Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމަދޫރީގެ ފުރަތަމަ ސިންގަލް

މަދޫރީ ގެ ފުރަތަމަ ލަވަ "ކޭންޑްލް" ރިލީޒް ކޮށްފި

ލަވަ ރިލީޒްކޮށްފައިވަނީ މަދޫރީގެ ފޭސްބުކާއި އިންސްޓަގްރާމް މެދުވެރިކޮށް

އައިޝަތު ޝާން
އައިޝަތު ޝާން | 24 މެއި 2020 | އާދީއްތަ 02:17
މަދޫރީ ޑިކްސިޓް

މަދޫރީ ޑިކްސިޓް

ފިލްމީ ދުނިޔޭގައި ފަނޑުވުމެއް ނެތި އަދިވެސް ފިޔަޖަހަމުން އަންނަ ބޮލީވުޑްގެ ތަރި މަދޫރީ ޑިކްސިޓް އެކަނި ކިޔާފައިވާ ފުރަތަމަ ލަވަ "ކޭންޑްލް" ރިލީޒްކޮށްފި އެވެ.

މި ލަވަ ރިލީޒްކޮށްފައި ވަނީ ހޮނިހިރު ދުވަހުގައި މަދޫރީގެ ފޭސްބުކް އާއި އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. މި ލަވައިގެ ވީޑިއޯ މަދޫރީ ޙާއްސަ ކޮށްފައި ވަނީ ކޮވިޑް 19 ގައި އިސް ސަފުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ އަގުވަޒަން ކުރުމަށެވެ. މި ވީޑިއޯގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ލޮކްޑައުންވެގެން ތިބެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ވީޑިއޯ ހިމަނާފައިވެއެވެ. އަދި މި ލަވަ ނިންމާލާފައި ވަނީ ކޮވިޑް 19 ގައި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް ޙާއްސަ މެސެޖެއް ދެމުންނެވެ.

މަދޫރީ ފިޔަޖަހަމުން އައީ ހަމައެކަނި ފިލްމީ ދުނިޔެ ޒީނަތްތެރިކުރުމުގެ ގޮތުން އެ އުދަރެހަކު އެކަންޏެއް ނޫނެވެ. އޭނާގެ ނެށުމުގެ ހުނަރަކީ މިއަދަށްވެސް އެންމެ މުނާސަބު އަދި އެ ނެށުންތައް މިއަދުގެ ޒުވާނުންވެސް ކޮޕީކޮށްގެން އެކިއެކި ހަފުލާތައް ފަޅުފިލުވަމުންދާ ނެށުން ތަކެކެވެ. ޚާއްސަކޮށް އޭނާގެ އޭކްދޯތީން ޗާރް އެވެ.

ބައެއް ރިޔަލިޓީ ޝޯތަކުންނާއި ނެށުމުގެ ހުނަރު ދައްކުވައިދޭ ޝޯވތަކުގައި ފަނޑިޔާރެއްގެ ގޮތުން އޭނާ މިހާރުވެސް ހަރަކާތްތެރިވަމުން ދެއެވެ. އެގޮތުން ޑާންސް ދިވާނޭގައި ވެސް މަދޫރީ އަންނަނީ ޖަޖެއްގެ ގޮތުގައި ހަރަކާތްތެރި ވަމުންނެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު މަދޫރީ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ ކަރަން ޖޯހަރްގެ ކަލަންކް އިންނެވެ. މި ފިލްމުގައި މަދޫރީ ފެނިގެން ދިޔައީ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، ވަރުން ދާވަން އަދިތިޔާ ރޯއި ކަޕޫރް އަދި ސަންޖޭ ދަތް އާއި އެކުގައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
20 ޖެނުއަރީ 2017

ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި

20 ޖެނުއަރީ 2017
ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު