުތައް ބައިނަލްއަޤުވާމީ ފަތުުރުވެރިންނަށް ހުޅުވާލުމަށް ކޮވިޑް-19 ޓާސްކްފޯހުން އެޤައުމުގެ ރައީސަށް ލަފާ އަރުވައިފި އެވެ.

ސްރީލަންކާގެ ރައީސް އޮފީހުގެ މީޑިއާއާއި ޙަވާލާދީ އެޤައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ޓާސްކްފޯހުން އެއަރޕޯޓު ހުޅުވަން ރައީސަށް ހުށަހަޅާފައި ވަނީ ކޮވިޑް-19 ގެ ޙާލަތު ރަނގަޅުވަމުންދާ ކަމަށް ބުނެ އެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި މިފަދައިން ހުށަހަޅާފައިވަނީ ރައީސް ގޮތަބަޔަ ރާޖަޕަކްސެއާއެކު ޓާސްކް ފޯސް ކޮމިޓީގެ އިސް ބޭފުޅުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ. މިބައްދަލުވުމުގައި ކޮމިޓީގެ ބޭފުޅުން ވިދާޅުވެފައިވަނީ، އެޕްރީލް މަހުގެ 31 ވަނަ ދުވަހުން ފެށިގެން މުޖުތަމަޢު ތެރެއިން ކޮވިޑް-19ގެ އާ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށެވެ. މި ބައްދަލުވުމުގައި ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތައް ކޮށްފައިވާ ނޭދެވޭ އަސަރުތަކުން އަރައގަތުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.

މި ބައްދަލުވުމުގައި ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ ޤައުމު ފަތުރުވެރިންނަށް ހުޅުވާލުމުގެ ކުރިން، ލަންކާއާއި ބޭރުގެ ކަމާއި ގުޅުން ހުރި މާހިރުން އެކަށާއަޅާފައިވާ ޞިއްޙީ މިންގަޑުތަކާއި އިރުޝާދުތައް ތަންފީޒުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ފަތުުރުވެރިންނަށް ޤައުމު ހުޅުވާލުމުގެ ގޮތުން، ފަތުރުވެރިކަމަށް ޚާއްޞަ އިސްތިރާޖީ ޕްލޭނެއް އެކުލަވާލާ ފުރިހަމަޔަށް ތައްޔާރު ވުމަށް ރައީސް އިރުޝާދު ދެއްވާފައި ވެއެވެ.

އަންގާރަ ދުވަހު މަޝްވަރާއަށް ފަހު ވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ފަތުރުވެރިކަމުގެ ވިޔަފާރިތައް ހުޅުވަން ނިންމާފަ އެވެ. އެގޮތުން، ފުރަތަަމަ ފިޔަވަހީގައި ޓުއަރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ހޮޓާތަކާއި ރެސްޓޯރެންޓްތައް ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ. މިތަންތަން ހުޅުވި ނަމަވެސް ކެއުން ބުއިމުގެ އިންތިޒާމުތައް ހަމަޖައްސަން ހަމަޖެހިފައިވަނީ ހޮޓަލުގެ ތެރޭގަ އެވެ. އަދި މިތަންތަން ހުޅުވާލުމަށް ފަހު، ކަންތައް ވާ ގޮތް ބެލުމަށް ފަހު އަސްކަރިއްޔާއާއި ޕަބްލިކް ހެލްތު އޮފިސަރުންގެ އެހީތެރިކަމާއެކު ފަތުުރުވެރިކަމުގެ އެހެން ވިޔަފާރިތައް ހުޅުވާލަން ވެސް ވަނީ ނިންމާފަ އެވެ.

ރައީސް ރާޖަޕަކްސަ ވަނީ ފަތުރުވެރިކަމުގެ ސިނާޢާތް ހުޅުވާލުމުގެ ކުރިން ފަތުރުވެރިންގެ އިތުބާރު ހޯދުމުގެ ގޮތުން، ޓުއަރިސްޓް ފުލުހުންގ ޚިދުމަތް ތަޢާރަފުކޮށް، ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލްތަކުގައި ފުލުހުންގެ ޕޯސްޓުތައް ޤާއިމު ކުރުމަށް ޓާސްކްފޯހަށް ލަފާ ދެއްވާފަ އެވެ. އަަދި މި ޕޯސްޓުތަކަށް ފުލުން ޢައްޔަނު ކުރާ އިރު ބޭރު ޤައުމުތަކުގެ ބަސްތަކައް ފަރިތަ ފުލުހުން އެތަންތަނަށް ލުމަށްވެސް އިރުޝާދު ދެއްވާފަ އެވެ. އަދި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޙަރަކާތްތަކެއް ހިންގުމަށް ވެސް ޚިޔާލުފުޅު އެރުވި އެވެ.

އަންގާރަ ދުވަހު ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރާއި، ޓުއަރިޒަމް އަދި ސިވިލްއޭވިއޭޝަން މިނިސްޓަރު ބައިވެރި ވަޑައިގެން ކޮވިޑް-19 ގެ މި ޙާލަތުގައި އަމަލު ކުރަމުންދާ ގޮތާއި، ކުރިޔަށް ރާއްވަވާފައިވާ ޕްލޭން ޙިއްސާ ކުރައްވައި ކަމާއި ގުޅުން ހުރި މުހިންމު މަޝްވަރާތައް ރައީސަށް އަރުވާފައިވާކަމަށް ސްރީލަންކާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

01 އޯގަސްޓު 2018

ސްރީލަންކާގެ 100 ސިޓީއެއްގައި ސިނގިރޭޓް ވިއްކުން ހުއްޓާލައިފި

01 އޯގަސްޓު 2018
ސްރީލަންކާގެ 100 ސިޓީއެއްގައި ސިނގިރޭޓް ވިއްކުން ހުއްޓާލައިފި
26 މެއި 2018

ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 20 އަށް

26 މެއި 2018
ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 20 އަށް
04 އެޕްރީލު 2018

ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ: ސްރީލަންކާ ފްރީޑަމްޕާޓީން ވަކިކޮޅަކަށް ވޯޓް ނުދޭން ނިންމައިފި

04 އެޕްރީލު 2018
ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ: ސްރީލަންކާ ފްރީޑަމްޕާޓީން ވަކިކޮޅަކަށް ވޯޓް ނުދޭން ނިންމައިފި
06 މާރިޗު 2018

ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

06 މާރިޗު 2018
ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
17 ޑިސެމްބަރު 2017

މެލޭޝިއާގެ ބޮޑުވަޒީރު ސްރީލަންކާއަށް ވަޑައިގެންފި

17 ޑިސެމްބަރު 2017
މެލޭޝިއާގެ ބޮޑުވަޒީރު ސްރީލަންކާއަށް ވަޑައިގެންފި
02 ނޮވެމްބަރު 2017

އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓަރންބުލް ސްރީލަންކާގެ ރައީސް ސިރިސެނާއާ ބައްދަލުކުރައްވައިފި

02 ނޮވެމްބަރު 2017
އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓަރންބުލް ސްރީލަންކާގެ ރައީސް ސިރިސެނާއާ ބައްދަލުކުރައްވައިފި
17 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން ސްރީލަންކާއަށް ނުވެއްދުމަށް ގޮވާލާ ލަންކާ ބުޑިސްޓުން ޕެޓިޝަނެއްގައި ސޮއި ކުރަނީ

17 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން ސްރީލަންކާއަށް ނުވެއްދުމަށް ގޮވާލާ ލަންކާ ބުޑިސްޓުން ޕެޓިޝަނެއްގައި ސޮއި ކުރަނީ
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް