Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީގެ ޙާލަތު

ސައުދީން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މައްކާގައި

21 އެޕްރީލު 2020 | އަންގާރަ 21:01

ފާއިތުވެ ދިޔަ 24 ގަޑިއިރު 1147 މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 21 އެޕްރީލު 2020 | އަންގާރަ 21:01
ސައުދީގައި މީހުން ކޮވިޑް-19 އަށް ސްކްރީ)ން ކުރަނީ

ސައުދީގައި މީހުން ކޮވިޑް-19 އަށް ސްކްރީ)ން ކުރަނީ

ސައުދީޢަރަބިއްޔާގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު އެކަނިވެސް ސައުދީ އަރަބިއްޔާއިން 1147 މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވިއެވެ.

ސައުދީ ޢަރަބިއްޔާގެ ޞިއްޙަތާއި ބެހޭ ވުޒާރާގެ ތަރުޖަމާނު ޑރ. މުޙައްމަދު ޢަބްދުލް ޢަލީއާއި ޙާވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 1147 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 11631 އަށް އަރާފައެވެ. ތަރުޖަމާނު ވިދާޅުވެފައިވާގޮތުގައި ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން ވައިރަސްއަށް ޕޮޒިޓިވްވާމީހުންގެ އަދަދު ގިނައީ އެޤައުމުން ވައިރަސްއަށް ޓެސްތްކުރާ ޞަރަޙައްދުތައް ގިނަވުމުގެ ސަބަބުންނެވެ. ގާތްގަނޑަކަށް މިހާރު ރިޕޯޓުކުރެވޭ މީހުންގެ %76 އަކީ ފީލްޑްތަކުން ރިޕޯޓުކުރާ ކޭސްތަކެއް ކަމަށް އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ އެޤައުމުގެ އެކި ޞަރަޙައްދުތަކުގައި މީހުން ކޮވިޑް-19 އަށް ތަހުލީލުކުރުމަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށް 150 ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުތައް ޙަރަކާތްތެރިވަމުންދާކަމަށެވެ. އަދި މިޓީމުތަކުގެ މަސައްކަތްތަކުން މިހާތަނަށް 50000 މީހުން ޓެސްޓުކުރެވިފައިވާކަމަށްވެސް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ސައުދީޢަރަބިއްޔާގައި ފާއިތުވެދިޔަ 24 ގަޑިއިރު 5 މީހުން ކޮވިޑް-19ގައި މަރުވެ، އެޤައުމުގައި މަރުވީ މީހުންގެ ޢަދަދު ވަނީ 109 އަށް އަރާފައެވެ. މިހާރުވެސް އެޤައުމުގައި 9882 މީހުންނަށް ފަރުވާދެމުން އެބަދެއެވެ. އަދި ފަރުވާ ދީގެން 1640 މީހުން ވަނީ ރަނގަޅުކޮށްފައެވެ.

ސައުދީން އެންމެ ގިނަ ކޭސްތައް ރިކޯޑުކުރެވިފައިވަނީ މައްކާގައެވެ. އެއީ 305 މީހުންނެވެ. ދެން އެންމެ ގިނައިން ކޭސް ރިކޯޑުކުރެވިފައިވަނީ މަދީނާއާއި ޖިއްދާއާއި ވެރިރަށް ރިޔާދުންނެވެ.

ކޭސްތަކުގެ ތަފުޞީލު:

މަދީނާ(299)

ޖިއްދާ(171)

ރިޔާދު(148)

ޙުފޫފް(138)

ޠާއިފް(27)

ޖުބައިލް(12)

ޠާބޫކް(10)

ޚުލައިސް(08)

ބުރައިދާ(06)

ދަމާމް(05)

އަލް-މަޚްވާ(03)

އުނައިޒާ(02)

އަލް-ޙަދާ(02)

ދަޙްރާން(02)

އަރާރް(02)

މަހާޔީލް(01)

އަލް-ޖޫފް(01)

ޤުންފޫދާ(01)

ޤުރައްޔާތު(01)

ސަބްތު އަލް-އަލައްޔާ(01)

އަލް-ޤުރާއީ(01)

ބަހާ(01)

ސައުދީޢަރަބިއްޔާގެ ޞިއްޙަތާބެހޭ ވަޒީރު، ޑރ.ތައުފީޤް އަލް-ރާބިޔާ ދާދި ފަހުން ވަނީ ހަފުތާތަކެއްގެ ތެރޭގައި އެޤައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ ޢަދަދު 200000 އަށް އަރާނެކަމަށް އަންދާޒާ ކުރައްވާފައެވެ. އެންމެ ދަށް ޢަދަދެއްގެ ގޮތުގައި އަންދާޒާ ކުރެއްވި 10000އަށް ވުރެ ގިނައިން މީހުން މިހާރު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އެމަނިކުފާނު މިފަދައިން އަންދާޒާ ކުރައްވާފައިވަނީ ސައިންސްވެރިންނާއި، ބޭރުގެ މުފައްކިރުންނާއި، ކަމާއި ގުޅުންހުރި ދިރާސާތަކައް ރިޢާޔަތްކުރެއްވުމަށް ފަހުގައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސައުދީ ސަރުކާރުން ވަނީ އެއްގަމާއި، ކަނޑާއި، ވައިގެ ބޯޑަރުތައް ބަންދުކޮށް މައި ސިޓީތައް އެއްކޮށް ލޮކްޑައުންކޮށްފައެވެ. އަދި ލޮކްޑައުން ނުކުރާ ސިޓީތަކުގައި ވަނީ ޚާއްޞަ ޙާލަތުގެ ކާފިއުގެ ޢަމުރު އިޢުލާނުކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް