Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ކޮވިޑް-19

102 އަހަރުގެ އިޓަލީ އަންހެނަކު ކޮރޯނާވައިރަސް ބަލިން ގަދަވެއްޖެ

ބަލިން އޭނާ ގަދަވީ މާބޮޑު ފަރުވާ އެއް ކުރުމަކާ ނުލާ ކަމަށް ޑޮކްޓަރު ބުނި

ރާއްޖެ އެމްވީ | 29 މާރިޗު 2020 | އާދީއްތަ 09:44
ކޮވިޑް-19 ބަލި މީހަކަށް ސިއްހީ މާހިރުން ފަރުވާ ދެނީ

ކޮވިޑް-19 ބަލި މީހަކަށް ސިއްހީ މާހިރުން ފަރުވާ ދެނީ

އުމުރުން 102 އަހަރުގެ އިޓަލީ އަންހެނަކު ކޮރޯނާ ވައިރަސް ބަލިން ގަދަވެއްޖެއެވެ.

އިޓާލިކާ ގްރޮންޑޯނާ ނަމަކަށް ކިޔާ މި އަންހެން މިހާ ބަލިން ގަދަވުމުން، މިއީ ފާއިތުވި ހަފްތާގެ ތެރޭގައި ބަލިން ގަދަވި 100 އަހަރުން މަތީގެ ދެވަނަ މީހާއެވެ.

މި އަންހެން މީހާ ކޮރޯނާވައިރަސް އަށް ފަރުވާ ހޯދުމަށް އިޓަލީގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ޖެނޯއާގެ ހޮސްޕިޓަލެއްގައި 20 ދުވަސް ހޭދަ ކުރި ކަމަށް ސީ.އެން.އެން އިން ބުނެފައިވެއެވެ.

މި އަންހެން ބަލިން ގަދަވުމުން އޭނާ އަށް ފަރުވާ ދިން ޑޮކްޓަރަކު ބުނީ، މިއީ މިބަލީގައި އުޅެމުންދާ އިޓަލީގެ އެތައް ހާސް މީހުންނަށް ލިބުނު އުއްމީދެއް ކަމަށެވެ.

ހޮސްޕިޓަލުން ބުނީ، މި އަންހެން މީހާ އެޑްމިޓް ކުރީ ހިތުގެ ބަލީގައި ކަމަށާއި، އެޑްމިޓް ކުރި ފަހުން، ކޮވިޑް-19 ގެ އަލާމާތްތައް ހުރުމުން ޓެސްޓް ކުރި އިރު ކޮރޯނާވައިރަސް ބައްޔަށް ޕޮސިޓިވްވީ ކަމަށެވެ.

ޑޮކްޓަރުން ބުނީ އޭނާ ބަލިން ގަދަވީ މާ ބޮޑު ފަރުވާއެއް ދީގެން ނޫން ކަމުގައެވެ.

102 އަހަރުގެ މި އަންހެން މީހާ ކޮރޯނާވައިރަސް އިން ގަދަވެފައިވާ އިރު މި ހަފްތާގެ ތެރޭގައި އިޓަލީގެ އުތުރު ސަރަހައްދަކުން އުމުރުން 101 އަހަރުގެ ފިރިހަނަކުވެސް ވަނީ ހަމަ މި ބަލިން ގަދަވެފައެވެ.

މި ދެމީހުންނަކީވެސް އެތައް މިލިއަން ބަޔަކު އެ ބައްޔެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި ސްޕެނިޝް ފްލޫގެ ދުވަސްވަރު އުފަންވި ދެމީހުންކަން މީޑިއާ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަސް ޖެހިގެން ދުނިޔެ ދޫކުރާ މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ އަދި ދާއިމީ އެކި ބަލިތަކުގައި އުޅޭ މީހުންނެވެ.

ބަލިން ގަދަވުމާއެކު ގްރޮންޑޯނާ މިހާރުވަނީ ހޮސްޕިޓަލުން ގެއަށް ބަދަލު ވެފައެވެ.

އިޓަލީ އަކީ ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމެވެ. ބަލިޖެހިފައިވާ 86000 މީހުން ރެކޯޑް ކުރެވިފައި ވާއިރު މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން އިޓަލީން 9100 މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރޯނާވައިރަސް "ކޮމިއުނިޓީ ޓްރާންސްމިޝަން" އަށް ދިއުން...ވައިރަހުގެ ކޮންޓްރޯލް ގެއްލުނީތަ؟

ކޮރޯނާވައިރަސް "ކޮމިއުނިޓީ ޓްރާންސްމިޝަން" އަށް ދިއުން...ވައިރަހުގެ ކޮންޓްރޯލް ގެއްލުނީތަ؟

16 އެޕްރީލު 2020
އުމުރުން 106 އަހަރުގެ އިނގިރޭސި އަންހެނަކު ކޮވިޑް-19 ން ގަދަވެއްޖެ

އުމުރުން 106 އަހަރުގެ އިނގިރޭސި އަންހެނަކު ކޮވިޑް-19 ން ގަދަވެއްޖެ

15 އެޕްރީލު 2020
ނޮވެލް ކޮރޯނާވައިރަސްގެ 3 ބާވަތެއް އުފެދިއްޖެ: ސައިންސްވެރިން

ނޮވެލް ކޮރޯނާވައިރަސްގެ 3 ބާވަތެއް އުފެދިއްޖެ: ސައިންސްވެރިން

14 އެޕްރީލު 2020
ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ

ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ

07 އެޕްރީލު 2020
އިޓަލީ އަށް އިތުރު މާޔޫސްކަން – އަންގާރަ ދުވަހު އެކަނި 743 މަރު!

އިޓަލީ އަށް އިތުރު މާޔޫސްކަން – އަންގާރަ ދުވަހު އެކަނި 743 މަރު!

24 މާރިޗު 2020

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު