Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅުންތެރިންނަށް ދޭ އެލަވަންސް

ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެލަވަންސް ދޭން ނިންމައިފި

މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު ވަނީ ކުޅުންތެރިންނަށް ދެމުން އައި އެލަވަންސް ނުދޭ ކަން ހާމަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 މެއި 2020 | ހޯމަ 15:00
ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން: ކުޅުންތެރިންނަށް އެލަވަންސް ދޭން ވަނީ ނިންމާފައި

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން: ކުޅުންތެރިންނަށް އެލަވަންސް ދޭން ވަނީ ނިންމާފައި

ކޮރޯނާވައިރަސް (ކޮވިޑް19) އާ ގުޅިގެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދެމުން އައި އެލަވަންސް މެދުކަނޑާލި ނަމަވެސް، އަލުން އަނެއްކާވެސް ކުޅުންތެރިންނަށް އެލަވަންސް ދޭން ކުޅިވަރާ ބެހޭ ވުޒާރާ އިން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ވެސް ހުއްޓާލާފައިވާއިރު، މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ކުޅުންތެރިންގެ އެލަވަންސް އަކީ ކުޅުންތެރިންގެ ހާޒިރީ އާއި ފަރިތަކުރުންތައް ދާގޮތަށް ބެލުމަށް ފަހު ދެވޭ އެއްޗެއް ކަމުން، މި ދަނޑިވަޅުގައި ކުޅުންތެރިންގެ އެލަވަންސް ނުދޭކަން ހާމަކުރައްވާފައެވެ.

އެކަމާ ދެކޮޅަށް ބައެއް ކޯޗުންނާއި ކުޅިވަރު ތަޖުރިބާކާރުން އަޑުއުފުލުމުން، ވަޒީރު ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނާއި ކުޅިވަރު އެތުލީޓުންނާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. މުޢުތަބަރު ފަރާތަކުން ރާއްޖެ.އެމްވީ މައުލޫމާތު ދިން ގޮތުގައި ކުޅުންތެރިންނަށް އަލުން އެލަވަންސް ދޭން ވަޒީރު މިހާރު ވަނީ ނިންމަވާފައެވެ. އެގޮތުން މިހާތަނަށް ނުދެވި ހުރި ފައިސާ އާއި އަދި ކުރިއަށް އޮތް މަސްތަކުގައި ވެސް ދޭން ޖެހޭ ފައިސާ ދެމުން ގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ގައުމީ ޓީމުގެ 328 ކުޅުންތެރިންނަށް ސަރުކާރުން ކޮންމެ މަހަކު 1.4 މިލިޔަން ރުފިޔާ އެލަވަންސްގެ ގޮތުގައި އަންނަނީ ދެމުންނެވެ. އެގޮތުން މި ސަރުކާރުން ވަނީ އަންހެން އަދި ފިރެހެން ކުޅުންތެރިން ތަފާތު ކުރުމެއް ނެތި ކޮންމެ މަހަކު 5،000 ރުފިޔާގެ އެލަވަންސް ދޭން ނިންމާފައެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، ވައިރަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވަނީ މެދުކަނޑާލާފައެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރިއިރު، އެހެން ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކުން ވަނީ ކުޅިވަރު ހަރަކާތްތަކާއި ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް މެދުކަނޑާލާފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު