Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19: އެމެރިކާއިން ސްރީލަންކާއަށް އެހީވުން

އެމެރިކާއިން ސްރީލަންކާއަށް 4.8 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި

7 މެއި 2020 | ބުރާސްފަތި 06:50

1.3 މިލިއަން ޑޮލަރުގެ އެހީ ބޭނުން ކުރާނީ ކޮމިއުނިޓީ ސަރވައިލެންސް ޕްރޮގުރާމަށް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 7 މެއި 2020 | ބުރާސްފަތި 06:50
ކޮވިޑް-19 ޖެހޭ މީހުން ދެނެގަތުމަށް ހިންގާ ސަރވައިލެންސް ޕްރޮގުރާމުގެ ތެރެއިން

ކޮވިޑް-19 ޖެހޭ މީހުން ދެނެގަތުމަށް ހިންގާ ސަރވައިލެންސް ޕްރޮގުރާމުގެ ތެރެއިން

ކޮވިޑް-19 ރޯގާއާއި ގުޅިގެން ސްރީލަންކާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެމެރިކާއިން 4.5 މިލިއަން އެމެރިކާ ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދޭން ނިންމައިފިއެވެ.

މިކަން އިޢުލާނުކޮށްފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނެއްގައެވެ. މިއާއެކު ކޮވިޑް-19 ސްރީލަންކާއިން ފެނުނު ފަހުން އެމެރިކާއިން ދިން އެހީގެ ޢަދަދު ވަނީ 5.8 މިލިއަނަށް އަރާފައެވެ.

އެހީގެ ތަފުޞީލު ބަޔާންކޮށް އެމްބަސީން ނެރުނު ބަޔާނުގައި އެމެރިކާގެ ސަފީރު އަލައިނާ ޓިޕްލީޒް ވިދާޅުވީ ސްރީލަންކާގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތައް އެމެރިކާއިން އަބަދުވެސް އެހީތެރިވަމުން އަންނަކަމަށާއި، ފާއިތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާއިން ދިން އެހީގެ ޢަދަދު އެއް ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށެވެ. މީގެތެރޭގައި ޞިއްޙީ އެހީގެގޮތުގައި ދިން 26 މިލިއަން ޑޮލަރުވެސް ހިމެނޭކަމަށެވެ.

ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން މިހާރު ދޭން ނިންމި އެހީގެ ތަފުޞީލު ހާމަކުރައްވަ ޓިޕްލީޒް ވިދާޅުވީ، އެހީ ސްރީލަންކާއަށް ފޯރުކޮށްދޭނީ "ޔުނައިޓް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑެވެލޮޕްމެންޓް"(ޔުސެއިޑް) ގެ ދަށުން ކަމަށެވެ. މީގެ ތެރެއިން ދެމިލިއަން ޑޮލަރު ބޭނުންކުރާނީ ކޮވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކުރި އާބާދީތަކައް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދީ، އިޖުތިމާޢީ ޚިދުމަތްތައް ހަރުދަނާ ކުރުމަށްކަމަށެވެ. އަދި އަނެއް ދެ މިލިއަން ޑޮލަރު ބޭނުންކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަަރައްޤީކުރުމަށާއި، ވިޔަފާރީގެ ޙަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްކަމަށެވެ. އަދި ބާކީ 590،000 ޑޮލަރު ބޭނުންކުރާނީ ކޮވިޑް-19 ގެ ނޭދެވޭ އަސަރުކޮށް ނާޒުކު ޙާލަތްތައް ތަޙައްމަލުކުރަން ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ބަޔާނުގައި ވެއެވެ.

އަދި އެޕްރީލްމަހުގެ ނުވަވަނަ ދުވަހު އެމެރިކާއިން ސްރީލަންކާއަށް ދިން 1.3 މިލިއަން ޑޮލަރުގެ އެހީ ބޭނުން ކުރަމުންދަނީ ސްރީލަންކާ ސަރުކާރުން ކޮވިޑް-19 ޖެހިފައިވާ މީހުން ހޯދުމަށް ކުރިޔަށްގެންދާ ކޮމިއުނިޓީ ސަރވައިލެންސް ޕްރޮގުރާމު ހަރުދަނާކުރުމަށާއި، އިތުރު ލެބޯރެޓަރީތައް ޤާއިމުކުރުމަށާއި، ކޮވިޑް-19 ރައްކާތެރިވުމަށާއި، ވައިރަސް ފެތުރުން ހުއްޓުވުމަށް ސްރީލަންކާ ސަރުކާރުން ކުރަމުންދާ ފަންނީ މަސައްކަތްތަކަށް ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ އެކި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިވުމަށް އެމެރިކާއިން މިހާތަނަށް ވަނީ 775 ،މިލިއަން ރުފިޔާ ހޭދަކޮށްފައެެވެ. މިއީ، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވާ ކުއްލީ ޞިއްޙީ އެހީއާއި، އިންސާނީ އެހީގެ އިތުރުން ވައިރަސްއާއި ގުޅިގެން ޤައުމުތަކަށް ކުރިމަތިވާ އިޤުތިޞާދީ ދަތިތަކުން އަރައިގަތުމަށް އެމެރިކާއިން ދިން ހިލޭ އެހީއެވެ. މީގެ އިތުރުންވެސް ކޮވިޑް-19 އާއި ގުޅުވައިގެން ދުނިޔޭގެ ފެންވަރުގައި ބައިނަލްއަޤުވާމީ ކަމާއި ގުޅުން ހުރި އިދާރާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތުގައި އެމެރިކާއިން އަންނަނީ މާލީ އަދި ފަންނީ އެހީ ފޯރުކޮށްދެމުންނެވެ.

އެމެރިކާއަކީ މުޅި ދުނިޔެއިންވެސް ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޤައުމެވެ. އަދި އެންމެ ގިނަ ޢަދަދއްގެ މީހުން މަރުވީވެސް، ޕޮޒިޓިވްވީވެސް އެޤައުމުންނެވެ. އެޤައުމުން މިހާތަނަށް 1,263,197 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 74,807 މީހުން ވަނީ މަރުވެފައެވެ.

ސްރީލަންކާއަށް ބަލާއިރު، އެޤައުމުން މިހާތަނަށް 797 މީހުން ޕޮޒިޓިވްވެ، 07 މީހުން ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް