Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ ސްޕޯޓްސް ކްލަބް

ޓީސީގެ ކޯޗު ކަމުގެ މަގާމަށް ޝާޒްލީ ހަމަޖައްސައިފި

15 ޑިސެމްބަރު 2019 | އާދީއްތަ 13:32

ޓީސީ މިވަގުތު އޮތީ ވަރަށް ދަށް ހާލަތެއްގައި

އަތޫފް އާތިފް
އަތޫފް އާތިފް | 15 ޑިސެމްބަރު 2019 | އާދީއްތަ 13:32
ސޮއި ކުރުމުގެ ހަފްލާގެ ތެރެއިން

ސޮއި ކުރުމުގެ ހަފްލާގެ ތެރެއިން

ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު ކަމުގެ މަގާމަށް މުހައްމަދު ޝާޒްލީ ހަމަޖައްސައިފިއެވެ.

ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު ކަމުގެ މަގާމާއި ޝާޒްލީ ހަވާލުވެ، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ.

މަގާމާއި ހަވާލުވުމަށްފަހު ޝާޒްލީ ބުނީ އޭނާ އަށް ޓީސީގެ ހާލަތު ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި އޭނާގެ އަމަޒަކީ އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގައި ޓީސީ އަށް ރަނގަޅު ނަތީޖާ އެއް ނެރެދިނުން ކަމަށެވެ.

މި ސީޒަނަށްފަހު ޓީސީ އުވާލާނެ ކަމަށް ޓީސީގެ ބާނީ ކުރީގެ ސްޕޯޓްސް ކޮމިޝަނަރ އަހްމަދު ނަޝީދު (ޑޭވް) ބުނެފައިވިނަމަވެސް ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ޑޭވް ބުނީ ޓީސީ ދާނީ ކުރިޔަށް ކަމަށާއި ޓީސީ ހިންގަން ކިތަންމެ ކުޑަ އަލި މަގެއް ފެނުނަސް ޓީސީ އިން ދާނީ ކުރިޔަށް ކަމަށާއި ޓީސީ އަށް ދިމާވެފައިވާ މާލީ ހާލަތުން އަދިވެސް އަރައި ގަނެވިފައި ނުވާ ކަމަށެވެ.

އޭއެފްސީ ކަޕްގައި ޓީސީން ކުޅެންޖެހޭނީ އިންޑިއާގެ ވަރުގަދަ ޗެންނާއީ ސިޓީ އަދި ބަންގާޅުގެ ބަޝުންދަރާ ކިންގްސް އާއި އެއް ގްރޫޕެއްގައެވެ.

ޓީސީގެ ކޯޗުގެ މަގާމާ ރޭ ޝާޒްލީ ހަވާލުވިއިރު، އޭނާއަކީ ފުޓްބޯޅައިގެ އެންމެ މަތީ ފެންވަރުގެ ކޯޗިން ސަނަދު ކަމަށްވާ ޕްރޯ ޑިޕްލޮމާ ކޯޗިން ސެޓްފިކެޓް ހާސިލުކުރި ފުރަތަމަ ދިވެހި ކޯޗެވެ. މީގެ ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބަށްވެސް ކޯޗުކަން ކޮށްދިން ޝާޒްލީ ވަނީ ސެޕްޓެމްބަރު މަހު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ރާއްޖެއަށް ލޯ މެޑެއްޔެއްވެސް ހޯދާދީފައެވެ.

ޝާޒްލީގެ އިރުޝާދުގެ ދަށުން ޓީސީން ކުޅޭ ފުރަތަމަ މެޗުގައި ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާރޭ ނުކުންނާނީ ނިލަންދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެންމެ ފަހުގެ ލީގު ޗެމްޕިއަނުން ކަމަށްވާ ޓީސީ ލީގުގައި މިހާރި އޮތީ ހަތަރުވަނައިގައި 16 ޕޮއިންޓާއެކު އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް