Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް 2019

ޓެރަރިޒަމާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް 2.5 މިލިޔަން ޔޫރޯގެ ހިލޭ އެހީއެއް

ޔޫރަޕް ނޫން ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގައި ފެޑްރިކާ ތަގްރީރު ކުރެއްވި މިއީ ފުރަތަމަ ފަހަރު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2019 | ބުރާސްފަތި 13:12
ފެޑްރިކާ މަޖިލީހުގައި ތަގްރީރް ކުރައްވަނީ

ފެޑްރިކާ މަޖިލީހުގައި ތަގްރީރް ކުރައްވަނީ

ޓެރަރިޒަމާއި ހައްދު ފަހަނައެޅުމާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 2.5 މިލިޔަން ޔޫރޯގެ އެހީއެއް ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

އީޔޫއިން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ, މި އެހީ އިއުލާންކޮށްފައިވަނީ އެ ކޮމިޝަންގެ ނައިބް ރައީސް އަދި ޚާރިޖީ ގުޅުންތަކާއި ބެހޭ އެންމެ މަތީ ވެރިޔާ ފެޑްރިކާ މޯގްރެނީ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއީ އެކަމަނާ ޔޫރަޕް ނޫން ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގައި ތަގްރީރް ކުރެއްވި ފުރަތަމަ ފަހަރުއެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރައްވަމުން ފެޑްރިކާ ވިދާޅުވީ ކަނޑުމަގުން ކުރާ ވިޔަފާރިތަކުގެ ފަސް ބައި ކުޅަ އެއްބައި ވިޔަފާރިތައް ކުރެވުމުން އަންނަނީ ގަލްފް ކަނޑާއި އިންޑިޔާ ކަނޑުގެ ސަރަހައްދު ހުރަސްކޮށް ކަމަށެވެ. އެހެންކަމުން އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރަށް މުހިއްމު ކަމަށެވެ. ފެޑްރިކާ ވިދާޅުވީ އިންޑިޔާ ކަނޑަކީ އަމާން ތަނަކަށްވާންޖެހޭ ކަމަށާއި، އެކަމުގައި ގުޅިގެން އެކުގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. ޓެރަރިޒަމާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ރާއްޖެއަށް އީޔޫއިން ދޭ "ޕެކޭޖެއް" ގެ ގޮތުގައި 2.5 މިލިޔަން ޔޫރޯގެ ހިލޭ އެހީ ދޭން ނިންމާފައިވާ ކަމަށެވެ.

ފެޑްރިކާ ވިދާޅުވީ އާ ސަރުކާރު އައި ފަހުން އީޔޫ އާއި ރާއްޖެ އާއި އޮތް ގުޅުން ބަދަހިވެފައިވާ ކަމަށެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް އީޔޫއިން ރާއްޖެ އާއި އެކު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރީގެ ގިނަ އެއްބަސްވުންތަކެއް އީޔޫގެ ގައުމުތަކާއި ރާއްޖެ އާއި އެކުގައި ކުރިއަށް އޮތްތާގައި ކުރެވިގެންދާނެ ކަމަށާއި، އަންނަ މަހު ވިޔަފާރިވެރިންނާއި އެކުގައި ބޭއްވޭ ވަށްމޭޒު މަޝްވަރާ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، ކުދި ޖަޒީރާ ގައުމުތަކަށް ލިބޭނެ ގެއްލުންތައް ދުނިޔޭގެ ގައުމުތަކުގެ ސަމާލުކަމަށް ގެނައުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ފެޑްރިކާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއިން އެކަމަށް އެހާ ސަމާލުކަންދެނީ ކީއްވެގެންކަން އެކަމަނާ ދަތުރުފުޅު ކުރެއްވި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖެއްސުމުން އެގިވަޑައިގެންނެވި ކަމަށް ފެޑްރިކާ ވަނީ ވިދާޅުވެފައެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދުރުހެލިވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އީޔޫއިން ދެމުން އަންނަ އެއްބާރުލެއްވުމަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ފެޑްރިކާ ވިދާޅުވީ، އިއާދަ ކުރަނިވި ހަކަތައިގެ މަޝްރޫއުތަށް ކުރިއަށް ގެންދިޔުމަށް ޔޫރަޕް އިންވެސްޓްމަންޓް ބޭންކާ އާއި ރާއްޖެ އާއި ދެމެދު 45 މިލިޔަން ޔޫރޯގެ ލޯން އެއްބަސްވުމެއްގައި މިދިޔަ މަހު ސޮއިކުރެވިފައިވާ ކަމަށެވެ.

ފެޑްރިކާ ވިދާޅުވީ މިފަދަ ކަންތަކުގައި ކުރިއަރަމުން އަންނަ ގައުމަތަކަށް އެންމެ ގިނައިން ފާއިސާގެ އެހީ ދެމުން އަންނަނީ އީޔޫއިން ކަމަށާއި، އެކަން ބަދަލުނުވާނެ ކަމަށެވެ. މި ކަމުގައި ރާއްޖެ އާއި އެކު އީޔޫއިން އަބަދުވެސް އޮންނާނެ ކަމުގެ ޔަގީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ތަގްރީރް ކުރެއްވުމުގެ ފުރުސަތު އެކަމަނާއަށް ދެއްވި ކަމަށްޓަކާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި މެމްބަރުންނަށް ފެޑްރިކާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު