Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19: އިންޑިއާގެ ޙާލަތު

އިންޑިއާއިން ބައި ލައްކައަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ބުދަ ދުވަހު އެކަނިވެސް އެޤައުމުން 2,940 މީހުން ވައިރަސްއަށް ޕޮޒިޓިވްވި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 6 މެއި 2020 | ބުދަ 17:32
އިންޑިއާގެ ފަޤީރު ޞަރަޙައްދެއްގައި ޓެންޓުޖަހައިގެން އާންމުން ކޮވިޑް-19އަށް ސްކްރީން ކުރަނީ

އިންޑިއާގެ ފަޤީރު ޞަރަޙައްދެއްގައި ޓެންޓުޖަހައިގެން އާންމުން ކޮވިޑް-19އަށް ސްކްރީން ކުރަނީ

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އިންޑިއާގައި ބައިލައްކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ.

އިންޑިއާގެ ޞިއްޙަތާބެހޭ އިސް މަސްއޫލުވެެރިންނާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ޚަބަރު ފަތުރާގޮތުގައި، ބުދަ ދުވަހު އެކަނިވެސް އެޤައުމުން 2,940 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ. މިއާއެކު އިންޑިއާގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 52,340ށް އަރާފައެވެ. އަދި ބުދަ ދުވަހު ފަރުވާ ދެމުންދިޔަ 75 މީހަކު ޙާލު ދެރަވެ މަރުވުމާއި ގުޅިގެން މަރުވީ މީހުންގެ ޢަދަދު 1,768 އަރާފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. އަދި ފަރުވާދީގެން 14,911 މީހުން ރަނގަޅުކުރެވިފައިވާއިރު، އަދިވެސް 35,661 މީހުން ފަރުވާ ހޯދަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާތީ، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ކޮވިޑް-19 ޓާސްކްފޯރސްއާއެކު އަންގާރަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިންއެއް އުފެއްދުމަށާއި، ފަރުވާއް ހޯދުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކުގައި ލިބިފައިވާ ކުރިއެރުމައި ބެހޭ ގޮތުންނެވެ. ވަކިން ޚާއްޞަކޮށް ވައިރަސްއަށް ޓެސްޓުކުރުމާއި، މީހުން ޑައިގްނޯސްކުރުމުގައި ފަރުވާތެރިވާންވީ ގޮތާއި، ވައިރަސްގެ ނުރައްކާ ބޮޑު ސްޓޭޓްތަކާއި ޔޫނިއަން ޓެރިޓަރީސްތަކުގައި ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރެވިދާނެކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

އިންޑިއާއިން މިހާރު ދަނީ ކޮވިޑް-19 އިން ދިފާޢުވާ 30 ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ވެކްސިން އުފެއްދުމުގެ މަރުޙަލާތަކައް ބަލާއިރު، އޭގެތެރެއިން ބައެއް ވެކްސިން އަޖުމަބެެލުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ،

އިންޑިއާއިން ވަނީ ވައިރަސްއަށް އިން ރައްކާތެރިވުމަށް ޚާއްޞާ ފިވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މުޅި ޤައުމު ފުރަބަންދުކޮށް، ޚާއްޞަ ޙާަލަތްތަކުގައި ނޫނީ އެއް ސްޓޭޓުން އަނެއް ސްޓޭތަށް ދަތުރުކުރުން ވަނީ މަނާކޮށްފައެެވެ. އަދި ވައިރަސްގެ ނުރައްކާ ބޮޑު ޞަރަހައްދުތަކުގައި ކަފިއުގެ ހަރުކަށި ޢަމުރު ތަންފީޒުކޮށް އެ ޞަރަޙައްދުތައް ބެލެހެއްޓުމުގައި މަދަނީ ފުލުހުންނާއި، ސަލާމަތީ ބާރުތަކުން ދަނީ ޙަރަކަތްތެރިވަމުންނެވެ. އަދި މީހުން ދިރިއުޅޭ ޞަރަޙައްދުތަކާއި، މަގުތައް ދަނީ "ޑިސްއިންފެކްޓް" ކުރަމުންނެވެ. އެހެންނަމަވެސް ވައިރަސްގެ ނުރައްނާ ކުޑަ އަވަށްތަކުގައި ދޫދެމުންދާކަމަށް ޚަަބަރު ލިބެއެވެ.

އިންޑިއާ ފުރަބަންދު ކުރުމާއި ގުޅިގެން އިޤުތިޞާދީ ގިނަ ޙަރަކާތްތައް ހުއްޓި، ވިޔަފާރި ބޮޑެތި ގެއްލުންތަކާއި ވަނީ ކުރިމަތިލާންޖެހިފައެެވެ. އަދި މައި ސިނާޢަތްތަކުގެ ޙަރަކާތްތައް ހުއްޓުމުގެ ސަބަބުން ބައެއް ތަކެތި ލިބުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. ދަތުރުފަތުރުގެ ނިޒާމު ހުއްޓި އެސިނާޢަތައް ގެއްލުން ލިބެމުންދާއިރު ގިނަ ބައެއްގެ ވަޒީފާތައް ދަނީ ގެއްލެމުންނެވެ. އަދި ދަނޑުވެރިކަމުން ނަފާ ހޯދައިގެންނާއި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަމުން އައި އެޤައުމުގެ ފަޤީރު އާބާދީ ދަނީ ބަނޑަށް ޖެހެމުންނެވެ.

ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން އިންޑިއާ ސަރުކާރުގެ ވެލްފެއަރ ފަންޑުގެ ތެރެއިން ޙާލުގައި ޖެހެެމުންދަ މީހުންނަށް މާލީއެހީއާއި ކާބޯތަކެތީގެ އެހީ ދަނީ ދެމުންނެވެ. އެހެންނަމަވެސް ފަޤީރު އާބަދީ ބޮޑުކަމުން އެއެންމެނާއި ހަމަޔަށް މި އެހީ ފޯރުވައި ދިނުމުގައި އިންޑިއާ ސަރުކާރުވަނީ ނުކުޅެދިފައެވެ. ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ މިފަދަ ފަރާތްތަކައް އެހީތެރިވުމަށް ޚާއްޞަކޮށް "ޕްރައިމް މިނިސްޓަރ ކެއަރ ފަންޑް" ގެ ނަމުގައި ފަންޑެއް ޤާއިމުކުރައްވާފައެވެ. އެޤައުމުގެ މުއްސަނދި މަހުޖަނުންނާއި، ވިޔަފާރިވެރިންނާއި، ފަަންނާނުންގެ އިތުރުން ވަކި ވަކި ފަރުދުންވެސް މި ފަންޑަށް އެހީތެރިވަމުންދާކަމަށް އިންޑިއާގެ ނޫސް ރިޕޯޓުތަކުން ބުނެއެވެ.

އިންޑިއާގެ މުއްސަދިންނާއި ފިލްމީ ތަރިން އެމީހުންގެ ބައެއް އިމާރާތްތައް ކަރަންޓިނާއި އައިސޮލޭޝަނުގެ ޚިދުމަތް ދިނުމަށް ސަރުކާރަށް ދެމުންދާއިރު، ކުރީ ސަފުގައި ޙަަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނާއި، ޞީއްހީ ޚިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާނެ އާލާތްތައްވެސް ގިނަ ފަރާތްތަކުން ހަދިޔާކުރަމުން އަންނަ ކަމަށް ޚަަބަރު ލިބެއެވެ. ހަމަ އެހެންމެ އިންޑިއާއާއި ގުޅުން ގާތް އެކުވެރި ދައުލަތްތަކުވެސް މި ދަނޑިވަޅުގައި އިންޑިއާއަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު