Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެފާ ޗެމްޕިއަންސް ލީގު

ޔޫއެފާ ޗެމްޕިއަންސް ލީގު: ޖަރުމަނުގެ ޑޯރޓްމަންޑް އިން ވަރުގަދަ ބާސެލޯނާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

17 ސެޕްޓެމްބަރު 2019 | އަންގާރަ 23:45

މި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 17 ސެޕްޓެމްބަރު 2019 | އަންގާރަ 23:45
ބާސެލޯނާ އަދި ޑޯރޓްމަންޑް ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާ އަދި ޑޯރޓްމަންޑް ކުޅުނު މެޗުގެ ތެރެއިން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ޑޯރޓްމަންޑް އިން ވަރުގަދަ ބާސެލޯނާ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ޑޯރޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ބާސެލޯނާގެ ލުއިސް ސުއަރޭޒް އަދި ގްރީޒްމަން ވަނީ ނުރައްކާތެރި ހަމަލާތަކެއް ޑޯރޓްމަންޑްގެ ގޯލަށް ފޮނުވާލައިފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ނިމުމުގެ ކުރިން ޑޯރޓްމަންޑް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ބާސެލޯނާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ޑޯރޓްމަންޑް އިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއަކީ މެޗުގެ 28 ވަނަ މިނެޓުގައި ހުމެލްސް ބޮލުން ފޮނުވާލި ބޯޅައެވެ. ހުމެލްސް ބޮލުން ފޮނުވާލި ހަމަލާ ބާސެލޯނާގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ބާސެލޯނާއިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެން އަރުވައިފައެވެ.

މި ހާފުގައި ވެސް ޑޯރޓުމަންޑުން ވަނީ ބާސެލޯނާގެ ގޯލަށް ފުލުފުލުގައި ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިލައިފައެވެ. ނަމަވެސް ބާސެލޯނާގެ ކީޕަރުވަނީ ޑޯޓުމަންޑުން ފޮނުވާލި ހަމަލާތައް ހުށިޔާރުކަމާއިއެކު ދިފާއު ކޮށްފައެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެޖެންއެވެ.

މި ނަތީޖާއާއެކު ބާސެލޯނާ އޮތީ ލިބުނު އެއް ޕޮއިންޓާއެކު ގްރޫޕުގެ 3 ވަނައިގައެވެ. އަދި ޑޯޓްމަންޑް އޮތީ މި ގްރޫޕްގެ ފުލުގައެވެ. މި ގްރޫޕްގެ އެއްވަނައިގައި އަދި ދެވަނައިގައި އޮތް ޓީމަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް