Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކޯވިޑް-19

ސެންޓު ހެދުން މެދުކަނޑާލުމަށްފަހު، ލުއީ ވުޠާން އިން ސެނިޓައިޒަރ އުފައްދަނީ

މި ތަކެތި ސިއްހީ އިދާރާތަކަށް ފޯރުކޮށްދޭނީ ހިލޭ

އަމަން ހަލީމް
އަމަން ހަލީމް | 18 މާރިޗު 2020 | ބުދަ 04:57
ލުއީ ވުޠާން ފިހާރައެއްގެ ބޭރު

ލުއީ ވުޠާން ފިހާރައެއްގެ ބޭރު

ލަގްޒަރީ އުފެއްދުންތަކަށް މަޝްހޫރު ލުއީ ވުޠާން އިން ސެންޓު އުފެއްދުން ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު، ހޭންޑް ސެނިޓައިޒަރ އުފައްދަން ނިންމާފައިވާ ކަމަށް އިއުލާންކޮށްފިއެވެ.

ލުއީ ވުޠާން ބްރޭންޑުގެ އޯނަރުު އެލްވީއެމްއެޗް އިން ބުނީ، މިއީ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ފަރަންސޭސްވިލާތުގައި އެންޓި-ވައިރަލް އުފެއްދުންތައް ލިބުން ދަތިވުމާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ސެނިޓައިޒަރ ކަމާއިބެހޭ އިދާރާތަކަށް ފޯރުކޮށްދޭނީ ހިލޭ ކަމުގައިވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެލްވީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ވަނީ، އެ ކުންފުނީގެ ސެންޓުތަކާއި ކޮސްމެޓިކްސް އުފައްދާ ހުރިހާ ޕްރޮޑަކްޝަން ލައިނެއް ހޯމަ ދުވަހުން ފެށިގެން ބޭނުކުރާނީ ހައިޑްރޯއަލްކޮހޯލިކް ޖެލް (ހޭންޑް ސެނިޓައިޒަރ) އުފެއްދުމަށް ކަމަށެވެ.

އެލްވީއެމްއެޗްގެ ކާރުޚާނަތަކުން ޢާންމު ގޮތެއްގައި އުފައްދަނީ ކްރިސްޓިއަން ޑިއޯ އަދި ޖިވާންޗީގެ އަގުބޮޑު ސެންޓާއި ކޮސްމެޓިކްސްއެވެ. އެލްވީއެމްއެޗްގެ ކުޑައިގެ ދަށުގައި ހިމެނޭ އެހެނިހެން މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ގަޑި ބްރޭންޑެއް ކަމުގައިވާ ޓެގް ހަޔަރ އާއި ގަހަނާ އާއި ސެންޓު ބްރޭންޑެއް ކަމުގައިވާ ބުލްގާރީ ހިމެނެއެވެ.

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2023

އެސްޓީއޯގެ އާމްދަނީ 9 ޕަސެންޓު އިތުރުވެއްޖެ

29 އޮކްޓޯބަރު 2023
އެސްޓީއޯގެ އާމްދަނީ 9 ޕަސެންޓު އިތުރުވެއްޖެ
17 އޯގަސްޓު 2022

ރެޑްކްރެސެންޓުން ކުރަމުން އަންނަ މަސައްކަތަށް ދިރާގުގެ އެހީ

17 އޯގަސްޓު 2022
ރެޑްކްރެސެންޓުން ކުރަމުން އަންނަ މަސައްކަތަށް ދިރާގުގެ އެހީ
07 އޯގަސްޓު 2020

އެއް ޕަސެންޓުގެ ރެވެނިއު ޗާޖެއް ނަގަން ޓްރޭޑް ޔޫނިއަނުން ތާއީދުކޮށްފި

07 އޯގަސްޓު 2020
އެއް ޕަސެންޓުގެ ރެވެނިއު ޗާޖެއް ނަގަން ޓްރޭޑް ޔޫނިއަނުން ތާއީދުކޮށްފި
08 އޮކްޓޯބަރު 2017

ރާއްޖެއަކީ "ކޭޝްލެސް" މުޖުތަމައުއަކަށް ހެދުން ވަރަށް މުހިއްމު: މުނައްވަރު

08 އޮކްޓޯބަރު 2017
ރާއްޖެއަކީ "ކޭޝްލެސް" މުޖުތަމައުއަކަށް ހެދުން ވަރަށް މުހިއްމު: މުނައްވަރު
01 އޮކްޓޯބަރު 2017

ބްރާންޗްތަކުން ޑޮލަރު ގަންނަން ބުކިން ހެދުން ބީއެމްއެލުން ހުއްޓާލަނީ

01 އޮކްޓޯބަރު 2017
ބްރާންޗްތަކުން ޑޮލަރު ގަންނަން ބުކިން ހެދުން ބީއެމްއެލުން ހުއްޓާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު