Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރެއާލުން އަނެއްކާވެސް ފުރުސަތު ނަގާލައިފި

ބެޓިސް އަތުން ރެއާލް ބަލިވީ 2-1 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 މާރިޗު 2020 | ހޯމަ 06:37
ބެޓިސް އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ބެޓިސް އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް އަތުން ބަލިވެ، ތާވަލުގެ ދެވަނައަށް ރެއާލް މެޑްރިޑް ވެއްޓިއްޖެ އެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް ބަލިވީ 2-1 އިންނެވެ. އާދީއްތަ ދުވަހުގެރޭގެ މެޗުން ރެއާލް ބަލިވިއިރު، ވާދަވެރި ބާސެލޯނާއިން ވަނީ ހޮނިހިރު ދުވަހުގެރޭ ރެއާލް ސޮސިއެޑާޑް 1-0 އިން ބަލިކޮށް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.

މި ނަތީޖާތަކާއެކު ބާސާ އެއްވަނައިގައި އޮތީ ކުޅުނު 27 މެޗުން 58 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ 27 މެޗުން 56 ޕޮއިންޓެވެ.

ބެޓިސްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ނަބީލް ފެކީރް ދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސިޑްނެއީ ރެޝެލް އެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާ އެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ރެއާލްގެ ޑިފެންޑަރު މާސެލޯ އަށް ފައުލްކުރުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ބެޓިސް އިން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ކްރިސްޓިއަން ޓެލޯ ޖެހި ލަނޑުންނެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބެޓިސް އަތުން ބަލިވެ ތާވަލުގެ ދެވަނައަށް ރެއާލް ވެއްޓުނުއިރު، ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި ރެއާލް ނުކުންނާނީ އެއިބާއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު